އިންޑިއާއަށް އެތެރަވާން ހުއްދަ ނުދީ އެ ގައުމުގެ އިމިގްރޭޝަނުން ހިފަހައްޓާފައިވާ އައްޝައިހް އާދަމް ޝަމީމަށް ވީގޮތުން ރަމްޒުކޮށްދެނީ ކުރިއަށް އޮތީ އިލްމުވެރިންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށް، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް މިހެން ވިދާޅުވީ އިންޑިއާއިން ޝައިހް ޝަމީމް ޑިޕޯޓްކޮށްލާން އުޅޭ ހަބަރާ ގުޅޭގޮތުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްޕާސަން ހާމިދު އަބްދުލްގައްފޫރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެެވެ.

އެގޮތުން ހާމިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަގީގަތުގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު، ރައީސް ޔާމީންގެ "ފަޅީގެ" މީހުން އިންޑިއާއިން ޑީޕޯޓް ކޮށްލާ ކަމަށެވެ. އަދި ކުރިން ޑީޕޯޓް ކޮށްފައިވަނީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކަމަށާއި، މިއަދު ޑީޕޯޓް ކޮށްލާން އެ އުޅެނީ އެމަނިކުފާނުގެ ރަނިން މޭޓްގެ "ފެކްޝަން" ގެ ބޭފުޅެއް ކަމަށެވެ.

ހާމިދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވަނީ ފެކްޝަނަކަށް ނިސްބަތްވާ މީހަކުނަމަ އެ މީހަކަށް ގެއްލުން ދިނުމަކީ އިންސާފުގެ މަގު ތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ކުރިއަށް އޮތީ އިލްމުވެރިންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމުގައި ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

"ތިއިން ރަމްޒުކޮށްދެނީ ކުރިއަށް އޮތީ އިލްމުވެރިންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަން. މާތް ﷲ އާ ވަކީލު. ޝަމީމަށް ކެތްތެރިކަން ދެއްވާށި." ޝަހީމްގެ ޓްވީޓުގައި ވެއެވެ.

"އަންދަލުސް ދަރުސް" އިން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދި އައްޝައިހް އާދަމް ޝަމީމް ޓްރެވެންޑްރަމް އެއާޕޯޓްގައި ހުންނަވަނިކޮށް އިންޑިއާގެ އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު މާދަމާގެ ވަގުތެއްގައި އޭނާ އަނބުރާ ރާއްޖެ ފޮނުވާލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ވާދަވެރި ޗައިނާއާ ގާތް ގުޅުމެއް ބާއްވަން ފެށުމާއެކު، ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ހީނަރުކަމެއް އައިސްފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކާއި އިންޑިއާ އާއި އޮންނަ ގުޅުން ބަދަހިވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ށެންޓޭ ހިތަދޫ

    ޢިލިޔާސް އިލްމްވެރިންގެ ބަސްމަގު ހުންނަންވީ ގޮތަކީ މީ ކަލޭ ދަސްކޮއްބަލަ. ޝެއިހް ސަމީމްއައް ކެއްތެރިކަން ދެއްވާށި. ޢަދި ޢިލިޔާސައް ހެޔޮވިސްނުން ދެއްވާށި

  2. ހުސޭނުބޭ

    އިލްޔާސާއި އިޔާޟު ފިޔަވައެވެ. ތިކަމުން ސަލާމަތްވާން ބޭނުންނަމަ ދީން ވިއްކާލާށެވެ.

  3. އަލްޖިބްރާ

    ތިއީ ދީނީ އިލްމު ވެރިންކަމާމެދު މިހާރު ޝައްކު އުފެދެއެވެ.

    • އަހުމަދު

      އެއީ އިލްމުވެރިންތޯ ނޫންތޯ ކަނޑައެޅުމުގެ ހައިސިއްޔަތެއް އަހަރުމެން އާންމުންގެ ނެތް

    • ވަހީދު

      ޝައްކު ކުރާ މީހުން އަބަދުވެސް އުޅޭ.

    • Anonymous

      ޢިސްލާމް ދީނުގެ ޢިލްމްވެރިންގެ ވާހަކަތަކާއި އެފަރާތްތަކުގެ ވިސްނުމާދޭތެރޭ ޣައިރު މުސްލިމް ޤައުމުތަކުން ވަރަށްބޮޑަށް ވިސްނާ އެޤައުމުތަކުގެ ސޅާމަތަށް ފިޔަވަޅުއަޅާނެ މިކަމުގައި ދިވެހިންގެ ދައުރެއް އޮތްކަމަކަށް ނުފެނެއެވެ.ޢިލްމުވެރިން ވަރުގަދަވިވަރަކަށް ޣައިރު މުސްލިމްޤައުމުތަކުގައި އުޅުމަށް ދަތިވާނެކަމަށްފެނޭ

  4. ކާމިލް

    ތިޔަބައިގަޑަށްވެސް ދަށްކަވަން ހުރިދުވަހެއް ދަށްކަވަނެ.

  5. އަލީ

    އިލިޔާސުއީ ޢިލްމުރިއެއްނޫމް އެއީ ޖާހިލުކުގެ މުންނާރެއް

  6. މޮކި

    މި ނޫނީ އަހަރެން ނުދެކެން މިރާއްޖެ އަކު ވެސް އަދި ދުނިޔޭގެ އެހެން ގައުމެއްގައި ވެސް (އަރަބި ގައުމުތަކުގައި ކަން އޮންނަ ގޮތެއް ނޭންގޭ) އަމިއްލަ އަށް ތިމަންމެނީ އިލްމުވެރިންނޭ ކިޔައިގެން އުޅޭ ބައެއް އުޅޭ ކަމެއް.

  7. ވަގުވޯޓު

    ބުއްދާ މޯދީއާ ޔަހޫދީ އެމެރިކާއާ ހުޅަގުގެ ކެހިވެރިކަން ރީތި ކޮށް މިފަހަރު ފެނިގެންދާނެ! އަޅުގަޑަށްވެސް ވާތުންނާ ކަނާތުން ކިތަންމެ ކަމެއް ކުރެވޭނެ...ތީގެން ބޭފުޅަކު އަދީ ހީވެސް ނުކުރާނެ އަޅުގަޑު ކޮށްފާ ނުކުރާނެކަމެއް.
    ދެންތިބޭ...ޕަކާސް

  8. ޜ2

    މީކަލޭގެ އަނެއްކާވެސް އަނގަފެޅީ ދޯ؟

    • އަޅުގަނޑު

      ކަލޭގެ އނަގއެއް ނެތްތަ؟.. ކަލޭ ހިތުން ތީ އަދި މާތާހިރު މީހެއް...

  9. ބަކުރު

    ރައްޔިތުން ބޮޑު ތަފާތަކުން ތިބައިގަނޑު ބޭނުމެއްނެތޭ ބުނުމުންވެސް އަނެއްކާވެސް އަގައަރުވަން ފެށީދޯ. ލަދުކޮބާ ސޭހޫ

  10. Anonymous

    ޢިލްޔާސާއި އިޔާޒް ވިސްނަ ބަލަ މިގައުމަށް ބޮޑެތި ގައުމު ތަކުން އެވަރަށް ބިރު އެދައްކަނީ ކީއްވެގެންކަން.

  11. ރާކަނި

    ސާހީމޫއެވެ. އަގަފެޅީދޯއެވެ

  12. މުގޮށިމީދާ

    އެމެރިކާއާއި އިނގިރޭސީންނާއި އަދި އިންޑިޔާ ގުޅިގެން "އަންނި އެދޭގޮތަށް"
    ރާއްޖެއާއި މެދު ކަންތައް ކުރުމަށް ރާވައިފައިވާ ރޭވުމުގެތެރެއިން ހިނގާ ކަންތައް ތަކުގެ ތެރޭގެ ކަމެއް ތިޔައީވެސް މާތްﷲ މިރާއްޖެއާއި މުސްލިމް އުއްމަތް މި ނުބައި ޣައިރުމުސްލިމުންގެ އަތްދޮށުން ސަލާމަތް ކުރައްވާދޭވެ. އާމީން!

  13. ފާތިން

    ޝަމީމަށް ކެއްތެރިކަން ދެއްވާށި މާތްﷲ އާއިވަކީލް

  14. Ziyaad

    މީ މިއަދުގެ ހާލަތު. މާދަމާ ވާނެގޮތް ޝަހީމަށް އެގިލެއްވީ ކިހިނެއްތޯ؟

  15. އައްޔަ

    ބަލަ އަހަރެންވެސް އިންޑިޔާ އިން ފޮނުވާލި އެކަމު އަހަރެން މިއީ ދީންވެރި އެއް ނޫން !

    • ހަސަންބެ

      ކަލޭ ފޮނުވާލީ އިންޑިޔާގެ ޤާނޫނާ ޚިލާފުވީމައެއްނު!

  16. Anonymous

    ސީރިޔާ ނޫނީ ޕާކިސްތާން ނޫނީ އަފްގާނިސްތާނަށްދާ ބައެއް ދިވެހިން އެބަހިފަހައްޓާ.ތީކީ މާ ބޮޑު ކަމެއްނޫން.

  17. ސަހީމް

    ސީރިޔާ ނޫނީ ޕާކިސްތާން ނޫނީ އަފްގާނިސްތާނަށްދާ ބައެއް ދިވެހިން އެބަހިފަހައްޓާ.ތީކީ މާ ބޮޑު ކަމެއްނޫން.

  18. ަިއިންޑިއާ

    އެތަނުގެ ގާނޫނާހިލާފުއެއްޗެއް އެތެރެވިޔަނުދޭނެ.

  19. ސަކީނާ

    ޝެއިޙް އިމްރާން ޖަލުގައި އޮންނެވީމަ ކަންބޮޑުނުވާ ބަޔަކު ޝަމީމަށް ގައުމަކަށް ނުދެވުނީމަ ކަންބޮޑުވެއްޖެ.

  20. ޢަހާ

    ޚކޮންތާކަށް ވަދެފަތޯ ތިނުކުތީ.. ވީ ބަލީގެބޮޑުކަމުން ގެއްލިގެން އުޅެފަ ތިހެން ފާޅުވެލާފަ ކިޔާއެއްޗިސް ގަބޫލެއް ނުކުރަމު އަހަރުމެނެއް.

  21. ޙުސައިން

    ތިއީ ޔުނިވަރސިޓީ ގުރޭޖުއޭޓުން. އަޒުހަރު ޔުނިވަރސިޓީ އާއި މަދީނާ ޔުނިވަރސިޓިން އަހަރަކު އެތއްހާސް ކުދިން ކިޔވަނިމޭ. ޢެކަމަކުން ޢިލްމުވެރި މިލަޤަބު ލިބިފަެއި ތިބެނީ ކޮއްމެ ޤަައުމެއްގައިވެސް އިނގިލިން ގުނާލެވޭހާ މަދު ބައެއް. ޢިލްމުވެރިން ކަމުގައި ބަލަނީ ޕީ އެޗް ޑީ ނަގަިގެން ތިބޭ ޕުރޮފެސަރުންގެ ތެރެއިންވެސް ދުނިޔެ ޤަބޫލު ކުރާ ފެންވަރުގެ ފޮތް ލިޔެރިސާޗު ހަދާ މީހުންނައް. ރާއްޖޭގަި މިތިބަ ގިނަ މީހުންނަކީ އެތަންތަނުން ކިރިޔަ ކިރިޔަ ފާސްވެފައި ތިބި ރަނގަޅަށް އަރަބިބަހުން އިބާރާތް ކުރަންވެސް ނޭނގޭމީހުން.
    ޙައިރާންވޭ.އާދަިއިގެ ޑިގްރީ ޙާސިލް ކޮށްފައި ތިބޭމީހުންނައް ޢިލްމުވެރިން ކިޔާތީ

  22. ީިްްްަަައިބުރާހިމް

    ޢެކަމުގަދިވެހިންގެއަތްތަކެއްވޭ އަދިވާކަމަށް އެމްޑީޕީގެ

    އެއްވެސްސަޕޯޓަރަކުގަބޫލެއްނުކުރާނެ ކުރިޔަސް

    ނުކުރިޔަސް މީހަގީގަތް ރާއްޖޭގެބަޔަކުބޭރުގަތިބެގެން

    ގަލުދަށުންބޯދިނެރެން ލާޑާތަޅުވާހެން ދަނޑިބުރިބާނާގެން އަބަދުބޭރުމީހުންގެތެރޭގަތަޅުވަންޏާ
    ޥާނީ އެގޮތަށް

  23. ޖޮއްބެ

    ކުރިޔަށް ބިރުވެރިކަން އޮތީ ހަމައެކަނި ޢިލްމުވެރިންނަށް އެކަންޏެއް ނޫނެވެ. މުޅިގައުމަށްވެސް އޮތީ ބިރުވެރިކަމާ ނިކަމެތިކަމެވެ. މިކަމުގެ ޒިއްމާ އުފުލަންޖެހޭ ބަޔަކީ، ބުރުމާ ގާސިމާ، މައުމޫނާ، ޢިމްރާނާ އީސީގަ ތިބި، ވޯޓުން ވައްކަން ކޮށްދިން ކޮރަޕްޓް މެންބަރުންނެވެ.

  24. ރުމާލު 2

    ބެސްޓް ރަނިންމޭޓް 23 ސެޕްޓެމްބަރ އަށްފަހު... އަނެއްކާވެސް މެދު އުޑުގައި ފިޔަޖަހަނީއެވެ. ލަދުގެ ކަންފުޅެއްވެސް ނެތެވެ

  25. އިބްރާ

    ތުރުކީގެ ވެރިކަމަށް އަތާތުރުކު އައިސް އެތާނގެ އިލްމުވެރިންނަށް ބޮޑެތި އަދަބުދީ އިސްލާމްދީން ނައްތާލުމަށް މަސައްކަތްކުރި.

  26. ާަެރަމއު

    ޝޭޚް އިމްރާން ޖަލުގަ އޮންނެވީ ޝަރުއީ ހުކުމަކުން އެހެންވީމަ ކަން ބޮޑުވިޔަސް ހުކުމަށް ތަބާވާން ޖެހެނީ އެކަމު ޝޭޚު ޝަމީމް އިންޑިޔާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުން އެއީ ބަލައި ގަނެވޭނެ ކަމެއްނޫން

  27. ތާޒާ ފިކުރު

    ޝަހީމްބެ މޮޔަ ނުގޮވާ! އިލްމު ވެރިއަކަށް ވަނީ ޝޭޚު ކީމަކާއެއް ނޫން،

  28. ރެކިފުތާ

    އިލްމުވެރިންނޭ ކިޔާބަޔު މިގައުމުގައި ނޫޅޭ.އުޅެނީ އިލްމުވެރިންގެ ތާޖު ބޮލުގައިއަޅައިގެން އުޅޭ ޖާހިލު އަރަބި ކޮންމެވެސް ގަބީލާއެއްގެ ވިސްނުން ގެންގުޅޭ ހަރުކަށި ދީނަށް ހުތުރުއަރުވާ ބައިގަނޑެއް.

  29. ހެނޑޭ

    ހުންނާނީ ރަނގަޅަށް ހެނޑފަ. ތިކަމާ ވަރަށް އުފާވޭ. ދީނޭ ކިޔައިގެން ފިތުނަ ފަސާދަ އުފެއްދުމުގެ ނަތީޖާ މިބައިގަނޑަށް ދެއްކެވުމަށް ﷲ ހަޝުރަތުގައި ދަންނަވަން.

  30. ޓިމަރަ

    އަޅާހެދުމާއި ތުރުކީސީރިޔާ ބޯޑަރަށް ގޮސްއުޅުމަކީ ސަމާލުކަމައް އަންނަ ކަންކަން.

  31. ްސައު

    ކޮބާތޯ އިލްމުވެރިންނަކީ؟ މިހާރު އޮޅިއްޖެ!

  32. ަޝަހީމް

    ތިޔަ ސުވާލު މޯދީ އާ ކުރައްވާ..

  33. ޢިންޑިޔާ

    ތިޔަ ބިރުވެރިކަމުގެ ތެރެއަށް މި ރާއްޖެ ވައްޓާލި ބައިގަނޑަކީ ބަގާވާތުގެ އަހުލުވެރިން..

  34. އެޑމް

    ބަލަގަ ޔާމިން ވެރިކަމުގައި ހުރީ އަދި މިފަހަރު ހޮވުނުނަމަވެސް އިންޑިޔާއިން ކުރާކަމެއް ކުރާނެ ، ޝޭހޫ ތިޔަ އުޅެވެނީ ދޭތެރެޖއްސަން ، އެއީ މުނާފިގުން ގެ ގޮތް ނޫންތޯ؟

  35. عبدالستار

    އެގޮތަށް އެ ދިމާވަނީ ޢލްމުވެރިންނަށް ވާތީއެއްނޫން ކަމަށް ޤބޫލު ކުރެވެނީ. ޢިލްމުވެރިޔަކަސް ޤާނޫނާއި ޤަވާޢިދު އޮންނާނީ އެއްގޮތަކަށް.

  36. މާމުއި

    ޢިލްމްވެރިން ނޭގޭ ކަނޑުކޮހުން އެވާހަކަ ނުދައްކާ ތިބުން ރީތިވާނީ. ޑރ ޝަހީމް ޑރ އިޔާޒު މެނަފަދަ ދީނީ ތަޢުލީމު މަތީ ފެންވަރަށް ލިބިވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ޢިލްމުވެރިން. ޑރ ޝަހީދު ޑރ ޝައިނީ މެންނަކީ ޢިލްމް ވެރިންނެއް ނޫން.

  37. އަހުމަދު

    މިރާއްޖެއިން ކިތައް އިލްމުވެރިންގެ ޕާސްޕޯޓް ހިފަހެއްޓި ތަ އަދި ކިތައް ޝެއިހުން މިހާރުވެސް ކިތައް ޝެއަޚުން ތޯޖަލުގަ އެތިބީ؟.

  38. Anonymous

    ޢިލްމު ވެރީންނަކަށް އެއްވެސް ނުރައްކަލެއް އޮންނާނެ ކަމަކައް ނުބެލެވޭ. ކަންކަމައް އަރައި ގަތީމަ ކޮންމެ މީހަކައްވެސް ދިމާވެ ދާނެ. ޤަައުމެއްގަ އޮންނަ އުސޫލު ތަކައް ބޯލެނބުމަކީ ހުރިހާ ފަރުދުންނަށް ހަމަހަމަޔަށް އޮންނަ ކަމެއް. ޤާނޫނުގަ އެންމެން ހަމަހަމަ ވާނެ. ޢިލްމުވެރިން މާތްވަނީ އިލްމުވެރިންގެ ގޮތުގައި ސާބިތު ވީ ވަރަކުން.