ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި އަދި އަވަސް އަރުވާލައިގެން ރާއްޖޭގެ ބައެއް ރަށްރަށުން ބިން ދޫކުރަމުން ގެންދަނީ ވެސް އުސޫލުން ބޭރު ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިބޫގެ އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލުވާ މަރުހަލާގައި އުސޫލުން ބޭރުން ކަނޑައަޅާ ސިޔާސަތުތައް ބަލައި ނުގަންނާނެ ކަމަށެވެ. ޤާނޫނާއި ހިލާފަށް ހިންގާ ކަންކަން ތަޙްޤީޤުކޮށް، ނުހައްޤުން ކުރެވިފައިވާ ކަންކަން ބެލޭނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި ވިދާޅުވީ ގޯތި ވިއްކުމާ ގުޅޭ މަޝްރޫއުގައި ސުވާލު އުފެދޭ އެތައް ކަމެއް ވެސް ފާހަގަކުރެވިފައިވެ އެވެ. ބޭއިންސާފުން ބިން ވިއްކުމުން އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި މައްސަލާގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުން މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ތަކުރާރުކޮށް ބިން ވިއްކުމުގެ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވީނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދާތީ އެކަން ކުށްވެރިކުރަމެވެ. އޭސީސީން އެ މިނިސްޓްރީއަށް އަންގާފައިވަނީ ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ބެލޭނެ ދެފުށް ފެންނަ އުސޫލެއް އާއްމުކޮށްފައިނުވުމާއި ބިން ވިއްކުމަށް އިއުލާނުކޮށްފައިވަނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ނުދީ ކަމަށާއި އެއީ ބިމާ ބެހޭ ގާނޫނާ ހިލާފު ކަމެއްކަމުގަ އެވެ." ބަޔާނުގައި ވެ އެވެ.

ބއެފަދަ ގޮތަކަށް ބިން ވިއްކުމަކީ ރައްޔިތުންނަށް ކުރެވޭ ބޮޑު ބޭއިންސާފެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ ކަންކަމުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ދުރުވެ ބިން ވިއްކުމާއި ބޭއިންސާފުން ފްލެޓު ދިނުންފަދަ ހުރިހާ މަސައްކަތްތައް ހުއްޓާލަން ބަޔާނުގައި ގޮވާލާފައި ވެއެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފަ އެވެ. ގޯތި ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ވަނީ އެޗްޑީސީ އާއި ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަހަހަ

    ކަލޭމެން ބެހި ބިންތަކޯ އެތަނުން

  2. ޙަސަން

    ޢެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަންއޮތީ ގޯތިކަންތަށް ކޮންމެ ގޮތަކަށް އިބޫގެންދެވިޔަސް ފޮލެޓްތަށް ލިބިފަހުޜީ ރަނގަޅަށް އެހެންކަމުން އެކަމާ ނުކުޅުއަވާށޭ ސުކުރިއްޔާ

  3. ޙަމެ

    ޢޭ މިހެރެ ކިނބުލާ ކަލޭމެން ވިއްކާނެ އެއްޗެއް ނޯވެދާނެތީ ހާދަ ކަންބޮޑުވެ އޭ ދޯ
    . ޢެއޮތީ އެއާޕޯޓް

  4. ކޮމެޓީ

    މީނަ ވެރިކަން ލިބުނީމަ ކުރާކަމަކީ މައްސަލަ ބެލުންބާ.

  5. ނަހްލާ

    ޙަދާންކޮށް ފްލެޓާ ކުޅެން ނޫޅޭތި ފްލެޓް ދީފަ ހުރީ ހަމަ ވަރަށް ރަގަޅަށް ! ކޮން ބޭއިންސާފެކޭ ކިޔާކަށް. ޢިބޫ ދިރިއުޅުއްވަނީ ކޮންފްލެޓެއްގަ.ތި އަށްވުރެން މާ ހާލުގަ އުޅޭމީހުން. ޢެބައުޅޭ. ދެރަނިިކަމެތީން އެބައުޅޭ . ޢެންމެ 3000 ހާސްރުފިޔާ ދީގެން. ދިރިއުޅޭ ފްލެޓަށް ބޭނުންވެފަ ތިބި ނިކަމެތީން އެބަތިބި ކޮބާއިންސާފް މަޖިލީހުން ބޮޑު މުސާރަ ލިބެމުން އަން މީހާ ވެސް ތިދިރި އުޅެނީ ކުޑަ އަގެއްގަ ދީފަހުންނަ ތަނެއްގަ. ޢާދައިގެ އަގަޔާ އަތާ ދިމާނުވާ ރައްޔިތުން މިއުޅެން ޖެހެނީ ބޮޑު ކުލި ދައްކައިގެން.

  6. ދދދދދދ

    ކަލެއަށް ބެލޭނެ ކަންތައް ބެލި ހަމަވެފަ ތިހިރީ. ތީ އިންތިގާލީ މީހެއް. ފޭކު މީހެއް. ފޮޓޯ އެއް. ހިޔަންޏެއް. ތީ އަސްލެއް ނޫން.

  7. ރުޒާނާ ޗޮއްޕަޓު

    ފިޔަވަޅު އަޅާފަ ބަހައްޓާ. އަހަރުމެންނަށް ލިބުނު ބޯހިޔާވަހިކަން ކަލެއަކަށް ދަމައެއް ނުގަނެވޭނެ. އެހެންނޫނަސް ކަލޭގެ ލާދީނީ ބާގައި އެތިވަރުތަކަށް ގިނައިން ލިބިފަ ހުރީވެސް. ދެން ކިހިނެއް ކަލޭ ހަދަނީ.

  8. ޖަޒީރާ

    އެއީ ކަލޭ ހިއްކި ތަނެއްތަ ކަލަޭ ބޭނުން ބަޔަކައްދޭން ނުކިޔަވާ އިބޫ

  9. ނަސީމު

    އިބޫ ލައްވާކަމެއް ބަލުވަން ބަޔަކުއެބަ އުޅޭތަ؟މޮޔަނުގޮވާ ހުރެބަލަ. ހުވާކުރާނީ ޔާމިނު. އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ!

  10. ވަހީދު

    ލިބިފައި އޮތް ގޯއްޗެއް ފްލެޓެއް އިބްރާމްބެއަކަށް ވެސް އަތުނުލެވޭނެ. ތިހެން ހަދަން އުޅެންޏާ ނާސިރުގެ ދައުރުން ފެށިގެން ގޯއްޗާއި ބިން ދީފައި ހުރިގޮތް ބަލައި ތަހްޤީޤު ކުރަން ޖެހޭނެ.

  11. Anonymous

    ކަލޭ ވޯޓުން ވައްކަން ކޮށްފަވެސް ނުފުދުނީ ދޯ. ކަލޭ މާ ހެޔޮ އެދެންޏާ އަމިއްލައަށް ފްލެޓް އަޅާބަލަ ޕާޓީ ކުދިންނަށް ބަހަން

  12. އަބުސީ

    އެއާރޕޯޓް ވިއްކާފަ ލިބުނު ލާރިކޮލާއް ހެދިގޮތް ކިޔާދީބަލަ އޭރައް މާތާހިރު ވާނެ ޗޯއްޗެ

  13. Azy

    މާލޭގައި ދަތިކޮށް އުޅޭ މީހުންނޭ ކިޔާފައި ކަލޭމެންގެ ކުރީގެ ސަރުކާރުގައި އެތައް ގެއެއްގައި އުޅޭ އެންމެންނަށް ކޮންމެ މީހަކަށް 1200 އަކަފޫޓުގެ ގޯއްޗެއް ހުޅުމާލެއިން ދިނީ ކޮން އުސޫލަކުންބާ؟

  14. Azy

    މާލޭގައި ދަތިކޮށް އުޅޭ މީހުންނޭ ކިޔާފައި ކަލޭމެންގެ ކުރީގެ ސަރުކާރުގައި އެތައް ގެއެއްގައި އުޅޭ އެންމެންނަށް ކޮންމެ މީހަކަށް 1200 އަކަފޫޓުގެ ގޯއްޗެއް ހުޅުމާލެއިން ދިނީ ކޮން އުސޫލަކުންބާ؟ އެގޮތަށްވެސް ދިނީ ތިމާމެންނަށް ސަޕޯޓްކުރާ މީހުންނަށާއި ތިމާގެ މީހުނަށް.

  15. ޢަބްދުﷲ

    ބާސަރުކާރުން އާސަރުކާރަށް ކުރިމަތިކުރުވާ ހުރަސްތައް ގިރާކުރުމުގައި ބައިތުލްމާލަށް ބުރަބޮޑުވުމަކީ، ދިމާވެދާނެ މައްސަލަ އަކަށްވާއިރު، އިބޫ އެގެންދަވަނީ، މިކަންކަމުގެ ޙައްލު ބުނެދީ ކިޔައި ދެއްވަމުންނެވެ. ދުރާލާ ރޭވިފައިވާ އެއްވެސް ފްލޭނެއް، ޗާޓެއްނެތި، ދައުލަތުގެ ރައުސުލްމާލު ނަހަމަގޮތުގައި ބޭނުންކޮށް، ނުއަގުގައި ބިންވިއްކައި ނުސީދާގޮތުގައި ފްލެޓްދޫކުރުން ހުއްޓާނުލައެވެ. މިކަމުގައި އޭސީސީގެ ބަހެއްވެސް އަދި އިބޫގެ ބަހެއްވެސް އަޑުއިވޭ ކަމަކަށް ނުވެއެވެ. މިއީ މިރާއްޖޭގެ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު ދެރައެކެވެ. އެކަމަކު އިބޫއަށް އެކަނި ދެވޭ ދެރައެއް ނޫނެވެ.

    • ޟައިދު

      ތަންތަން ހިއްކައިގެން ފުލެޓް އަޅައިގެން ބަހާބަލަ ޕަޓީ މީހުންނަށް. ޙެހެހެ

  16. ޢައި

    ޚަލެއަކަ ބެހެކަމެއްނުން