ބަލިވުމުން އިންތިހާބު ބާތިލް ކުރަން ދިއުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތުން ކަމަށް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ނޫނެކޭ ބުނުމުން، ދުސްތޫރީ މައްސަލައެކޭ ބުނެ އޮޅުވާލައިގެން ސްޕްރީމް ކޯޓަށް ދިއުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ އަލާމާތެއް ކަމަށެވެ.

އިލްޔާސް މި ގޮތަށް ވިދާޅުވިއިރު ރައީސް ޔާމީންގެ ފަރާތްފުޅުން ސްޕްރީމް ކޯޓަަށް ހުށައެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ މެންދުރު 13:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިއްޔެ އެ މައްސަލަ ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު އެ ކޯޓުން ވަނީ މިއަދު ހެނދުނު 11 ގެ ކުރިން ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. ޢަލީ ހަމީދު

  ސިޔާސީ ނުވެ ރަގަލު މައުލޫއަކައް ދަރުހެއް ދެވޭތޯ އިލިޔާސް އުޅެބަލަ..

 2. ނިހާ

  އިބުލީސް

 3. ކުމާރު

  ޢިލްޔާސްގެ ލަދުވެތިކަން އެބަހުރިތަ. އެމްޑީޕީއައް ގޮވާފަ ހުރި އެއްޗެތި ހިތައް އަރާ ކަލެއައް އެބައިގަނޑާ ބައިއަތު ހިފީ ލަދެއް ހަޔާތެއް ނެތިގެންނޫންތަ. ޢެހެން ނޫނަސް ވޯޓުން ވައްކަން ކުރީމަ އޭގެ ހައްގުހޯދަންދާން ކޮން ލަދެއް ގަންނަންވީ

 4. ޢަލީ

  އެހެންތާ ވާނީ، މިމީހުން ކުރިކަންތައް ހިތައްއަރާފަ ދެން އަނެއްކާ އެކަން ނުކުރެވިދާނެތީ، ބުނަންވީނު 100 ފަހަރު އިންތިޚާބު ބޭއްވިއަސް ތިމަންމެންމޭ ކާމިޔާބުކުރާނީ، މައްސަލައެއް އުޅޭކަމަށް ޝައްކުވަންޏާ ކޯޓަށް ދާނެދޯ! އެކަމާ ކޯފާނުވޭ. ކޯޓުން ނިންމީމަ އެ ނިމުނީއެއްނު. ހީވަނީ ހުވާކުރުމުގެ ކުރިން ލިބެން އޮތްއެއްޗެއް ނުލިބޭގޮތަށް އޮތީހެން. ލިބެންއޮތް އެއްޗެއް ލިބޭނެ. ދެރަނުވޭ ވ ސަލާމް

 5. Anonymous

  ކޮންމެ ދަރުހަކައް ކަންނެލި އޮޑިއެއް . ދެން ކޮން

 6. Anonymous

  ތީވެސް ބޮޑު ވަގެއް ވޯޓު ވަގެއް. ކަލޭ ފުރަތަމަ ލަދުގަނެބަލަ

 7. ޙާސަރު

  މި ބލ ވެރިކަމުން މިޤައުމު ސަލާމަތް ކޮދެއްވާދޭ

 8. ހުސޭނުބޭ

  އަހަރެން ވެސް ލަދުގަނޭ އިލްޔާސް ތިޔަހެން އުޅޭތީ

 9. އަފްލާ

  ޝޭޚު ތިތެޅެނީ ކޮންމެވެސް ކަމެއްވެގެން ލަދުވެތި ކަނކަން ޝޭޚައް އެނގޭނަމަ އެކި ދުވަސްވަރު ގްރްއާން އެކި ގޮިޔގޮތަށް މާނަ ނުކުރާނެ 2008 ވަކިގޮތެއް 2013 ވަކިގޮތެއް 2018 ގަ ވަކި ގޮތެއް މިސަލަކަށް ނަޝީދުއަށް ޔާމީން އަށް ގާސިމްބެއަށް އިބޫއަށް އެއްހަދީސެއް ެކަމަކު ކޮންމެ ރިޔާސީ އަހަރަކު އެކި ގޮިް ގޮތަށް މާނަ ކުރަނީ ލަދުގަންނަން ޖެހޭނީ ރ ޔާމީން ތަ؟

 10. ބޮލި މުލައް

  އިސްލާމިކް މިނިސްޓަރ މަގާމުގެ ދަހިވެތިކަމުގަ ހަމަ ތެޅެނީ.

 11. ޔާމިން

  އަޅާނުލާމިކަމާނޫޅޭ ބާތިލްކޮއްޔާމިންރައީސްކަމައްހޮވަންވެގެންމިއުޅެނީއިންޝާﷲ

 12. Kamaal

  އަނެއްކާ ބޮޑުއަދަދަކުން ރީލޯޑުކޮށްލީބަ.

 13. ނަސީމު އައްޑޫސިޓީ

  ރައްޔެތުން އާއެކޭބުނެފަ އޮތީއިލްޔާސްދިން ސިޔާސީދަރުސް އަޑުއަހާފަ. އެއީހައްގުގޮތުގަ ނިމިފަވާނިންމެއް ކަމުގަވާނަމަ އެކަން ބަދަލެއްނުކުރެވޭނެ. އިލްޔާސްމެން އަބަދުވެސް އަޑައްބާރުލާފަ ބުނަމެއްނޫތަ ޙައްގަތްނަސްރު ދެއްވާނެއޭ. އެހެންއެކަން އޮތްވާއެވެްބަޔަކަށް ޙައްގަކީބާތިލް އއްތަކަށް ނެހެދޭނެ ނޫންތޯ؟

 14. ޢައަޔާބެ

  ޚަލޭ ނުފުއްޕާ ރީލޯޑު ވަގުވޯޓު އޮޅުވާލި ވޯޓު

 15. މާމިގިލީ މީހާ

  ކަލޭ ސިޔާސީ ދަރުސްދީފަ.. ފިލާ މެލޭސިޔާއަށް ރައްކާވުމަކީ.. ލަދުވެތި ކަމެއް. ނޫންތަ އެއީއެއް.... އެއީ އެންމެ ބޮޑު ލަދުވެތި ކަމަކީ... ކަލޭއަށް ކޮން ލަދުވެތި ކަމެއްތައިގޭނީ.... ކަންނެލި ދޯނި.. ކަންނެލި ދޯނި.. މަސް ދޯނި...

 16. އބލސ

  އެމެރިކާ އަތްދަށަށް ޤައުމުދިނުމަށް ހާދަވަރެއް ތިހުރީ ކިހާވަރެއްދީގެންބާ ،، ކުރިސްޓިއަން ދީން ފަތުރަން ހިއްވަރު ދިނިމަކީ ބޮޑެތި ޝެއިޚުން ދިރިއުޅުމަށް ކުރާމަސައްކަތަކަށް ވެއްޖެ......

 17. ހުސޭނުބޭ

  އިސްލާމްދީން ނޫން ދީނަތަކަށް ގޮވާލާ އެ ދީނުގެ ޙުކުންތަކަށް ފުރައްސާރަކުރާ ބައެއްގެ ދިފާޢުގައި ނުކުމެ ހުރުމަކީ ލަދުއަގަލު ކުޑަކަމުގެ އިންތިހާ! އެވެސް ދުނިޔަވީ މަންފާއަށްޓަކައި.

 18. ށެންޓޭ ހިތަދޫ

  ބަލަ އިލިޔާސޫ އިސްލާމް ދީނުގައި އޮންނަނީ ހާކިމާގެ ބަސް އިލިޔާސު ދީނީ އިލްމް ވެރިޔެއްކަމައް ވާއިރު ހާކިމާ ބަސްބުނުމުގެ ކުރީގައި ވަކިގޮތަކައް ވިދާޅު ވުމީ ގައިމިވެސް ރަނގަޅު ކަމެއްނޫން . ޢިސްލާމީ ސަރީއަތް ހިނގަނީ ހެކީގެ މައްޗައް މިކަން އަޅުގަނޑައްވުރެ ބޮޑައް އިލިޔާސައް އެގިލައްވާނެ.

 19. ޢައިޝަތު

  ދެ އަނގައިން ދެފަހަރު ދެ ގޮތަށް އެއްކަމަކާއިބެހޭގޮތުން ވާހަކަ ދައްކަން ލަދުނުގަނޭތަ؟

 20. އިއްލަކަޅޭ

  ކަންނެލިއޮޑި ޝޭހް

 21. ހަމަ ބުއްދި

  މި ދީނީ ޢިލްމު ވެރިޔާ މަޑު މަޑުން ގޮސް ވަރަށް ބޮޑަށް ސިޔާސީ ވެއްޖެ ތާއެވެ؟

 22. ޚާލިދު ވަޙީދު

  ޢިލްޔާސްގެ ލަދުވެތިކަން އެބަހުރިތަ. އެމްޑީޕީއައް ގޮވާފަ ހުރި އެއްޗެތި ހިތަށް އަރާ ކަލެއަށް އެބައިގަނޑާ ބައިއަތު ހިފީ ލަދެއް ހަޔާތެއް ނެތިގެންނޫންތަ. ޢެހެން ނޫނަސް ވޯޓުން ވައްކަން ކުރީމަ އޭގެ ހައްގުހޯދަންދާން ކޮން ލަދެއް ގަންނަންވީ. ކލޭ ރިޝްވަތު ހިފައިގެން އަނގަތަޅަން ލަދެއް ހަޔާތެއް ނެތެއްނޫންތަ.
  ޚާލިދު އިބުރާހިމް

 23. އަލީ

  އަގަމަޑުންލައިގެން ހުރޭ! ކަލޭތީދެންކާކު ދޮގުވރިއެއް! ކުރެސްޓީއަނުންގެ އެޖެންޓެއް!

 24. ޙަވާ

  މިހިރަ ސޭކުގަނޑާ ކަލޭމެންތިތިބީ އީސީ އަށް ރިޝްވަތުދީގެން ވޯޓުންވައްކަން ކޮށްފަ ފެލޭނިކަމެއްނެތް

 25. އާދަނު

  ދެން އިންތިހާބް އޮޅުވާލުމަކީ ކޮންކަހަލަ ކަމެއް؟

 26. ބޭބެ

  ކަލެއަށް އެނގޭތަ ގާނޫނު ދޮންކަލޯ!! ގާނޫނުގައި އެވަނީ ކަންކަމުގައި ހިނގަންވާމަގު ދައްކުވައިދީފަ!! ވޯޓުގައި މަކަރުހަދާ ވޯޓްގެ ސައްޙަކަން ގެއްލޭ އެތައްކަމެއް ހިނގާފައިވާކަމަށް ކެންޑިޑޭޓަކަށް ފެނިއްޖެ ހިނދެއްގައި އެމީކަށް 14 ދުވަސްތެރޭ ކޯޓަށް މައްސަލަ ކޯޓެއްވެއްދޭ!! ދެން ކޯޓުން އެމައްސަލައެއްބަލާ ޢަދުލުވެރި ޙުކުމެއްނުރާނެ ގަރީނާ ތަކުގެ މައްޗަށް ބެލުމަށްފަހު!!! ކަލޭ ކިހިނެތްވެގެން ތިއުޅެނީ!! ކަލޭ މައިތިރިވެގެން ހުރެވޭތޯ ބަލާ!!

 27. Anonymous

  ކަލޭ ސިޔާސީ އޭ ކިޔައިގެން މީހުނަށް މަގު އޮޅުވަން ނޫޅެބަލަ، ތިހެން އުޅުނީމާ މަގުފަހިވަނީ ކިރިސްތިއަނުން ނަށާ ޔަހޫދީންނައްކަން ކަލެއަށް ނޭގެނީތަ
  ނޫސްތައްބަލާބަލަ، އެތުގެ އިންޒާރު ހިންޏަށް

 28. ފަރުދެއް

  މިގައުމަށް ދެންދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ!

 29. ރައްދު

  އިލިޔާސޫ ޫ ޫ މައިތިވޭ މައިތިރިވޭ މައިތިރި
  ފޭކު ނުޖައްސާ

 30. ވަހީދު

  މީގެ ކުރިން މަނިކުފާނު ދެއްވާފައިވާ ސިޔާސީ ދީނީ ދަރުސްތަކުގައި ދައްކާފައި ހުރި ވާހަކަތައް ދިވާނުވޭ. ދަންނަ ބޭކަލު ތިފަދަ ދަރަޖައަކަށް ވެއްޓުނީމަ ހިތާމަ ކުރަން.

 31. ޢަލީ އަޙްމަދު

  މަނިކުފާނަށްތޯ އެނގިވަޑައިގަންނަވަނީ ކަންކަން ކުރަންޖެހޭ ގޯތް.
  އަޅޮވާލިޔަސް ކަންކަން އޯކޯ ތޯ..

 32. ޢިބލީސް

  ބޭފުޅާ ލަދު ނުގަނޭތަ؟ މަ ލަދުގަނޭ ބޭފުޅާ އުޅޭގޮތުން. ދީނަށް ފާޅުކޮށް ފުރަށްސާރަ ކުރި މީހުންނާއި އެކީ ތިއުޅެނީ

 33. ދީބާ އާދަމް

  ވޯޓު ބާޠީލްކުރުމާ ނުކުރުން އެއީ ސްޕްރިމްކޯޓުން ނިންމާ ނިންމުމެއް! ވޯޓުގައި މައްސަލަތަކެއް އުޅޭކަން ކަށަވަރުވީމާ އެ މައްސަލަތައް ބަލއިާދީ ގޮތެއް ނިންމާދިނުމަށް ހުށައަޅާފަ އެއޮތީ! މިއަދު މިމައްސަލަ އިދިކޮޅަށް ދިމާވިނަމަ އަދި މިވަރެއްނޫން ކުރީހީ!!!! ތަންތަނުގައި ހުޅުޖަހާ މާރާމާރީތަކުންވެސް ސަލާމަތްނުވީސް .

 34. އަމާނާތްތެރި ވަގު

  އޭ ކަންނެލި އޮޑި ކަލެއަށް އެނގޭތަ ޝޭޚް ޝަމީމަށް އިންޑިއާއިން ކުރާ ދުއްޕާން. އެކަމާ އެއްޗެއް ބުނަން ކަލެއަށް ކެރޭނެތަ؟ ސ. ފޭދޫ މިސްކިތު މިންބަރަށް ކަލޭ އެރީމަ ހުކުރު ދޫކޮށްލާފަ ފޭބި މީހުން ތެރޭން މީހެއް މަމީ. މިހާރު މަ ބަލަނީ ކަލެއަކީ މަތިން ފައިބައިގެން އައިސް ހުރި މީހެއް ކަމަށް. ރަނގަޅުތަ؟

 35. ނުރަބޯ

  ވޯޓުން ވައްކަންކުރުމަކީ ކޮންކަހަލަ ކަމެއްތޯ ސޭކުބޭ.....؟

 36. ސައްކޮ

  އިބޫ ނޫން ވެރިއެއް މިފަހަރު ދެން ނުހޮވޭނެ، 100 ފަހަރު ވޯޓު ލިއަސް އަހަންގެ ޢާއިލާއަކުން ތި ޔާމީނަކަށް ވޯޓެއް ނުދޭނަން! ރައްޔިތުންގެ ޚަޒާނާ އަށް ޚިޔާނާތްތެރިވެފައިވާ ވެރިއެއް އެއީ. އަލިފާނަށް ބިރުވެތިވެބަލ'!

 37. ބޯފޮޅި ހުސައިނާ

  ތިއީ ކޮން ހަދީޘް ފުޅެއްގައި އޮތް ވާހަކައެއް، ކަންނެލި އޮޑި ރިޝްވަތް ހޯދައިގެން ދީން ވިއްކުމަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުން، ދެން އިބޫ ވައްޓާލަން ދީން ވިއްކަން ފަށާ، ނުދެކެން ތިހާ ހަޔާތްކުޑަ މީހަކު