މިދިޔަ މަހުގެ 23 ވަނަ ދުވަހު ވޯޓް ލުން ކުރިއަށް ދިޔައިރު ބައެއް މަރުކަޒުތަކުގައި ދެލި ފޮހެވޭ ގަލަމެއް ބޭނުން ކުރި ކަމަށާއި، އަދި ބައެއް މަރުކަޒުތަކުގައި ވޯޓް ގުނުމުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އަތުގައި ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް އަނގޮޓިއެއް ބޭނުން ކުރި ކަމަށް އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވާ ނުކުތާތަކުގައި ބުނެފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށް ބުނާ ލިޔުން ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ.

އެލިޔުމުގައި ވާގޮތުން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓް ކަރުދާސްތައް ބޭނުން ކޮށްގެން މަކަރާއި ހީލަތް (އިލެކްޓޯރަލް ފްރޯޑް) ހަދައި އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ބުރަވާނޭ ގޮތައް ކަންތައް ކުރެވިދާނެތޯ ބެލިބެލުމުން އެއީ ކުރެވިދާނެ ކަމެއްކަމަށާއި އަދި އެފަދަ ކަންކަން މީގެ ކުރިން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ބޭއްވުނު އިންތިޚާބުތަކުގައި ކޮށްފައިވާކަން ވަނީ އެނގިފައި ކަމަށް ވެސް ލިޔުމުގައި ވެއެވެ.

މިގޮތުން ބަލާއިރު ވޯޓް ލުމުގައި ބޭނުން ކުރެވޭ ވަސީލަތްތައް ބޭނުން ކޮށްގެން ވޯޓް އޮޅުވާލެވިދާނެ ދެގޮތެއް ވަނީ ފާހަގަ ކުރެވިފައި ކަމަށް ލިޔުމުގައި ވެއެވެ. އެލިޔުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފުރަތަމަ ގޮތަކީ ވޯޓް ލުމުގައި ބޭނުން ކުރެވޭ ގަލަމުގައި ހުންނަ ދެއްޔަކީ އެގަލަށް ބޭނުން ކޮށްގެން ޖަހާ ފާހަގަ ވަގުތުކޮޅެއް ފަހުން ފޮހެވޭ ފަދަ ދެއްޔަކަށް ވުމެވެ. މިފަދަ ގަލަމަކީ މާބޮޑު އުނދަގުލަކާއި ނުލައި ލިބެން ހުންނަ ގަލަމެއް ކަމަށާއި މިފަދަ ގަލަމެއް ބޭނުން ކޮށްގެން ދިވެހިރާއްޖޭގައި ބޭއްވުނު އިންތިޚާބުގެ ވޯޓްގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވޭތޯ ނުވަތަ އެފަދަ ކަމެއް ބަޔަކު ކޮށްފައިވާ ކަމަށް ބެލެވޭ ވަރުގެ ހެކި ނުވަތަ ޤަރީނާ ހުރިތޯ ބަލާއިރު ރިޔާސީ އިންތިޚާބުގެ ކުރިން އެ އިންތިޚާބުގައި ލެވޭ ވޯޓްތަކަށް ބަދަލު ގެނެސް އެއިންތިޚާބުގެ ނަތީޖާ ވަކި ކޮޅަކަށް ލެންބުމަށްޓަކައި އަނގޮޓިތަކެއް އިލެކްޝަން ކޮމިޝަންގެ ދެ މެންބަރެއްގެ އެންގުމުގެ މަތިން ޗައިނާއިން ރާއްޖެ ގެނެސް އެ މެންބަރުންގެ ކުރިމަތީގައި އެ ޓެސްޓްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާކަން އެނގިފައިވާ ކަމަށެވެ.

އެ މެންބަރުންގެ އެންގުމާ އެއްގޮތަށް އެ އަނގޮޓިތައް ހަދައިގެން ރާއްޖެ ގެނައި މީހާ އާއި އޭގެން ބައެއް އަނގޮޓިތައް ބޭނުން ކުރި މީހުން އެ ވާހަކަތައް ޝަރީއަތަށް ކިޔައިދޭން ތައްޔާރަށް ތިބި ކަމާއި އެމީހުންގެ ހެކި ބަސް ނަގައިދިނުމަށް މައްސަލާގައި އެދިފައިވެ އެވެ. ނަމަވެސް އެމީހުންގެ ނަންތައް ހުށަހަޅާފައިވަނީ ސިއްރުންނެވެ. ހެކި ބަސް ނަގައިދޭން އެދިފައިވަނީ ވެސް ސިއްރު ހެކީންގެ ގޮތުގަ އެވެ.

ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރީ ދެލި ފުހެވޭ ގަލަންތަކެއް ކަމަށާއި އެ ގަލަންތަކުން ލާފައިވާ ފާހަގަތައް ފުހެވިފަވާ ކަމަށް ބުނެފައިވެ އެވެ. އަނގޮޓި ބޭނުންކޮށްފައިވަނީ އެފަދަ ވޯޓު ކަރުދާސްތަކުގައި އަލުން ފާހަގަ ޖެހުމަށް ކަމަށެވެ. އެގޮތުން ވޯޓުތައް ގުނާ ތަރުތީބު ކުރަމުންދިޔަ ވަގުތު އޮފިޝަލުން އަނގޮޓި އަޅައިގެން ތިބެ، ފާހަގަ ފުހެވިފައިހުރި ވޯޓު ކަރުދާސްތަކުގައި ފާހަގަ ޖަހަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ. އިލެކްޝަން ކޮމިޝަނުން ގޮޅިން ބޭރުގައި ފާހަގަ ޖެހުނު ނަމަވެސް ވޯޓު ބާތިލް ނުވާނެ ކަމަށް ކުރިން އިއުލާން ކުރީ ވެސް އެހެންވެ ކަމަށާއި އަނގޮޓިން ފާހަގަ ޖަހާއިރު ސީދާ ގޮޅިއާ ދިމާނުވެދާނެ ކަމަށް ވެސް މައްސަލައިގައި ފާހަގަ ކުރި އެވެ.

ގަލަމުން ޖަހާފައިވާ ފާހަގަ ނިޝާން ވޯޓު ކަރުދާސްތަކުގައި ހުންނާނެތީ އެ ކަރުދާސްތައް ބަލައިދިނުމަށް ވެސް އެދިފައިވެ އެވެ. އޭރަށް އަނގޮޓިން ފާހަގަ ޖަހާފައިވަނީ ގަލަމުން ޖެހި ފާހަގަ ފުހެވުމުންކަން ސާފުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބެއް ބާއްވައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ. އެމައްސަލައިގެ ޝަރީޢަތް އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ޙާލުގެ ދުލުން

  ޔާﷲ ވޯޓް ވަގުން އެންމެންގެ ތެރެއަށް ފަޟީޙަތް ކޮށްދެއްވާށި!

  • ޙސބސބ

   އާމީން، ޔާ ރައްބަލް ޢާލަމީން.

  • Anonymous

   އާމީން

 2. ސަރާހު

  ވޯޓު ލުމުގެ ހުރިހާ މަރުހަލާއެއްގައި ހުރިހާ ވޯޓު ފޮއްޓެއް ކައިރީ ތިބީ ހުސް ޔާމީނު ލައިފައިތިބި ޕީޕީއެމް ދަރުބާރު ފެކްޝަންގެ އެކްޓިވިސްޓުން. ރޭވިކަމެއް ހިންގި ކަމެއް ހިންގީ ޔާމީނުގެ އޯޑަރަށް އެމީހުން. ތިޔަ ގޭމަކީ ޕްލޭން ބީ ގަައި ރާވާފައިވާ ގޮތް. ވާނި ހަމަ ފެއިލް. ޢިންޝާﷲ.

  • ނިި

   އިރާދަ ކުރެއްވިއްޔާ ފެއިލް އެއް ނުވާނެ. ޢިންޝާﷲ

  • މަ

   ލާރިއަށް ނުގުޑާނެ މީހަކު އުޅޭތަ؟

  • ކިޔުންތެރިޔާ

   އިންޝާ ﷲ. ދެން ވޯޓް ލިޔަސް ވާނީ މިއަށް ވުރެ ބޮޑު ތަނުން ބަލި. އޭރުންވެސް ކިޔާނެ ޖަންގިޔާ ތެރެއަށް ލާ ކަރުދާސް ފޮރުވީޔޯ.
   މަގޭ ހިތަށް އަރާ މި ޕީޕީއެމް މީހުން ހަމަ ޖެހޭ ބާއޭ. ތަންކޮޅެއް ބޮޑު ވަރު ކަންނޭގެ ތަންދޮރު ނޭގުނަސް.

 3. ސަލާމަތީ ބާރު

  ސްޕްރީމް ކޯޓުން ނަމަނަމަ ރައިޔިތުންގެ ނިއްމުމާއި ނުކުޅޭތި މި ވަރައްވާހަކަ ކޮއްމެފަހަރަކު ކޯޓުން ގޯސް ނަހަދާތި މިފަހަރު ނެއި މި މުއައްސަސާ އަކުން އެ ޖާގައެއް ދެވޭކައް ސޮރީ ޔާނު ދޮންކެޔޮ ވަގު

  • ރައްޔިތު

   ތިވާހަކަ ބާއްވާ ކަލޭ ހިތުގައި. އަހުރެމެންނާ ކުޅެން އުޅޭނެކަމެއް ނެތް.

 4. މަރޭ

  ޔާމީނުގެ ޕާޓީ މީހުން އެތަނުގަ ތިބީމާ އެމީހުން މަކަތު ހެދިކަން ދައްކަން ދެންހުރިޕާޓިތަކުންމީހުން ނުދިޔައި ކަމާ މެދު އަހަރެންގެ ބޮލުގަ ރިއްސި އޭރުވެސް.

 5. ނިއްކޮ

  ނުބުނާތި އަނެއްކާ 96000 ވޯޓުވެސް ހަމަވީ ަނގޮީިޓީގެ އެހީގަޔޭ

 6. ރައްޔިތުން

  ޕީޕީއެމް ރޭވުން ޔާމީނަށް މޮޅުހޮވަން ކަންކަން ރޭވިގޮތް . އެވަރުންވެސް ކާމިޔާބު ނުވީމާ އަނެއްކޮޅުން ކަނޑާލި

 7. ކުޑޫ

  ތީ ވޯޓުގެ ކުރިން ޔާމީނު ކުރި ދިރާސާއެއް. ޢަދި ތިޔާއެއްގޮތަށް ކަރުދާސްތަކެއް ހަދައި އަގޮޓިތަކެއް ގެނެސް ގަންނަން އުޅުނު ގަނޑު ޝަރީފް މެންނާހެދި ނުގަނވުނީމަ މިހާރު އިންޔިހާބު ބާތިލްކުރަން ދައްކާ ވާހަކަ. ތި ދައްކަނީ ބުހުތާނު ދޮގު ވާހަކަ ކަމަށް ހެކިވާނެ ވޯޓުފޮށިތައް ދޮށުގަ ތިބި ކަލޭގެ އައުވާނުން.

 8. މާމިގިލީ މީހާ

  ބަލަ އަހަރުން ދިޔައ..ގަލަން ހިފައިގެން.. ދެން ކޮން ދެއްޔެއްތޯ ފޮހެވޭނީ.. އެތާ އޮތް ގަލަމަކުންނެއް ނޫން އަހަރުން ފާހަގަ ޖެހީއެއް...

 9. Anonymous

  މިއީ ޔާމީނަށް ފަހިވާ ގޮތަށް ކުރި ކަންތައް. އެކަމު މިފަހަރު މިއޮތީ އަތަށް ގޮވާފައި.

 10. މަ

  ދެލިފޮހެވޭ ގަލަަަން ހުރޭތަ. ފަންސުރަކުން ފާހަގަ ޖެހިޔަސްްްއެގެން ހުންނާާާާާާނެ.

 11. ވޯޓް

  މާތްﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އަމިއްލަޔަށް ހިނގި ރޭވުންތަކާއި ޖަރީމާތައް އަމިއްލަ އަނގައިން ކިޔައިދޭން ޖެހިއްޖެ. މި ހާދަ ނުބައި ނުލަފާ މީހެކޭ. ދެން ވޯޓަކުން މިއަށްވުރެ ބޮޑުތަނުން ބަލިވެ ފަލީހަތްވާނެ އިރާދަކުރެއްވިއްޔާ. ތި ކޮރަޕްޓް އެންމެނަށް ހެއްދެވިފަރާތުން ދެއްވަފާނެ އަޒާބަކަށް ބިރުވެތިވެބަލަ. އިރާދަކުރެއްވިއްޔާ ބަދަ ބާރުން އެއް ކަމެއްވެސް ނުވާނެ.

 12. މސ

  ވޯޓުން ވައްކަން ކުރިމީހުން މިހާރުންމިހާރަށް
  ހިފާ ހައްޔަަރުކޮށް ތަހްޤީޤު ހިންގުމަށް ގޮވާލަމެވެ
  އަދި އިންތިޚާބުގެ ޝަރީޢަތް އސވަހަށް ކުރި
  އަށް ގެންގޮސް ދެއްވުމަށް ގޮވާލަމެވެ

 13. Anonymous

  ޙުރިހާ ތާކުތިބީ ޕޕމ ކުދޫ ..ޔާމީނ ހަޖަމ ނުވަނީ

 14. ބައްޓޭ

  އެމްޑީޕީ.! ނޫނޭ ނޫނޭ ކަލޭމެން ރައީސް ޔާމީނަށް ވަގަށްގޮވަން ރީއްޗެވެ. މިއީ ކަލޭމެންނަށް ހަމަ އިންސާފުވެރި އިންތިޚާބު ދޯއެވެ. މިއޮތީ ތިމަރަ ސަރީފުއާ ކަބަޑޭ ހަބީބު ލައްވާ މަކަރާ ޙީލަތުން ގައުމެއް ފޭރިގެންފަ ނޫން ހެއްޔެވެ؟

 15. ޒޮމްބީ

  ޑޮލަރުފަށެއް ޖަހާލީމާތާ މިވަރުވާނީ؟ ވޯޓުވަގުންތަކާ ވައްކަން ކުރުވިމީހުން ވެސް ހައްޔަރުކޮށް ތަޙުގީގު ކުރޭ.

 16. މާނީ

  އިތުރަށް ފަޟީޙަތްވުން ނޫންކަމެއް ނުވާނޭ އިންޝާﷲ>، އަދި ހިންގާފައިވާ ޖަރީމާ ތަކަށް ހައްޤު އަދަބުވެސް ލިބޭތަން ފެނިގެން ދާނެ އިންޝާﷲ

 17. ޖޮއްބެ

  ދުނިޔޭގެ ތާރީޚުގައިވެސް ކުރެވުނު އެންމެ ބޮޑު ވައްކަން މިއީ. ވަގަށް ނެގީ ކޮންއެއްޗެއްތޯއެވެ....؟ ބޮޑު ގައުމެކެވެ.

 18. ކަތީބު

  ސިކުނޑި ސުމަކަށް ދިޔައިމާ ކޮސް ގޮވާނެ!

  - އަނގޮޓި
  ވޯޓް ގުނުމުގެ މަސައްކަތުގައި ގިނައީ އަންހެނުން، ތިޔަބުނާ އަނގޮޓިއެއް އޮތްނަމަ އެންމެ ފަސޭހައިން ލޮގައި އަޅައިގަންނާނީ އަންހެންވެރިންނަށް.

  - ޕޮއިންޓް ލިބުމާއި ސެކިއުރިޓީ
  އީސީ އިން ބޭނުންވީ އެންމެ ރަގަޅު ސެކިއުރިޓީ އަދި ގަޑިއަށް ކަރުދާސްތަށް ހަވާލު ކުރެވޭނެ ބައެއް، އެކަންވީ އެމް7 އަށް. އިދިކޮޅު މެމްބަރުން ގެ ހިއްސާއާއި ބޯޑު މެމްބަރުންގެ ގޮތުގައި ތިބުމަކީ ނުފޫޒު ކަމަށް ވަންޏާ އީސީގެ އެއްވެސް މަޤާމެއްގައި އެއްވެސް ފިކުރެއްގެ މީހަކު ހުރެގެން ނުވާނެ!

  ޙަޤީޤަތަކީ ވޯޓުގެ ހުރިހާ ކަމެއް ހިންގީ ޕީޕީއެމް ސަރުކާރުން، އެ ވޯޓް ޕްރިންޓް ކުރަން ހަވާލު ކުރީވެސް އެސަރުކާރުން، ވޯޓް ގެ އެންމެހާ ސެކިއުރިޓީއެއް ބަލަހައްޓަން ޕޮލިހަށާއި ސިފައިންނަށް އަންގާނީވެސް ސަރުކާރުން... އެކަމަކު ބަލި ޤަބޫލު ނުކުރެވޭ!...ލޮލް..

 19. ބަލާތި

  އެމެރިކާ މިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް މިވަރަށް ބޭނިގަނެގެން މިއުޅެނީ އެއީ އެމެރިކާ ވެސް މިފަހަރު ވޯޓް ގައި މަކަރާއި ހީލަތް ހެދުމަށް ޓަކައި އިދިކޮޅު މީހުންނަށް އެހީތެރިވެފައިވާތީ ކަން މަމެންނަށް ޔަގީން ކަށަވަރޭ މަމެން ނުދޭނަން ކުޑަ ވެސް ދުލެއް މަމެން ގަބޫލުކުރާ ގޮތުގައި މަމެން ޕިންކީން ނަށް 2 ލައްކަ މީހުން ވޯޓް ދިނޭ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 10 ހާސް ވޯޓް އޭ އެހެންވެއޭ އެމެރިކާ އެހާ ވަރަށް ފަޔަށް ހިނިއަރައިގަނެގެން އުޅޭ ގޮތަށް އެހާ އަވަހަށް އެއުޅެން ފެށީ..

 20. ރުނބާ ސީދީ

  ނަތީޖާ ތަފާތު ވެފަ ތިއޮތީ ހައދު ފަހަނަޅާ މިންވަރަށް. ކޭންޕޭން ގަ އެމްޑިޕީ ގުންޑާއިން މާ މަޑުން ތިބީ ތީވެސް އިނގުން ނުބައެއް ރާވައިފި ކަން، އނގިދާނެތާ

 21. ޢަބްދުﷲ

  ރައީސުލްޖުމުހޫރިއްޔާކަމަށްވިޔަސް އަދި ޢާންމުރައްޔިތަކަށްވިޔަސް، ޤާނޫނެއް އޮއްވައި ޤާނޫނަށް ޢަމަލުނުކޮށް، ޤަވާޢިދެއް އޮއްވައި ޤަވާޢިދަށް ޢަމަލުނުކޮށް، އުޞޫލެއް އޮއްވައި އޫޞޫލަށް ޢަމަލުނުކޮށް، އަދި ހަމަތަކެއްހުރި އިރު ހަމަތަކަށްވެސް ޢަމަލުނުކޮށް، ހިތުހުރިހައި ގޮތަކަށް އުޅެމުންދާނަމަ، ނަޞޭޙަތްތެރި ވެވޭނެއެވެ. ކީރިތި ﷲގެ ފޮތުގައި ال عمران ސޫރަތުގެ (110) ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ

 22. ޯވޯޓުފޮށި

  ވޯޓު ގުނި ވަގުތުގެ އެއްވެސް ވީޑިއޯ ރެކޯޑިންގްއެއް އެބައޮތްތޯ..؟ އޭރުން ތިޖެހި ސަކަރާތެއްވެސް ފެންނާނަން އޮންނާނެދޯ...