ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިއްޖެ" ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެކު މިއަދު އދ. ފެންފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީނާއި ދެކޮޅަށް ނިކުމެފައިވާ ރިއްޔިތުންނަކީ މުލަތްދަނޑީގެ ބާރު ހުރި ރައްޔިތުން ކަމުގައި އާއި ދިވެހި ފަސްގަނޑުގެ އެންމެ ބާރުގަދަ ބަޔަކީ އެއީ ކަމަށެވެ.

އަލީ ވަހީދު ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް އާއި އެކު - ފޮޓޯ: ޖޭޕީ

''މިއަދު އެއްކަލަ މޮޅުވެގެން އުޅުނު ރައީސް މީހާގެ ހާލަކީ، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިއްޖެއޭ. ހުރިހާ އެއްޗެއް ވެސް ގެއްލިއްޖެއޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރައްވާ އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމުގައި އާއި ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްދިން ކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުވެރިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަންތައް އުފެއްދުމަށް އެންމެ ތަޖުރިބާކާރު ބޭފުޅަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށާއި، ކޯލިޝަނާއި އެކު ޖުމްހޫރީ ޕާޓީ ވަރުގަދަކޮށް އޮންނާނެ ކަމަށެވެ. ހަމަ އެހެންމެ ކުރީގައި ވެގެން ދިޔަ ގޮތަށް މިފަހަރުގެ ކޯލިޝަނަށް ކުރިމަތިނުވާނެ ހުރިހާކަމެއް ޖުމްހޫރީ ޕާޓީން ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މެޑަމް އައިސަ

    ބޮޑު ކަރާ ފެޅޭނެ އަދި

  2. ބުރުމާ

    މިކަހަލަ ފެއިލްވެފައިވާ މީހުން....

  3. އަންނަގަ

    ގާސިމަކީ ދެން މަމެން ޕިންކީން ގޯތީގެ ކުއްޖެކޭ ދެން ތިޔާ ހެން ނަހައްދަވާ ވެދިޔަ ކަމެއް ވެ ނިމިގެން ދިޔާ ނޫންތޭ ދެން އެކަން އަނބުރާ މަމެން އިއާދަ ކުރަން ބޭނުން ނުވެއޭ އަންނަން އުޅެގަ ގާސިމް މަމެން ގޯއްޗަށް މަމެން ހުވާ ކޮށްފައި ބުނަމޭ ދެން ގާސިމަށް ދެރަ ގޮތެއް ނަހަދާނަމޭ އަންނަން އުޅެގަ ނައިބް ރައީސް ގެ މަގާމަށް ރަނިންގް މޭޓަކަށް މަމެން އެމަގާމް ވެސް ގާސިމަށް ދޭން ތައްޔާރަށޭ މިތިބީ އަދި މަޖްލީހުގެ ރައީސް ކަން ބޭނުން ނަމަ އެމަގާމް ވެސް ދެވިދާނެއޭ އިނގޭތޭ އަދި މީގެ އިތުރުން މާލެ އަތޮޅު ގާފަރު ފަޅު އެއްކޮށް ގާސިމަށް ދެވިދާނެއޭ 1 މިލިއަން ޑޮލަރަށް 100 އަހަރު ދުވަހުގެ މުއްދަތަށް އެއިރަށް އެފަޅުން ދެބައި ކުޅަ އެއްބައި ގާސިމް 99 އަހަރަށް ވިއްކާލި ނަމަވެސް ލިބޭނެ ނޫންތޭ 500 މިލިއަން ޑޮލަރު ދެން އެފައިސާ އިން ދެން އެފަޅުގެ ބާކީ އޮތް ބައި ހިއްކައިގެން އިންޓަރނޭޝަނަލް އެއާރޕޯރޓް އެއް އަޅައިގެން އިންޑަސްޓްރިއަލް ޕާރކްސް ފީންނެއް ހަދާ ހުރިހާ ޕާރކްސް ތައް ކުއްޔަށް 100 އަހަރަށް އިންޓަރނޭޝަނަލް އިންވެސްޓަރުންނަށް ކުއްޔަށް ދިނުމުން ދެން ގާސިމް ވެގެން ދާނީ އޭޝިއާ ގައި ހުރި އެންމެ މުއްސަނދި ޓްރިލިއަނަރ އަށް ނޫންތޭ ތިޔާ ހެން ނަހަދާ އަންނަން އުޅެގަ ޕިންކީން ގޯއްޗަށް ޓެކްސް ވެސް ފްރީ ކޮށް ދެވިދާނެއޭ އިނގޭތޭ ގާސިމް...

  4. ޚާލިދު ވަޙީދު

    ކިއްލި ވިއްކަން ދޭ

  5. ހުސޭނުބޭ

    ފޮނި ވާހަކަދައްކާނެކަމެއްނެތް! ދެވަނަ ފަހަރަށް ވޯޓުލިއްޔާ ވަގުންތައް ބޭޒާރުވާނެ! އޭދަފުށި ފަދަ ތަންތަނަކީ އެމްޑިޕީއަށް އުއްމީދުގެ ކަންފުޅެއްވެސް ނެތް ތަންތަން! އެކަމަކު އޭދަފުށިން ވޯޓު ނަތީޖާ އައިގޮތުން ވައްކަންކުރިކަން ޔަޤީން!

  6. ރައްޔިތުމީހާ

    މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިުނީމަ މިހާރު ގާސިމް ކާރީގަ އާދޭސްކުރަމުން ދުވަނީ ތި" އަލީ ވަހީދު ކަން ހުރިހާމީހުންނަށް ވެސް އެގޭނެ.

    ރައީސް ޔާމީނަށާއި ސަރުކާރަށް ފާޑުކިއަން އަލީ ވަހީދު އަކީ ކާކު؟ލަދުހަޔާތް ކުޑަކަމުން ގާސިމްގެ ތައްޕާހުގަ އުޅެން ބޭނުންވާތީވެ ފާޑުފާޑުގެ އަގަތަޅަން ޖެހޭނެތާ!

  7. ރައްޔިތު މީހާ

    ކަރާފަޅޭތޯ ބަލަންވީޢެއްނުން.މާގިނަދުވަހަކު ތިކަރާ ނުފެޅި ނޯންނާނެ.........ވަރަށް ސަލާމް

  8. ފަދފސަ

    ތި ހުރިހާ އެއްޗެއްވެސް ގެއްލޭނީ ހަމަ ކާސިންބެއަށް.. ކަލޭވެސް ކަށި ޖަހާފަ އޮޑިން ފުންމާލާނެ ދާދި އަވަހަށް.. ޔާމީން އަދި އެނބުރި އަންނާނެ..

  9. ޗަނބޭލީ

    ފިލިވަހީދޭގޮވި ފިލިވަހީދު . ޙެހެހ... ކަމަކާޖެހޭއިރަށް ބޮނދާއޮވެފަ ނުކުމެ އަނގަވަރަންފެށީ.

  10. ރައްޔިތު މީހާ

    ކުރާ ކޮމެންޓް ނުފޮނުވިޔަސް ރައީސް ޔާމީން ވަރުގެ ވެރިޔަކު މިޤައުމުގެ ފަސްގަޑަކަށް އަދި އުފަންވެފައެއްނުވޭ!ދެންލަލަލާ...??

    • ޞަރ

      ތިބުނީ ވައްކަން ކުރަން .. ދެން ލަލަލާ .. ހާއީ

  11. ތޯމަރާ

    ތިކަރާގެ އެތެރެވަނީ ކުނިވެފައި ޑީއާރުޕީއާއި އެމްޑީޕީހަލާކުކޮށް މިހާރުޖުމުހޫރީޕާޓީވެސްހަލާކުކުރަންތިފެށި ރާއްޖޭގެރައްޔިތުންތިހިމާރުއަޑެއްބަލައެއްނުގަން ނާނެ

  12. ނަގޫރޯޅި

    ރ.ޔާމިން ވަނީ 35 އަހަރު ނުވި ތައްރައްގީ 5 އަހަރުތެރޭ ތަފާތު ކުރުމެއްނެތި މުޅި ރާއްޖެއައް ގެނެސްދީފަ. އެކަމާ ބޭގަރާރުވީ ގާސިމާ، ބޮޑުކަރާ، މައުމޫން، ނަސީދު މެންފަދަ އަމިއްލަ އެދުމުން ފޯވެފަތިބި މީހުން. ޔާމީނައް ގެއްލޭނެ އެއްޗެއްނެއް. އެއްޗެއްގެއްލެންޔާ ގެއްލޭނީ ރައްޔިތުންނައް.

    • ިއިބްރާހީމް

      ނަގޫރޯޅިއަށް މަވެސް ތާއީދު

  13. ޢަބްދުﷲ

    ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް އިސްތިސްނާއެއްނެތި ޙުރުމަތްތެރިކޮށް ހިތަށްޖެހޭ ޙާލަތުގައި އެކަން ނުކޮށް ދޫކޮށްލުމަކީ، ޢަދާވާތްތެރިން އުފެދިގެން ދިޔުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. ރައްޔިތުންގެ ވެރިކަމަކީ، ރައްޔިތުންނާއި ނުލާ ވަކިބަޔަކަށް އިތުބާރުކޮށްގެން ކުރެވޭނެ ކަމެއްނޫނެވެ. ރައްޔިތުން ނޫނެކޭ ބުނެވޯޓުން ބަލިކުރުމުން، ގަދަބާރުން ވެރިކަމުގައި ދެމިހުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކޮށް ދެއްވުމަށް އެދެމުންދާއިރު، ކަމުގެ ބާވަތަށް ނުވަތަ މައްސަލާގެ ޠަބީޢަތަށް ވިސްނާލަން ޖެހޭނެއެވެ.

  14. އަން

    ބޫން ބޫން. ކަލޭ ތީ ސިޔާސީ ގުނޑާއެއް ކަން ހުރިހާއެންމެން ދަންނާނެ

    • ބިޔަރާޅު

      ނޫން ނުދަންނަން ތިކަމެއް! ދޮގު ހަދާމީހެއްތީ ވަރަށް!!!

  15. ތޮއްޑޫ މީހާ

    ފިނައިން ދިން ވަރަކަށް ހެއްލޭ މީހުން.. އަންބޮޑި ބޮޑު ކުރާން އުޅޭ މީހުން މީ... ގައުމު ހަލާކު ކޮއްފަ ފިލާ ރައްކާވި ކަރާ މީ.؟

  16. ހާލާ

    ކަލޭ ދައްކާވާހަކަ ޤަބޫލް ކުރާނެ މީހަކު މިހާރަކު މި ޤައުމަކު ނެތް

  17. ޢަލީ

    ބަޔަކު ކާމިޔާބުކުރީމަ ގަނީމާ މުދާ ބަލައި އައިސް. ލަދހަޔާތް ވެސްކުޑަ މީހެއް

  18. ހަމީދު

    މީދެންކާކު ރައްރަށައް ގޮސްއަޑުގެ ކޮޅަޠް ހަޅޭލަވާގެން ކާގެން ބޮއިގެން އުޅޭމީހެއްމީ
    ބާރައް ހަޅޭލެވިވަރައް ގިނައިން ލިބޭނެ

  19. ގލޅ

    އަގުވެއްޓި އަބުރާއި ސަރަފް ވެއްޔާ މޮޑެވިފައިވާ
    ބޮޑެތިވަގުން ފިލާއޮތުމަށްފަހު ނުކުމެ އިސްކޮޅަށް
    ވުރެ ބޮޑެތި ވާހަކަދެއްކުމަކީ ހަޑިހުތުރުކަމެކެވެ

  20. ދިއްގާ

    ކުރިއަށް އޮތް ދުވަސްތަކުގަ އަންގާލާނަން ވަގަށް ހޯދިމާފަނުގަ ހުރި ވަގު ގޯތި އަށް ވާގޮތް ޓެޕްމްޕެނީން ވަގު ފައިސާ ކަރާ ފައިސާ

  21. އަހުމަދު

    އެބުނީހަމަރަގަޅަށް

  22. Anonymous

    ކިއްލި ވަހީދު ތީ އެއްވެސް އަގެއްހުރި މީހެއްނޫން މި ފަސްގަނޑުގަ

  23. ވެޔޮގަޑު

    ކަރާދަނޑު ގެއްލި،,، ކިޔަވައިދިނުން ގެއްލި ،، އަދި ކޯޗްކޮށްދިން ޓީމް ގެއްލި

  24. ދާއިމު

    ދެވަނަފަހަރަށް ވޯޓުލައިފިނަަމަ 126000 ވޯޓު ރައީސް ޔާމީނަށް ލިބޭނެ! އިންތިޚާބުވުމަށް މިއީ 54 ޕަސެންޓް !

  25. ޙ

    ދެން ވޯޓު ލިޔަސް ޔާމީން ބަލިކުރާނަން