ރޭ އައްޑޫ ސިޓީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ހިތަދޫ، ނޫމުގުމާގޭ، މުހައްމަދު ރަމްޝް ރިޔާޒް، 28، ގެ ހަށިގަނޑު ފެނުނު އިރު އޮތީ ޗިސްޗިސް ވެފައި ކަމަށް ބުނެފިއެވެ.

ރޭގެ އެކްސިޑެންޓު ހިނގާފައި ވަނީ ލިންކް ރޯޑްގެ ކުނިކޮށި ހުންނަ ސަރަހައްދުގައެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއްގެ ކުރީ ކޮޅުުގައި ރަމްޝް ދުއްވަމުން އައި ސައިކަލު ޖެހުމުންނެވެ. އެކްސިޑެންޓުގައި ރަމްޝް ވަނީ ކާރުގެ ދަށުވެފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް، ރަމްޝްގެ ހަށިިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތް ގޮތް ސިފަ ކުރަމުން ވިދާޅުވީ އޭނާގެ ހަށިގަނޑު އޮތީ "ޗިސްޗިސް" ވެފައި ކަމަށެވެ. އަދި ހަށިގަނޑު އޮތް ހާލު ވެސް ކިޔައިދޭން ދަތި ކަމަށް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކާރު ދަށުވެ ރަމްޝްގެ އަތާއި ފަޔާއި ކަނދުރާވެސް ވަނީ ލެނބި ބިދިފައެވެ. އޭނާގެ ހަށިގަނޑުވެސް އޮތީ ޗިސްވެފައެވެ. ލައިގެން ހުރި އަންނައުނުތައް ވެސް ހަލާކުވެ ބޭލިފައި އޮތް އިރު އޭނާގެ ހަށިގަނޑުގެ އައުރަ ނިވާ ކުރީވެސް އާންމުންގެ ބަޔެކެވެ.

ރޭ ހިނގައި ދިޔަ މި އެކްސިޑެންޓަކީ މުޅި ރާއްޖޭގައިވެސް އެކްސިޑެންޓެއްގައި މީހަކަށް އެންމެ ބޮޑެތި އަނިޔާތަކެއް ލިބުނު އެއް އެކްސިޑެންޓުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.

އުމުރުން އެންމެ 28 އަހަރުގައި ރަމްޝް ދުނިޔެއާއި ވަކިވެގެން ދިޔަ އިރު އޭނާގެ އަންބަކާއި ދަރިއަކުވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިތާމަ

    ރަމްޝްއަށް ސުވަރުގޭގެ ދާއިމީ ރަހުމަތް ލައްވަަށި?

  2. ހާދިސާ

    އަސަރުން ފުރިގެންވާ މަރެއް

  3. Anonymous

    ??????

    • Anonymous

      ރަމްޝްއަށް ސުވަރުގޭގެ ދާއިމީ ރަހުމަތް ލައްވަަށި?