އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށްދާ އުފާ ފާޅުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިންތިޚާބަށްފަހު އެ އިންތިޚާބުގެ ފަހަތުން ރޭވުނުކަމަށް ބުނާ ބައެއް ކަހަލަ ކަންކަމުގެ ވާހަކާއި އެފަދަ އަޑުތައް ދަނީ ގިނަ ވަމުންނެވެ. ހުވާ ކުރުމުގެ ކުރީން ވެރިކަން ކޮށް އަދި މަޤާމުތައްވެސް ބަހާފައިވާކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވޭ މި ދަނޑިވަޅުގައި އިވޭ އެފަދަ ކޮންމެ އަޑަކުން، ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއެއް އެއްކޮށްގެން ހެދި މާސިންގާ ކޯލިޝަނުންވެސް ދަނީ ސިއްސައިގެންނެވެ. މައްސަލަ ބެލުމަށް އެޅެން އޮތް ހުރިހާ ހުރަހެއް އަޅައި އެކަން ހުއްޓުވުމަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރާ އެފަރާތްތަކުން ތިބީ ތައްޔާރަށެވެ.

އެގޮތުން އިންތިޚާބުގެ މައްސަލައެއް ބަލަން ފަށާފައިވާ މި ދަނޑިވަޅުގައި އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އެދިލައްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުތުރުކޮށް ނޫޅުއްވުމަށް ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ މިއަދު ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގެ މި މައްސަލަ ބެލުމަކީ އަހުލާޤު ދަށް، ހުތުރުކަމެއް ކަމަށް ދޭހަވާ ގޮތަކަށް މާރިޔާ މިއަދު ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ޢަމަލުތައް ހުރީ ވެރިއެއްގެ އަޚުލާގީ މިންގަނޑު ހުންނަން ޖެހޭ މިންގަނޑަކު ނޫން ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ، ވޯޓުލުން ނިމުނުތާ ގިނައިރެއް ނުވެ ވަރަށް އަވަހަށް އިއުލާނުކޮށްފައިވާއިރު، އެ ނަތީޖާ އާއި އެކުވެސް ރައީސް ވެރިކަމުން ދުރުވެވަޑައިގަތުމަށް ގޮވާލާ އެރޭގެ ދަންވަރު އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ކުއްލި އެއްވުމެއް ބާއްވައިގެން ބަޔަކު ހޭލާ ތިއްބެވެ. ޖެހިގެން އައި ދުވަހު އެ ވޯޓުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އިންތިޚާބުގެ ވޯޓުލުން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ މިންވަރު ހާމަވެ އެފަދަ އެތައް މައްސަލައެއް ފެންމަތިވެ، އެކަމަށް ހެކިދޭ ކަންކަން ވެސް ވަނީ ފަޅާއަރާފައެވެ. އެއާއި އެކު ރައީސް ޔާމީނަށް ވޯޓުދެއްވި ރައްޔިތުން ވަނީ އެކަން ބަލައި ތަހުޤީޤުކޮށްދިނުމަށް ގޮވާލާއި އަޑުއުފުލާފައެވެ.

ރިޔާސީ އިންތިޚާބަށް ފަހު ޖެހިގެން އައި ދުވަހު، އެ އިންތިޚާބަކީ ޤާނޫނާއި ޚިލާފަށް ކުރިޔަށްގެންދިޔަ އިންތިޚާބެއް ކަން ހާމަކުރައްވާ އިންތިޚާބުގެ ނަތީޖާ އާއި މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެ ސުވާލުތަކާއި އެކުވެސް ޤާނޫނާއި ޚިލާފު ކަމަށް ބުނި އެ އިންތިޚާބުން ކުރި ލިބުމުން އެދުވަހު އޭނާ ވިދާޅުވީ އެއީ ލިބުނު މޮޅެއް ކަމުގައެވެ. އެ އިންތިޚާބުގެ ނަތީޖާ އިންސާފުވެރި ނޫންކަމަށް ވިދާޅުވެ އޭނާ ވާހަކަ ދެއްކެވި ނަމަވެސް، ދާއިމީ ނަތީޖާ އިއުލާނު ކުރުން، އަވަސް ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ހަސަން ލަތީފު ހިމެނިވަޑައިގަންނަވައެވެ.

"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން އިންސާފުވެރިކަމާއި އެކު އިންތިހާބު ބޭއްވި ކަމަކަށް. އަދިވެސް ގަބޫލެއް ނުކުރަން. ވަރަށް ގިނަ ސަބަބުތަށް އެބަހުރި. އާދެ އިލެކްޝަން ކޮމިޝަން އިން ޤާނޫނާއި އެއްގޮތަކަށް ނޫން އެ ކަންތައްތައް ކުރައްވާފައި އެހުރީ،" ވޯޓަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވެފައި ވެއެވެ.

އިންތިޚާބު އޮޅުވާލިކަމަށް ބުނާ މައްސަލަތައް ހާމަވެ ހޫނުވާން ފެށުމާއި އެކު އިދިކޮޅު ފަރާތްތަކުން، ޚާއްސަކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ސިއްސައިގެން ގޮސް، ސީދާ ހަރަކާތްތަކަށް މަގުތަކަށްވެސް ނިކުމެފައެވެ. އަދި ނަތީޖާ ޤަބޫލުކުރެއްވުމަށްފަހު ރައީސް އިންތިޚާބާއި މެދު ސުވާލު އުފައްދަވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓާއި ގުޅިގެން ފެންމަތިވި ޝަކުވާތަކާއި މައްސަލަތަކުގެ ވާހަކައިގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކޮށްފައެވެ. ހަމަ އެހެންމެ ޝަކުވާތަކަށް ބެލުމެއް ނެތި އިއުލާނުކުރެވުނު ވަގުތީ ނަތީޖާއާއި އެކު ބޭރުގެ ޤައުމުތަކުގެ ވެރިންނަށް އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދަނީ ދަޢުވަތު އަރުވަމުންނެވެ.

އިއްޔެ އެ މައްސަލަ ކޯޓަށް ވެއްދުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ތަރުޖަމާން މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީ ބުނާ ގޮތުން ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެ ބާރުތަށް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވޯޓު އޮޅުވާލައި ރައްޔިތުންގެ އެ ހައްޤަށް އުނިކަން ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ އަދި އިދިކޮޅު އެހެން ބޭފުޅުންވެސް އަދި ރައްދެއް ނުދެއްވައެވެ.

ރިޔާސީ އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ރޭގެ ވަގުތެއްގައި ކޯޓުން ވަނީ މައްސަލައި ބަލައިގެންފައެވެ. އަދި މި ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެ ކޯޓުގައި ވަނީ ބާއްވާފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ޚިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ. އެއާއި އެކު ޤާނޫނާއި ޚިލާފަށް ބޭއްވިކަމަށް އެމްޑީޕީން ބުނާ މި ރިޔާސީ އިންތިޚާބުގެ ނަތީޖާ ދިފާޢު ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބޭރު ޤައުމުތަކުގެ މަދަދަށްވެސް އެދެމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

މި އިންތިޚާބުގެ ސައްޙަކަމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާއިރު، މިފަހަރުގެ އިންތިކާބުގައި ރިޝްވަތު ނަގައިގެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ބައެއް ކަންކަން ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މީގެ ކުރިން ވިދާޅުވީ، ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ބަލާނެވަރަކަށްބަލާ. 100 ފަހަރު ވޯޓުލިޔަސް ބަލިކުރާނަން. إن شاء الله.

    • އޯކޭއޭ!! 200 ފަހަރު ބަލިކުރިޔަސް!! އަހަރެމެން މިބުނަނީ އޮޅުވާނުލާ ބަލިކުރާށޭ!! އޮޅުވާލީމަ ކަޑައޭ!!

  2. ޝައްކެއްގެ މައްޗަށް އެއްވެސް ކަމެއް ބިނާ ނުކުރެވޭނެއެވެ. ރަނގަޅު ޞައްޙަގޮތް ހޯދަންޖެހޭނެއެވެ. އޮތީ، لاشك فى ذالك މިގޮތެވެ.

  3. ޕީޕީއެމުން ހުށަހަޅާފައިވާ މައްސަލައަށް އިންސާފް ލިބޭނެކަމަށް އުއްމީދުކުރަން
    96 ހާހަށްވުރެ ގިނަމީހުންގެ ހައްގުތައް ލިބޭނެ
    ކަމަށް އުއްމީދު ކުރަން އިންސާﷲ

    • 96000 މީހުން ގެ ޙައްޤު ލިބޭނެއެވެ. އިދިކޮޅުޕާޓިީ އެއްގެ ގޮތުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހައްޤު އޮންނާނެއެވެ. ދިވެހި ރައްޔަތުކަމެއް ނުގެއްލޭނެއެވެ.

  4. އިންތިޚާބުގެ ނަތީޖާ އާއި މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެ ސުވާލުތަކާއި އެކުވެސް ޤާނޫނާއި ޚިލާފު ކަމަށް ބުނި އެ އިންތިޚާބުން ކުރި ލިބުމުން އެދުވަހު އޭނާ ވިދާޅުވީ އެއީ ލިބުނު މޮޅެއް ކަމުގައެވެ.
    މިއީ އެމްޑީޕީގެ އަސްލު ސިފަ. ތިމާމެން ދަށްވެއްޖެނަމަ ބޭއިންސާފު. މޮޅުވެއްޖެ ނަމަ، އިންސާފު ލިބުނީ. މީތި ކަޑަ

  5. އިލެކްޝަންގެރައީސްކުރެން ،ގާނޫނާޚިލާފް ކއެއްވެސްކުށެއްކުރެއްވިންތޯ އެއްވެސްމީހަކު އެހުމުގެކުރިން ޝަރީފްއިސްވެ އެސުވާލުކުރައްވާ އެއަށްޖަވާބުދެއްވާނަމަ އެއީ މާހަމަޖެހޭކަމެއްނޫންކަމުގަދެކެން. އެހެންނޫނަސް އިންތިހާބުގެސައްޚަކަމާމެދު އަދި ގާނޫނާއިވެސްޚިލާފް އިންތިހާބެއްކަމުގަ ހަސަންލަތީފުވެސް ވިދާޅުވެފަ އިންތިޚާބް ކާމިޔާބުވީމަ އެވިދާޅުވި ގާނޫނާއިޚިލާފްވީމައްސަލަ އެމްޑީޕީންވެސްބަލަންޖެހޭނެކަމުގަ ދެކެން. އިންތިކާބުގެ ވަގުތީނަތީޖާ އިއުލާންކުރުންލަސްވެގެން ތެޅިގަންފަ ޓީވީތަކަށްއަރާ ދައްކާވާހަކަތައް އަޑުއަހަން އެތައްހާސްރައްޔިތުންނެއްތިބޭނެކަން ވެސް ހަނދާންނުން ފުހެލައްވާނަމަ އެވެސްވަކިންކުޑަކަމެއްނޫން.

  6. ވޯޓްލާ މަރުކަޒުގެ ހުރިހާ އޮފިޝަލުންނަކީ ޕީޕީއެމްގެ އެކްޓިވިސްޓުން. ޕީޕީ އެމްއަށް ކުޑަ ޝައްކެތްވާ މީހަކުވެސް ހުރިއްޔާ ބޭރުކުރި. އެތާ ތިބިބަޔަކަށް ވޯޓްއޮޅުވާލެވޭނީވެސް، އެހެންވީމާ ވޯޓްއޮޅުވާލަން މަސައްކަތް ކުރީވެސް ޕީޕީއެމުން. އެކަން ކާމިޔާބުނުވެ ދިވެހި ތާރީޚް ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ބައްޔަކުން ބަލިވީމަ އަދިވެސް ވެރިކަމުގައި ހުރެވޭތޯ ބަލަނީ.

  7. ޝަރީފް ، އިލެކްޝަން ކޮމިޝަންގެ 4 މެމްބަރުން ފިލި ސަބަބު ވަރަށް ސާފްކޮށް މީޑިއާގަ ވިދާޅުވެ ދެއްވާ، ޝަރީފް އަށް އިނގިގެން ހިނގާފައިަވާ ކަމެއްވިއްޔާ ސާފްކޮށްދެއްވާ، ރާއްޖޭގައި މަރުގެ އިންޒާރު ދިނުމަކީ އާންމުކަމެއް، 4 މެމްބަރުން ފިޔަވާ ރާއްޖެ ދޫކޮށް ދިޔަ ބަޔަކު ނެއިތް،

  8. ސިއްސައިގެން ނުދާނެ! ޥަގުތަށް ހީވާގޮތްތީ. ދެންވޯޓުލިޔަސް ޔާނު ވާނީ ހަމަބަލި.ސިއްސައިގެން ގޮސް ބިސްހާއްޔަށް ވެއްޓިގެން ކުކުޅެއްހެން ފީވެގެން ކޯޓަށް ދިޔައީ ބަލި ގަބޫލު ނުކުރާ ދެފުއްކެހެރި.??

  9. ބޮޑުވަގު ޖެހޭނީ ވެރިކަމުން ބާލަން..

  10. މެޑަމް އައިސަ

    އިބޫ ހޮވުނަސް ވެއްޓޭނެ ފިސާރި އަވަހަށް

  11. ލާދީނީ ބައިގަނޑޫ. ކަލޭމެން ބުނީމެންނު ކޯޓަކަށް ނުލެވޭނެޔޭ ހެއްކެއް ނެތޭ. އެއޮތީ ލާފައެއްނު. ދެން ކީކޭ ބުނާނީ. ހެދުނު ނުބައި ފަޅާއަރާފާނެތީދޯ ތިބިރުން ތެޅިފޮޅެނީ. ޕޕމ މީހުންނޭ ތިބީ ފޮށި ކައިރީ ބުނާ މީހުން ކައިރީ ބުނެލަން ބޭނުމީ ޝަރީފަށް ރިޝްވަތު ދީގެން އޭނަ ބޭނުން ބަޔެކޭ ބަހައްޓާފަ ހުރީ.

  12. ޕީޕީއެމުގެ ޤާނޫނީ ޓީމަކީ، ޣައިރު ޤާނޫނީ ޓީމެއްތޯ ސުވާލުއުފެދެއެވެ. އެހެނީ، ފެބުރުއަރީ އެކެއްގެ މައްސަލާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ފަޚުރުވެރިވެ، ތިޔަޓީމުން ބުނެފައިވަނީ، އެކަންކަމަކީ، ލިބިފައިވާ ޢިލްމާއި މަޢުލޫމާތާއި ތަޖުރިބާގެ މައްޗަށް ހޯދިފައިވާ ކާމިޔާބެއް ކަމުގައެވެ. އެހެންކަމަށްވާނަމަ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ސުޕުރީމު ކޯޓުގެ ފުރާޅުން ޓިނުނަގައި، އުއްތަމަފަނޑިޔާރު ޖަލަށްލުމަކީ، ހޯދިފައިވާ ކާމިޔާބެއެް ކަމަށް ދެކޭނަމަ، ތިޔަޓީމުގައި ޢާންމު މަޞްލަޙަތާއި އަމަންއަމާންކަމަށް ލޯބިކުރާ އެއްވެސް ބޭފުޅަކު އެބަހުރިތޯ ސުވާލުއުފެދެއެވެ. ޔަޢުނީ، އުއްތަމަފަނޑިޔާރުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ތުހުމަތަކީ، އެއްވެސް ތާކުންތާކުނުޖެހޭ ޒާތީ ތުހުމަތެއް ކަމަށްވެ، އެމައްސަލަ ނިމިއްޖެއެވެ. ދެންއޮތީ، އިންތިޚާބު ބާޠިލުކުރުމުގެ މައްސަލާގައި އުފެދޭ ސުވާލެވެ. ތިޔަފަރާތުގެ ކެނޑިޑޭޓުގެ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި ޤަބޫލުކޮށް ބަލައިގެންފައިވާ އިންތިޚާބެއް(ނަތީޖާ) އެއް، ބާޠިލުކުރެވޭނެ އެއްވެސް ހަމައެއް އުޞޫލެއް އޮންނާނެތޯ އުފެދޭ ސުވާލެވެ. އެހެނީ، އެނގިގެން ނުބައިކޮށް ކަންތައްތައް ކުރުމަކީ، ވަރަށްބޮޑު ގޯހެކެވެ.

  13. 100 ފަހަރު ބޭއްވިޔަސް ޔަހޫދީން އަތުން ލާރިގެނަސް ބަހާނަން ދޯ؟؟

  14. އިންޝާ ﷲ ރައީސް ޔާމީން ހޮވޭނީ. ލާދީނީ ބައިގަނޑަށާއި ޔަހޫދީންނަށް ކާމިޔާބެއް ނެތް

  15. ބޮޑެތި މަގާމުތަކަށްލާ މީހުންގެ ބެކްގުރައުންޑް ޗެކް ނުކުރާ
    ތީ ލިބޭގެއްލުން މި ޝަރީފުގެ ސަބަބުންވެސް މި ލިބިގެންދިޔައީ

  16. ދެވަނަ އިންތިހާބެއް

    މި އިންތިހާބު ބާޠިލުކޮށް ދެވަނަ އިންތިޚާބެއް ބާއްވައިފި ނަމަ، ރައީސް ޔާމީނަށް ލިބޭ ވޯޓު 96000 އަށްވުރެ އެތަށް ތަނެއް ދަށްވާނެކަން ޔަޤީނެވެ. އޭރުން އަނެއްކާ ވެސް މިކަލޭގެ ބުނާނީ ހަމަ ވޯޓު އޮޅުވާލީ ކަމަށެވެ. މިކީ ނިމުމެއް އޮތް ކަމަކަށް ނުވާނެ އެވެ. މިޤައުމަށް މިއޮތީ ޔާމީން ކިޔާ ނުފޮރުއްޕާނެއް ޖެހިފަ އެވެ.

  17. ބާރުތައް ފެށިގެންއަންނަނީ ރައްޔިތުންގެކިބައިން އެކަމު ރައްޔިތުންގެ ވޯޓެއް އޮޅުވާލި ވާހަކަ ބުނީމަ ބައެއްގެ ބަސްހުއްޓިޖެ. އެވާހަކަ އަޑުއިވޭކަމައްވެސް ނަހަދާ ކިޔަނީ އަވަހައް ހުވާކުރަން އަވަސް ކުރާށޭ. ހުޅުމާލޭން 400 ގޯތި ވިއްކާތި އެކިނަންނަމުގަ އޭސީސީ އަށާ ކޯޓަށާ ޕެޓިސަން ހަދައިގެން އެއްގޮތް ނެތީޔާ އަނެއްގޮތަކުން ވެސް އެކަން ހުޓުވަން ލޮލުފިޔަނުޖަހާ އުޅޭއިރު، ރައްޔިތުންގެ އިންތިހާބު އޮޅުވާލީއޭ ބުނީމަ އެކަން ބޮޑެއްނުވެ. ޕެޓިސަން ހަދާނެ މީހަކުވެސް ނުވި، ކޯޓައްދިޔަމީހާވެސް ވީގޯސް. އަޅެ ވެރިކަން ބަޔަކު ބޭނުންވެފަ ތިބިލެއް ކިތަންމެބޮޑަސް ބަޔަކު އެހެންކިޔަންޔާ ތިކިޔަަނީ ކީކޭތޯވެސް އަހާލުން ރަގަޅު. މިވަރުގެ ބަޔަކު ރައްޔިތުންގެ ވެރިކަމެއްކޮއްދޭނަމޭ ބުނާތީ ހަމަ ހައިރާންވެ.

  18. ވޯޓު ލުމުގެދެރޭ ކުރިން އެމް7 އިން ރާއްޖެޓީވީއައް ދިން އިންޓަވިއު އަޑުއެހި މީހަކައްވެއްޖެޔާ އެރޭ އަޑުއިވަފަ އޮންނާނީ އެމީހުންދެއްކި ވާހަކަ. އެހިސާބުން އިންތިހާބު އިންސާފްވެރިނޫންކަން ފަހުމުވާވެ. މޮޅުވީމަ މިހާރު އެރޭދެއްކިވާހަކަ ވަޔާ އަރުއްވައިގަތީބާއޭ ހިތައްއަރަ

  19. މާރިޔާގެ އަޚްލާގީ ފެންވަރުކޮބާ ގާނޫނު އަސާސީއަށް ފައިން އެރީ ކާކު ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތޭދޯ މި ރަންޑީގެ. ޤއަޚްލާޤީ ފެންވަރު ދައްކާއިރު މީނަ މަޖިލިސް ތެރޭ މިއުޅެނީ ކިހިނެއްބާ!

  20. "ކޮންމެ ކަމެއްވެސް ނިމޭނީ ތަޤްދީރުގަވާ ޤޮތަށް" ތަދްބީރު ކުރާގޮތްވާނީ ޕުލޭނަކަށް!!!!!!

  21. ޖީއެމްއާރާ އެޕޯލޯ ހޮސްޕިޓަލް ކުންފިނިތަކުން ދިން ރިޝްވަތުގެ 5 މިލިޔަން ޑޮލަރ ވަނީ ކާކުގެ ޖީބަށްބާ؟ މި މައުލޫމާތު އެބަހުރި. ވަގުތު ޖެހުމުން ގައުމާ އެކައުންޜޓް ނަމްބަރާ ޖަމާކުރި ފަރާތްވެސް ހާމަ ވާނެ. ހިނދުކޮޅެއް އޮތީ ޥަގުތުޖެހެން. ކެތްތެރިވޭ.

  22. މިހާރު މިދާގޮތުން، 2011 ވަނަ އަހަރުން ފެށިގެން، މިހާތަނަށް މިރާއްޖޭގެ ހުރިހާކޯރޓުތަކުން ކުރި ހުރިހާ ޙުކުމެއް، ވަރި ކައިވެނިފިޔަވައި، ބާތިލު ކުރުމކީ މިވަގުތަޑް އެއްމެ މަސްލްހަތު ގޮތެވެ. އެހެންނޫނިއްޔާ "ޖަޒީރާ ރައީސް" ހިތްޕުޅާ ވާނެ އެހެންގޮތެއް ނޯންނާނެއެވެ. ޔަޤީން!!! ޙުވާ ކަށަވަރު!!!!?

  23. ކޯޓުންބޭރުގައި ކުރެވެންނެތްކަމެއްގައި ކޯޓަށްދިޔުމުން އޮންނާނީކޯޓުގެބަހެވެ.

  24. މުސްލިމުން އެބައިމީހުން
    އިސްލާމީ ޝަރީޢަތަށް ޢަމަލު ކުރުން ދޫކޮއްލާ ކުފުރުގެ ނިޒާމް
    (ޑިމޮކްރެސީ)ކޮނޑު އަޅައިގެން މުސްލިމުން އެބައިމީހުންގެ މުސްލިމު ވެރިޔާކައި ދެކޮޅުވެރިވެ އެވެރިޔާގެ ޙައްޤުތަކަށް އަރައިގަނެ އެ ވެރިޔާގެ މައްޗައް އަނިޔާވެރިވެ ޙަވާރިޖުންނާއި ހީޒްބީންތަށް މުސްލިމު ވެރިޔާ އާއި ދެކޮޅަށް ނުކުމެ އެ ވެރިޔާ އާއި ހަނގުރާމަކުރީމާ ދެންވާނެ ހުރިހާގޮތްތަކެއް މިވަނީ.
    ﷲ ގަނދީބުނަން قرانއާއި މާތްނަބީ صلى الله عليه وسلم ގެ ޠާހިރު ސުއްނަތް ދޫކޮއްލާ އަދި ނަބިއްޔާ صلى الله عليه وسلم ގެ މާތް ޞަޙާބީ ބޭކަލުން رضي الله عنهـم ގެ މަގުދޫކޮއްލާ އަދި މުސްލިމުވެރީން ނަށް އަޑުހާ ކިޔަމަން ވުންވެސް މިވަނީ ދޫކޮއްލާފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!؟ ފަހެޑިމޮކްރެސީއަކީ ކޯއްޗެއްތޯއެވެ؟
    ކުރުގޮތަކަށް ދައްނަވާނަމަ ހަމަކަށަވަރުންވެސް ދެއްނެވޭނީ ޑިމޮކްރެސީއަކީ މުސްލިމުން ޝަރްޢީ ޢިލްމާއި ދުރުކުރުވުމާއި އެކު މުސްލިމު ޒުވާނުން މަގުފުރެދުމާއި އަދި ކާފަރުން މުސްލިމުންގެ މައްޗައް އަނިޔާވެރިވުމައި އަދި ޙައްގުތަށް ނިގުޅައި ގައްނަ އަނިޔާވެރިކަމުގެ ނިޒާމެކެވެ.