އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބިސްމި ލިޔެފައި ނެތުމުން ބައެއް މީހުން މީސް މީޑިއާގައި ފާޑުކިޔަމުން އެބަގެންދެއެވެ.

ހުޅުމާލެ އިން ބިން ވިއްކާތީ އާއި ރާއްޖޭގެ އެކި ރަށްރަށުން ގޯތި ދޫކުރާތީ އިބޫގެ އޮފީހުން ބަޔާނެއް ނެރުނީ ދައުލަތުގެ ނިޝާން ޖަހާފައިވާ ލެޓަހެޑެއްގައެވެ. ނަމަވެސް އެބަޔާނުގައި ބިސްމިއެއް ނެތެވެ.

އިބޫގެ ބަޔާނުގައި ބިސްމި ނެތް ކަން ފާހަގަ ކޮށް ފޭސްބުކްގައި ސްޓޭޓަސް އެއް ޖަހާފައިވާ މީހަކު ބުނީ "މިއީ ދައުލަތުގެ ލެޓަހެޑްގައި ބިސްމި ނެތި ނެރުނު ފުރަތަމަ ނޫސްބަޔާން" ކަމަށެވެ. އޭނާގެ ވާހަކަތަކަށް ގިނަ ބަޔަކު ތާއިދުކޮށް ކޮމެންޓް ކޮށްފައި ވެއެވެ.

އިތުރު މީހަކު ބުނީ ބިސްމިގެ ބަރަކާތުން ބަޔާން ނުފެށުމަކީ ދީނާއި ބީރައްޓެހި ކަމެއް ކަމަށެވެ.

ޓްވިޓާގައި ޚިޔާލު ފާޅުކުރި މީހަކު ވަނީ ދެން ބަޔާނެއް ނެރުއްވާ އިރު ބިސްމި ލިޔަން އިބޫ ހަނދާނުގައި ބެހެއްޓުމަށް އެދިފައެވެ.

އިތުރު މީހަކު ބުނީ ދީނީ ގޮތުން ކަންކަމުގައި ހައްދުފަހަނައަޅައި ނުދިޔަ ނަމަވެސް ލިޔުންތަކުގައި ބިސްމި ލިޔުން ފަދަ އާދަކާތަކާއި ދީނީ އުސޫލުތައް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

އިބޫގެ އޮފީހުން ނެރުނު ބަޔާނުގައި ބިސްމި ނެތުމުން ވެސް ގިނަ މީހުން ސުވާލު ކޮށްފައި ވަނީ އަދާލަތު ޕާޓީ ކޮބައިތޯއެވެ. އެއީ ދީނީ ކަންކަމުގައި އެންމެ އާންމުކޮށް ޚިޔާލުފާޅުކުރާ ޕާޓީ އަކީ އެއީ ކަމަށް ވާތީ އެވެ.

ޓްވިޓާގައި މީހަކު ބުނީ އިބޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބިސްމި ނެތުމުން ހައިރާން ނުވާ ކަމަށާއި ސަބަބަކީ އެބަޔާން ތައްޔާރު ކުރަން އިބޫގެ އޮފީހުގައި ތިބެނީ ކޮން މުވައްޒަފުންނެތް ކަން އެނގޭތީ ކަމަށެވެ.

އިބޫގެ އޮފީހުން ނެރުނު ބަޔާނުގައި ބިސްމި ނެތުމުން ބައެއް މީހުން ފާޑުކިޔަމުން ދިޔަ ނަމަވެސް އެއޮފީހުން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ކަންޖޭ

    ލާދީނީ

  2. ކޮބާ ޢަދާލަތު

    އައްނަމަލް ސޫރަތުގެ 30 ވަނަ އާޔަތް އެެއުރެން ނުބަލަނީ ހެއްޔެވެ.
    ------------------

    إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

    އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسـم اللَّه الرّحمـن الرّحيـم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.)

  3. އަން

    ސާބަހޭ އިންސާނަކަށް ހަދާނެތިގެންވެސް ބިސްމި ނުލިޔެވި ހިގައިދާނެ. ހަދާން ވީމާ އެ ރަގަޅު ކޮށްލެވިދާނެ.

    • ޚަލީ

      ހަދާންނެތިގެން އަދި ފަޅިއަކަށް ވަދެހުޓާވެސް ފެންނާނެ!! ދެނޯ!!!

    • Anonymous

      ލާދީނީ މުރުތައްދުން ހަނދާނެއް ނުހުންނާނެ ބިސްމި ލިޔާކައް. އިބޫ ކާން ހަނދާންނެތިގެން އުޅޭތަ

    • އަޙްމަދު

      ޤައުމުގެ ވެރިޔަކަށް އަންނަމީހާ ތިހާ ހަނދާ ބަލިކަމަށް ވަނަޏާ ދެންތިބި މީހުންނަށް ވާނެފަރު ވިސްނަމާ. ދިވެހި ރާއްޖޭގައި އެއްންސުން ގުޅުން ހިނގޭނެ ކަމަށް ފާސް ކޮށް ފައި ބިލް ތަސްދީޤް ކުރާނީ އޮޅީގެން. ވަރަށް ސަލާމް

    • Anonymous

      ތިރަނގަޅު ކުރަންޏާވެސް ކުރާނީ ހަތަރު ފަސް ދުވަސް ފަހުން. ނުކޮށްވޭތޯ ހުރިހާ ގޮތަކުން ބަލާނެ. އެއީ ހަނދާނުން ކައްސާލައިގެންވީ ކަމަކަށް ވުރެ ގާތީ ގަސްތުގައި ކުރި ކަމަކަށް. މި ދައްކަނީ ލާދީނީ ބައިގަނޑުގެ ވާހަކަ.

  4. ހުސޭނުބޭ

    ސައިޚް އިލްޔާސް އޭނާ ލައްވާ ބިސްމި ލިއުއްވަން ފެނޭ!

  5. ހަމަ ހިނިއަންނަނީ

    އިބޫ ކޮށްފިޔާ އޯކޭ އޭ އިންސާނެއް......އެއީކީ އެއްވެސް މައްސަލްއެއް ނޫން.. ނޫނޭ ހަމަ ސާބަސް...

  6. މަ

    އަދި ހުވާވެސް ނުކުރޭ. މިހާރު ދައުލަތުގެ ލެޓަހެޑުގަ ބަޔާން ނެރެންފެށީ

  7. ކަމަނަ

    ތިވާނީ ދުނިޔޭގެެ ފެންވަރުގަ ނެރުނު ބަޔާނަކަށް ހަދަން ކަމށް .. ޢީޔޫ ނުރުހޭނެ ބިސްމި އިނިއްޔަކާ ?

  8. Anonymous

    ބިސްމި ލިޔުމުގެ ބައި ފުރިހަމަ ކުރާނީ ޝެއިޚް އިލިޔާސް އަދި ޝެއިޚް ޒައިދު

  9. ނާރެސް

    ބަލަ އަންނި ބުނި ކަމަށް އިލްޔާސްވެސް ބުންޏެއްނު ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަން ނުޖެހޭކަމަށް އެހެންވީމަ ބިސްމި ވެސް އަޅަން ނުޖެހެނީ ކަންނޭގެ އެއްނު މޮޑްން އިސްލާމް ދީނުގަ އޮންނަ ގޮތް ތޯއްޗެ

  10. ރުޒާނާ ޗޮއްޕަޓު

    އާނިޔާ ދައްތަ ލިޔުނު ބަޔާނަކަށް ވާނީ. އެ ދައްތަ ވަރަށް ރުޅި އަންނާނެ ބިސްމި ދެކެ.

  11. ޖަޒީރާ

    ނަސީބެއްނު ގެރިއެއް ނުކުރެހިކަން

  12. ރަނގަބީލު

    ފުރަތަމަ ފަހަރު ވީމަ އެހެން ވެދާނެ.ސޮރީ

  13. Anonymous

    މުސްލިމުން ނެރޭ ބަޔާން ތަކުގައި ބިސްމި އޮންނަނީ އޮންނަން ޖެހެނީ.ކާފަރުން ނެރޭ ބަޔާން ތަކުގައި ނޯންނާނެއެއްނު

  14. ސަމުގާ

    ހުވާކުރާދުވަހު ހަނދާންނެތިގެން ފަޓުލޫނުނުލާ ދާނެނަމަ ކިހއިސަޅިވާނެ

  15. ކައުންސެލަރު

    ނިޝާންޖަހަން ހަނދާންހުރޭ! ބިސްމި ލިޔާކަށް ހަނދާނެއްނުހުރޭ. މިއިންވެސް އެނގެނީ ވެރިކަމާހެދި ހޭބަލިވެފައިތިބޭ މިންވަރު. #ލާދީނީ

  16. ކުޑަ ކާފް

    މިފެށުން އަދިވަރަށް ގިނަކަންތަށްތަށް ފެންނާނެ ހުވާކުރުމުގެ ކުރިންވެސް ، އިބޫގެ މާބޮޑު ދައުރެއް ނޯންނާނެ . އިބޫއަކީވެސް އެމެރިކާއާއި އިގިރޭސިންގެ އަޅެއް .. ގޮންޖަހާފަ އިސްލާމްދީންނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނަމޭ ބުނަންކެރޭނެ މީހުންމިއަދު ވަރަށް މަދު.ކުރާނެކަމެއްނެތް ދެރައީ ބައެއް ޝެއިޚުންނަށްވެސް ނޭގޭތީ .

  17. ވަހީދު

    އާނިޔާމެން ވެލެޒިނީމެން އެތިބީ އެމްޑީޕީގެ މަތީފަޑީގައި، ދެން ކޮން ބިސްމިއެއް... އިބްރާހިމްބެއަކީ ތޮއްޓެއް

  18. ވާރުތަ.

    އަހަރުމެންނައް ތިޔަބާމީހުންގެ ހާ
    ލަތު އެނގޭ.އެހެންވީމަ ހައިރާނެއް ނުވޭ. އިސްލާމް ދީނައާމެދު ކިހާވަރަކައް ފިކުރު
    ކުރާ ބަޔެއްކަން ވެސްއެނގޭ ވީމާ ރަނގަޅެއްނޫން. ބުރޯ.

  19. ހުސޭނުބޭ

    ކޮންތާކު، ހަމަގަސްތުގަ ކުރިކަމެއް، ތީ ވަރައް ޖައްބާރު ބައެއް،

  20. ހައްޖަ

    ހަނދާން ނެތިގެން އިބޫ އަށް ބިސްމި ނުލިޔެވިދާނެ ސަބަބަކީ މީގެ ކުރިން އިބޫ ލިޔުމެއް ލިޔާއިރު ބިސްމި ނުލިޔާތީ އަދި އެއްވެސް ކަމެއް ފަށާއިރު ބިސްމި ނުކިޔާތީ އެހެންވީމާ އަދާލަތު ޕާޓީން ޖެހޭނީ އިބޫގެ ގައިގައި ދީނީ ކަންކަން އަށަގަންނުވަން ދުޢައެއް ކުރަން

  21. ބޮކި ބޮކި ބޮކި

    ހާދަވަރަކަށް އިބޫ އާ އަޅާގަނެގެންތިޔައުޅެނީ

  22. ސޭކުސްތާން

    އިބޫ ލިޔުނޭ ބިސްމި އެކަމު ޢާއް،މުކޮށް ބިސްމި ނުކިޔާ ބަޔަކާ އެ ޕްރިންޓް ކުރަން ހަވާލުކުރިީ

  23. މޯޑް އަލް މާލްދީފް

    ޖަހާލަތު ޕާޓީ އޮވެގެން މި ގައުމުގެ ދީނީ ކަންކަން އިސްލާހެއް ނުވާނެ. ލަނޑަޔާ ވާނީ ލަނޑަޔާ.

  24. ޢަލީ

    ސަރުކާރުން ނެރޭބަޔާނު ބިސްމި އިނދޭތަ.

  25. ފާއިޒް

    ކާންފެށުމުގެކުރިން ބިސްމިކިޔާ މީހެއް އެބަހުރިތަ. ބަޔާނަކީ މީހުން ތަންތަނަށް އެއްލާއުކާއެއްޗެއް ބިސްމި ލިޔެގެން ލިބޭނީ އިހާނެތި ކަމެއް.

  26. ނަންނެތް

    މިއޮއް ކަމެއް!!!

  27. ޢަބްދުﷲ

    ޙައްޤާއި ޘަވާބުގެ މަގުގައި މާތްﷲގެ އިސްމުފުޅުތައް ނުވަތަ އެއިލާހުގެ ޒާތުފުޅުގެ ސިފަފުޅުތައް ބޭނުންކުރުމާއި، އެނޫންގޮތްގޮތަށް ކުރެވޭ ކަންކަމުގައި ބޭނުންނުކުރުމާއި މިކަންކަން އޮންނަގޮތް އެނގޭނީ، ޢިލްމުވެރިންނަށެވެ.

  28. ޙަސަން

    ތި ބަޔާން ލިޔުނީ އިބޫތަ؟ ބަލަގަ ނަމާދުގަ ހަނދާން ނެތިގެން ޤުރުއާން ބައެއް އާޔަތް ދޫކޮށްްފަ ކިޔެވޭ ބައެއް މީހުނަށް. ދެން ބުނަންވީ އެއީ ލާދީނީ އޭ ތަ؟ ޤައުމުގެ ވެރިޔަކު ވައްކަން ކުރުން މައްސަލައެއް ނޫނޭ ބުނިއިރު އެއީ ލާދީނީ ކަމަކަށް ނުވި.

  29. ނަން

    ?????????

  30. އީމް

    ލޮބުވެތި އަޙުންނާއި އުޙުތުން އެއީ ކިހިނެއްވީކަމެއްކަން އަސްލް ނޭނގޭ ގޮތްގޮތަށް ވާހަކަ ދެއްކުމުން ފާފަވެރި ވެދާނެ

  31. ުޔޫސުފު

    އިބޫނުކިޔަ އެމާތްނަމަށް ފުރައްސާރަ ކުރެވި އިބުލީހާ ނިސްބަތްވަނީ ގަނޑު ތަކުގައި ބިސްމި ލިޔުނީމަ ދަނީ ފަިބުޑަށް އެއަށްވުރެ ސިޓީލިޔަމުން ބިސްމި ކިޔުން އިތުރުކަން ބޮޑު

  32. ުޔޫސުފު

    ޢިބުރާހިމް ޞޯލިހް އަކީ ތިކަހަލަ ބޭފުލެއް ނޫން

  33. ާޔަަޔޫ

    ބިސްމިލިޔެފަ ގިނަމީހުން އެ ވައްޓާލާނީ ޑަސްޕިންނަށް އެއީ ތޯ ރަނގަޅު ގޮތަކީ