ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

އެންޓި ޑިފެކްޝަން ބިލުގެ ބަހުސް އަދި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ބަހުސް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމު ކޮށްފައިވާ އެޖެންޑާގައި ވާގޮތުން މާދަމާގެ ޖަލްސާގައި އޮތީ ހަމައެކަނި އެ ދެ މަސައްކަތެވެ. ދެން އޮތީ މަސައްކަތެއް ނިމިއްޖެ ނަމަ ވޯޓަށް އެހުމެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެންޓީ ޑިފެކްޝަން ބިލަކީ މަޖިލީހަށް މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ކަނޑާލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮއްފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. އެ އިސްލާހުގައި ވާގޮތުން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ވެއްޖެ ނަމަ ކުށް ސާބިތުވާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ އެވެ.

ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވަނީ ތާއީދު ކުރައްވާއެވެ. މީގެ ކުރިން ވެސް ބައެެއް ކަންކަމުގައި ސަރުކާރުގެ ފިކުރަށް ތާއީދު ކުރައްވާފައިވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށާއި އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޅި ނިޒާމް ބޮއްސުންލާފައި، ރަނގަޅުކުރާނީ ކިހިނެއްތޭ އެކަން ކަން އަދި ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބޭ ދަ ރާއްޖެތެރޭ މީހުންނަށް ނުވިސްނި ހިނގައިދާނެއޭ އެއީ މައްސަލަ އެއް ނޫނޭ މަމެން ޕިންކީން ނަށް އިނގެއޭ އެކަން ކަން ރަނގަޅު ކުރާނެ ގޮތް. އެކަން ކުރެވޭނީ ދަ ހާކިމާ ގެ ބަސް ގަބޫލުކުރާ މީހުން މިނިވަން މުވައްސަސާ ތަކުގެ ބޮޑުންނަށް ލައިގެން ނޭ އެއިރުން ހުރިހާ ކަމެއް ދާނީ ބަރާރަށް ރަނގަޅު މަގުންނޭ އެހެންވެގެންނޭ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް ލި މީހުންގެ %85 އިން މަމެންނަށް ވޯޓް ލިބި މަމެންނަށް ދަ ހާކިމާ ގެ މަަގާމް ލިބުނީ. މިގައުމުގައި އޮންނަން ޖެހޭނީ ހަމަ އެކަނި ދަ ހާކިމާ ގެ ބާރޭ އެހެން މީހެއްގެ ބާރު އޮވެގެން ނުވާނެއޭ އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ ދޯ.

  2. އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ ނަމަ މަމެންގެ އުއްމީދަކީ މާދަމައިން މާދަމަ އަށް މިބިލް ގެ މަސައްކަތް ނިންމާ މިބިލް ސަރުކާރުން ހުށައެޅި ގޮތަށް ބިލް ފާސް ކޮށް ދިނުމޭ މަޖްލީހުން. މަޖްލީހަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މިއަހަރު 80 ބިލެއް ހުށައަޅަން ނިންމާފައިވާތީވެ ދުވާލަކު 8 ބިލްގެ ރޭޓުން ފާސް ކުރަމުން ގޮސް މިމަސް ނިމެން ވާއިރަށް އެހުރިހާ ބިލް ތައް ހުންނަން ޖެހޭނީ މަޖްލީހުން ފާސް ކޮށްފައޭ އެއިރުންނޭ ދެން މަމެން ޕިންކީންގެ ވެރިކަމުގައި މަޖްލީހުން ދުނިޔޭގެ ރިކޯރޑް އެއްވެސް ހެދޭނީ ދޯ. އޯއް ޓު ޑޭ އައި އޭމް ހެޕީ އައި ކޭން ސީ ދަ ކްލައުޑްސް ފްރޮމް ދަ ސްކައި. އޯއް އައި ކާންޓް ބިލީވް އިޓްސް ގިވިންގް އަ ހެޕީ ސްމަިއލްޑް ފޭސް ދިސް އިޒް ލަވް ދިސް އިޒް ލަވް ލަވް އޫމް އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ. އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން.

  3. ވަރައްރަގަޅު ބިލެއް