ރާއްޖެ ދޫކުރައްވާ ވަޑައިނުގަންވާ ކަމަށާއި އަދިވެސް މިހުންނެވީ ރާއްޖޭގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ރާއްޖެ ދޫކުރައްވާ ވަޑައިގެންފި ކަމަށް މީސް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށް މިރޭ "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޝަރީފް ވިދާޅުވީ އޭނާ ރާއްޖެ ދޫކުރައްވާ ވަޑައިގެންފި ކަމަށް މީސް މީޑިއާގައި ފުރަތަމަ ވާހަކަ ދެއްކެވީ ޕީޕީއެމްގެ އިސް ބޭފުޅެއް ކަމަށާއި އޭނާ ރާއްޖޭގައި ހުންނެވި ކަމަށް ވިދާޅުވެ އެބޭފުޅާ އަށް މެސެޖެއް ވެސް ފޮނުއްވާފައި ވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރިން އޭނާ ނިންމާފައި އޮތީ އިންތިޚާބަށް ފަހު އާއިލީ ކަމެއްގައި ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ކަމަށާއި ނަމަވެސް މިހާރު އޭނާ ރާއްޖެ ދޫކުރައްވާ ވަޑައިގެންފި ނަމަ މިހާރު ދިމާވެގެން އުޅޭ މައްސަލަ އާއި ކުރިމަތި ލުމުގެ ހިތްވަރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ނުހުންނާނެތީ މައްސަލަ ނުނިމެނީސް ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ރާއްޖޭގައި ހުންނެވި ނަމަވެސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީބް އަބްދުލްރަހުމާނާއި، އަހްމަދު އަކްރަމާއި، އަލީ ނަޝާތު މިހާރު ތިއްބެވީ އަވައްޓެރި ސްރީލަންކާގައެވެ. އެބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވެސް ހާމަ ކުރައްވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފިޔަވައި އެހެން ބޭފުޅުން ރާއްޖެ ދޫކުރައްވާ ވަޑައިގެންފައި ވާއިރު ރިޔާސީ އިންތިޚާބު ބާތިލް ކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެމައްސަލައިގެ ޝަރީޢަތް އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޕައްލަވީ

    ބަލަ މިހިރަ ސަޜީފޫ. މަނިކުފާނު ފިލައިފިޔޭ ބަޔަކު މީހުން އެބަ ކިޔާތަ؟ މަނިކުފާނު ފިލަން ބޭނުން ވިޔަސް ނުވެސް ފިލޭނެ. މަނިކުފާނު ހީކުރީ އޮފިޝަލުން އަނގޮޓި އެޅުވި ގޮތައް އަތު ކުރީގަ މޯދީޖީ ހަދިޔާކުރި މރ. ޢިންޑިޔާ ގަޑި އަޅައިގެން މީހުނަށް ނުފެނި ފިލޭނެ ކަމާށް ތަ؟

  2. ދދދދދދ

    ފަސްްމާމުލުންގެ ހަތަރެތި ފޮނުވާލައި އެއް ވަލަށް ހަދައިގެން ތިހިރީ އަދި ވާގޮތް ކަށަވަރު ނުކުރެވޭތީނު. ހަމަ ގައިމު ފިލާނެކަން.

  3. ޖަޒީރާ

    މިއަދު އުޅެވިދާނެ ވަގު ހަދާގެން ހަނދާންް ކުރާތި ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތްކަން

  4. ާސައިލެންޓް މެޖޯރިޓީ

    ޝަރީފް ފިލައިގެން ދާނެ ތަނެއްނެތް އެއްމެ ރައްކަލީ ރާއްޖޭގައި ހުރުން ޝަރީފްގެ ސަބަބުން ވޯޓުންކުރި ވައްކަން ފަޅާ އެރީމަ ދެން ހަރަދުކުރި ގައުމުތަކުން ޝަރީފަށް އޮތް ތްރެޓް ބޮޑު

  5. 3ނިރު

    ނުފިލިފަ ތިހިރީ ނުފިލާފައެއްނޫން ސުންމާރި

  6. ޕޮފުބާ

    ނުފިލިފަ ތިހިރީ ނުފިލާފައެއްނޫން

  7. Anonymous

    މިފަދަ ބޮޑްވަގަކް ނުދެކެން

  8. ކަރޯކެޔޮރާ

    ފިލިޔަސް ނުފިޔަސް އިތުބާރެއްނުކުރާނަން. އިތުބާރުގެއްލިއްޖެ. ދެންއަނގަތަޅާނެކަމެއްނެތް.

  9. ކެމޫ

    މީި ހަމައެކަނި ޔާގުންޑާ ގެ ނޫހެއް ކޮންވާހަކައެއް ދައްކާކަށް

  10. ަތަކުރު

    ކޮބާ ކޮބާ މަގޭ ވޯޓް ރައީސް އާ އެންމެ އަރިސްކޮން އުޅެފެ ތިމަރަގަނޑުން ބޮލުގަޖެއްސެވީދޯ ތިމަރަފުށީ މީހުން ދަސްކުުރާތި ދުވަހަކު ރަނގަޅެއްނުވާނެ މިސާލަކަށް ބަލާމުސްތޮފާ އެއުޅެގޮތް

  11. އިއްސޭ

    ވޯޓުވަގު

  12. ތިމަރަ

    ނުވެސްފިލޭނެ މިވެސް ގަމެށް

  13. ބޭބެ

    ކަލެއަކަށް ނުވެސް ފިލޭނެ ދެނެއް!! ކަލޭ ތިކުރީ ވަރަށް ވިޔާނުދާކަމެއް!! ހަނދާން ބަހައްޓާތި ތިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން!!!

  14. އީ...

    ޝައްކުވޭ އެބަ.
    4 ގޮލާ ރާއްޖެއިން ބޭރުގަޔޯ...
    ތިމަރަފުށި މީހުން ވަރަށް ނުލަފާވާނެއޭ ނުލަފާ މީހަކު ބުންޏޭ ބުނާތީ އެހިން

  15. ާސައިލެންޓް މެޖޯރިޓީ

    ޝަރީފް އަކަށް ނުކެރޭނެ ފިލާކަށް ސަބަބަކީ މިހާރު ވޯޓް އޮޅުބާލިކަމަށްބުނެ ހުރިހާ ވާހަކައެއް ދެކެވެންފެށީ ޝަރީފްގެ ފޯން ކޯލްތަކެއް ލީކް ވެެގެން އެހެންވީމަ ޝަރީފް އަކަށް ރާއްޖެއިން ބޭރުގައި އުޅުމަށް ފަސޭހައެއް ނުވާނެ ކޮންމެ ގޮތެއްވިޔަސް ޝަރީފަށް ރައްކާތެރިކަން އޮތީ ރާއްޖެއިން ޝަރީފަށްވެސް އެންގޭނެ ފަންޑް ކުރި ގައުމުތަކުން ޝަރީފް ހެދި ޅައެއްޗެއްގެ ސަބަބުން އޭގެ ބަދަލު ހޯދާނެކަން

  16. މުނި

    ނުފިލަމޭ ކިޔައިގެން ތިޔަދައްކާ ވާހަކަ އަކީ ބަޔަކަށް ތިޔަ ކޮށްދިން ބޮޑު ވައްކަމުން މީހުންގެ ސަމާލުކަން އެއްކިބާ ކޮށްލަން ދައްކާވާހަކަ.

  17. ނިހާ

    ވަގު، ހަމަ ބޮޑު ވަގު. މިވާހަކަތައް ފެންމަތި
    ވީފަހުން މިވަގު މިހުންނަނީ ދާހިއްލާ ފޯވެފަ. ކަލޯ ތިވަރައް ތެޅުނީމަވެސް އެބައިނގޭ ދޯ، ކަމެއް އެބަ އުޅޭކަން.

  18. ހަމަޤަބޫލުކުރޭ

    މަދުބައެއްގެ އެދުމަށް މަގޭޙައްޤު ބާޠިލް ނުކުރާތި

    ޙައްޤު ނުކަނޑާނަން ޔާމީނަކީ މިޤައުމަށް

    އައިސްގެންއުޅޭ ނުރައްކާތެރި ބައްޔެއްތަ

    ތީކިހާބޮޑު ބަލާއެއް ޔާﷲ މިޤައުމުގައި

    ބުދުކޮށި ބެހެއްޓި މީހާއާއި ލާދީނީ މީހާ

    އާއިދެމީހުން ނެތިކުރައްވާފާނދޭ!

  19. ހުސޭނުބޭ

    ފިލިއްޔާ ހުރިހައި ކަމެއް ބޭޒާރުވެ މަޅިއަކު ބެދުން ނޫންކަމެއް ނުވާނެއެވެ. ވުތާކަށް އިންޓަ ޕޯލުން ކަލޭ އޮތްތާކުން ހޯދައިގެން ގެންނާނެއެވެ. ވީމާ ބޮލުގެ އެއްޗެއް ހަދާލީއެވެ.