ވޯޓް ކަރުދާސް ޕްރިންޓް ކުރި އެމް-7 ގައި ގާސިމްގެ ދަރިކަނބަލަކާއި ވިލާ ހޯލްޑިންގެ ހިއްސާ އޮންނަ އެކްސިސް މޯލްޑިވްސްގެ 50 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށާއި އަދި އެކުންފުނީގައި ދެން ހުރި ހިއްސާދާރަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއް ކަމަށްވާ މުހައްމަދު ނަދީމް ކަމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމެއްގައި ބުނެފިއެވެ.

އެލިޔުމުގައި ވާގޮތުން އެކްސިސް މޯލްޑިވްސް އަކީ ގާސިމްގެ ދަރިކަނބަލުން ހަދީޖާ ސަނާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މީގެ އިތުރުން އެމް-7 ގެ ބޯޑުގައި ނަދީމްގެ އިތުރުން ސަނާ އާއި ސިޔާދު ތިއްބަވާ ކަމަށް ލިޔުމުގައި ވެއެވެ.

ލިޔުމުގައި ވާގޮތުން ވޯޓް ކަރުދާސް ޕްރިންޓް ކުރަން ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލިއިރު އިއުލާނުގައި އޮތީ ވޯޓް ކަރުދާހުގައި އެއް ސެކިއުރިޓީ ފީޗާ ހިމަނާށެވެ. ނަމަވެސް ދެކުންފުންޏަކުން ބިޑް ހުށަހެޅި ފަހުން ތިން ސެކިއުރިޓީ ފީޗާ ހިމަނަން އިލެކްޝަންސް ކޮމިޝަންގެ ކޮމެޓީ އަކުން ނިންމި ކަމަށް އިއުލާންގައި ވެއެވެ. އޭރު އެމް-7 އިން ބިޑް ހުށަހަޅާފައި އޮތީ ސެކިއުރިޓީ ފަސް ފީޗާ ހިމަނައިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ އިތުރަށް ބިޑް ކުރަން ހުޅުވާލުމުން ދިގު މުއްދަތެއް ހޭދަވާނެތީ ބިޑް ކުރުމެއް ނެތި އެމް-7 އާއި ހަވާލު ކުރަން ކަމަށް ލިޔުމުގައި ވެއެވެ.

"އިދިކޮޅު ކޯލިޝަންގައި ހިމެނޭ އިސް ފަރާތްތަކެއްގެ މެޖޯރިޓީ ހިއްސާ އޮތް އަދި އެފަރާތްތަކުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ކުންފުންޏެއް ކަން ސާފުކޮށް އެނގޭ ކަމާއި އަދި އެހެން ކަމުން އެފަދަ ކުންފުންޏަކާއި ހަވާލުކޮށްގެން ޗާޕް ކުރެވޭ ވޯޓް ކަރުދާހަކީ އެކަރުދާސް ބޭނުން ކޮށްގެން އެފަރާތަށް ނާޖާއިޒް ގޮތެއްގައި މަކަރާއި ހީލަތް (އިލެކްޓޯރަލް ފްރޯޑް) ހަދައި އިންތިޚާބުގެ ނަތީޖާ އެފަރާތުން ބޭނުންވާ ގޮތަށް ނެރުމަށް މަގުފަހިވެފައިވާ ކަމެއް ކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމުގައި ފާހަގަ ކުރަމެވެ." ލިޔުމުގައި ވެއެވެ.

މީގެ އިތުރުން އެމް-7 އާއި ވޯޓް ކަރުދާސް ޕްރިންޓް ކުރަން ހަވާލު ކުރީ ދެން ކުރިމަތިލި ނޮވެލްޓީ އިން އެމް-7 އަށް ވުރެ 32 ޕޮއިންޓް އިތުރަށް ލިބިފައި ވަނިކޮށެވެ.

ގާސިމްގެ ދަރިކަނބަލަކާއި ވިލާ ހޯލްޑިންގެ ހިއްސާ އޮންނަ އެމް-7 އިން ވޯޓް ކަރުދާސް ޗާޕް ކޮށްފައި ވަނީ ވެސް އާދަޔާއި ހިލާފު ބޮޑު އަގެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަވޭއޭ

    ކާކަށްތަ އިނގޭނީ އިދިކޮޅު ގައި ތިބި ކްރިޓިކްސް އަށް ރައްޔިތުން ވޯޓް ނުދޭނެ ކަމުގެ ގެރެންޓީ އެމެންނަށް އޮތުމުން އެމެން އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނާއި ގުޅިގެން ރައްޔިތުންލާ ސިއްރު ވޯޓް އިން ވައްކަން ކުރާނޭ ކަމަށް މަމެން މީ ސަރުކާރު ނަމަ މިއަދުން ފެށިގެން އިލެކްޝަންސް ކަމިޝަން ގެ އެއްވެސް މެމްބަރަކަށް އިލެކްޝަންސް ކަމިޝަނަށް ވަނުމުގެ ފުރުސަތު ވެސް ނުދޭނަމޭ ފުލުހުންގެ ހާޒިރު ގައި މެނުވީ އަދި އެމެން އިލެކްޝަންސް ކަމިޝަން ގެ ތެރޭގައި ތިބޭއިރު ވެސް ފުލުހުން ނާއި އެކު ނޫނީ އޮފީހުގެ އެއްވެސް ތަނަކަށް ނުވަދެވޭ ގޮތަށް ރައީސް ގެ ގަރާރަކުން ނަމަވެސް ކަން ކުރާނަމޭ މީ ބޮޑެތި ފަސް މާމުލު ފަސް ވަގުން ވެސް ގައުމުގެ ރައްޔިތުންލާ ސިއްރު ވޯޓް އިން ނުކުރާނެ ވައްކަން ނޫންތޭ އެމެން އިލެކްޝަންސް ކަމިޝަންގެ 5 މެމްބަރުން މިއޮތީ ކޮށްފައި އީސީ ރައީސް ފުލުހަށް ތަހްގީގް ކުރަން މައްސަލަ ވައްދާނަމޭ ކިޔާ އެމައްސަލަ ނުވެއްދުމުން ވެސް މަމެންނަށް އެނގިެއްޖެ ވޯޓް އިން ވައްކަން ކޮށްފައިވާ ކަން މުޖައްރިބު އޭނާގެ އަތެއް މިކަމުގައި ވާކަން މިރާއްޖޭގެ މިނިވަން މުވައްސަސާ ގެ ބޮޑުންނަށް ވެސް ތިބެނީ ބޮޑެތި ވަގުންނޭ ޔަގީނޭ އޭސީސީ ވެސް މިހާރު ބަލާ އޮންނާނީ ބޮޑެތި ޑީލްސް ތަކެއް އެމްޑީޕީ އާއި އެކު ހަދާ މިލިއަނުން ކަޓް ކާލާފައި އެހެންވެއޭ އޭސީސީ ވެސް އެމްޑީޕީގެ ހަރުގެއެއް ގޮތަށް އެ އޮޕަރޭޓް ކުރަނީ އެހެންވެއޭ މަމެން ބުނަނީ ފުރަ މާލޭ ފުދޭ މީހުން މުވައްސަސާ ތަކުގެ އިސްވެރިންނަށް ލާން ހެޔޮ ނުވާނެއޭ ދަ ރާއްޖެތެރޭ މީހުން ލާން އެފަދަ މަގާމް ތަކަށް އެމެން ކުރާނީ މުޅިން ވެސް ވައްކަމޭ އެކަން ފެންނާން ނޫންތޭ މިއޮތީ މުޅި ގައުމުން ވެސް އިބޫގެ ރަށުގެ ފުރާޅުގެ ޓިނު ނަގައިގެންނޭ ސަރުކާރުގެ ތިޖޫރީ ފަޅާލާ ވައްކަން ކުރަނީ މިފަދަ މީހުންގެ ރަށުން އައި މީހެކޭ އިބޫ އަކީ ވެސް ދެން ކިހިނެއްތޯ ހަދާނީ...

  2. ކަރަންފޫ

    ކުރިންވެސް އޮތްދޯ ތިކަންކަން ކުރެވެން. ހޯމްވާރކް ނުހެދީމަ ލިބޭ ގެއްލުންތީ ރައީސް ޔާމީނޫ.. ދޭ އާރ ސެވެރަލް ސްޓެޕްސް އަހެޑް.. ޔޫ ޝުޑް ހޭވް ނޯން ދެޓް..

  3. ޮބޯހަލާކު

    ބަލަ ތިޖހުރިހާ ކަމޭ ތިވީ ޔާނޯ ވެރިކަމުގަ ޔާނޯ ބޭނުންވި ގޮތަށޭ

  4. ދދދދދދ

    ކަލޭގެ މުޅި އާއިލާގަވެސް ވަގުންތަ!!؟؟؟ އެކަމަކުވާ...

  5. ހަސީނާ

    ބަލަގަ މައުމޫނުވެސް ޔަމީނު ޢާއިލާނޫންތެ؟ އެކޯލިސަން ގަމައުމޫނުވެސް ވޭނޫންތެ، ޔިބުނާގޮތުން އެވެސް ވަގުންނޫްނތެ؟

  6. ދަރީ

    ތިހުރިހާކަމެއް އަމިއްލައަށް ކޮށްފަ ބަލިވީމަ ދެންކޮންބަހަނާއެއް

  7. އަހުމަދު

    ހާދަހީނުވެޔޭ

  8. ރަޝީދުބެ

    ވަގުންނައް ހީވާނީ ދެންވެސް ތިބޭނީ ވަގުންނޭ
    މީދުނިއޭގަލީ ފުރަތަމަ ވޯޓުތޯ ބަލިވީ ބަލިކުރީ ޔާމީނުގެ ނުބާޢި ނުަފާ ޖައްބާރު ކަމާހުރެ އެކަން ޤަބޫލުވޭތޯ ބަލާ ފަސްއަހަރައް ވެސް ރައްޔިތުން
    ތިބީ ކެއްމަދުވެފައި ތީނަފުށުން މިޤަމުއަތުލުމައް
    ދެންހަދާން ނައްތާލާ ހަދާން ނައްގެއްނަވާ ހުރަގެ މަތިން ފަސްއަހަރު ގެރިކަން ކޮއްފައި އަރާކުރުމައް އޯގާތެރިވެރިއެއް ޖު......

    • Anonymous

      ތެދު ވާހަކައެއް. ވަގުންނަށް އަބަދުވެސް ހީވާނީ ދެންވެސް ތިބީ ވަގުންނޭ. އެހެންވެތާ ލާދީނީ ބައިގަނޑު އެންމެ ފުރަތަމަވެސް ރައީސް ޔާމީނަށް ވަގަށް ގޮވީ.

  9. ސިޑް

    ކޮންމެ ވޯޓް ކަރުދާސް ކޮޅެއް ވަކި ވަކިން ބަލާ އެނެލައިޒް ކުރަން ވީ