މޫނު ބުރުގާ އަޅައިގެން ތިބި ބަޔަކުހިންނަވަރު ފިހާރައެއްގެ ޓިނު ނަގައިގެން އެފިހާރަ އަށް ވަދެ ވައްކަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫނު ބުރުގާ އަޅައިގެން ތިބި ބަޔަކު ހިންނަވަރު ކްރިޕްޓަން ފިހާރަ ފަޅާލައި، ވައްކަން ކޮށްފައިވަނީ މިރޭ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތެއްގައެވެ.

މޫނު ބުރުގައި އަޅައިގެން ތިބި ތިން މީހަކު ކްރިޕްޓަން ފިހާރައިގެ ފުރާޅު މައްޗަށް އަރައި، ޓިނު ނަގައިގެން ފިހާރަ ތެރެއަށް ވަނުމަށްފަހު ފިހާރައިގައި ހުރި ހުރިހާ ފައިސާއެއް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިވައްކަން ކުރި ބަޔަކު އަދި ހޯދައި ނުވާ ކަމަށް ވެއެވެ.

ފިހާރަ ފަޅާލި މައްސަލައިގައި ފުލުހުންގެ ބަހެއް ހޯދަން ފުލުހުންނަށް ގުޅުމުން މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ކަމަނަ

  ޙާދަ ކުޅަދާނަ ބައެކޭދޯ ތީ މީހުން އުޅެނިކޮން ވައްކަން ތި ކޮއްލީ

  • މައުމޫނު

   މިހާރު ވައްކަން ކުރާ މާސްކް އަށް ވެސް ކިޔަނީ މޫނު ބުރުގާތަ؟

 2. ބޮލި މުލައް

  އެއީ ރައީސް މުއްތަހައްބުމެން ރަށް ދޯ؟

 3. ޔާމީނު

  އަދުރޭ ކޮބާބާ؟

  • އަހަންމާ

   ޢަދިވެސް އަދުރޭތަޙޯދަންވީ ކަލޭމެންގެ ރޫހާނީ ލީޑަރ އަންނަންވާއިރަށް ތަންތަންވީރާނާކޮށްގެންވެސް ލާރިހޯދަންޖެހޭނެ ގަންޖާބޮޑުވަގު

 4. ައައިސްދައިތަ

  ޢަހަން ކުރިމައްޗަށް ޖެހުނީ ފުންމާލި އިރު. ހީވީ ޖިންނި ތަކެއްހެން. ގަޔަށް ގުއި ރެވުނީ.

 5. ައައިސްދައިތަ (ސޮފްޓް)

  ޢަހަން ކުރިމައްޗަށް ޖެހުނީ ފުންމާލި އިރު. ހީވީ ޖިންނި ތަކެއްހެން. ގަޔަށް ގުއި ރެވުނީ.

  • އަން

   ނުފެއްނަކަމެއް ފެނުނު ކަމަށް ހަދާ، ފެނުނު ކަމެއް ނުފެއްންނަ ކަމަށް ހެދުމީ ދައްޖާލު ފާޅުވުން ކައިރިވެއްޖެ ކަމުގެ އަލާމާތެކެވެ. ދައްޖާލުގެ މުސީބާތުން ސަލާމަތްވޭތޯ ދުއާކުރަން

  • ލަޔާން

   އައިސް ދައްތަ ހާދަ ފިޑި އޭ...ތިހިރީ ކިޔާ އެއްޗެހި....ވަކަން ކުރަންތިބި ބަޔަކާ ވާގިވެރިވާން އެތާ ހުރީމަ މި އައިސްދައްތަ ކައިރިން ބަޔާން ނަގަން ފެނޭ...

 6. ޖަލީލާ

  އަދާލަތުން އަދިވެސް ގޮވާތި މޫނު ބުރުގާ އަޅާށޭ... ތިވާނީ ފިރިހެނުން ތަކެއް މޫނުބުރުގާ އަޅާގެން ވަނީ ކަމަށް... ކެމެރާއަށް ނާރާ ގޮތައް...

  • މޫނު ބުރުގާ

   ވަޅި ހެރީ ވެސް މޫނު ބުރުގާ އަޅައިގެން ތިބެތަ.

 7. ނަސީމަ

  އަޅުގަނޑަށް ފެނުން ، އަޅުގަނޑު ހީކުރީ ޝައިތާނެއް ކަމަށް

  • އަން

   ނުފެއްނަކަމެއް ފެނުނު ކަމަށް ހަދާ، ފެނުނު ކަމެއް ނުފެއްންނަ ކަމަށް ހެދުމީ މުނާފިގުންގެ ސިފައެކެވެ. އެކަމުގެ ނުބައިކަމާއެވެ!

 8. ހަމަ ހިނިއަންނަނީ

  އެވެސް ބުނޭ އަދުރޭ ކަމެކޭ......އަޖައިބު....

 9. ވަހީދު

  އަދްރޭ ކިޔާ ކުއްޖަކު ތިކަމުގައި އިންވޯލްވާނެ.

 10. ވައްޑެ

  މުންތަހަބް މެން ގޭގެ ޓިނު އަދްރޭ ޖަހައިދިނީ ކަންނޭނގެ.

 11. މަމަ

  ބަަލަ މޫނު ނިވަކޮށްގެން ތިބޭ އެންމެންނަކީ "މޫނު ބުރުގާ" އަޅައިގެން ތިބޭ މީހުންތަ؟

 12. ބޭބީ

  ތީ ލާދީނީ އެމްޑީޕީ މީހުން މިތާގެ އިސްލާމީވަންތަކަމަށް ބުރޫއަރުވަން ކުރާ ކަމެއް.

 13. ރާކަނި ސައްތާރު

  ތިވާނީ އަދުރޭގެ ޓީމް ކުދިން ކޮޅެއް ކަމަށް

 14. Anonymous

  ތީ އަދުރޭ ކިޔާ ދައްޖާލުގެ ރޭވުން

 15. ހަސްން

  މޫނު ބުރުގާ އަޅައިގެންތަ ނޫނީ މޫނު ނުފެންނަ ގޮތަށް ކަވަރު ކޮށްގެންތަ... މޫނު ބުރުގާ އާ ދެކޮޅަށް ކުރާ ވަރަށް ނުބައި ނުލަފާ ޖަރީމާއެއްމި....މީހުން މޫނު ބުރުގާއާ ދެކޮޅު ވޭތޯ ބަލަން ނުލަފާ ފިރެހެނުން ތަކެއް ކުރި ވަރަށް ނުބައި ނުލަފާ ޖަރީމާއެއް....ވަރަށް ފިޑި ފިރިހެނުންތަކެއް މިކަންތަށް މި ކުރީ....

 16. އަފްލާ

  މޫނު ބުރުގާގެ ވާހަކަ ތިވަރަށް ތިދައްކަނީ މޫނު ބުރުގާއށް ހުތުރު އަރުވަންތަ؟ ކީރިތި ގުރްއާނުގަ މޫނު ބުރުގާގެ މާނަކީ ރަނގަޅަން ހިޖާބުވުން ވަހކަން ކުރާމީހުން މޫނު ނިވާކުރުނަކީ ހިޖާބު އަޅައިގެން ވައްކަން ކުރުމެއްނޫން ޤުރްއާނުގެ 33 ވަނަ ސޫރަތް ރަނގަޅަށް މާނައާއެކު ބަލާލަބަލަ

 17. ނާޑުވާ

  ޔަޤީން ދޯ އެމް.އެން.ޑީ.އެފް ބައެއް ނޫންކަން؟ ޓިނު ނަގައިގެން ތަންތަނަށް ވަންނަން ވަރަށް ފަރިތަ ބައެއް އެތާ އުޅޭނެ.