މ. ވީނަސް ގޭ ފަސް ވަނަ ބުރިން މިއަދު ޒުވާނަކު ވެއްޓި ނިޔާވިއިރު އޭނާ އާއި އެކު އެއިމާރާތުގެ ކޮޓަރިއެއްގެ ތެރޭގައި އުޅުނު އެންމެން ހައްޔަރުކޮށްފިއެވެ.

މަޖީދީމަގު ސޮނީ ހާޑްވެއާ ފިހާރަ ހިންގާ އިމާރާތުގައި ހުންނަ ގެސްޓް ހައުސްގެ ފަސް ވަނަ ބުރީގެ ބެލްކަންޏަކުން ވެއްޓި ނިޔާވީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ އަހުމަދު ޔަޝް އެވެ.

ފުލުހުން މިއަދު ހައްޔަރުކޮށްފައި ވަނީ ޔަޝް އާއި އެކު ރޭ އެކޮޓަރީގައި އުޅުނު ދެ އަންހެނަކާއި ފިރިހެނެެވެ.

ޔަޝް އިމާރާތުގެ މަތިން ވެއްޓި ނިޔާވެފައި ވާއިރު ރޭ ފަތިހުން ފެށިގެން އެމީހުން ތެރޭ ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭހެން ހީވާ ފަދަ އަޑުތަކެއް އިވިގެން ގެސްޓް ހައުސް ހިންގާ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓް ވެސް ކުރިއެވެ.

ނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތުމުން ގެސްޓް ހައުސް އަށް ނުވަދެވޭނެ ކަމަށް ބުނެފައި ކަމަށް ގެސްޓް ހައުސް އިން ބުނެއެވެ.

ޔަޝްގެ މަރާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ބުއްޅަބޭ

    ކުއްލި ނުރައްކަލުގެ ދަށުން ނުވަދެވޭނެތޯ؟!

  2. މިނިކާ

    މިފަހަރު ނުލިބުނުދޯ ކޯޓުއަމުރެއް !!!

  3. މުނީރާ

    އެސް.އޯ.އީ ދަށުން ކޯޓް އަމުރު ބޭނުންވޭތޯ؟ ވަރަށް ދެރަ އަނެއްކާ ވެސް އަނެއް މަރު. އާއިލާއަށް ކެތްތެރިކަން ދެއްވާށި...

  4. ހޯނ

    އެސްއޯއީ އޮންނަ އިރު ކޯޓު އަމުރު ބޭނުން ވޭތަ؟ ?

    • ވާނުވާ

      އެސްއޯއީ ނިމުންކަން އެނގޭތޯ

      • ހުދާ

        ނުނިމެ. ރިޔާސީ އިންތިހާބާހަމަޔަށް ދެމިއޮންނާނެޔޯ...........
        ???

  5. އަސާސް

    ފުލުހުން ތިކަމުގަ ކޯޓުއަމުރެއް ބޭނުންވާ ސަބަބު !

  6. ތަރުބިއްޔަތު

    އޭނާ މަރާލަން ވައްޓާލީ ނޫނީ މަސްތުވެގެން ވެއްޓުނީ. ރަނގަޅަށް ތަހުގީގުކުރަންޖެހޭ ކަމެއް. ތިޔަތަނުގައި އެމީހުން ތިބެންޖެހުނީ ކީއްވެ ހެއްޔެވެ؟ މައިންބަފައިން ކޮބާ ހެއްޔެވެ؟

  7. ބައްޕަ

    ކުއްލި ހާލަތުގައި ބައެއް ފަރާތްތަކުން ހައްޔަރުކުރަންވީމަ، ކޯޓް އަމުރު ހޯދަން ނުޖެހޭ.

  8. ދިއްދޫ އާދަނު

    މިދުވަސްވަރު ކޯޓު އަމުރެއް ބޭނުމެއްނުވާނެ. ތި ޒުވާނާގެ މަރުގެ ޒިންމާ ޕޮލިހުން ނަގަންޖެހޭ. ކޯޓު އަމުރު ބޭނުންވާނެކަމަށް ބުނި ޕޮލިސްމީހާއަށް ދައުވާކުރަންޖެހޭނެ.

  9. އެ މީހާ

    ކީއްކުރާނީ ކާފިޔާ އިއުލާން ކުރީމަ ވާނީ މިހެން.، ސިޔާސީ ވެރިން ހައްޔަރު ކުރެވޭނެ ކޯޓު އަމުރުނެތަސް، އެކަމު އެހެން މީހުންނެއް ނުކުރެވޭނެ. ސަޅިތީތި.

  10. Anonymous

    ހީކުރީ ކޯޓު އަމުރަކާއިވެސްނުލާ މިދުވަސްވަރުގެފުލުހުންނަށް މީހުން ހައްޔަރުކުރެވޭކަމަށް

  11. ޜަދީ

    އެމަޖެންސީގަ ކޯރޓް އަމުރު ބޭނުން ވަނީ ބައެއް ކަންކަމުގަތަ.

  12. ާކަމަނަ

    ހަަާދަ ހެެއްވައެޭ ކުއްލިނުރައްކަާ އިއުލަާން ކޮއްފަ އޮތިީމަ އެޭކިޔަާފަ ކޯޓުއަމުރު ނެތަސް އެހެން ތަންތަނަށްވަދެވެަެދޯ?

  13. ދެން

    ވަކިކަމަކައް ހޯދަންޖެހޭ އެއްޗެއްތީ ( ކޯޓު އަމުރު ) ނިމެނީ ......

  14. ނަން

    ގެސްޓުހައުސް ހިންގާ ފަރާތުން ރިޕޯރޓް ކުރީމަވެސް ކޯޓް އަމުރު ބޭނުންވޭތަ؟ ހުއްދަ ލިބިގެން ވަދެވޭނު؟ އެހެން ނޫނަސް މިއޮތީ ކުއްލި ނުރައްކަލުގެ ހާލަތު.. އަމުރު ނެތި ވަދެވޭނެ.. ފުލުހުންގެ ޒިންމާ އަދާ ނުކުރެވިފަ ތިއޮތީ

  15. ބަރުގޮނު

    ކޮންމެހެން ވަންނަން ބޭނުންވާ ތަންތަނަށް ހެދުނެހް ހަވީރެއް ދަންވަރެއް ނެތި ވަދޭ. ކޯޓް އަމްރުވެސް ކޮންމެ ގަޑިއަކުވެސް ހޯދާ.

  16. މުޙައްމަދު

    ކޯޓު އަމުރު ނެތިގެން ގެއަށް ނުވަދެވި މީހެއްގެ ފުރާނަ ގެއލިގެން ދިޔައީ.. ފުލުހުން ބޭނުންވެއްޖެ ނަމަ ހާރުދަމާއި ފަތިސްދަމުވެސް ކޯޓު އަމުރު ލިބޭ ހޯދަން އުޅުނީމަ

  17. ޢަބުދުﷲ

    ފުލުހުންގެ ޚިދްމަތް ބޭނުންޖެހޭ ވަގުތު ކޯޓުއަމުރު؟؟؟ ގޭގޭތެރެއަށްވަދެ މީހުންގެ ލޮލަށް އޭތިމީތި ޖަހަންވީމަ ކުއްލި ހާލަތު؟؟؟ ރައްކާ ތަންތަނަށް ނުރައްކާ. ނުރައްކާ ތަންތަނަށް ރައްކާ.

  18. އަކްޝޭ

    ޕާޓީ އެސިޑް ބޭނުންކޮށްގެން މޮޔަވަނީ

  19. އަޖައިބު

    މި އަކީ ކުއްލި ހާލަތު އިއުލާން ކޮށްފަ އޮތް ޤައުމެއް ކީއްވެގެންބާ ކޯޓު އަމުރު ނެތިގެންނޭ ކިޔާފަ ނުވަދެ ތިބެންޖެހުނީ؟ ސިޔާސީ މީހެއް ވެއްޖާ ފަތިހު ކޯޓު އަމުރު ޖަހައިގެން ވެސް އެތަނަކަށް ވަންނަން ޖެހޭނެ!!
    އެންމެން ބާރަށް އަތްޖަހާފަ ނަށަން ވީތަ؟ އަދުރޭ! ނިހާނު!

  20. ހައިސަމް

    ޒުވާނުން ފާޙިޝް ޢަމަލުތަކުގެ ތެރޭގައި...

  21. ނަަނީ

    ބަލަ ކީވެގެން ނައީ ގުޅީމަ މަރުވީމަތަ ހުައްދަދިނީ ކޯޓުން

  22. ކެރެޓް

    މިހާ އަންހެނުން ގިނަ ފަސޭހަ ޤައުމެއްގައި މޮޔަޔަކު ދޯ އަންހެނާހެދި މަރުވާނީ

    • މާނީ

      ބަލަ ލޯތްބަކީ ކަނު އެއްޗެކޭ

  23. މަތީމަޖުލިސް

    އެއްވެސްކަމަކަށް ކޯޓުއަމުރު ބޭނުމެއްނުވާނެ.ގާނޫނު ހަދަށް މަޖިލިސްގައި އުޅުނުމީހުންނަށް އެހަދަށް ނޭނގިފައި ތިއޮތީ

  24. މަ

    ގެސްޓް ހައުސްއި ވެރިމީހާ ނުވަތަ އެތަނާ ހަވާލުވެ ހުންނަމީހާ ގުޅީމަވެސް ޖެހޭތަ ކއ ހޯދަން ؟

  25. ކަޝީ

    އެއްކޮޓަރީއެއްގައީ ދެ އަންހެނުންނާއީ ދެ ފީރީހެނުން.. އައީލީ ގުޅުމެއް އެބައޮތްތަ އެމީހުންގެ މެދުގަ؟

  26. އހ

    ކަމެއްހިނގީމަ ދޯ ހޭވެރިކަންވަނީ، ފަތިސް ވަންދެން ގްރޫޕް ހަދައިގެން ތިބެންޖެހޭތަ. ކޮބާ ބެލެނިވެރިންގެ ޒިންމާ. މިނިވަންކަން އޮތަ ވަރުން ދެންދަރިންވެސް ނެތް ހިފެހެއްޓޭކަށް. ޢހ

  27. ހަސަންބެ

    މިދެން ގައުމެކޭ ވެސް ބުނަން ލަދު ގަނޭ..ކޯޓުތަކުގެ ސޯޓުބޭލިފަ ހުންނަވަރުްން

  28. 1828

    ގެސްޓް ހައުސްއަކަށ ވަންނާކަށް ކޯޓް އަމުރެއް ބޭނުމެއް ނުވާނެ.

  29. ގާދިރު

    ވަކިމީހަކުނޫނީވަކިބަޔަކުހައްޔަރުކުރަންވީމަދޯކޯޓުއަމުރެއްހޯދަންޖެހެނީނޫނީކޯޓުއަމުރަކާއެކުނޫނީނުވަދެވެނީ

  30. ގާދިރު

    ކުނޫޒައްވަދެމީހުންގެލޮލައް އަނގަޔައްޕޭޕަސްޕްރެކުރަނީކޯޓުއަމުރުހޯދައިގެންވަދެތަ

  31. dhera

    ސޯ. ފުލުހުންޖެހޭނީ ތިމަރާ ޒިންމާވާން. ފުލުހުން ހާދަ ކަޑައޭ ދޯ. މަ ކޮސްވެއްޖެ...

  32. ސީ-އާއި-ސީ

    މިދިވެހިން މިހާރު ތިބެނީ ކޮންމެ ކަމަކަށް ސީ އާ ސީ އެއްނުކު ރެވިގެން

  33. އަދް

    އެސްއޯއީ އޮންނަ އިރު ކޯޓު އަމުރު ބޭނުން ވޭތަ؟

  34. ބޫން

    ފަސްވަނަ ފަންގިފިލައިން ސަރުކާރު ވެއްޓެނީއޭ ބުނިނަމަ ފުލުހުންނަށް ތިތަނަށް ވަނުމަށް ފަސޭހަވީސް.. ސޮރީ މީތި ސިޔާސީ ކޮށްލެވުނީމަ..