"ގަޅި" އުކާނީ ދޮންވެ ފައްކާވެފައި ހުންނަ އެއްޗިއްސަށް ކަމަށާއި، މީސްމީޑިއާގައި އުކަމުންދާ ގަލަކީ ކުރިއަށް ދިއުމަށް ކޮށައިދިން މަގެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މާމިނގިލީގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، ނަހުލާއަށާއި ފިރިމީހާ ޤާސިމް އިބްރާހީމަށް މީހުން ގަޅި އުކަނީ ދޮންވެ ފައްކާވެފައިވުމުން ކަމަށެވެ. ނަމަވެސް މާތް ﷲގެ ރަހުމަތުން އެބައެއްގެ ގައިގަ ﷲ ލައްވާފައިވާ ސިފައެއް އަދި ދެއްވާފައިވާ ރިޒުގެއް އެބަޔަކަށް ނޫނީ ނުލިބޭނެ ކަމަށާއި، އެޖަހައިގަނެގެން ގެންދެވޭނެ އެކަކުވެސް ހަމަހިލާ ނުހުންނާނެ ކަމަށް އައިޝާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނަހުލާ ވިދާޅުވީ، ސޯޝަލް މީޑިއާގައި އުކަމުންދާ ގަލަކީ ކުރިއަށް ދިއުމަށް ކޮށައިދިން މަގެއް ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ނަހުލާ މިހެން ވިދާޅުވިއިރު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ޤާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ސަރުކާރުގެ ވަޒީރުކަމަށް އަންނަން އުޅޭ ކަމަށް ބުނެ މީސް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

މީސްމީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ނަހުލާ ވިދާޅުވީ، ކޯލިޝަން ރޫޅާލުމަށް ބަޔަކު ހިތުލައިގެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ކުރިމަތިން ފެންނަ ދެތިން ޓްވީޓަކުން ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކޯލިޝަން ރޫޅުނަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އައިޝާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކޯލިޝަން ދެމެހެއްޓުމަށްޓަކައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިންތިޚާބީ ނައިބް ރައީސް ފައިސަލް ނަސީމް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށާއި، އެކަމަށްޓަކައި އެދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އައު ވެރިކަން އެކުލަވާލުމުގެ މަރުޚަލާ ކުރިއަށްދާއިރު، ކޯލިޝަނުގެ ތެރޭގައި ބޮޑެތި "ކޯޅުންތަކެއް" އުޅޭކަމަށް ޕީޕީއެމްގެ އެކްޓިވިސްޓުން މެދުކެނޑުމެއްނެތި ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޔާމިން

  ﷲގެރަހުމައްފުޅުންވަރައްއަވަހައްރޫޅޭނެއިންޝާﷲ

 2. ހުސޭނުބޭ

  މިހާރުވެސް ތެތިބީ ގާތްގަނޑަކަށް އެކަހެރި ކޮށްފަ، ދެން ކިތަންމެ ވަރަކަށް ގޯނި ފުލަށް ލިޔަސް ވާނެ ކަމެއް ހަރާން، ކުރިން ގާސިމަށް ހެދިގޮތް ހަނދާނެތް ނެތް ދެއްތޯ؟

 3. ވަހީދު

  ސިޔާސީ މައިދާނުގައި ކޯލިޝަން ހަދައިގެން އުޅޭ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ޒާތީ ގޮތުން ދިމާކުރާނީ ކޮންމެ ވެސް މައްސަލައެއް އުޅޭތީ. މިވަގުތަށް ސުލްހަ ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިހެން ތިބުނީ.

 4. ހޮއްހޮއްހޯ

  ކާސިންބެ މުސްކުޅިހާލުގައި ގަޅި އުކައިގެން ތިހިރީ ބިނދެލާފަ.

 5. ބެއްޔަހުއްތު

  ހުސް ހޮޅިވާހަކަ ތީނަ ދައްކާ ވާހަކަ އަޑުއަހާނެ މީހަކުނެތް މައިތިރިވެ

 6. ޢަބްދުﷲ

  މުޖުތަމަޢުގައި އެންމެ ނުފޫޒުގަދަ އެއްބަޔަކީ، ކަނބަލުންނެވެ. ކަނބަލުންގެ ބާރާއި ނުފޫޒު ނުއޮންނަ އެއްވެސް ތަނެއް އެއްވެސް ކަމެއް މުޖުތަމަޢުގައި ނޯންނާނެއެވެ. ޢައިޝާއަށް މަރްޙަބާ!

 7. މަ

  ބަލަ ތިހެން ޢައިޝާ ބުންޔަސް ފިރިބެ އެއީ އެމްޑީޕީ ގެ ހަމަ ބާޣީއެއް، އެޔެއް ބަދަލެއްނުވާނެ. އެހެންކަމަށްވަންޔާ ޖޭޕީގެ ދައުރު، ލިބޭނެ މިންވަރު، ދެމިގެން ދާނެ މުއްދަތު ކަނޑައެޅިގެން ނޭންގުނަސް ވ ކުރު،

 8. ޢަބްދުﷲ

  ފިލަ ފިލައިގެން ބޮނދަ ބޮނދައިގެން އުޅޭ ބަޔަކު އެއްވެސް ޒިންމާދާރުކަމެއް ނެތްގޮތުގައި ކޮމެންޓެއް ދިނަސް އެއީ ކަންބޮޑު ވާންޖެހޭ ކަމެއްނޫނެވެ.

 9. ބުރުމާކަށި

  ކުޅަނދުރު ހަތާ ފަދަ ނުރައްކާތެރި އެއްޗެހި ނައްތާލަންވެސް ގަޅިއުކާ، ބުރުމާ ކާފަ ކައިރިން ދަސްވެފަ ތިހުރީ ތިމާއަށް ފައިދާހުރި ގޮތްތަށްވީމަ ހަމައެކަނި ދެއްކޭނީ ފައިދާ ގޮތަށް، މިހާރު އެމް.ޑީ.ޕީ އިން އެއުކާ ގަޅިއަކީ ފައްކާވެފައޮތް މޭވާއެއް ބިންނަން އުކާ ގަލިއެއްނޫން، ގަޅިއެއުކަނީ ކުރަނދުރު ހަތައެއް ނައްތާލަން، ބުރުމާ ކާފަމެންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ މީހުން ކަމަށްވާތީ އެކަމުން ސަލާމަތްވުމަށް އުކާ ގަޅި، ކުރިޔާލައި ރާވައިގެން އުކާގަޅި