ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހިއްކާފައިވަ ބައިން ދިނުމަށް ނިންމާފައިވާ 400 ގޯތި ދެމުންގެންދާނީ އޭގެ އެންމެ ހައްގުވެރިންނަށް ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމަކާއި ހިލާފުނުވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު އޭސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ، ފްލެޓްތައް ދޭ ހައްގުވެރިންގެ އުސޫލުތައް ކަނޑައަޅަން އިނގޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރާ ވުޒާރާއަކަށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އެ އުސޫލު ކަނޑައަޅާފައި އޭސީސީގެ ލިއުމާއި ސިޓީއާއި އެއްގޮތަށް އަޅުގަނޑުމެން ވާނީ އުސޫލުގެ ކަންތައްތައް ހަމަޖައްސާފައި. އަޅުގަނޑުމެން އެއްވެސް މީހަކު ނުހައްގުން މީގެ ތެރެއަށް ވަންނާކަށް ފުރުސަތެއް ނުދޭނަން. އަނެއްކާ މީގެން ބޭރުވާނެ ފުރުސަތެއްވެސް ނުދޭނަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ގޯތި ދިނުމުގެ ކަންކަން ކުރިއަށްގެންދާނީ ވަރަށް އިންސާފުވެރިކަމާއި ހާމަކަން ބޮޑުގޮތެއްގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ސަރުކާރުން މި ކުރާ ކަންތައްތަކާއި ދެކޮޅަށް އެއްވެސް ބަޔަކު އެއްޗެއް ފޮނުވާފައިނުވާ ކަމަށާއި، އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތް ވީހާވެސް އިންސާފުވެރިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. އަދި އޭސީސީން ފޮނުވާ ކޮންމެ ސިޓީއަކަށް އޭގެ ތަފްސީލީ ޖަވާބުދެއްްވަމުން އަންނަކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންްނެއް ނުކުރާނެ އެއްވެސްކަމެއް ބޭއިންސާފުންނެއް، ނުހައްގުންނެއް ވަކި ފަރާތަކަށް އިސްކަން ލިބޭ ގޮތަށް. އެކަން އޮންނަ ހަމަޖެހޭ އުސޫލުން އަޅުގަނޑުމެން ކުރާނީ"، މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ކުރިން ހައުސިން މިނިސްޓްރީއިން ނިންމާފައި ވަނީ ގޯއްޗަށް އެދި ހުށަހަޅާ ހުރިހާ ފޯމް ނަމްބަރުތަކެއް ބަލައިގަތުމަށް ފަހު ގުރުއަތު ނަގައިގެން ލިބޭ ފަރާތްތަކަށް ގޯތި ހަވާލު ކުރުމަށެވެ. ނަމަވެސް އެކަން މިހާރު ވަނީ ބަދަލުކޮށްފައެެވެ.

ހައުސިންގ މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ، 400 ގޯތި ގުރުއަތުން ނަގާނީ އެކި ބައިބަޔަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން އެކަން ކުރިއަށްދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ގޯތި ލިބޭ ގޮތަށް އިންސާފުވެރިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޯއްޗެއްތޭ

    ފުރަތަމަ ކަމަކީ އެޗްޑީސީ އަކީ އެޗްޑީސީގެ މުވައްޒަފުންގެ އަމިއްލަ ތަރިކަ މުދަލެއް ނޫން އަދި އެމެންގެ މައިންބަފައިންގެ ތަރިކަމުދަލެއް ނޫން އެއީ ސަރުކާރުގެ ކުންފުންނެއް ދަ ހާކިމާ އަކީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އެހެން ވެއްޖެނަމަ މަމެން ޕިންކީން ނަށް އޮންނާނެ ހުޅުމާލެ 2 އިން ގޯއްޗެއ 40 ހާސް ގޯތި ގޯއްޗެއް 2 ލައްކަ ރުފިޔާ އަށް ވިއްކާ ލުމުގެ ގާނޫނީ އިޚްތިޔާރު އަދި ހުއްދަ ލޯނަށް ޒިންމާ ވަނީ މަމެންގެ ސަރުކާރުން ތަމެންނެއް ނޫނޭ.

  2. ގޯތި

    އެޗްޑީސީގެ މުވައްޒަފުން ފާޅުކުރާ މައިގަނޑު ޝަކުވާއަކީ އެކުންފުންޏަށް ލިބޭ އާމްދަނީ މަދުވުން. އަގުހެޔޮކޮށް ނަމަވެސް، ގޯތި ލިބުމަށް ޙައްޤުވާ ފަރާތްތަކަށް ގޯތި ލިބޭނެކަން ޔަޤީންކޮށްދީ އެކަމުން ލިބޭނެ އިޖްތިމާއީ ފައިދާއާމެދު ނުވިސްނާތޯ

  3. Anonymous

    ޙައްގުވެރިންނޭ ؟؟؟؟؟ މަށަކަށް ނުލިބުނު ގޯތި ހަބައި ކޮއްލީމަ މީހަކަށް 44 އަކަފޫޓު...އެކަމަކު 700 އަކަފޫޓު ބިން އޮތް މީހަކަ ވެސް ހުޅުމާލެއިން ފްލެޓް ލިބިއްޖެ.....ހައްގުވެރިން ބަލަނީ ޕާޓީ އެއްގައި އުޅުނީމަ ތަ.....މަވެސްމީ މާލެ މީހެތް...އެކަމަކު އުޅެނީ ކުއްޔަ.....?

    • ސާރާ

      ފްލެޓް ގިނައިން ލިބުނީ އެމް ޑީ ޕީ މީހުންނަށް

  4. މީންޒާ

    މުއިޒުގެ އެއްވެސް ތިމާގެ މީހަކަށް ފުލެޓެއްނުލިބޭ . އެ ފެމެލީ މީހުންވެސް ތިބީ ފްލެޓް ބޭނުންވެފަ .

  5. ޑާޑާޑާޑާ

    އެޗްޑީސީގެ މުވައްޒަފުންގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ހުޅުމާލެ 2 އަކީ ތަމެން ފެެއްސެން އުޅޭ އެޗްޑީސީން ހަމަ މިހާރު އެންމެ ބޮޑު ކަލޭގެ ވެސް ފެއްސެންވީއޭ މަމެން ތިޔާ ތަނަށް ލާނަމޭ ޓައިޓޭނިއަމް ޕްލޭޓެޑް ބޮޑޭ އަކު އެެއިރުން ހުންނާނެ ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ރަންރީނދުލޭ މެން އައި ކާންޓް ޓޭކް ދެއަރ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  6. މީސްމީހުން

    ހުޅުމާލެ 2 އެއީ ހަމައެކަނި މާލޭގެ ރައްޔަތުންގެ ލާރިން ހިއްކާފައިވާ ބިމެއްނޫން. ލޯނެއް ދައްކަން ޖެހުނަސް ދައްކާނީ ހަމަ ހުރިހާ ރައްޔަތުންގެ ފައިސާއިން. ވީމާ އިންސާފުވެރި ކަމާއިއެކު ހުރިހާ ރައްޔަތުންނައް ވެސް ފުރުސަތު ހުޅުވާލައިގެން ބިން ވިއްކުމައް ގޮވާލަން.

  7. ދިސްލަވް

    ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ 160އަށްވުރެ ގިނަ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކޮށްފި ނަމަ ސަރުކާރުން ހަދަންވީ ގޮތަކީ މިރެއިން މިރެއަށް ހުޅުމާލޭން 1000 އަކަފޫޓްގެ 40 ހާސް ގޯތި ވިއްކާނެ ކަމަށް ނިންމަންވީ ހުޅުމާލެ 2 ގެ އިރުން އޮތް ފަޅުވެސް ހިއްކާ އެތަނުންވެސް އެއިރުން ގޯތި ދެވޭނެ ނޫންތޭ މީއޭ މަމެން ޕިންކީންގެ ވެރިކަމުގައި ގައްޑާ ކަމަކީ ދިސް ލަވް އިޒް ލަވް ދިސް ލަވް އިޒް ލުކިންގް ގުޑް...

  8. ދަވޭ

    ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިން ވިއްކުން ހުއްޓާލާށޭ ތަމެން ހިޔަންޏަށް މުޑި ނަގައިގެން މަކަރުވޯޓް ރައީސް ބުނި ނަމަވެސް އޭނާ ދައްކަން ޖެހޭނެއޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގޯތި ހުޅުމާލޭން ދޫކުރަނީ ކިހިނެއް ކަމެއް ދޯ އޭނާގެ ރަށެއް ވެސް ނޫން ދޯ މާލެ އަކީ އަދި އޭނާގެ އަތޮޅެއް ވެސް ނޫން ދޯ މާލެ ސަރަހައްދަކީ އޭނާ އާއި ބެހޭ ކަމެއް ނޫނޭ މާލެ ސަރަހައްދުން ގޯތި ދިނުމުގެ ޕްރޮސެސް އަކީ އޭނާ ދަ ރާއްޖެތެރޭ ބިން ތަކާއި ކުޅޭ އޭނާ އަށް މާލެ ސަރަހަައްދުގެ ބިން ތަކަށް އަނގަބޭނުމުގެ ޖާގަ އެއް ނޫނޭ އައި ޑޯންޓް އީވެން ނޯ ވިޗް ޕޭޖް އާރ ޔޫ އޮން ހިންނަވަރޭ...

  9. ޢަބްދުﷲ

    704 ފްލެޓް ދިޔަގޮތަށް 7000 ފްލެޓްވެސް އެދަނީއެވެ. އޭގެތެރޭގައި ތިބީ ހަމައެކަނި ދަރިން ތިބި މީހުންނާއި ހިޔާވަހިކަން ލިބެން ނެތް މީހުންނެއްނޫނެވެ. ޕޮއިންޓް ދެއްވަނީ، ވެރިންނާއި ހަމައަށް ނުގޮސް ލީޔާ މޭޒުންނެވެ. ޝަކުވާ ބަލަނީ، ޒިންމާދާރު ގޮތެއްގައެއްނޫނެވެ. 704 ފްލެޓުގެ މައްސަލާގައި ކޮށްފައިވާ ޝަކުވާތައް ގޮސްފައިވަނީ، ފަނުފުލުންނެވެ. ބޭނުން މީހަކަށް ފްލެޓް ދެއްވުމަށްފަހު މައްސަލަތައް ފައިލްކުރެއްވިއެވެ. މިއިންތިޚާބުގައި ޕީޕީއެމަށް އެންމެބޮޑަށް ނުރަނގަޅު އަސަރުކޮށްފައިވާ އެއްކަމަކީ، ނުޙައްޤުގޮތުގައި ފްލެޓްދޫކޮށްފައިވުމެވެ. ދެންއޮތީ ގޯތީގެ ވާހަކައެވެ. އެއީ ކަނޑައެޅިގެން ވަކިބަޔަކަށް ނުއަގުގައި ގޯތި ދެއްވުމަށް ކުރަމުންދާ ކަމެކެވެ. ގޯތި ލިބޭ މީހުންގެ ލިސްޓް ނެރުމުން އެކަން އެނގޭނެއެވެ. އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ކަންކުރާ ބަޔަކު ހޯދައި ނެރޭށެވެ. ޕީޕީއެމުން ކަނޑައަޅާ އުޞޫލުތަކަށް ޕީޕީއެމުންވެސް ޢަމަލުނުކުރެއެވެ. ގޯތި އިޢުލާނު ކުރުމުގައި އެންމެފުރަތަމަ ދައްކާފައިވާ ވާހަކަތަކާއި މިހާރު ދައްކަމުންގެންދާ ވާހަކަތައް ތަފާތެވެ.

  10. ޢަބްދުﷲ

    އެއްވެސް އަމިއްލަ އެދުމެއް ނެތްނަމަ، މިދަނޑިވަޅުގައި ތިޔަކަމެއް ނުކުރީހެވެ. ތިވަރުގެ ބޮޑު ތަކާލީފެއް ރައްޔިތުންނަށް ކުރިމަތި ނުކުރުވީހެވެ. ލިޔާމީހާއަށް ގޯއްޗަށް ފޯމުލެވުނީ، 3 ދުވަސްމަތިން 24 ގަޑިއިރު ކިޔޫގައި ހުރެގެންނެވެ. ފޯމުބަލައިގަންނަނީ ދައުލަތުގެ ކަމާބެހޭ ފަރާތުންނެވެ. ދައުލަތުގެ ކަމާބެހޭ ފަރާތަކީ، ވުޒާރާއަކީ، މަރުވެ، ފަނާވާތަނެއްނޫނެވެ. އެހެންނަމަވެސް، ދޭތެރެ ދޭތެރެއިން ކިޔޫހަދައި ފޯމުދޫކޮށް ފޯމުބަލައިގަނެ ހަދައެވެ. މިގޮތުން 1996 ވަނައަހަރު މާލޭގެ ރައްވެއްސަކަށް ވީދުވަހުން ފެށިގެން ކިޔޫގައި ޖެހެމުން ފޯމުލަމުންދާއިރު، ފްލެޓެއް އަދި ނުލިބެއެވެ. 8 އުފަން ދަރިންނާއި 8 ކާފަ ދަރިންވެއްޖެއެވެ. ރާއްޖޭގެ އެއްވެސް ތަނެއްގައި ގެއެއް،ގޯއްޗެއް، ފްލެޓެޢް ނުހުރެއެވެ. ދިރިއުޅެނީ ކުލީ ކޮޓަރީގައެވެ. އެހެންނަމަވެސް. 2008 ގެފަހުން ދަފުތަރުގައި ޖެހުނު މީހުންގެ ތެރެއިންވެސް ފްލެޓް ލިބިފައިވާ މީހުން މަދެއްނޫނެވެ.

  11. އަލްމުއިއްޒުވެފަ

    ސުވާލެއް ކޮށްލާ އިރަށް ރުޅި އަންނަ މުއިއްޒެއް..ހަހަހަހަ
    މީނަ މިނިސްޓަރަކަށް އައި ފަހުން ހައުސިންގ މިނިސްޓްރީ ވެސް މީނަ ހެން މުއިއްޒު ވެއްޖެ