ރިޔާސީ އިންތިޚާބުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އިންތިހާބާއި ގުޅޭ މައްސަލަތަށް ސިފައިންނާއި ފުލުހުންނަށް ތަހުގީގު ނުކުރެވޭނެ ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިއާ ވިދާޅުވީ ރައީސް ޔާމީން އަކީ ފުލުހުންނާއި ސިފައިންގެ އިސް ވެރިޔާއަށް ވާއިރު އެމަނިކުފާނުގެ މަސްލަހަތު އޮތް ކަމެއްގައި ފުލުހުންނާއި ސިފައިންގެ މައްޗަށް އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރުކޮށްފިނަމަ އެކަމުގައި ފުލުހުންނަށްވެސް އެންމެ މިނިވަންކަމާއި އެކު ކުރިއަށްދެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"ރައީސްޔާމީން އަކީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓެއް, އިންތިހާބާއި ގުޅޭ ޖިނާއީ މައްސަލައެއް ތަހުގީގު ކުރެވޭނީ މިނިވަން މުއަސަސާއަކަށް ކަމަށް މަޖިލީހުގެ ކޮމެޓީއަކުން ވަނީ ނިންމާފައި, އަޅުގަނޑު ގަބޫލެއް ނުކުރަން މި މައްސަލަތައް ތަހުގީގު ކުރަން ސްޕްރީމް ކޯޓުގައި އެދުނަސް އެ އަމުރު އެ ކޯޓުން ނެރޭނެ ކަމަށް" މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ ރާއްޖޭގެ ބާރުވެރި ފަރާތަކީ ދިވެހިރައްޔިތުން ކަމަށާއި، ރައީސް ޔާމީން އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު، އަދި އިންތިޚާބީ ސަރުކާރާއި ވެރިކަން ހަވާލުކުރައްވަންޖެހޭ ހުރިހާކަމެއް ކުރައްވާފައިވާކަމަށެވެ.

"ރައްޔިތުންގެ މައްޗަށް ބަސްކިޔޭނެ އެއްވެސް އިދާރާއެއް ރާއްޖޭގައި ނުހުންނާނެ, ނަތީޖާ ގަބޫލު ކުރުމަށް ފަހު އަނެއްކާ އަލުން އިންތިޚާބު ބާތިލްކުރަން ސުޕްރީމްކޯޓަށް ހުށައެޅީމަ ދިވެހިރައްޔިތުންނާއި މުޅި ދުނިޔެއިންވެސް އެކަމާއި ކަންބޮޑުވޭ" މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ނިންމުމަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށާއި މި ރާއްޖެ އެބަ ޤައުމެއްހެން ހިނގަންޖެހޭ ކަމަށެވެ. މީގެ އިތުރަށް މާރިޔާ ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯހުންގޯހަށް ގޮސް ބޭރުގެ ފަރާތްތަކުން ރާއްޖެއާއިމެދު ފިޔަވަޅު އަޅައިފިނަމަ އޭގެ ދަތިކަން ދިމާވާނީ ދިވެހިރައްޔިތުންނަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސްވިއަސް ރައީސުލްޖުމްހޫރިއްޔާ ވިއަސް ސުޕްރީމްކޯޓުވިއަސް ރައްޔިތުންނަށްވުރެ މައްޗަކަށް ނޭރޭ" މާރިޔާ ވިދާޅުވިއެވެ.

ވޯޓްގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައިވާއިރު ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ ޤާނޫނީ ޕޮއިންޓްތައް ހިމެނޭ ލިޔުމެއް މިހާރު ވަނީ ލީކް ވެފައެވެ.

އެލިޔުމުގައި ވާގޮތުން ވަކި ގޮތަކަށް ފާހަގަ ޖެހޭ ގޮތަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމަކީ މިހާރުގެ ޓެކްނޮލޮޖީގައި ވެދާނެ ކަމެއް ކަމަށެވެ. އެގޮތުން އިންތިހާބުގެ ވޯޓު ކަރުދާހަކީ ކާބަން ޓްރީޓަޑް ކަރުދާހެއް ކަމަށް ބެލެވޭ ކަމަށާއި ބައެއް ވޯޓު ކަރުދާސްތަކުގައި ކޮމްޕިއުޓަރުން ޖަހާފައިވާ ފާހަގައެއް ކަމަށް ބެލެވޭ ފާހަގަތައް ހުރިކަން އޮފިޝަލުންނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ލިޔުމުގައި ވެއެވެ. އެފަދަ ކަމެއް އެމް7 އިން ކޮށްފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި މަސްލަހަތު ވެސް އެބަ އޮތް ކަމަށް ލިޔުމުގައި ވެއެވެ.

މާރިޔާ ވިދާޅުވީ އުތުރު ކޮރެއާ އާއި މިޔަންމާ އާއި ޒިމްބާބްވޭ އަދި ވެނެޒުވޭލާ އަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން އެގައުމުތަކުގެ ރައްޔިތުން އުޅުނު ހާލު އެނގިގެން ގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޤާދިރު

    މާރިޔާ ކިތައްމެ ފުއްޕިއަސް ސަލާމަތީ ބާރުތަކުގެ މައްޗަށް އެ މައްސަލަ ތަޙުޤީގު ކުރުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިނަމަ އެ މީހުންނަށް އެކަން ތަޙުޤީޤު ކުރެވޭނެ.. އެއީ ތަޙުޤީޤު ކުރަންޖެހޭ ކަމެއްނަމަ އެ އަމުރުވެސް ސްޕްރީމް ކޯޓުން ނެރޭނެ..

  2. އެހެންތޭ

    ރާއްޖެ އަށް ފިޔަވަޅު ނޭޅޭނެ އެއްވެސް ގައުމަކަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވޯޓް އިން މަކަރާއި ހީލަތް ހަދައިގެން ވޯޓް އިން ވައްކަން ކޮށްގެން ތިމަންނާ މީ ރައްޔިތުން ހޮވި ރައީސް އޭ ކިޔައިގެން އަމިއްލަ ގޯތީގެ އެއް ފަންގިފިލާ ހުސް ކޮށްގެން އޮފީސް ހަދައިގެން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް ތަމެންނަކީ އެއީ ދިވެހި ރައްޔިތުން ހޮވާފައިވާ ރައީސް އެއް ނޫން ތަމެން ވަނީ އިލެކްޝަންސް ކަމިޝަން އިން ވަގު ވޯޓް ލައިގެން ހޮވާފައޭ ސާބިތު ވާވަރަށް ހެކި އެބަހުއްޓޭ ތަމެން އިހަށް ދުވަހު ލަންކާ އަށް ވެސް ގޮސް ބައްދަލު ކުރީ އިލެކްޝަންސް ކަމިޝަން މެމްބަރުންނާއި ދޯ ވޯޓް ގައި ތަމެން އޮޅުވާލި ގޮތް ފޮރުވަން ވެގެން.

  3. ހުސޭނުބޭ

    މީނަ މިދައްކަނީ ވަރަށް ނުލަފާ ވާހަކަތަކެއް، ކަލޭމެން ކިތަށް ދުވަސްވެއްޖެ މިގައުމަށް ފިޔަވަޅު އަޅަން ގޮވާލާތާ، އޭަރު އަހަރެމެން ތިބި ކަމެއްނޭގެ ދޯ،

  4. އެހެންތޭ

    އިލެކްޝަންސް ކަމިޝަން ގައި ތިބީ ފަސްމާމުލު ފަސްވަގުން ދެން ފުލުހުން ނޫންތޭ އިންތިޚާބުގެ ކަންކަން އިންވެސްޓިގޭޓް ކުރާނީ ހަގީގަތުގައި މިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ހުރިހާ އޮފިޝަލުން ނަށް ވެސް ތިބެންވީ ފުލުހުން އަދި ވޯޓް ލާ މަރުކަޒާއި ވޯޓް ގުނާ ތަން ވެސް ބަލަހައްޓަން ތިބެންވީ ފުލުހުންނާއި ސިފައިންނޭ އެއްގޮތަކަށް ވެސް މަމެން އިލެކްޝަންސް ކަމިޝަނަށް އިތުބާރެއް ނުކުރަމޭ 2008 ގައި ވެސް ވޯޓް ގައި ހެދީ މަކަރާއި ހީލަތް ވަގު ވޯޓް ރައީސް ހޮވީ އެމެން ދެން 2013 ގައި ވެސް ފުރަތަމަ ބުރުގައި ވެސް ވޯޓް ގައި ހެދީ މަކަރާއި ހީލަތް އެއިރު ވެސް ވޯޓް ގައި ހެދީ ވަގާއި މަކަރާއި ހީލަތް ހަގީގަތުގައި އެމްޑީޕީގެ ކެންޑިޑޭޓް ވެސް ޖެހޭނީ ކެންޑިޑެސީ ވެސް ބާތިލް ކުރަން އެއީ ވަރަށް ބޮޑު ކުށެއް ރައްޔިތުންލާ ސިއްރު ވޯޓް އިން ވައްކަން ކުރުމަކީ.

  5. ރަށަށްދޭބަލަ

    ރައްޔިތުން ލާ ސިއްރު ވޯޓް އިން ވައްކަން ކޮށްގެން ރާއްޖޭގެ ރައީސް އަކަށް އަންނަން މީހަކު އުޅުނަސް އެމީހަކަށް ރާއްޖޭން ބޭރުގެ ކޮރަޕްޓް ލޯރޑުން ތަކެއް އެހީތެރިވި ނަމަވެސް މަމެން ބޭނުމެއް ނޫން ވަގު ވޯޓް ރައީސް އަކު ރާއްޖޭގެ ރައީސް ކަމާއި ހަވާލުވާން. ވޯޓް އިން އިލެކްޝަންސް ކަމިޝަން ވަނީ ވައްކަން ކޮށްފައި ކަމާއި އެކަން ކުރުމުގައި ޖޭޕީގެ އަތެއް އެކަމުގައި ވަރަށް ބޮޑަށް އޮތުމާއި އަދި އެކަމުގައި ބޭރުގެ ފަރާތް ތަކުން ފައިސާ ހޯދުމުގައި އެމްޑީޕީ ގެ އަތެއް އޮތުން މިކަން ކަން ފުރަތަމަ ބަލަން ޖެހޭނީ ރާއްޖޭގެ ވެރިކަމާއި ހަވާލުވާން ޖެހޭނީ އަމާނާތް ތެރިކަމާއި ތެދުވެރިކަމާއި އެކީ ރައްޔިތުންލީ ސިއްރު ވޯޓް އިން ވައްކަން ނުކޮށް ރާއްޖޭގެ ރައީސް ކަމަށް އަންނަ މީހަކު. ތަމެންގެ ގައިގައި ނެތް އެލެޖިޓިމަސީ އެއް ތަމެން ރަށަށް ދޭބަލަ މަސްކައްކަން ތެލި ދޮންނަން.

  6. ކްލޯސްޑް

    އެމެރިކާ އާއި ޔޫރަޕް އަށް ރާއްޖެ އާއި މެދު ފިޔަވަޅު އެޅޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނުދެއްކޭނެ ރާއްޖޭގެ ރައްޔިތުންލާ ވޯޓް އަކާއި ސަބަބަކީ އެމެރިކާ އެކަކަށް ވެސް ވޯޓް ލެވެނީ އެއް ނޫން އަދި ޔޫރަޕް އެކަކަށް ވެސް ވޯޓް ލެވެނީ އެއް ނޫން ރާއްޖެ އަށް ގެސްޓުން އަންނަނީ ވަކި މީހަކު ވެރިކަމުގައި ހުރުމުން ނޫން ހިންނަވަރު މީހަކު ރާއްޖޭގެ ވެރިކަން ކުރުމުން ގެސްޓުން ނެއް ނޫން ރާއްޖެ އަށް އަންނާނީ ރާއްޖެ ވިއްކާލާނީ އިންޑިއާ އަށް ދެން ކަޓް ކާލާނީ ކެނެރީގެ ނަޝީދުގެ ފެމިލީ އާއި އިބޫގެ ފެމިލީ މީ ކަން ކުރާނެ ގޮތަކީ. މަމެން ނަށް އެހާ ބޮޑު ކަމެއް ނޫން އެމެރިކާ ފެލުނަސް އަދި ޔޫރަޕް ފެލުނަސް މަމެން ބޭނުންވަނީ އިންސާފު ރާއްޖޭގެ ރައީސް އަކަށް އަންނަން ޖެހޭނީ ވޯޓް އިން ވައްކަން ނުކުރާ ނޮން ވަގު ވޯޓް ރައީސް އެއް އެނިމުނީ ޗެޕްޓަރ ކްލޯސްޑް..

  7. ދަވޭ

    ފިޔަވަޅު އަޅަންނާ އަޅަންވީ ތަމެން މަމެންނަށް ބިރު ދައްކާނެ ކަމެއް ނެތް މަމެން ދުލެއް ނުދޭނަމޭ ހަމަ ޖެހޭނީ ވޯޓް ލިގޮތް އިންވެސްޓިގޭޓް ކުރަން ރާއްޖެ އާއި މެދު އެެއްވެސް ގައުމަކަށް ފިޔަވަޅު ނޭޅޭނެ ރާއްޖޭގެ ރައްޔިތުން ލާ ވޯޓަކާއި މެދު އެފިޔަވަޅު އަޅާ ބަޔަކު ޖެހޭނީ މަހަށް ދާން ކުޅަދާނަ އެއް ނޫން އދ. ގެތެރޭން އެއްވެސް ކަމެއް ކުރަން ސަބަބަކީ ޗައިނާ އޮތީ މަމެންނާއި އެކު ތަމެން ބިރު ދައްކަން އުޅޭ އެހެން މީހުންނަށް މަމެން ނުޖެހޭނަން ފަހަތަށް މަަހަށް ދޭ.

  8. މާރިއާ

    މާރިޔާއަށް ރަނގަޅީ ފިޔަވަޅު އެޅީމަނޫންތޯ.

  9. އޮޅާލާ

    ކޮން ފިޔަވަޅެއް ތޭ ބޮޑު އެއް ފިޔަވަޅު އޮންނާނީ އެއްވެސް ފިޔަވަޅެއް ނޯންނާނެ އިނގޭތޭ އެމެން ފިޔަވަޅު ނާޅާތޭ މިހާރު އޮތީ އެމެން ފިޔަވަޅު އެޅުމުން ގެއްލުން ވާނީ އެމެންނަށް ބޮޑު އެއް ފިޔަވަޅު އޮންނާނީ އިނގޭތޭ ތަމެން ފިޔަވަޅު އަޅާނީއޭ ކިޔާ ބިރު ދައްކަން އުޅޭނެ ކަމެއް ނެތް ތަމެން ފިޔަވަޅު އަޅާނީއޭ ކިޔާ ވާހަކަ ދައްކާއިރު ފިޔަވަޅު އެޅީމާ ދަތިވަނީ ރައީސް ޔާމީނަށް ތޭ ނޫންދޯ ތިޔާ ފިޔަވަޅު އޮޅާލާ ދެން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  10. ނޯޗޮއިސް

    ފިޔަވަޅު އަޅާފާނެއޭ ކިޔާ ތަމެން މަމެންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތޭ އެމެރިކާ އަށް މަމެންނަށް ކުރެވޭނެ އަދި ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ ސްޓިލް ލޯންގް ވޭ ޓު ގޯ ދޯ ފިޔަވަޅެއް އަޅަން އެމެން ބަލާއިރު އަދި އަހަރު ދުވަހު އެމެން މަސައްކަތް ކުރި ނަމަވެސް އެމެން އެ ބުނާ ފިޔަވަޅެއް ނޭޅޭނެއޭ ތަމެން ދެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަގަ ހަމަ ޖެހޭނީ އިންތިޚާބުގައި ހެދި މަކަރު ބަލަން މިނޫން އެއްވެސް ގޮތެއް ނޯންނާނެ ނޯ ޗޮއިސް އެޓްއޯލް

  11. ވަހީދު

    އިންތިޚާބު ކަރުދާސް ޕްރިންޓް ކުރުމުގައި ގާނޫން ބޭރުކަމެއް ހިނގާފައި އޮތް ކަމަށް ތުހުމަތު ކުރެވެންޏާ ފުލުހުންނަށް އެކަން ތަހްގީގު ނުކުރެވޭނެ ހަމައެއް ނެތް.

  12. ޚާލިދު ވަޙީދު

    ވޯޓް އޮޅުވާލާފައޮތްކަން ޝަރީފް ގެ އޯޑިއޯއިން ނާއި އިލެކްޝަން ކޮމިޝަން ގެ މެމްބަރުންގެ އަމަލުތަކުން ވަރަށް ސާފު ވީމާ ރައްޔިތުންގެ ނިންމުމެކޭ ނުބުނެ ވޭނެއެވެ. މާރިއާ ހީކުރީތަ ދިވެހި ރައްޔަތުންނަކީ ތިޔަ މާރިއާ ކަހަލަ ކަނޑުކޮހުންކަމަށް.
    ޚާލިދު އިބުރާހިމް

  13. Anonymous

    ދެން އެހެންވިއްޔަ.މާރިޔާދާތަ ތަހުގީގު.ކޮއްބަލަ. ވޯޓު ވަގު

  14. ކަނޑުކޮަސްމާރީ

    ވަގުވޯޓު މައްސަލަ ބެލުމަކުން އޮތީ ކޮން ނުބައެއް. އެމެރިކާއަށް އެއްކަމެއްވެސް ނުކުރެވޭނެ! ޥވވވވވ ސާފު!

  15. ރުޒާނާ ޗޮއްޕަޓު

    ކަލޭގެ އަނގަމަތީ ޖަހާ ފަޅާލާފަ ހުއްޓަ އަދިވެސް މަށަށް ފެންނާނެެކަން ވަރަށް ބޮޑަށް ޔަގީންވޭ. އެއީ ހާދަ މަޖާ ދުވަހެކޭ. އަދި ހިކަނދިގަނޑެއްހެން ފިހާރަގަނޑެއް ތެރޭން ދަމާ ކޫއްތާފަ ނެރުނު ދުވަސްވެސް މަށަށް ވަރަށް މަޖާ. އެއީ އުފާވެރި ދުވަސްތަކެއް.

  16. ތޮރިބުރިކަރޯ

    ދެންއެހެންވިއްޔާ ތަހުގީގުކުރެވޭނީ ކޮންބަޔަކަށޯ؟

  17. ރަސީދު

    މާރިޔާ އަކައް ނޭގޭނެ

    • ޢެމް

      ރައްޔިތުން ދޯ ދެފަރާތަށް ވޯޓްލަނީވެސް ނިުހައްގުން ވޯޓް އޮޅުވާ ވޯޓް ދިން ފަރާތްބަދަލް ކޮށްފައިވާނަމަ އެކަން ރަގަޅުކުރުމަށް އަލުން ވޯޓްލުމުން އެގޭނެތާ އިބޫހޮވުނީ ރައްޔިތުން ދިންސައްހަ ވޯޓުންތޯ!ސައްހަކަމަށް ވާނަމަ ދެންވެސް ލިބޭނެތާ މާރިޔާމެން ބިރުން ސިހެނީ ސައްހަނުންވީމަ ނުހޮވިދާނެކަމައްވާތީތާ!?

  18. މަ

    ސިފައިންނާއި ފުލުހުންނަށް ނުބެލޭނެ މައްސަލައެއް ނޯންނާނެ..

  19. އެހެންތޭ

    އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ ނަމަ އެއީ ތަމެން އިންތިޚާބުގައި ހެދި މަކަރާއި ހީލަތް ފަޅާ އަރާފާނެތީވެ ކުރަން އުޅޭ ކަމެއްދޯ ތަމެން ވަން ކަމުގައި ވީ ނަމަވެސް ރޯމާ ދުވާލު އިރު ފެންނަ ފަދައިން އިނގޭނެ ހިނގަމުން އަންނަ ކާމިޔާބު ސަރުކާރަކަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ އެންމެ ދެ އަތޮޅުން މެޖޯރިޓީ ނޫން ކަން ތިޔާ ބުނާ ސެވަން ޕްރިންޓް އިން ވޯޓް ކަރުދާސް ޗާޕް ކުރީ އެއީ ކިއެއްވެތޭ ބިޑް ގައި ނެތްކަމަށް.

  20. ޖަޒީރާ

    މިހެރެ މޮޔަޔާ ވައްކަން ކުރީމަ ޖެހޭނެ ބަލަން މަބޭނުން މަލީވޯޓް ޔާމީނައް ލެވުނުކަން ޔަގީން ކުރަން

  21. ރުއްލަކުޑި

    މާރިޔާއްތައަކީ މުންތަޚަބު ރައީސުގެ އަގައާއި ދުލެވެ. ވީމާ އެކަމަނާ ވިދާޅުވާ ކޮއްމެ ބަހެއް އަކުރެއްގައި ބުރަދަން ހުންނާނެ. އެވިދާޅުވނީ އެވެނި ކޯރޓަކަށް މިވެނި މައްސަލައެއް ނުބެލޭނެއޭ، މިވެނި މުވައްސަސާއަކަށް އެވެނިކަމެއް ނުކުރެވޭނެއޭ. މީގެ ކުރިންވިއްޔާ މިއީ ޝަރްޢީ ދާއިރާއަށާއި މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުމެވެ. މިހާރު މިއީ ޝާރްޢީ ދާއިރާއާއި މުވައްސަސާތައް "ފިރުމަނީ ނުވަތަ ލޮއްސަނީ" އެވެ.! މަޖާ ދޯ!
    އިރުުކޮޅެއްކުރިން އަވަސް ނޫހުގައި ލިޔެފަ އޮތީ އިންތިޚާބާއިބެހޭ މައްސަލައަށް ކޯލިޝާންގެ ހަތަރު ލީޑަރުން ތަދައްޚުލު ވާން ނިއްމައިފި ކަމަށެވެ.! ހަތަަރު ލީޑަރުންގެ ފޮޓޮއާވެސް އެކުގައެވެ! ޢިމްރާނަށް ދަންނަވަންއޮތް ސުވާލަކީ- އައްނި އަކީ ހުޅަގުގެ ޣައިރު މުސްލިމް ޖަމާޢަތްތަކުން ފޮނުވާފާހުރި އޭޖެންޓެކޭ ކިޔަފަ ހަޅޭއްލަވަމުންގޮސް ކަރު މަށައިގެންދިޔަ ހަނދާން އެބަހުރިތޯ؟އެވެ! މައުމޫނަށް ދަންނަވަންއޮތީ ބޭފުޅާގެ ވެރިކަން ނިމުމަކަށްގެންނަން އަންނި މަސައްކަތްކުރި ދުވަހު އަންނިގެ ލާދީނީކަމާއި ވިޔާނުދާކަމުގެ ވާހަކައިން ވިއްކަން އުޅުއްވި ތަޤްރީރުތަކުގެމަތިން ހަނދުމަފުޅު އެބަހުރިތޯ؟އެވެ. ޤާސިމް އަރިހު ދަންންންވަނީ-އަންނީގެ ވިޔާނުދާކަމާއި އޭނައަކީ ރާއްޖެއަށްހުރި ހަލާކެއްކަމަށް ވިދާޅުވެ ދެއްކެިހާ ވާހަކަތަކުގެމަތިން ހަނދާންވޭތޯ؟އެވެ.! ހަނދާން ނެތިއެޔާ ދެންއޮތީ ތި ހަތަރު ބޭފުލުން އެކުއެކީގައިގޮސް ޝަރީޢަތުގެ މަޖިލީހިގައި އަންނި ކުރާ ދުޢާގައި ބައިވެރިވެ ދެއަތްމައްޗަށް ނަގައި އާމީން ކިޔުނެވެ. އެ ދުޢާގައި އޮންނާނީ " އޯ ގޯޑް! ޢޯ ގޯޑް! އޯ ގޯޑް! މި ރާއްޖެއަކީ ބިރެއްނެތި އުފާކޮށް މަޖާކުރުމާއި ބޭނުން ކޮންމެފަދަ އުފަލެއް ޙާޞިލުކުރެވޭފަދަ މާޙަވްލެއް ޤާއިމްވެފައިވާ ތަނެއްކަމުގައި ލައްވައިފާދޭވެ.އޮ މެން!
    ދެން ޖަޖުންނާއި ކުރިމަތިލާ!!!!!

  22. ބަލާދީ

    ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި އަދި ހަމަ އެގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކަމިޝަނުން ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި ފައިދާ ލިބޭނެ އުސޫލުން މިފަހަރު ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕް ކުރީ ކަން މިހެން ހުރުމުން މިފަހަރު މިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަކީ އެއީ ސީދާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވޯޓް ކަރުދާސް ތައް ޗާޕް ކުރަން ދިން ކަމަކަށް ވާތީވެ އޭސީސީން މިކަން ބައްލަވާދީ..

  23. ގލޅ

    މާރިޔާދީދީ ތަހްޤީޤް ކުރެވޭނެ އިނގޭތޯ އެކަން
    އެކަން ކުރެވޭނެ ދެއްތޯ ކުރެވޭނެ އިނގޭ
    ކުރެވޭނެޔޭ ހަމަ ކުރަންބޭނުން ހަގީގަތް ސާފްވާންޖެހޭ ދެއްތޯ ވޯޓުން ވައްކަން ކުރުމަކީ
    ވަރަށްބޮޑު ކުށެއް އެހެންވެ އެކަންބަލަންޖެހޭ

  24. އަބުލޯ

    ކުރަން ޖެހޭ ކަންތައް ނުކުރަން ކަން ތައް މާރިޔާއަކައް ނޭގޭނެ

  25. ކެރޭ އަބްދުﷲ

    ފުލުހުއްނާ ސިފައިއްނަން ނުބެލޭނެ މައްސަލައެއް ނޯނާނެ. ވޯޓުން ވައްކަން ކޮފަވާތި އެމައްސަލަ ފުލުހުއްނަށާ ސިފައިއްނަން ބެލޭނެ. ތިކޯލިސަނުން އެމަސަލަ ތެރެއައް ވައްނަނީ ތިމީހުން ކޮފަވާ ވަކަންތައް ސާބިތުވާނެތީ އެކަން ތައް ފޮރުވުމައް ޓަކާ މިޔަޤީން ވާކަމެއް. މިއިންތިހާބު ޖެހޭނީ ބާތިލު ކުރަން.

  26. ކޮމެންޓްކުރާމީހާ

    ސިފައިންނާއި ފުލުހުން މިހާރު ތިކަންތައް ތަޙްޤީޤްކުރަންވެއްޖެ.... ތަޙްޤީޤްކުރުން މާ ލަސްވެސްވެއްޖެ!!!!!!!!

  27. އަލީ

    ތިހާތެދުވެރިކޮށް ބޭއްވި އިންތިޚާބެއް ކަމަށް އިދިކޮޅޫން ބުނާއިރު އިންތިޚާބުގެ ކަންތައް ތަހުގީގު ސިފައިންނާ ފުލުހުންނަކަށް ނުކުރެވޭނެ

  28. އަލީ

    ތިހާތެދުވެރިކޮށް ބޭއްވި އިންތިޚާބެއް ކަމަށް އިދިކޮޅޫން ބުނާއިރު އިންތިޚާބުގެ ކަންތައް ތަހުގީގު ސިފައިންނާ ފުލުހުންނަކަށް ނުކުރެވޭނެއޭ ތިޔަބުނަީ ކީއްވެތަ/ގާނޫނު އަސާސީއަށް ފައިންއަރާ