ހުޅުމާލޭގައި ސައިކަލަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓު ހިނގާފައި ވަނީ، ހުޅުމާލޭ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ކިތައް މީހުނަށް ކަމަށް ނުވަތަ އަނިޔާވި މީހުނަށް ލިބުނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއް އަދި ޔަޤީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުވީ ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ، އެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު ބަހަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި، ހަތް އަހަރުގެ ކުއްޖަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެނައިކަމަށާއި، އެ ކުއްޖާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި އެ ކުއްޖާގެ ބޮލަށް ގެއްލުންތަކެއް ވެފައިވާކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެ ނޫން ގެއްލުމެއް އޭނާއަށް ލިބިފައި ނުވޭ. އޭނާގެ ހާލު ރަނގަޅު. އޭނާއަށް އޮބްޒަވޭޝަންގައި ދަނީ ފަރުވާދެމުން". އެ އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު