ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތުން އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރުމަށާއި، އިންޑިއާ ސަރުކާރާއި އެކު މަޝްވަރާތައް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި، އޭނާގެ ކޮއްކޮ ޔުމްނާ މައުމޫން މިހަފްތާ ބަންދުގައި އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިބޫގެ މަންދޫބުންގެ ގޮތުގައި ދުންޔާ އާއި ޔުމްނާ އިންޑިއާ އަށް ވަޑައިގަންނަވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރިއިރު ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ ދުންޔާ އާއި ޔުމްނާގެ ބައްޕަ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވަރަށް ބޮޑު ތާއީދަކާއި އެކު އެވެ.

ނަމަވެސް ދުންޔާ އާއި ޔުމްނާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

ދުންޔާ އާއި ޔުމްނާގެ ދަތުރާއި ބެހޭ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.

އިބޫގެ ފަރާތުން ދެ މަންދޫބުން އިންޑިއާ އަށް ފޮނުއްވާއިރު އިންޑިއާ ސަރުކާރުގެ ފަރާތުން އިސް މަންދޫބަކު އިބޫ އަށް މަރުޙަބާ ދެންނެވުމަށް އަދި ރާއްޖެ ވަޑައެއް ނުގަންނަވައެވެ. ނަމަވެސް އިބޫ އަށްް އިންތިޚާބު ކާމިޔާބު ކުރެވުމުން އެންމެ ފުރަތަމަ ބައްދަލު ކުރެއްވި ޑިޕްލޮމެޓަކީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަރީރު އަކޭޝް ޝަރުމާ އެވެ.

ބޭރުގެ ވަރަށް ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ވަނީ އިންތިޚާބުގެ ފަހުން އިބޫ އާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މަރީ

    ތިޔަ ދެކަނބަލުން އިބޫ ބުނެގެން ކޮންމެތާކަށް ދިޔަޔަސް ދެން މައުމޫން އާއި މައުމޫން ގެ މުޅި އާއިލާ ވެސް އަދި ގާސިމްބެ ވެސް ހުންނާނީ ހަމަ ރައިސް ޔާމީން އާއި އެކުގަ. ދެން ލަލަލާ

    • އަހުން

      ތިޔަހުވަފެނުގަ ދެންހުރޭ ހިތްހަމަ ޖައްސާލައިގެން

  2. ރާފު

    ގާނދީ އާއިލާ ހެދިގެން ޚާންދާނީ ވެރިކަން ދެމެހެއްޓިދާނެކަމަށް ހީކުޅަޔަސް ތިކަމެއް ނުވާނެ! ވެރިކަމުގެ ދަހިވެތިކަމުގައި ގެރި އިންޑިއާގެ އަޅުވެތިކަމަށް މި ގައުމު ދިޔަކަ ނުދޭނަން. އިނޑިއާ އާ ހަގުރާމަ ކުރާނަން ހަމަ ފްރަންޓް ލައިނުގަ.

  3. ލަބީބު

    ވރަށް ފޯރިގަދަ! އެނގިދާނެތާ؟؟؟

  4. ވިނިވިޑިވިސި

    އިންޑިޔާއިން ރާއްޖެ ކޮންޓްރޯލް ކުރުމަށް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ފަށާފައިވާ އެޖެންޑާއަކަށް ނުވާނެބާ. ބަރުލަމާނީ ނިޒާމް ގެނެސްގެން ނޫނީ ނޫން ގޮތަކަށް އަދި އެމްޑީޕީއަށް ނެތް ވެރިކަމުގެ މަތީގައި ސާލު ދެމޭކަށް. ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ބޮޑު ޗެލެންޖަކަށް އޮތީ މުސްކުޅިވެފައި ހުރި މައުމޫންއާ އޭނަ ސަޕޯޓަރުން. އަންނި އަށް ވެރިކަމަށް އާދެވެން އޮތް ދާލަން އަކީ ވެސް އެއީ. އެހެންވެ އިންޑިޔާއިން މިކަން ކޮންމެހެންވެސް ކުރެވޭތޯ އުޅޭނެ އެމީހުންގެ އަމިއްލަ އެދުން މީގެ ތެރޭ އޮތްލެއް ބޮޑުކަމުން. ރާއްޖޭގެ ހަލާކަކީ އިންޑިޔާ

  5. Miadhu

    މުސްކުޅި ހަރުބަހެއްގައި ނުނެ އުޅޭ ތެލާއި ފެނާއި އެކު ނުވާނެޔެ މިހާރު ޒަމާން ބަދަލުވެއްޖެ މާޒީ އަަށް އަދި މުސްޔަހިބަލަށް ނުބަލަ މިހާރު ސިޔާސީ މީހުންގެ އަމާޒަކީ އަބަދުވެސް ހިހޫތަނުން ކެއުން މިއީވެސް އެއިގެ މިސާލެއް

  6. ނަސީމް

    މިހާރު ވަރަށްސާފު ވޯޓްއިންވަތްކަންކޮށް ވޯޓްއޮޅުވާލިކަން. މިކަންކުރީ އިންޑިއާއިސްވެ އޮވެ އެމެރިކާގެ މަދަދާއެކު ކަންޔަގީން. އެސް ސީ އަށްހަރުއަޑުން ގޮވާލަން އިންތިޚާބު ބާތިލްކޮށް އަލުންވޯޓް ލުމަށްހުޅުވާލަން.

  7. އަހްމަދު

    އެންމެފުރަތަމަ މަރުހަބާކީ އިންޑިއާ އެންމެބޮޑު ހަރަދެއް ކެމްޕޭންގަ ކޮށްދިނީ އިންޑިއާ ސަބަބެއްނެތިބާ ނޫންބައިވަރުސަބަބު އެކަމު ދެއަންހެންކުދިން އެކަނިމިދަނޑިވަޅު އިންދިއާއަށް ފޮނުވުން އެހާރަނގަޅެއްނޫން އެއީ ރޭޕްގެ ރޭޓުއުޅެނީ ވަރަށްމަތީގަ

    • ނަސީމް

      ރޭޕްކުރުވަން ނޫންގޮތަކަށް ފިރިހަނަކާ ނުލާދެތަންހެނުން ދިއުމަކީރަނގަޅުކަމެއް ނޫން.

  8. Anonymous

    އިބޫ ކިހިނެއް ހަދާނެބާ ތި ދެ ކަބަލުން

  9. ހާމިދު ދާއީ

    ބޭނުންވަނީ ބޮޑު މަގާމުތައް. ތި ދެ އަންހެނުންނަކީވެސް ސެކިއުލަރިޒަމަށް ތާއީދު ކުރާ ދެ އަންހެނުން. ނަމަނަމަ މިމީހުން ލާން ނޫޅޭ. އިބޫގެ ދުވަސްވެސް ދާނެ.

  10. ޑީ

    މަންޖެ ކަރުގަ ހާދަ ބޮޑު ފަށެކޭ......

  11. ޖޖ

    ތިދާ ބޭނުމެއް ހާމަނުކުރިޔަސް އަހަރުމެންނަށް އިނގޭ އިބޫ އިންޑިޔާއަށް ދާއިރު ގެންދާނެ އަތްބެއްނެތުމުން އިނޑިޔާގެ ބޮޑެތި ބޮޑެތި މީހުންގެ ލޮލުގަ އަނދުނެއް އަޅުވަން ވެގެންކަން

  12. ނޯ

    އިބޫގެއަމިއްލަފައިސާގަފޮނުވާ އަހަރުމެން

    ރައްޔިތުންގެފައިސާ ހަރަދުނުކުރާތި

  13. ވަގުކަލޭގެ

    ނޮވެމްބަރ 11 އިބޫ ހުވާކުރުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތުދޭން ފޮނުވަނީ.

  14. ޢަބްދުﷲ

    އިބޫގެ ރައުޔާއި ތަދުބީރުގައި ބަރަކާތް ލެއްވުމަށް އެދި މާތްﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމަކީ، އޮތްކަމެކެވެ. އެހެނީ، انصر اخاك ظالما او مظلوما شرح الحديث މިޙަދީސް ފުޅުގައި އެކުލެވިގެންވާ މާނައިން މިކަމަށް ދަލީލު ލިބެއެވެ.

  15. Anonymous

    ތި ދުންޔާ ތީ އަބަދުވެސް ހިހޫތަނުން ކާމީހެއް.

  16. Miadhu

    ރަގަޅު ގޮތަކީ ކޮބާބަ އެދެމަންޖެ އިންޑިޔާއަށް ދަނީ މައުމޫނު ބުނެގެންތަ ނޫނީ އިބޫ ބުނެގެންތަ މިހާރު ނޫހާއި ވަގުތު ނޫހުގެ ތަފާތު

  17. ސާބަސް

    ދުންޔާ މިދެން ކާކު؟ މަގާމުގެ ދަހިވެތިކަން ބޮޑުމީހެއް. ބަލައިގަންނަކަން ދެރައީ

  18. ދައްތަ

    އެއުޅެނީ މީނާ ބާޒާރުގައި ނުއަގުގައި ވިއްކާލަން

  19. ދ ދ

    ރ ޔާމީނާޢިއެކު ބަދަހިކުރެވޭ ގުޅުމަކީ ރާއްޖެއަށް
    މަސްލަހަތު އޮތްގުޅުމެވެ އެގޮތަށް ޕްލޭން ބަދަލު
    ކުރުން މުހިއްމެވެ އިބޫ އަކީ ނަންބޯޑެކެވެ
    ހަރަކާތްތައް ކުރިއަށް ދާނީ އެނަންބޯޑުގެ
    ބިއްދޮށުންނެވެ އެއީ ބޯޑަރުގެ ރަތްރޮނގު
    ހުރަސްކުރުމެވެ އަދި ނުރައްކަލަށް ވެއްޓުމެވެ