ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އައްޔަން ކޮށްފިއެވެ.

އަބްދުﷲ ރިޔާޒް ކުރި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ އެޑްވައިޒަރެއްގެ މަގާމަށް އައްޔަން ކުރުމުން ގާސިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހެދުމަށާއި، ކޯލިޝަން ބަދަހިކަމާއި އެކު ކުރިއަށް ގެންދަން ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބަހުރި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް އަކީ ކުރިން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެވެ. ނަމަވެސް އެންމެ ފަހުން އެޕާޓީގެ ކޮންގްރެސް ބޭއްވި އިރު ރިޔާޒް ހައްޔަރުކޮށްފައި ހުރުމުން ޕާޓީގެ މަގާމަކަށް އޭނާ އަށް ކުރިމައްޗެއް ނުލެވުނެވެ. އެހެންކަމުން މިހާރު ރިޔާޒް އަކީ ޖުމްހޫރީ ޕާޓީގެ އެއްވެސް އިންތިޚާބީ މަގާމެއް ފުރުއްވާ ބޭފުޅެއް ނޫނެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު، ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ރިޔާޒް ބަންދުން ދޫކޮށްލީ ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ ރޭ ގައެވެ.

ގާސިމްގެ އެޑްވައިޒަރަކަށް ރިޔާޒް އައްޔަން ކޮށްފައި ވާއިރު ގާސިމަށާއި، އޭނާގެ އަނބިކަނބަލުން އައިޝަތު ނަހްލާ އަށް އެމްޑީޕީ އެކްޓިވިސްޓުން ފާޑުކިޔާ މައްސަލަ ހޫނުވެ، ކޯލިޝަންގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުން ގެންދާއިރު އިބޫ ރައީސް ކަމުގެ ހުވާ ކުރުމުގެ ކުރިން ކޯލިޝަން ރޫޅިދާނެ ކަމަށް މިހާރު ވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ރިޔާޒްގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދަކީ ވެސް ގާސިމްގެ އެޑްވައިޒަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރްޔަމް

    ޤާސިމްފަދަ ބުއަދިވެރި ގޮއިދޮރޮވާނި އާއި ޗާޓައް ފަރިތަ މާލިމީއަކަށް ކީއްކުރާހާ އެޑްވައިޒަރުންނެއްބާ؟

  2. ސަޓޯ ތުރާކުނު

    ތިދިޔައީ ގާބެ ދުވަސް

  3. ހަސަމު

    ހަތަރެއް ހަމަކުރަންވާނެ. އޭރުން އަބިމްތސކާ އެއްވަރުވާނ

  4. ލައްޓި

    އެޑްވައިޒަރުން ލައިގެން ސިކުނޑިއެއް ނެތް ކަލޭގެ އަމާ ހަނދާންކުރަނީ.

  5. ހަސަނު

    އަފްރާސީމް އަލީ ގެ ގަތުލުފޮރުވާދިން ކަލޭގެ އެޑްވައިޒަރ

  6. ޢަބްދުﷲ

    ބަޔަކު ލޯބިވިޔަސް، ރުޅިއަޔަސް، ޢަބްދުﷲ ރިޔާޒަކީ، މެދުމިނުގެ ސިޔާސަތެއްގައި ޙައްދު ފަހަނައަޅައި ނުދާ ޚިޔާލު ތަނަވަސް، ފާޑުކިޔަން ދަންނަބޭފުޅެކެވެ.