ވެރިކަން ކުރަމުންދާ ޕާޓީ ޕީޕީއެމް މިއަދު އޮތްގޮތަށް އޮވެގެން ޖުމްހޫރީ ޕާޓިން ހަދާނެ ކޯލިޝަނެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އދ. ފެންފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކފުޅުގައެވެ. ގާސިމް ވިދާޅުވި، ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް މީގެކުރިންވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރާނެ ކަަމަށާއި، އެއީ އަރުވަމުންދާ އަޑެއްކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާފަ އޮންނާނީ އަޅުގަނޑު އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އަޅުގަނޑު ދެން ދުވަހަކުވެސް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް. އަޅުގަނޑު ދެންނެވިން އަބުދުﷲ ޔާމީނަށްވެސް އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރާނަމޭ. އަދި އަޅުގަނޑުމެން ޕީޕީއެމް މިއަދު އޮތްގޮތަށް އޮވެގެން އަޅުގަނޑުމެން ހަދާނެ ކޯލިޝަނެއްވެސް ނޯންނާނެކަން އަޅުގަނޑަށް ކަށަވަރު،" ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އިންތިޚާބުގެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދާފައިވާއިރު ޖުމްހޫރީ ޕާޓި އާއި ގުޅުވައިގެން ބައެއް ފަރާތްތަކުން އެވާހަކަ ދައްކަމުންދާ ކަމަށެވެ. އެގޮތުން އެ ޕާޓީން އިދިކޮޅު ކޯލިޝަނުން ވަކިވެ ވަޑައިގެން ސަރުކާރު ފަޅިއަށް އަރާފައިވާކަަމަށް ވާހަކަ ދެކެވޭކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، އެެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ތެދު ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ހަމަ އަރުވަމުންދާ އަޑުތަކެއް ކަމަށެވެ.
"ސްޕްރީމް ކޯޓަށް ޕީޕީއެމުން މައްސަލަ ވެއްދުމާ ގުޅިގެން އެބަ އަޑުއަރުވަމުންދޭ ޖުމްހޫރީ ޕާޓީ މި ކޯލިޝަނުން ވަކިވެގެން ސަރުކާރު ސައިޑަށް ދަނީއޭ. ތަފާތު ވައްތަރުގެ ޕްރޮޕެގެންޑާ ފަތުރަމުން އެބަދޭ. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކުގައޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަފުޅުގައިގާ އޭނާގެ އަނބިކަބަލުން އާއިޝަތު ނަހުލާ ގައުމަށްޓަކައި ކޮށްދެއްވި މަސައްކަތްތަކަށް ފަށްފަށުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ފެންފުށީގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ވަނީ ފާހަގަކޮށްފައެވެ.
ގާސިމް ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އައިޝާ ވަަރަށް ބޮޑަށް މަސައްކަތްކޮށްދެއްވި ކަމަށެވެ. އަދި ދިވެހި ލޮބިވުތި ރައްޔިތުން ތިބީ ފަސާދައާއި، ކޮރަޕްޝަން، އަދި ގައުމު ހަމަ މަގަށް އެޅުވުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމަަ ކީ މިޤައުމުގެ ހަލާކު މީގެފަހުން ސިޔާސީ ކަންކަމުގެ ތެރެޔަށް ޤާސިމް ވވ ރަނގަޅު ނުވަދެ ދުރުގައި ވާނުވާ ބަލަން ހުރިއްޔާ މައުމޫނު ވެލިޒިނީސް ބުނެފައި ވޭ ތިމަންނަ މީގެފަހުން ސިޔާސީ ކަންކަމުން ދުރުވެހުންނާނަމެ އިގެއެއްނު އެކަން ވ ސާފުކޮން ދޯ؟ އެހެންވެ ގާސިމް ކާރިވެސް ބުނެލަން މިހާރު ވެރިކަމާ ހެދި ތިތެޅިބާލަނީ ކީއްކުރަންހޭ؟
ދެއިރު ދެދާޅަޔަށް ދެއަނގައިން ވާހަކަ ދައްކާ ދެފުށް ކެހެރިއެއް ތީ..!
މީނާ މީ ބޮޑު ދުއްޕާނެއް ކަހަލަ މީހެއް!! އަމިއްލަ އެދުމުން ފޯވެފައިހުރި މީހެއް!!
ޤާސިމް ހަމަތިޔަގޮތަށް ބުނި އެމް ޑީ ޕީ އަކާ ދުވަހަކުވެސް ނުގުޅޭނަމޭ އަދި ބުނި މުޢުމިނެއް ގައަށް އެއްހޮރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނެ ކަމަށް. އެކަމު މިހާރު ތިހިރީ ހަމަ އެހޮރަށްވެއްޓިފަ
ޚާލިދު އިބުރާހީމް
ޤާސިމް އަކީ މުއުމިނަކަށް ނުވާތީ ބުނި އެއްޗަކަށް ވެދާނެތާ. އޭނާ ގަބޫލުކުތަނީ އޭނާ އަކީ މުއުމިނެއް ނޫން ކަމަށް. އެކަމަކު އޭނާ އެބުނަނީ ހަމަ ރަނގަޅު ހަދީޘްފުޅެއް ގެ ވާހަކަ...
ގާސިމަކީ ދެން މަމެން ޕިންކީން ގޯތީގެ ކުއްޖެކޭ ދެން ތިޔާ ހެން ނަހައްދަވާ ވެދިޔަ ކަމެއް ވެ ނިމިގެން ދިޔާ ނޫންތޭ ދެން އެކަން އަނބުރާ މަމެން އިއާދަ ކުރަން ބޭނުން ނުވެއޭ އަންނަން އުޅެގަ ގާސިމް މަމެން ގޯއްޗަށް މަމެން ހުވާ ކޮށްފައި ބުނަމޭ ދެން ގާސިމަށް ދެރަ ގޮތެއް ނަހަދާނަމޭ އަންނަން އުޅެގަ ނައިބް ރައީސް ގެ މަގާމަށް ރަނިންގް މޭޓަކަށް މަމެން އެމަގާމް ވެސް ގާސިމަށް ދޭން ތައްޔާރަށޭ މިތިބީ އަދި މަޖްލީހުގެ ރައީސް ކަން ބޭނުން ނަމަ އެމަގާމް ވެސް ދެވިދާނެއޭ އިނގޭތޭ އަދި މީގެ އިތުރުން މާލެ އަތޮޅު ގާފަރު ފަޅު އެއްކޮށް ގާސިމަށް ދެވިދާނެއޭ 1 މިލިއަން ޑޮލަރަށް 100 އަހަރު ދުވަހުގެ މުއްދަތަށް އެއިރަށް އެފަޅުން ދެބައި ކުޅަ އެއްބައި ގާސިމް 99 އަހަރަށް ވިއްކާލި ނަމަވެސް ލިބޭނެ ނޫންތޭ 500 މިލިއަން ޑޮލަރު ދެން އެފައިސާ އިން ދެން އެފަޅުގެ ބާކީ އޮތް ބައި ހިއްކައިގެން އިންޓަރނޭޝަނަލް އެއާރޕޯރޓް އެއް އަޅައިގެން އިންޑަސްޓްރިއަލް ޕާރކްސް ފީންނެއް ހަދާ ހުރިހާ ޕާރކްސް ތައް ކުއްޔަށް 100 އަހަރަށް އިންޓަރނޭޝަނަލް އިންވެސްޓަރުންނަށް ކުއްޔަށް ދިނުމުން ދެން ގާސިމް ވެގެން ދާނީ އޭޝިއާ ގައި ހުރި އެންމެ މުއްސަނދި ޓްރިލިއަނަރ އަށް ނޫންތޭ ތިޔާ ހެން ނަހަދާ އަންނަން އުޅެގަ ޕިންކީން ގޯއްޗަށް ޓެކްސް ވެސް ފްރީ ކޮށް ދެވިދާނެއޭ އިނގޭތޭ ގާސިމް...
މިކަހަ މީހުންނަށް ކިޔަނީ މުނާފިގުން.
ޕީޕީއެމް އޮތް ގޮތުން މިހާރު ފަޅުތަކާއި ގިރިތައް ލިބޭނެގޮތެއްނެތް! ކަމަކާ ޖެހުމުން ޕީޕީއެމް ސޭޓްބޭގެ އިސްކޮޅަކަށް ނުބަލާނެ! އޮތްގޮތަކަށް ދުއްވާލާނެ!
ބޮޑުކެކުރި ފަޅާގެން ދިޔާމަ ދެންދުއްވާގަންނަން ޖެހޭނީ އަބްދުﷲ ޔާމީން ކާރިއަށް އެދުވަސް މާދުރަކު ނެތް ލަޑަޔާވާނީ ހަމަ ލަޑަޔާއަށް މީވަރަށް ވާހަކަ އެއްޗެއްވިސްނޭނެ ކަމަށް އުއްމީދުކުރަން.
ނޭގޭ ސިޔާސީވާކަށް ތިބޮލެއްނެތް ބުރުމާ ދެފަހަރު ދެއަތަށް ނާބުރާ މައިތިރިވެގެން ހުރެވޭތޯބަލާ
ޤާސިމް ޖެހޭނީ ސަރުކާރު ފަޅިއަށް އަރަން އެހެންނޫނިއްޔާ މިޤަުމުދޫކޮށްފަ ފުރަން ތައްޔާރުވޭ؟
ދެ އަތައް. އެބުރޭ ބުރުމާ... މީނާމީ މިގައުމު ހަލާކު ކުރި މީހަކީ.. ދައުލަތުގެ ލާރި އަންބޮޑިއަށް ލައިގެން މުއްސަދިވެފަ ހުރި ބުރުމާއެއް މީ.. މީނާ ލާރި ހޯދި ގޮތްވެސް ބަލާންޖެހޭނެ...
ތިކޮރައްޕްސަން އަދި ދާނީ މާކުރިޔައް ބާރައް ހުރިހާގެއްލުމެއް ރައްއިތުމީހާއައް
އަދިވެސް ތިގާސިމައް އެމް.ޑީ.ޕީ އިން ވަރައް ޗާލުހިއްގައިމު ބޮޑިއެއްދޭނެ ކަލޭމާ ފެންމަޗައް އަރާގެން ތިއުޅެނީ މުޅިމިގައުމު ފަސާދަޔައް ހަލާކައްވައްޓާލި މީހަކީ ތިބޯގަމާރު ދެފުއްކެހެރި ގާސިމު ކަލޭދުވަހަކު ރައީސް ޔާމީނާ އެއްކޮޅަ ނޭރިޔަސް ތީހަމަކުރަފިބޮލެއް ހައްކަޅެއް މާއައިސާއެއްވެގެން އެއީ ހަވަރުތުންފުއްސެއް
މީގެކުރިން ގާސިމްއާއިމެދު ދެކެމުން އައީ ވަރަށް ހެޔޮލަފާދާރު ގައުމަރައްޔިތުންގެ ހައްގުގަ ބަސްބުނާ ލީޑަރއެއްގެގޮތުގަ. އެއިތުބާރާޔަގީންކަން ގެއްލިއްޖެ. މަގެއްގެމަތީއންނަ ކުނިކޮަޅައްކުރާ އިހްތިރާމްވެސް ގާސިމަކަށް އަލަކުން ނުކުރާނަން. ޢެކީތްވެވެކަން މާދަމާ ވާސިމް ހޭރިވަޑައިގަތުމުން ހާމަކޮށްއަރު ވާނަން
ސިޔާސީ ވެރިންގެ ކުޅޭ ކުޅޭ ބޭބޭ ގާސިމް އަށް ވެދުން . ދެންވެސް ކުަލޭ ކުޅޭ ބޭބެ މެންނަށް ކުރިމަގު އޮތީ ޕީޕީއެމް އާއި ގުޅިގެން.
އެއްކަށި ނެހެރޭ "މުއުމިނު". އަނެއްކާވެސް ކަލޭ ފިލަން ގާތްވާހެން އެބަ ހީވޭ. މި ގައުމުގައި ކަލޭ ނުހިމެނި ފައިސާއިން ހިންގޭ ނުބައި ނުލަފާ އެއް ކަމެއްވެސް ނުބާއްވަން ހުވާ ކޮށްގެން ހުރިހެން ހީވަނީ. ބާޣީ އާއިލާ ކަންތަކަށްވުރެ ކަލޭ ކަންތައް މިހާރު މާބޮޑެއްނު.
ކޯލިޝަން ހަދަން ގާތްވީހެން ހާދަ ހީވެއޭ.
ގާސިމް ޖަލްސާތަކައް އަރާފަ މާވަރަކަށް އާއިޝަތު ނަހުލާގެ ވާހަކަ ތިދައްކާސަބަބު ވަރަށް ރަނގަޅަށް ހާމަވޭ. ތިއުޅެނީ އެމަންޖެ މިނިސްޓަރަކަށް ހަދަންވެގެނެއްނު؟އެދޯނުވެފަ އޮތްކަމަކީ؟ އެއަށްވުރެ މާގާބިލް މީހުން އެބަތިއްބެއްނު؟ ގާސިމޫ!!!!! ބުނަން ވާހަކައެއް، ރައީސް ނަޝީދު ވީހާލެއްގަ ވާން އެއަންނަނީ. ގާސިމްްމެންހެން ބަޔަކު ފާއިބުޑަށް ދާނެ މީހެއްނޫން ރައީސް ނަޝީދަކީ.، ސާބިތުކަމާއި އެކު ރައްޔިތުންނާއިއެކު ހުންނާނެ ވެރިއެއް!
ސުދާރާއަށް ގުދުވެ އޮވެ ، ނުދާނެރަކުން ގޮދާ ދިއުމުން ، ފަސާދަނުވާކަމަށް ވަކިވޭހޭ
ސަލާމް
ޚޮންމެގޮތަކައް ތެލުނަސް އަދިވެރިކަމުގަހިރި ޔަމިން