އެމްސެވަންގެ މުވައްޒަފުންނަށް ޕީޕީއެމް އިން ރިޝްވަތު ހުށަހެޅި ވާހަކަ ދައްކަނީ އިންތިހާބާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގައި އެމްސެވަން އަށް ރައްދުވާ ކަންތައްތަކެއް ހުރުމުން ފޯކަސް ގެއްލުވާލުމުގެ ގޮތުން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމް އިން މިހެން ބުނެފައިވާއިރު އިންތިހާބާއި ގުޅިގެން ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ދޮގު ހެކިދޭން ބަޔަކު ރިޝްވަތާއި ބިރުދެއްކުމުގެ ކަންކަން ކުރަމުންދާ ކަމަށް ބުނެ އެމްސެވަންގެ ފަރާތުން ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފައެވެ. އެމްސެވަންގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި މީހުންގެ ތެރޭގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިކަމާ ގުޅިގެން ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްގެ ފަރާތުން އެއްވެސް ފަރާތަކަށް ބިރު ދައްކާ ރިޝްވަތު ދިނުމުގެ ހަޑި ހުތުރު އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
އަދި އެމްސެވަންގެ އެއް ހިސާދާރަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކަށް ވެފައި، މެޖޯރިޓީ ހިއްސާ އޮންނަ އެކްސިސް މޯލްޑިވްސްގެ ހިއްސާދާރުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާ އާއި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ކަމަށްވާއިރު، ރާއްޖޭގައި މިހާ ހިސާބަށް ބޭއްވުނު ހުރިހާ ރިޔާސީ އިންތިހާބެއްގައި ވޯޓު ކަރުދާސް ޗާޕްކުރި ނޮވެލްޓީ އަށް ކާމިޔާބު ކުރެވިފައި އޮތް ބިޑު ބާތިލުކޮށް ބިޑު ކުރުމަކާނުލާ އެމްސެވަން އަށް ފަސްގުނަ އަގުބޮޑުކޮށް ދީފައި އޮތުމުގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، މި މައްސަލަ އޮއްބާލުމަށް އެންމެ ފަސޭހަވާނީ މިފަދަ މައްސަލައެއް "އުފެއްދުމުން" ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"އެއްވެސް ފަރާތަކުން އެފަދަ އަމަލެއް ހިންގާފައިވާނަމަ އެ މައްސަލައެއް ފުލުހުންގެ އިދާރާ އަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް ގޮވާލަމެވެ. އަދި މިހާރު މި މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާކަމަށް އެމްސެވަންގެ ފަރާތުން މީޑިޔާގައި ބުނެފައިވާތީ އެކަމަށް މަރުހަބާ ކިޔަމެވެ" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ބުނީ މި މައްސަލަ އެމްސެވަންގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާތެރޭގައި ކަމަށް މީޑިޔާގައި އެމްސެވަން އިން ބުނެފައިވާއިރު، މީޑިޔާއަށް އެމްސެވަން އިން މައުލޫމާތު ދީފައިވަނީ އެމްސެވަންއާ ގުޅޭ ކޮރަޕްޝަނާއި އޮޅުވާލުމާއި މަކަރާއި ހީލަތުގެ މައްސަލަތަކެއް ޝަރީއަތަށް ހުށަހެޅުމާ ވިދިގެން ކަމަށްވާތީ އެމްސެވަން އިން މީޑިޔާތަކަށް ދީފައިވާ މައުލޫމާތުތަކުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
އިންތިހާބާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނާއި އެމްސެވަންއަށް ވެސް ރައްދުވާ ގިނަ ހެއްކާއި ގަރީނާ ހުރިއިރު، މި ދަނޑިވަޅާއި ދިމާކޮށް މިފަދަ ވާހަކަތަކެއް ދައްކަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ރައްޔިތުންގެ ފޯކަސް ގެއްލުވާލާ، އެފަރާތްތަކުގެ ވިސްނުމާއި ހިޔާލާތު އެހެން ދިމާލަކަށް އަނބުރާލަން ކަމަށްވެސް ޕީޕީއެމް އިން ވަނީ ތުހުމަތުކޮށްފައެވެ.
"މިއީ މި ޕާޓީގެ އަގުވައްޓާލާ ޕާޓީ ބަދުނާމު ކުރުމަށް ދައްކާފައިވާ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއްކަން ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އެމްސެވަން އިން ހުށަހަޅާފައިވާ މައްސަލައިގައި މި ޕާޓީ އަށް އިނގިލި ދިއްކޮށްފައިވާނަމަ، އެކަން ސާބިތުނުވުމާ ގުޅިގެން އަބުރުގެ ދައުވާ ކުރުމަކީ މި ޕާޓީ އަށް ލިބިފައިވާ ގާނޫނީ ހައްގެއްކަން އެ ފަރާތަށް ހަނދާންކޮށްދެމެވެ" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމް އަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގަމުންދާ ސިޔާސީ ޕާޓީއަކަށްވެފައި ޕާޓީއާ މެދު ދެކެވޭ މިފަދަ ކޮންމެ ވާހަކައަކަށް ފަސްޖެހުމެއް ނެތި ޖަވާބުދާރީވާން ތައްޔާރަށް އޮތް ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީ އާއި ގާސިމްގެ ދަރިންނަކީ ޔާމިނުގެ ހަތުރުން ކަމަށް ވީއިރު މިމީހުންނަށް ރިޝްވަތު ދީގެން ޕޕމ އިން ކަމެއް ކޮއްފާނެކަމަށް ނުވަތަ ކުރަން އުޅެފާނެ ކަމަށް ގަބޫލު ކުރާނީ ކާކު. ހުސް ފޭކު
ހޫނ. ތީ ގާސިމްގެ ކުންފުންޏެއްނު. ދެން ކަލޭމެންނަށް ނުއަގުގަ ދިނީ ޕޕމ މަކަރު ހަދަން ދޯ. ބަޢާވާތް ކުރަން އުޅުނަސް ތީ ބޮޑުވަރު.
ބަލަ ޕީޕީއެމް އިން ނެއް ނޫންތަ އެމްސެވަން އަށް އެމަސައްކަތް ދިނީ.މިހާރު ޔާމީން ނުހޮވުނީމަ ހުރިހާމީހުން ވެސް ކޮރަޕްޓް ވީ.
ދޮގު ބަދުނާމް އަޅުވަން ކުރާމަސައްކަތް ކުށްވެރި
ކުރަމެވެ މިހާރުން ތިޔަހުތުރު އަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ
ޥަގުން ޕަކާސް..... ޕީ ޕީ ވަގުނ