ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ލޫނާ އަލީ، އައިމިނަތު ނަހާ އަދި ފާތިމަތު އިނާޝާ ހޮވިއްޖެއެވެ.

އެ ދަރިވަރުންގެ ތެރެއިން ލ. ކަލައިދޫ، ފޯލައިޓް، ލޫނާ އަކީ، މިދިޔަ އަހަރު އޮކްޓޯބަރ/ ނޮވެމްބަރ ގައި ބޭއްވި އޭ ލެވެލް އިމްތިޙާނުގައި ހަމަދު ސްކޫލުން ބައިވެރިވި ދަރިވަރުންގެ ތެެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. އަދި ލޫނާ އަށްވަނީ، އެ އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހައިގެ ހަ ވަނަ ލިބިފައެވެ.

އަދި ލ.ގަން، ޝާކް، އިނާޝާ އަކީ ވެސް މިދިޔަ އަހަރު އޮކްޓޯބަރ/ ނޮވެމްބަރ ގައި ބޭއްވި އޯ ލެވެލް އިމްތިޙާނުގައި ހަމަދު ސްކޫލުން ބައިވެރިވި ދަރިވަރުންގެ ތެެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ.

ހަމަދު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވުނު، ލ.ގަން، ޗާޓް، ނަހާއަކީ މިދިޔަ އަހަރުގެ މެއި/ ޖޫން ގައި ބޭއްވި އޭލެވެލް އިމްތިހާނުގައި ހަމަދު ސްކޫލުން ބައިވެރިވި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރުގެ އިތުރުން، އެ އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހައިގެ ދެ ވަނަ ލިބުނު ދަރިވަރެވެ.

އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ނަހާ ޖަލީސުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަނީ

މިރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ހަފުލާގައި އެ ދަރިވަރުންނަށް އިނާމް ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާޤެވެ.

އެ ރަސްމިއްޔާތުގައި މުސްތާޤް ވަނީ، އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ތިން ކުދިންނަށް ވެސް އެވިޑް ކޮލެޖުގައި ބޭނުން ދާއިރާއަކުން ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ސްކޯލަޝިޕެއް ދެއްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުޝްތާޤް ވިދާޅުވީ، ސުކޫލެއް ކުރިއަރައިގެން ދާނީ އެ ސްކޫލަކީ ބެލެނިވެރިންގެ ވެސް އަމިއްލަ ތަނެއްގެ ގޮތުގައި ބަލައިގަނެގެން ކަމަށާއި އެކަން ކުރެވޭނީ ސްކޫލުގެ މެނޭޖްމެންޓުގެ މަސައްކަތުން ކަމަށެވެ.

ޖަލްސާގެ ޝަރަފުވެރި މެޙްމާން ވާހަކަފުޅު ދައްކަވަނީ

މީގެ އިތުރުން ކާމިޔާބީއަކީ މަސައްކަތް ކޮށްގެން ލިބޭނެ އެއްޗެއްކަން ފާހަގަކުރައްވާ މުޝްތާޤް ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް ޝައުގުވެރިކަމާއެކު ތަރުތީބުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ފަރުވާތެރިކަމާއެކު ކަނުލާ އަޑު އަހައި، ކަންކަމަށް ސުވާލު އުފައްދާ އެ ސުވާލަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވެސް ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ޙަމަދު ސުކޫލުގެ ގުރޭޑް 8 އަކުން މަތީގެ ދަރިވަރުންނަށް އިނާމާއި ހަދާނީ ލިޔުން ދީފައިވާއިރު، އޯ ލެވެލް އަދި އޭލެވެލް އިންތިޙާނުގައި ބައިވެރިވެ، ސުކޫލަށް ރީތި ނަން ހޯދައިދީފައިވާ ދަރިވަރުންނަށް އެކަމުގެ އަގު ވަޒަންކޮށް ވަނީ އިނާމް ދީފައެވެ.