ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހިއްކާފައިވަ ބައިން ދިނުމަށް ނިންމާފައިވާ 400 ގޯއްޗަށް އެދި ހުށަހަޅަމުންދާ ފޯމް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދާނީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އެކަން ކުރިއަށްދިޔައިރު، ދޫކޮށްފައިވާ ކިއު ނަމްބަރުތަކުގެ ތަރުތީބަށް އިސްކަންދީގެން ކަމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ އެ މަސައްކަތް ކުރުމަށް މިހާރު އެޗްޑީސީއާ ހަވާލުކޮށްފައެވެ. އެޗްޑީސީއާއި އެކަން ހަވާލުކުރީ ޖަގާ ތަނަވަސް ތަނެއްގައި ރައްޔިތުންނަށްވެސް ފަސޭހަކޮށް ތިބެވޭނެހެން އެކަން ކުރިއަށްގެންދިއުމަށެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިހާރު އެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، އެ ކުންފުނީގެ ދަށުން އެ މަސައްކަތް ކުރިއަށްދާނެ ގޮތާއި، ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.

އެހެންކަމުން މި މަސައްކަތް ކުރިއަށްގެންދާނީ، 400 ގޯއްޗަށް މިހާތަނަށް އެދިފައިވާ މީހުންވެސް ހިމެނޭ ގޮތަށް ކަމަށާއި، ހައުސިންގ މިނިސްޓްރީން މިހާތަނަށް ދޫކޮށްފައިވާ ނަމްބަރުތަކުގެ ކިއު ތަރުތީބުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އިތުރު ފޯމްތައް ހުށަހެޅުމަށް ރައްޔިތުންނަށް ފުރުސަތު ދެވޭނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"މިކަން މިގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު މަގްސަދަކީ ފޯމް ހުށަހެޅުމުގައި ރައްޔިތުންނަަށް ލުރި ފަސޭހަގޮތެއް ހަމަޖެއްސުމެވެ". އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެޗްޑީސީން ބުނީ، ކުރިން ފޯމް ބަލައިގަންނަށް އޮތް ތާރީހްގެ މުއްދަތު އިތުރު ކުރެވި، ޕްރޮސެސް ކުރިއަށްގެންދާނެ ގޮތުގެ މައުލުމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އައިބެޓް

  ގޯތި ވިއްކުމާއި ދެކޮޅަށް އެޗްޑީސީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރީ އެޗްޑީސީ މުވައްޒަފުންގެ އަމާ ބަފާގެ ތަރިކަ މުދާތޭ ހުޅުމާލެ 2 އެއީ ނޫން ދޯ ތަމެން ނަކީ އެޗްޑީސީގެ ނޯކަރުންނޭ އެމްޑީން ފެށިގެން ޑައުން ސްޓްރީމް އަށް ދަންދެން އައި ޖަސްޓް ވޮނާ ޓެލް ޔޫ ދެޓް ހުޅުމާލެ 2 އެއީ މަމެން ޕިންކީންގެ މިލްކިއްޔާތެކޭ އެޗްޑީސީ ގެ މުވައްޒަފުންގެ ތެރޭން ޕެޓިޝަން ގައި ސޮއި ކުރި ހުރިހާ އާލާތުން ކަނޑާ ބޭރުކުރާށޭ ވަޒީފާގެ ބަޔާނާއި ޚިލާފަށް ކަން ކުރުމުން އައި ޖަސްޓް ވޮނާ ޓެލްޔޫ ދެޓް ދިސް ޓައިމް ވީ ގޮޓާ ޓޭކް ދިސް ޗާންސް...

 2. އައިބެޓް

  ފޯމު ބަލައިގަންނަ މުއްދަތު އިތުރުކޮށް އެކަމުގެ މައުލޫމާތު ހާމަކުރާނަން ކަމަށް އެޗްޑީސީން ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިފަހަރު މަމެން ޕިންކީން ޖެހޭނެއޭ މަމެންގެ ވެރިކަމުގައި ހިއްކި ހުޅުމާލެ 2 އިން 1 ހާސް އަކަފޫޓްގެ 40 ހާސް ގޯތި ވިއްކާލަން ކޮންމެ ގޯއްޗެއް ވިއްކާލަންވީއޭ 1 ލައްކަ ރުފިޔާ އަށް އެއިރުން 40 ހާސް ލައްކަ ރުފިޔާ ލިބޭނެ އެއް ނޫންތޭ އެއް ފަހަރާ އަދި ގޯތި ދިނުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޫމް ވާނެއޭ ކަސްޓަމްސް ޑިއުޓީ ޓްރިޕްލް ޑިޖިޓް އިން މަތިވާނެއޭ އައި ޖަސްޓް ވޮނާ ޓެލް ޔޫ ދިސްޓައިމް ވީ ގޮޓާ ޓޭކް ދިސް ގޯލްޑެން ޗާންސް ޓު ގެއިން ވޯޓްސް އިން ސެކެންޑް ރައުންޑް އެން އައި ހޮޕް ޔޫ ނޯ އިޓް އައި އޯލްމޯސްޓް ޑޫ ޑޫ..

 3. އެކަނިވެރިޔާ

  އަހަރުމެން ކަހަލަ ކައިވެނި ރޫޅިފައިވާ ދަރިން ނެތް މީހުންނަށްވެސް ފުރުޞަތު ލިބޭ ގޮތަށް ތިކަން ހަމަޖައްސަވައި ދެއްވަފާނަންތޯ؟

 4. ޙައްވަ

  ތިކަންކަން ރަނގަޅަށް ޕްލޭން ކޮށްގެން ކޮށްބަލަ. ޙިތައްއެރީމަ ގޯތިވިއްކާފަ، ފްލެޓްދީފަ. ޖަވާބު ދާރީވާންޖެހޭ ދުވަހެއް އޮތްކަން ހަނދާން ބަހައްޓާތި?

 5. ހުސެން

  ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން އެނގުނީ ދެރޭ ނުނިދާ ހޭލާތިބި ފަހުންތަ؟؟

 6. Anonymous

  ދަފުތަރު މިިހުނގެ އެންރުމު އިއުލަނު ކުރަަ ދުވަހެން ގެނެސް ދިބަލަ ވަގުތުން އަދެސް މިކުރިިޕ

 7. މަހަށްދޭބަލަ

  ހަގީގަތުގައި މިފަހަރު އާންމު ރައްޔިތުން ހާލުގައި ޖައްސާ ގަނޑަ ތެޅުވި ބަޔަކީ އޭސީސީ އެވެ. އޭސީސީ އަކީ އެއީ އެމްޑީޕީގެ ހަރުގެއެއް ގޮތަށް އެމެން ސެޕްޓެމްބަރު މަހުގެ ވަގު 23 ގެ ފަހުން މަސައްކަތް ކުރަން ފެށީ އެމެންގެ މަގާމް ދިފާއު ކުރަން އެވެ. އެމެން ބޭނުންވަނީ ރައްޔިތުން ކޮމްޕްރޮމައިޒް ކޮށްގެން ނަމަވެސް އެމެންގެ މަގާމް ދިފާއު ކުރުމޭ މީ ހަމަ ދަ ކަންޓްރީސައިޑޭ މެންގެ ކަލްޗަރގައި ހުރި ސްޓްރަކްޗްރަލް މައްސަލަ އެކޭ މަމެން ބުނަން ނެތީމުދޯ. މަހަށް ދޭބަލަ..

 8. ޢަބްދުﷲ

  ޚިޔާލަކަށް، ޝުޢޫރުކަށް، މުވައްޒަފަކަށް، ޕެޓިޝަނަކަށް، ޙައްޤަކަށް، ޝަކުވާއަކަށް، ނުބަލައި ނުރަނގަޅު ނުފޫޒު ގެންގުޅެމުން ގެންދާއިރު، ހަމައާއި އިންޞާފު އޮތީ ހަމައޮތް ތާނގައެވެ. އެއްހަމައެއްގައި އެއްއުޞޫލެއްގައި ނުހިފަހައްޓަވައެވެ. ބައެއްފަހަރު ބުނަނީ ޕޮއިންޓުގެ ވާހަކައެވެ. އަނެއްބައި ފަހަރު ބުނަނީ، ޤުރުޢަތުގެ ވާހަކައެވެ. އެއްހަމައެއްގައި އެއްއުޞޫލެއްގައި ހިފަހައްޓައި، ޕޮއިންޓަށް ބަލާނަމަ، ޕޮއިންޓަށް، ބަލައި ފްލެޓާއި ގޯތި ދެއްވާނަމަ، ރަނގަޅުވާނެ ދޮއްތޯ؟

 9. ާއަބޫބަކުރު ސިއްދީގް

  ޕެޓްޝަންގަ ސޮއިކުރި އެޗްޑީސީ މުވައްޒަފުންގެ ޖީބުން ފައިސާ ދީގެންތޯ ބިންހިއްކީ ހިއްކާކައް އެޗްޑީސީން ޚަރަދުކޮށްފަ ނޯންނާބެ ރށްޔެތުންނަށް ރަނގަޅު ގޮތެއްވާަކައް ބޭނުމެއްނުވޭ ތި އަރާގަނެވުނީ ރަށްޔެތުންގެ ހައްގުތަކަށް 400000 ވެސް މާަބޮޑު 1000 އަކަ ފޫޓް ހިއްކަން ޚަރަދު ވަނީ 28000 އެޗްޑިސީ އެއްފަހަރުން މުއްސަންދިވާން ބޭނުންވަނީ ތީ ރަށްޔެތުންގެ ފައިސާއިން ހިނގާ ކުންފުންޏެއް އެކަން ހަންދާންޖުރާތި

 10. ޢަލީ އާދަމް

  ޢެޗްޑީސީ އިން ޕެޓިޝަންގަ ސޮއިކުރި އެންމެނައް ދަންނަވަން ރައްޔެތުންގެ ހައްޤުތަކައް އަރާގަންނަނީވިއްޔާ ރައްޔެތުންނުކުމެ ސޮއިކުރި މުވައްޒަފުން ހޯދަންފަށާފާނެ ައަވަހައް ނިންމުން ބަދަލުކުރޭ ވަގުތުއޮއްވާ ވަރައްސާފު