ފުލުހުން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން - ވަގުތު އިމޭޖެސް

މ. ވީނަސް ގޭ ފަސް ވަނަ ބުރިން މިއަދު ޒުވާނަކު ވެއްޓި ނިޔާވިއިރު އޭނާ އާއި އެކު އެއިމާރާތުގެ ކޮޓަރިއެއްގެ ތެރޭގައި އުޅުނު އެންމެން ހައްޔަރުކޮށްފިއެވެ.

މަޖީދީމަގު ސޮނީ ހާޑްވެއާ ފިހާރަ ހިންގާ އިމާރާތުގައި ހުންނަ ގެސްޓް ހައުސްގެ ފަސް ވަނަ ބުރީގެ ބެލްކަންޏަކުން ވެއްޓި ނިޔާވީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ އަހުމަދު ޔަޝް އެވެ.

ފުލުހުން މިއަދު ހައްޔަރުކޮށްފައި ވަނީ ޔަޝް އާއި އެކު ރޭ އެކޮޓަރީގައި އުޅުނު ދެ އަންހެނަކާއި ފިރިހެނެެވެ.

ޔަޝް އިމާރާތުގެ މަތިން ވެއްޓި ނިޔާވެފައި ވާއިރު ރޭ ފަތިހުން ފެށިގެން އެމީހުން ތެރޭ ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭހެން ހީވާ ފަދަ އަޑުތަކެއް އިވިގެން ގެސްޓް ހައުސް ހިންގާ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓް ވެސް ކުރިއެވެ.

ނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތުމުން ގެސްޓް ހައުސް އަށް ނުވަދެވޭނެ ކަމަށް ބުނެފައި ކަމަށް ގެސްޓް ހައުސް އިން ބުނެއެވެ.

ޔަޝްގެ މަރާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. ކުއްލި ނުރައްކަލުގެ ދަށުން ނުވަދެވޭނެތޯ؟!

 2. މިފަހަރު ނުލިބުނުދޯ ކޯޓުއަމުރެއް !!!

 3. އެސް.އޯ.އީ ދަށުން ކޯޓް އަމުރު ބޭނުންވޭތޯ؟ ވަރަށް ދެރަ އަނެއްކާ ވެސް އަނެއް މަރު. އާއިލާއަށް ކެތްތެރިކަން ދެއްވާށި...

 4. އެސްއޯއީ އޮންނަ އިރު ކޯޓު އަމުރު ބޭނުން ވޭތަ؟ ?

 5. ފުލުހުން ތިކަމުގަ ކޯޓުއަމުރެއް ބޭނުންވާ ސަބަބު !

 6. ތަރުބިއްޔަތު

  އޭނާ މަރާލަން ވައްޓާލީ ނޫނީ މަސްތުވެގެން ވެއްޓުނީ. ރަނގަޅަށް ތަހުގީގުކުރަންޖެހޭ ކަމެއް. ތިޔަތަނުގައި އެމީހުން ތިބެންޖެހުނީ ކީއްވެ ހެއްޔެވެ؟ މައިންބަފައިން ކޮބާ ހެއްޔެވެ؟

 7. ކުއްލި ހާލަތުގައި ބައެއް ފަރާތްތަކުން ހައްޔަރުކުރަންވީމަ، ކޯޓް އަމުރު ހޯދަން ނުޖެހޭ.

 8. ދިއްދޫ އާދަނު

  މިދުވަސްވަރު ކޯޓު އަމުރެއް ބޭނުމެއްނުވާނެ. ތި ޒުވާނާގެ މަރުގެ ޒިންމާ ޕޮލިހުން ނަގަންޖެހޭ. ކޯޓު އަމުރު ބޭނުންވާނެކަމަށް ބުނި ޕޮލިސްމީހާއަށް ދައުވާކުރަންޖެހޭނެ.

 9. ކީއްކުރާނީ ކާފިޔާ އިއުލާން ކުރީމަ ވާނީ މިހެން.، ސިޔާސީ ވެރިން ހައްޔަރު ކުރެވޭނެ ކޯޓު އަމުރުނެތަސް، އެކަމު އެހެން މީހުންނެއް ނުކުރެވޭނެ. ސަޅިތީތި.

 10. ހީކުރީ ކޯޓު އަމުރަކާއިވެސްނުލާ މިދުވަސްވަރުގެފުލުހުންނަށް މީހުން ހައްޔަރުކުރެވޭކަމަށް

 11. އެމަޖެންސީގަ ކޯރޓް އަމުރު ބޭނުން ވަނީ ބައެއް ކަންކަމުގަތަ.

 12. ހަަާދަ ހެެއްވައެޭ ކުއްލިނުރައްކަާ އިއުލަާން ކޮއްފަ އޮތިީމަ އެޭކިޔަާފަ ކޯޓުއަމުރު ނެތަސް އެހެން ތަންތަނަށްވަދެވެަެދޯ?

 13. ވަކިކަމަކައް ހޯދަންޖެހޭ އެއްޗެއްތީ ( ކޯޓު އަމުރު ) ނިމެނީ ......

 14. ގެސްޓުހައުސް ހިންގާ ފަރާތުން ރިޕޯރޓް ކުރީމަވެސް ކޯޓް އަމުރު ބޭނުންވޭތަ؟ ހުއްދަ ލިބިގެން ވަދެވޭނު؟ އެހެން ނޫނަސް މިއޮތީ ކުއްލި ނުރައްކަލުގެ ހާލަތު.. އަމުރު ނެތި ވަދެވޭނެ.. ފުލުހުންގެ ޒިންމާ އަދާ ނުކުރެވިފަ ތިއޮތީ

 15. ކޮންމެހެން ވަންނަން ބޭނުންވާ ތަންތަނަށް ހެދުނެހް ހަވީރެއް ދަންވަރެއް ނެތި ވަދޭ. ކޯޓް އަމްރުވެސް ކޮންމެ ގަޑިއަކުވެސް ހޯދާ.

 16. މުޙައްމަދު

  ކޯޓު އަމުރު ނެތިގެން ގެއަށް ނުވަދެވި މީހެއްގެ ފުރާނަ ގެއލިގެން ދިޔައީ.. ފުލުހުން ބޭނުންވެއްޖެ ނަމަ ހާރުދަމާއި ފަތިސްދަމުވެސް ކޯޓު އަމުރު ލިބޭ ހޯދަން އުޅުނީމަ

 17. ފުލުހުންގެ ޚިދްމަތް ބޭނުންޖެހޭ ވަގުތު ކޯޓުއަމުރު؟؟؟ ގޭގޭތެރެއަށްވަދެ މީހުންގެ ލޮލަށް އޭތިމީތި ޖަހަންވީމަ ކުއްލި ހާލަތު؟؟؟ ރައްކާ ތަންތަނަށް ނުރައްކާ. ނުރައްކާ ތަންތަނަށް ރައްކާ.

 18. ޕާޓީ އެސިޑް ބޭނުންކޮށްގެން މޮޔަވަނީ

 19. މި އަކީ ކުއްލި ހާލަތު އިއުލާން ކޮށްފަ އޮތް ޤައުމެއް ކީއްވެގެންބާ ކޯޓު އަމުރު ނެތިގެންނޭ ކިޔާފަ ނުވަދެ ތިބެންޖެހުނީ؟ ސިޔާސީ މީހެއް ވެއްޖާ ފަތިހު ކޯޓު އަމުރު ޖަހައިގެން ވެސް އެތަނަކަށް ވަންނަން ޖެހޭނެ!!
  އެންމެން ބާރަށް އަތްޖަހާފަ ނަށަން ވީތަ؟ އަދުރޭ! ނިހާނު!

 20. ޒުވާނުން ފާޙިޝް ޢަމަލުތަކުގެ ތެރޭގައި...

 21. ބަލަ ކީވެގެން ނައީ ގުޅީމަ މަރުވީމަތަ ހުައްދަދިނީ ކޯޓުން

 22. މިހާ އަންހެނުން ގިނަ ފަސޭހަ ޤައުމެއްގައި މޮޔަޔަކު ދޯ އަންހެނާހެދި މަރުވާނީ

 23. މަތީމަޖުލިސް

  އެއްވެސްކަމަކަށް ކޯޓުއަމުރު ބޭނުމެއްނުވާނެ.ގާނޫނު ހަދަށް މަޖިލިސްގައި އުޅުނުމީހުންނަށް އެހަދަށް ނޭނގިފައި ތިއޮތީ

 24. ގެސްޓް ހައުސްއި ވެރިމީހާ ނުވަތަ އެތަނާ ހަވާލުވެ ހުންނަމީހާ ގުޅީމަވެސް ޖެހޭތަ ކއ ހޯދަން ؟

 25. އެއްކޮޓަރީއެއްގައީ ދެ އަންހެނުންނާއީ ދެ ފީރީހެނުން.. އައީލީ ގުޅުމެއް އެބައޮތްތަ އެމީހުންގެ މެދުގަ؟

 26. ކަމެއްހިނގީމަ ދޯ ހޭވެރިކަންވަނީ، ފަތިސް ވަންދެން ގްރޫޕް ހަދައިގެން ތިބެންޖެހޭތަ. ކޮބާ ބެލެނިވެރިންގެ ޒިންމާ. މިނިވަންކަން އޮތަ ވަރުން ދެންދަރިންވެސް ނެތް ހިފެހެއްޓޭކަށް. ޢހ

 27. މިދެން ގައުމެކޭ ވެސް ބުނަން ލަދު ގަނޭ..ކޯޓުތަކުގެ ސޯޓުބޭލިފަ ހުންނަވަރުްން

 28. ގެސްޓް ހައުސްއަކަށ ވަންނާކަށް ކޯޓް އަމުރެއް ބޭނުމެއް ނުވާނެ.

 29. ވަކިމީހަކުނޫނީވަކިބަޔަކުހައްޔަރުކުރަންވީމަދޯކޯޓުއަމުރެއްހޯދަންޖެހެނީނޫނީކޯޓުއަމުރަކާއެކުނޫނީނުވަދެވެނީ

 30. ކުނޫޒައްވަދެމީހުންގެލޮލައް އަނގަޔައްޕޭޕަސްޕްރެކުރަނީކޯޓުއަމުރުހޯދައިގެންވަދެތަ

 31. ސޯ. ފުލުހުންޖެހޭނީ ތިމަރާ ޒިންމާވާން. ފުލުހުން ހާދަ ކަޑައޭ ދޯ. މަ ކޮސްވެއްޖެ...

 32. ސީ-އާއި-ސީ

  މިދިވެހިން މިހާރު ތިބެނީ ކޮންމެ ކަމަކަށް ސީ އާ ސީ އެއްނުކު ރެވިގެން

 33. އެސްއޯއީ އޮންނަ އިރު ކޯޓު އަމުރު ބޭނުން ވޭތަ؟

 34. ފަސްވަނަ ފަންގިފިލައިން ސަރުކާރު ވެއްޓެނީއޭ ބުނިނަމަ ފުލުހުންނަށް ތިތަނަށް ވަނުމަށް ފަސޭހަވީސް.. ސޮރީ މީތި ސިޔާސީ ކޮށްލެވުނީމަ..