ވޯޓްގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިއްޖެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ ޤާނޫނީ ޕޮއިންޓްތައް ހިމެނޭ ލިޔުމެއް މިހާރު ވަނީ ލީކް ވެފައެވެ.

އެލިޔުމުގައި ވާގޮތުން ވަކި ގޮތަކަށް ފާހަގަ ޖެހޭ ގޮތަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމަކީ މިހާރުގެ ޓެކްނޮލޮޖީގައި ވެދާނެ ކަމެއް ކަަމަށެވެ. އެގޮތުން އިންތިހާބުގެ ވޯޓު ކަރުދާހަކީ ކާބަން ޓްރީޓަޑް ކަރުދާހެއް ކަމަށް ބެލެވޭ ކަމަށާއި ބައެއް ވޮޓު ކަރުދާސްތަކުގައި ކޮމްޕިއުޓަރުން ޖަހާފައިވާ ފާހަގައެއް ކަމަށް ބެލެވޭ ފާހަގަތައް ހުރިކަން އޮފިޝަލުންނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ލިޔުމުގައި ވެއެވެ. އެފަދަ ކަމެއް އެމް7އިން ކޮށްފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި މަސްލަހަތު ވެސް އެބަ އޮތް ކަމަށް ލިޔުމުގައި ވެއެވެ.

އެފަދަ ޓެކްނޮލޮޖީއަކީ ރާއްޖެއިން ބޭރުން ނޫނީ ނުލިބޭނެ ޓެކްނޮލޮޖީއަކަށްވާއިރު އެކަމުގައި އެހީވި ބޭރުގެ ގައުމަކީ ކޮބައިކަން ވެސް ބަލަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

މައްސަލާގައި ވަނީ ވޯޓު ކަރުދާސްތަކުގައި އެފަދަ ކަންކަން ހުރިތޯ ބެލުމަށް ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ލިޔުމުގައި ވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ރިޔާސީ އިންތިޚާބަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަ ތަޙްޤީޤެއް ކުރައްވައި އެތަޙްޤީޤު ކުރަންޖެހޭ، ޤާނޫނު އަސާސީ އާއި ކަމާބެހޭ ޤާނޫތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ ކަނޑައެޅިގެން ހިލާފަށް އެކޮމިޝަނުން ބާއްވާފައިވާ، އެއިންތިޚާބެއްގެ އިންޓަގްރިޓީ ނުވަތަ ނަަޒާހަތްތެރިކަން ގެއްލުމުގެ ސަބަބުން ބާތިލް ކުރަން ޖެހޭ އިންތިޚާބެއް ކަމަށެވެ.

ވޯޓްގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ޢަލީ

  މޮޔަ ގޮވަނީ ހަޖަމް ނުވި ވޯޓް

 2. ޔަގީނޭ

  ބައްލަވާ ރައީސް މީއޭ މަމެން މިގައުމުގެ ޒުވާނުންނަށް އިތުބާރު ނުކުރާ ކަމަކީ އެމެންނަކީ މައިންބަފައިންނަށް މަކަރާއި ހީލަތް ހަދައިގެން ދޮގު ހަދައިގެން މައިންބަފައިން އަތުން ފައިސާ ވަގަށް ގެންދާ މީހުންނޭ މިކަން ހިނގައޭ މަމެން އުޅޭ ގޯތިން ވެސް އެމެން އުޅޭ ގޯތިން ވެސް އަދި ޖެހިގެން ވެސް ހުރި ގޯތިން ވެސް ދެން ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ދަ ކިއްލި ތަޅާ ކިޔަވައިގެން ތިބި ގިނަ މީހުން ނަކީ އެއީ ކަންނެތް މީހުންނޭ އަތުން ފައިން މަސައްކަތެއް ކުރަން ނުދަނެއޭ ދެން އޮޅުވާލައިގެން ޕާރޓީ ނަމުގައި ސަރުކާރުގެ ބޮޑު މަގާމަކަށް އައިސްގެން ރައްޔިތުންގެ މާލިއްޔާ އިން އެމީހަކު އަތު ޖެހުނު ގޮތަކަށް ކުރަނީ ވައްކަމޭ މީއޭ ކުރާ ކަމަކީ ދެން މިރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބުގެ ކަންކަން ކުރަން ޖެހޭނީ ޕޮލިހުންނާއި ސިފައިންގެ ބެލުމުގެ ދަށުންނޭ މިނިވަން މުވައްސަސާ އެއް ކަމަށްވާ އިލެކްޝަންސް ކަމިޝަނާއި މިކަން ހަވާލު ކުރަން ހެޔޮ ނުވާނެއޭ ރައްޔިތުންގެ ވޯޓް އިން ވައްކަން ކުރި ބަޔަކު ގައުމު ވެސް ވިއްކާލާނެއޭ ޔަގީނޭ.

  • ގަމާރު

   މިހާރު ފުލުހުންނާ ސިފައިން ..ކުރިން ބަޤާވާތް ކުރީ އެމީހުންނެއް ނޫން ބާ!

 3. ޅުވަރު

  ކަށްވަޅަށް ވެސް ދަނީ ވެރިކަން ހިފައިގެންތަ

 4. ޢަތަށް

  ވޯޓުގެ ކޮންމައްސަލައެއް. ތަހުގީގު ކުރިހެން ފަޟީހަތްވާނީ ތިބައިގަނޑު.. މީކީ ކުޑަތަފާތެއްނޫން. 34 ހާސް މީހުންގެ ބޮލަށް ބަޑިޖަހާލިޔަސް ހޮވޭނެ އެއްވެސް ފޮމިއުލާއެއްނެތް.

 5. ފެނަމަލާޑާ

  މަވާމުތަކުގެ ދަހިވެތިކަމުގަ ތިބިމީހުން މުޅިގައުމު ހިސޯރުކޮށްގެން އެތިބީ. މިހާރުތިކަންކުރާނެކަމަކަށް ނުބެލެވޭ. ތިޔަކަމުގަ ކުރިއށްފިޔަވަޅެއްއަޅަން ކެރޭނެ ހަމަ އެކަކުވެސް ހުންނާނެހެނެއް ހިއެއްނުވޭ. އެހެންނޫނަސް އެމެރިކާ އެއޮތީ އެމީހުންގެ ޑިމޮކްރަސީ ގެދަށުން މިގައުމުގެ ފަނޑިޔާރުންނައް ބިރުދައްކާ ނުފޫޒު ފޯރުވާފަ. ދެންމިފަސްއަހަރު އެމްޑީޕީ ބޭނުންވިގޮތަކަށް އަނބުރަން ދޫކޮށްނުލައިފިނަމަ މިގައުމު ފުނޑާލާ ރައްޔިތުން ބަނޑައްޖައްސާފަބެސް ވެރިކަން ހިމާޔަތްކުރަން އެތިބީ ވާވަރަށް އެތިވަރު ބަނޑުއަލާ ރައްޔިތުންތެރެއިންގިނަބަޔަކު ގުއިރޯނުގަ ޖައްސާފަ.

 6. ޖަމީލު

  ފެމިލީ ކޯޓަށް ލާން ވީނު؟ ހާދަ ބަރުދަނެއް ނެތް ކޭސް އެކޭ ދޯ

 7. ދަތްދޫނި

  އިންތިޙާބު ބާތިލް ކޮއްފި ނަމަ ދެން ރައްޔިތުންގެ ފަރާތުން ނުކުމެދާނެ ނަތީޖާއި މެދުވެސް ވިސްނާލުން ބުއްދިވެރިވާނެ.

 8. ޗާބޫކުން

  ހެޔޮވާނީ ކިިހިނެއްތޯ އެމްޑީޕީ އާއި ޖޭޕީ ވެގެން ރިޝްވަތުގެ ފައިސާ ދީގެން އިންޑިއާ އަޑީގައި ބާއްވައިގެން ރާއްޖޭގެ ރައްޔިތުން ރާއްޖެ ތަރައްގީ ކޮށް ރާއްޖެ އަކީ އެއީ ދިރިއުޅެން ފަސޭހަ ގައުމަށް ހެދުމަށް އެމެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި އެމެން ވޯޓް ދިން ކެންޑިޑޭޓްގެ ނަން ބާތިލް ކޮށްލާ ބަދަލުގައި ކަމުގެ އެއްވެސް ތަޖްރިބާ ނެތް މީހަކު ރާއްޖޭގެ ވެރިއަކަށް ގެންނަން ޖޭޕީ އާއި އެމްޑީޕީ އާއި އިލެކްޝަންސް ކަމިޝަން އާއި ގުޅިގެން ފަސްމާމުލު ފަސްވަގުން ތިބި ތަނަކަށް ރައްޔިތުން ވޯޓް ލާކަރުދާސް ޕްރިންޓް ކުރަން ދީ އަދި އިލެކްޝަންސް ކަމިޝަންގައި ތިބި 5 މެމްބަރުން ރައްތޔިތުންނަށް ހަރާމްކޯރު ވެ ރައްޔިތުންގެ ވޯޓް އިން ވައްކަން ކުރުމުގައި އަނގޮޓި ތަކެއް ގެނެސްގެން އެމެން އޭގެ އަހުލު ވެރިންނަށް ތިބެ އެވައްކަން ކުރަން ދަސްކޮށްދީ އިންތިޚާބުގެ އޮފިޝަލުން ލައްވާ ވޯޓް ގައި ވައްކަން ކުރުމުން ދެން މުޅި ގައުމުގައި ވަގުން ނޫންތޯ ގިނައީ ގައުމުގެ މިނިވަންކަން ވިއްކާލާނެ ނޫންތޭ އިލެކްޝަންސް ކަމިޝަން ސީދާ ގައުމަށް ގައްދާރުވި ފަސްމާމުލު ފަސްވަގުން ކަމަށޭ މަމެން މިދެކެނީ އަވަހަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސް ހުރިހާ މިނިވަން މުވައްސަސާ ތައް ސީދާ ރައީސްގެ ބެލުމުގެ ދަށުން ހިނގާ ތަންތަނަށް ހަދަންވީއޭ އެނޫން ނަމަ އެމްޑީޕީން ކެނެރީގެ ނަޝީދު ދެން ޖޭޕީން ގާސިމް އިބްރާހިމް އަޑީގައި ތިބެގެން އިންޑިއާގެ ކޮރަޕްޓް ވޯޓް އިން ވައްކަން ކޮށްގެން ބޮޑު ވަޒީރު ކަމަށް އައިސްގެން އުޅޭ މޮދީ މެންނާއި ގުޅިގެން މިގައުމު ލޫޓުވާލާ މިގައުމު ދެވަނަ ޔަމަން އަށް ނުވަތަ ދެވަނަ ލީބިޔާ އަށް ބަދަލު ކޮށްލާނެއޭ އެއީ ޔަގީން ކަމެކޭ ގާސިމް އިބްރާހިމް އާއި އަދި ކެނެރީގެ ނަޝީދަށް ރާއްޖޭގެ ވެރިކަން ނުލިބިގެން ރައްޔިތުންލާ ވޯޓް އިން ވައްކަން ކޮށްގެން ނޫންތޭ އެމެން ރާއްޖޭގެ ވެރިކަމަށް އަންނަން އުޅެނީ އިބޫގެ ވެސް ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ ނޫންތޭ ވޯޓް ގައި މަކަރު ހަދާފައިވާނަމަ އެކަން އިންވެސްޓިގޭޓް ކުރަން ގޮވާ ނުލާ އަވަހަށް ރައީސް ކަމާއި ދައުރު ހަމަ ނުވަނީސް މިހާރުން މިހާރަށް ހަވާލު ކުރާށޭ އަދި ސަރުކާރުން ރައްޔިތުންނަށް ދެމުން ދާ ޚިދްމަތް ވެސް ނުދޭށޭ ކިޔާ ސިޓީ ފޮނުވަނީ ލަދު ހަޔާތް ކޮބާތޭ މިދިޔަ ސެޕްޓެމްބަރު 23 ގެ ފަހުން މުޅި ރާއްޖޭގެ އިގްތިސާދު ދަނީ ދަށަށް ނޫންތޭ ސަރުކާރަށް އެއްވެސް ކަމެއް ވިޔަނުދެއޭ މިމެން ވަގު ވޯޓް ލައިގެން ރައީސް ކަމަށް ހޮވިގެން އައިސް. އިބޫ ތަމެން ވަގަށް ވޯޓް ލައިގެން ރައީސް ކަމަށް އައިސްގެން ތިޔާ ކުރާ ކަމުން މިރާއްޖެ ގާސިމް އިބްރާހިމް އާއި ކެނެރީގެ ނަޝީދު ދެމީހުން ވެގެނ ބަދަލު ކޮށްލާނީ ދެވަނަ ޔަމަން އަށް ކަން މަމެންނަށް ޔަގީން ކަށަވަރޭ ތަމެން ގައުމު ދެކެ ކުޑަ ވެސް ލޯތްބެއް ހުރި ނަމަ މިކަން އިންވެސްޓިގޭޓް ކުރަން ފުރުސަތު ދީ ސީދާ ހަލާލު ވޯޓަކުން ރާއްޖޭގެ ރައީސް ކަމަށް އަންނަން އުޅޭށޭ ތިޔާ ތަމެން ހަދާ ގޮތުން ރާއްޖޭގެ ރައްޔިތުންގެ ބުރަކަށީގައި ތަމެން ތިޔާ ތަޅަނީ ޗާބޫކުން ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ވަރަށް އަސަރު ކުރެއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ...

  • ގަމާރުމޯލްޑިވިއަންއަ

   ސީރިޔަސް މެންޓަލް ކޭސް

 9. ޙަމޭ

  ޢެހެންވެ ދޯ މޑޕ ކުރީގަ މާވަރު އަރުވާލަފަ މިހުރިހާ އެއްޗެއްކީ. މިގަނޑު ގަންނަން. މިކަން ކާމިޔާބުވީމަ އެތިބީ ހެެވިފަ ފިލާ

  • ދެކޮތަޅު

   ހަމަ ރަނގަޅަށް ތިބުނީ. ތިހުރިހާ ފޯމިއުލާއެއްގެ ވާހަކަ އެސޮރުމެން ދައްކާފައި އަހުރެމެންގެ ލޮލުގައި އަނދުން އަޅުވާފައި ޕީޕީއެމް ބޮލުގައި އެޅޭގޮތަށް ޕްރޮޕަގަންޑާ ހިންގީ.

 10. ޢަބްދުﷲ

  ހަމަޖެހުމާއި ހިމޭންކަން ގެއްލިއްޖެނަމަ، ދެން އޮންނާނީ ނާމާންކަމާއި ބިރުވެރިކަމެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ވޯޓުނެގުމާ، ވޯޓުގުނުމާ، ވޯޓުގެ ނަތީޖާ އިޢުލާނުކުރުމާ، މިކަންކަން ހިނގައި ނިމިފައިވަނީ، ފާޅުކަންބޮޑު ގޮތެއްގައެވެ. އަދި ދެފަރާތުގެ ދެކެނޑިޑޭޓުންވެސް މިކަންކަމަށް އެއްބަސްވެ، އިޤްރާރުވެ ފައިވަނީ، ނޫސްމަޖައްލާތައް މެދުވެރިކޮށް ދެއްވާފައިވާ ޚިޠާބުގައެވެ. ތަޤްރީރުގައެވެ. އަދި އޮފީހުގައި ބާއްވާފައިވާ ރަސްމީ ބައްދަލުވުން ތަކުގައެވެ. އެހެންކަމަށްވާނަމަ، ގިނަދުވަހު ވެރިކަމުގައި ދެމިހުރެވޭނީ، މައްސަލައަކަށްފަހު، މައްސަލައެއް އަދި ދަޢުވާއަކަށްފަހު ދަޢުވާއެއް އުފައްދައިގެން ކަމަށް ބުރަވެ، ކުރެވޭ ނުޞައްޙަ، ނުރަނގަޅު، ކަންކަމުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ސުވާލުއުފެދެއެވެ.

 11. ކުރަންވީއޭ

  ރާއްޖޭގައި ނެރޭ އެންމެ މަޝްހޫރު އޮންލައިން ނޫސް ކަމަށްވާ މިހާރު ނޫހުގެ ބޮޑުންނާއި ނޫސްވެރިންނާއި ގުޅިގެން އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރިއޭ މިފަހަރު ރިޔާސީ އިންތިޚާބުގައި އެމެން ކުރި ވައްކަން ފޮރުވޭތޯ އެގޮތުން އެންމެ ބޮޑަށް އެމަސައްކަތް ކޮށް އެކަން ދިފާއުކުރީ އެއީ ސީދާ މިހާރު ނޫހުގެ ނޫސްވެރިން ލިޔުނު ރިޕޯރޓްސް ތަކުންނާއި އަދި އާރޓިކަލްސް ތަކުންނޭ ރާއްޖޭގެ ރައްޔިތުން ނޫޅޭ ގާސިމް އިބްރާހިމް ޖަލަށް ގަޅާލައިގެން ކަންބޮޑު ވެގެން އަދި ކެނެރީގެ ނަޝީދު ޖަލަށް ގަޅާލައިގެން ކަން ބޮޑުވެގެން އަދި މައުމޫނު ޖަލަށް ގަޅާލައިގެން ކަން ބޮޑުވެގެން މައުމޫނުގެ ވެރިކަމުގައި އޭނާ ޖަލުގައި އަނިޔާ ކޮށް ފައި ތިބި މީހުންގެ ރޭޝިއޯ އަށް ބަލާއިރު ކޮންމެ 5 އާއިލާ އަކުން 3 އާއިލާ އަށް އޭނާ ވަނީ ޖަލުގައި އަނިޔާ ކޮށްފައޭ މަމެންނަށް ނުފެނެއޭ އެކަމެއް މިހާރަކު ރާއްޖޭގެ މަޖްލީހުގެ މެމްބަރުން އެމެން މެމްބަރު ކަމަށް އައިސް ވަގަށް ވޯޓް ވިއްކައިގެން މަޖްލީހުގެ ތެރޭން ވެސް ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ވެރިއަކު ނަގާ އެއްލާލާނަމަ އެމެން ޖެހޭނީ މެމްބަރު ކަން ދޫކޮށްލަންއޭ އެއީއޭ އެކަން އޮންނަ ގޮތަކީ އެމެން ނުޖެހެއޭ ވޯޓް ގައި ވައްކަން ކުރަން ރައްޔިތުން ލާ ސިއްރު ވޯޓް އިން ވައްކަން ކުރުން މީ ދެން މިރާއްޖޭގެ ސިޔާސީ ބޮޑުން ކުރާނެ ކަމެއް ކަން މަމެން ކުރިން ވެސް ބުނަމުން އަންނަނީ މިހެންވެއޭ ރައްޔިތުން ލާ ސިއްރު ވޯޓް އިން ވައްކަން ކޮށްގެން އަންނަ ވަގު ރައީސް އަށް ދޯ މިހާރު ނޫހުގެ ނޫސްވެރިން މަރުހަބާ ތިޔާ ކިޔަނީ ތަމެން ތިޔާ ކުރަނީ ނޫސްވެރިކަން ތޭ ނުވަތަ ވައްކަން ތޭ އެއީ މަމެން ތަމެން ގާތުން ސާފުކޮށްލަން ބޭނުންވާ އެއްޗަކީ މިހާރު ނޫހުގެ މައްޗަށް ވެސް ސްޕްރީމް ކޯޓުން އަމުރެއް ނެރެންވީ އެމެން ސަރުކާރާއި ރައްޔިތުންނާއި ދެމެދު ހަސަދަ ވެރިކަން އިތުރު ކުރުމަށް ޓަކައި ކުރާ ކަންކަން ތަހްގީގް ކުރުމަށް ޓަކައި.

 12. ޕްރޫވެން

  އައްޑު އަތޮޅުގައި އާއި ރިސޯރޓްސް ތަކާއި ރާއްޖޭން ބޭރުގެ ވޯޓް ފޮށިތަކުގައި ވަރަށް ބޮޑަށް ވަގާއި މަކަރާއި ހީލަތް ހަދާފައިވާ ކަން ވޯޓްގެ ނަތީޖާ އިއުލާން ކުރި ސިކުންތުން ފެށިގެން ޕީޕީއެމް މެމްބަރުން ބުނަމުން ދެއޭ އެކަމަކު ރާއްޖޭގެ ނުފޫޒު ގަދަ މީޑިއާ އެެއް ކަމަށްވާ މިހާރު ނޫހުން މިކަން ރައްޔިތުންނަށް އޮޅޭ ގޮތަށް އޮޅުވާލަން ޕްރޮޕެގެންޑާ ފަތުރައިގެން ސަރުކާރާއި ރައްޔިތުންނާއި ޖައްސާލައިގެން ގަސްތުގައި ވޯޓް ގައި އޮޅުވާާލާ ކަން އަދި ވޯޓް އިން ވައްކަން ކުރާ ކަން މިހާރު ނޫހަށް އެނގި ތިބެ އެކަން ރައްޔިތުންނަށް އޮޅުވާލުމުންނޭ މިހާ ބޮޑަށް އާންމު ރައްޔިތުންނަށް އޮޅުން އަރަމުން މިދަނީ މިރާއްޖޭގެ ނޫސްވެރިންގެ މައްޗަށް ވެސް އެބަޖެހޭ ވަރަށް ހަރުކަށި ގާނޫނު ތަކެއް ހަދަން އެނޫން ނަމަ ނޫސްވެރިން މުއްސަނދި ވުމަށް ޓަކައި އެމެން ރާއްޖެ ވެސް ވިއްކާލާނެ އިންޑިއާ އަށް މިހާރު ނޫހާއި ހެދިއޭ ފާފު އަތޮޅު އިންވެސްޓްމެންޓް ރާއްޖެ އަށް ނުލިބުނީ މަމެން ޕްރޫވް ކޮށްދޭން ތައްޔާރަށް މިތިބީ މިކަން ޝަރީއަތުގައި ވެސް...

 13. އަހްމަދު

  މިހާރު ތިވީގޮތުން އެންމެފުރަތަމަ ތިޔަލިއުން ލީކުވީގޮތެއްނުބަލަންވީ

 14. ކޮކީ

  ޔާ ﷲ މިނުރައްކާތެރިކަމުން އަޅަމެންނާ އަޅަމެންގެ ޤައުމު ސަލާމަތްކުރަވާނދޭ

 15. އަބްދުއްލާ

  މައްސަލަތައް ތަހުގީގު ކުރުމަކީ ސަލާމަތީ ބާރުތަކާ ބެހޭ ކަމެއްނޫން . ސަލާމަތީ ބާރުތަކުން ކުރަންޖެހޭ މަސައްކަތުގެ ތެރެއަކު ތަހުގީގު ކުރުމެއް ނޯވޭ. ސަލާމަތީ ބާރަކީ ގައުމަށް އަންނަ އުދުވާންތަކުންގައުމު ދިފާއު ކުރާ ފަރާތް ގާނޫނާ ހިލާފު ކަމެއް ކުރުމަކަށް އެއްވެސް ކޯޓަކުން އަމުރެެއް ނުނެރެވޭނެ. ގާނޫނުއަސާސީގެ 142 ވިދާޅުވޭ

 16. ރާޅު ބޯއީ

  އިލެކްޝަންސްގެ ވަރަށްބޮޑު އިހުމާލެއް މިކަމުގައި އޮއްވާ 4 މެންބަރަކު ފިލަންވެގެން އެހެން ގައުމެއްގެ ހިމާޔަތް ވަނީ ހޯދާފައެވެ. މިމީހުން ނެތި އިލެކްޝަނުން ޖަވާބުދާރީ ވާނީ ހަމައެކަނި ޝަރީފުތޯ އެވެ. ކޯޓު އަމުރެއްގެ ދަށުން މިމީހުން ރާއްޖެ ގެންނަން ޖެހެއެވެެ.

 17. ވާރޭ

  ވަރަށް ރަނގަޅު ވާހަކައެއް

 18. ޙަހަހ

  މަޖާ

 19. މަސްނޫން

  300000 ވޯޓެއް ތިޔަބުނާ އެއްވެސް ގޮތަކައް ބަދަލެއް ނުކުރެވޭނެ.. އެއީ ސުޓެޓިސްޓިކަލް އިމްޕޮސިބިލިޓީއެއް.. ދެން ހަޖަމް.. ޑައިޖީން ފުޅީގެ 20 ކޭސް ބޮއެގެންވެސް ހަމަ ޖެހޭނީ ހަޖަމް ކުރައްވަން.

 20. ވަހީދު

  އިލެކްޝަނުގެ 4 މެމްބަރުން ހިމާޔަތް ހޯދަން ލަންކާއަށް ދާން ޖެހޭ ސަބަބެއް ނެތް. ސިފައިންނާއި ފުލުހުން އެބަތިބި. އިހްމާލު އޮތްކަން ޔަގީން.

  • Anonymous

   ކަލޯ ޔާމިން ރާޝީދު ކިޔާ މީހަކުވެސް ހިމާޔަތް ހޯދަން އެދުނު. އެސޮރު މިހާރު ވީތަން ކަލޭ ބުނެދީބަލަ؟

 21. Anonymous

  އެއޮށް އަމުރުކުރީ. ޙެހެހޭ ކަލޭގެ މައިންބަފައިންގެ ތަރިކަވިއްޔަ އެއީ އަމުރުކުރަން

 22. Anonymous

  ޔާގުންޑާ މޮޔަވީ ހެހެހޭ

 23. Anonymous

  ޔާގުންޑާ ދެން ފަހަރުވަބޮއެ

 24. ާަފާއިޒު.

  ތިޔަބުނާ ފާހަޖެހިކަރުދާސްތައް ވޯޓްފޮށިތަކަށް އަޅާފައިވާނީ، ޢާމުންނަށް ނުފެނި ޖިންޖިންގެ ބަޔަކުތާ!

 25. ޓިނު

  ތިދެން ކިހާބޮޑު ޖޯކެއް؟ ތިތަންތާގެ ވެރިޔަކަށް ހުރީ ތިކަން ކުރަންހުރިމީހާ؟ ތީގެން އިތުރަށް ރައްޔިތުންގެ ކުރިމަތީ ބޭޒާރުވުން ނޫންކަމެއްވާނެތަ؟

 26. ރީޒަން

  އިދިކޮޅު ކްރިޓިކްސް އަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައްޔިތުންގެ ވޯޓަކުން ކާމިޔާބު ނުވެއޭ އެފަހަރު ވެސް އެމެން ނަށް އިންތިޚާބު ކާމިޔާބު ކޮށްދިނީ އިލެކްޝަންސް ކަމިޝަންގައި އެއިރު ތިބި މީހުން ވޯޓް އިން ވައްކަން ކޮށްގެންނޭ މީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ދަންނަ ބޮޑު ސިއްރެކޭ ހަމަ އެވައްކަން އާ ހަރުފަތަކަށް ގެންގޮސް އެވައްކަން ޕްރޮމޯޓް ކޮށްގެން އެމެން މިފަހަރު ވެސް ރިޔާސީ އިންތިޚާބުން ވައްކަމޭ ކުރީ ރައްޔިތުންގެ ވޯޓް އިން ވައްކަން ކޮށްގެންތޭ އިބޫ ވެރިކަމަށް އަންނަން އުޅެނީ ރާއްޖޭގެ ރައީސް ކަން ދަ ކަންޓްރީސައިޑޭ މެން ބޭނުންވަނީ ވޯޓް އިން ވައްކަން ކޮށްގެން ދޯ މަމެންނަށް ޔަގީނޭ މާލޭން ތަމެންނަށް ނުލިބޭނެ ކަން ސައްހަ %5 ވޯޓް ވެސް އިޓްސް ސަމްތިންގް ދެޓް އައި މަަސްޓް ޓެލް ޔޫ އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އިޓްސް ސަމްތިންގް ދެޓް އައި މަސްޓް ލިވް ވިދް..

 27. ނުބެހެވޭނެއޭ

  ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގައި އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅާނަން ކަމަށް އެމެރިކާ ބުނަނީ އެއީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓް ގައި ހުންނަ ކޮރަޕްޓް ކާރޓެލް އަކު އެމްޑީޕީ އަތުން ކަޓް ކައިގެން އޭނާ އަމިއްލަ އަށް ކުރާ ޓްވީޓްސް ތައް ނޫންތޭ އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫނޭ ދިވެހިރާއްޖެ އަކީ މިނިވަން ގައުމެކޭ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ އެއީ ރާއްޖޭގެ އެތެރޭގެ ކަމެކޭ އެކަމާއި އެމެރިކާ އަށް ނުބެހެވޭނެއޭ...

 28. ޢަހުމަދު

  ފުލުހުންނަކީ ތަހުގީގު ކުރާ ބައެއް މައްސަލަ ބަލާ ތަނަކީ ޝަރުޢީ ކޯޓްތައް ބަޔަކު ކިތަންމެ ނރުހުނަސް ވޯޓުން ވައްކަން ކޮއްފި ރިންގް ޝަރީފ

 29. ރާއްޖެ މީހާ

  ޔާމީނަކަށް ތާއީދެއް ނެތޯ ހެހެ

 30. އަނގޮޓި

  ފޭހިއިލޮށި ލޮލަށް ހެރުނީމާ ނެރެވޭނެ އަމުރެތް ނޯންނާނެ. ރައީސް އޮފީހުން ނިކުތީމާ ފެންނަނީ ޖަލުގޮޅި ނޫނީ ފަނޑިޔާރު ގެ ފަނޑިޔާރު މަނިކުފާނު. މިއޮތީ އިންސާފު އަރާހަމަކޮށްފައި. ދެން ފިލައިގެން ދާނެ ގައުމެއްވެސް ހިމާޔަތްކުރާނެ މީހަކުވެސް ނުހުންނާނެ.