ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިންތިހާބު ބާތިލް ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް އިދިކޮޅު ޕާޓީތަކުގެ ފަރާތުން ތަދައްހުލު ވެއްޖެއެވެ.

"ރާއްޖެޓީވީ" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީގަލް ޓީމުގައި އިސްކޮށް ހުންނަވާ ހިސާން ހުސައިން ވިދާޅުވީ އިދިކޮޅު ހަތަރު ޕާޓީގެ ފަރާތުން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަައަށް ތަދައްހުލު ވެފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ އާދީއްތަ ދުވަހު މެންދުރުފަހު ބާއްވާ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް، ވަޑައިގެން ގުޅިފައިވާ ޕާޓީތަކުން އެ މައްސަލައާ ގުޅޭ ގޮތުން ވަކާލާތު ކުރައްވާނެ ކަމަށެވެ.

ހިސާން ހުސެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ ފަރާތްޕުޅުން މިވަނީ ތަދައްހުލުވެފައި. އަޅުގަނޑުމެންގެ ޓީމުގައި ހަ ވަކީލަކު މަސައްކަތް ކުރައްވާނެ،" ހިސާން ވިދާޅުވިއެވެ.

އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ވަނީ މާދާމާ މެދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޏ

    ޅަދުގަތި މޮޔަވަވަނި ވެރިކަމަހެދި މޮޔަވިހުންފެނެތަ

  2. ތަދައްހުލް

    މިހުރިހާވެސް މަސްލަޔަކީ ރައިީސް ބޮޑުތަނުން ބަލިވުން.

  3. މަމެން

    މައުމޫންބޭ ހަމަޖެހިބަލަ އިދިކޮޅު ކުދިން ގޮވާއިގެން. މިހާރު ދެން ބާއްވާ އިންތިހާބެއްގެ ރައިސް ޔާމިންގެ ނާއިބު ރައިސް އަކައް ފާރިޝް ނުވަތަ ގައްސާނު ހަމަޖައްސާނަމޭ. އެއިރުން ދެން ގާސިމްބެ އަށް އެޔާޕޯޓް ހިންގަން ދިނީމަ ތިހުރިހާ ކަމެއް ހަމަޖެހިދާނެ. ކެތްތެރިވެގެން ނަމާދު ކޮއްގެން ދުޢާ ކުރަން ގޭގަ ހަމަޖެހިލައިގެން ހުރޭ. ފަހުން ނަގާ ރާޅު ބޮޑުވާނެ.

  4. އެހެންތޭ

    އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ ނަމަ އެއީ ތަމެން އިންތިޚާބުގައި ހެދި މަކަރާއި ހީލަތް ފަޅާ އަރާފާނެތީވެ ކުރަން އުޅޭ ކަމެއްދޯ ތަމެން ވަން ކަމުގައި ވީ ނަމަވެސް ރޯމާ ދުވާލު އިރު ފެންނަ ފަދައިން އިނގޭނެ ހިނގަމުން އަންނަ ކާމިޔާބު ސަރުކާރަކަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ އެންމެ ދެ އަތޮޅުން މެޖޯރިޓީ ނޫން ކަން ތިޔާ ބުނާ ސެވަން ޕްރިންޓް އިން ވޯޓް ކަރުދާސް ޗާޕް ކުރީ އެއީ ކިއެއްވެތޭ ބިޑް ގައި ނެތްކަމަށް.

  5. ހެވޭހެވޭ

    އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ ނަމަ އެއީ ތަމެން އިންތިޚާބުގައި ހެދި މަކަރާއި ހީލަތް ފަޅާ އަރާފާނެތީވެ ކުރަން އުޅޭ ކަމެއްދޯ ތަމެން ވަން ކަމުގައި ވީ ނަމަވެސް ރޯމާ ދުވާލު އިރު ފެންނަ ފަދައިން އިނގޭނެ ހިނގަމުން އަންނަ ކާމިޔާބު ސަރުކާރަކަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ އެންމެ ދެ އަތޮޅުން މެޖޯރިޓީ ނޫން ކަން ތިޔާ ބުނާ ސެވަން ޕްރިންޓް އިން ވޯޓް ކަރުދާސް ޗާޕް ކުރީ އެއީ ކިއެއްވެތޭ ބިޑް ގައި ނެތްކަމަށް.

  6. މަ

    ހެދުނުގޯސްތައް ދިފާއު ކުރަން ޖެހޭނެއްނު، ދޯ

  7. ޔާމިން

    މާއްކުރައްވާ ކުރާނެކަމެއްނެއް ޔާމިންހުވާކުރުންވަރައްކާރިވެއްޖެ އިންޝާﷲ

  8. ކަށަވަރޭ

    އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ ނަމަ ވަންނަންވީއޭ ނުވަންނަނަމަ ނުވަންނަންވީއޭ މިފަހަރު ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އެންމެ ދެކުނު ވިންގްގައި ރިޔާސީ އިންިތިޚާބުގައި ވޯޓް ނުލާ އެތައް ސަތޭކަ ބަޔެއްގެ ނަމުގައި އެބަހުއްޓޭ ވޯޓް ލާފައި މިރާއްޖޭގެ ރިޔާސީ އިންތިޚާބުން ވައްކަން ކުރުން އެއީ އެންމެ ދެކުނު ވިންގްގެ ކަލްޗަރ އެކޭ މަމެންނަށް ޔަގީނޭ އެވިންގްގެ ވޯޓްގެ %80 އެއީ ވަގު ވޯޓް ކަން އެއީ ކަށަވަރޭ..

  9. ސަންގުމަރުމަރު

    ހިސާން ހުސެއިން ތިޔައީ މުސްލިމެއް ކަމަށް ވަންޏާ އެންމެ ފުރަތަމަ އިސްލާމްދީނާ އެއްގޮތަށް ކަމަނާގެ އައުރަ ނިވާކޮށް ކަމަނާގެ ނަފުސު ދީނާ އެއްގޮތަށް ބެހެއްޓުމަށް ނަސޭހަތްތެރިވަން.

    އެއަށްފަހު އިންސާފުގެ މަގުގައި މަސައްކަތް ކުރެއްވުން ރަނގަޅުވާނެ.

  10. ދިސްވޭއޭ

    ރާއްޖޭގައި އޮވޭ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނެއް އެއީ ގާނޫނު ނަމްބަރު 2/2000 އެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ކުށް ވަނީ އިލެކްޝަންސް ކަމިޝަން އިން ކޮށްފައި ކަމަށް މަމެން ގަބޫލުކުރަމޭ ބިޑް ކުރިއިރު ބިޑް ޑޮކިއުމެންޓްގައި ނުހިމެނޭ ކަމެއް ބިޑް ހުށައެޅިފަހުން ބަދަލެއް ނުކުރެވޭނެއޭ އަދި މިހާތަނަށް އައިއިރު ރާއްޖޭގެ ހުރިހާ އިންތިޚާބެއްގައި ވޯޓް ކަރުދާސް ޕްރިންޓް ކުރީ ޔުޓިލިޓީން ދެން ކީއްވެތޭ ޔުޓިލިޓީ އަށް އިތުރަށް ޕޮއިންޓް ލިބި ކެޓީ އެއީ ހަމަ ސީދާ ކޮރަޕްޝަން ގާނޫނު ނަމްބްރު 2/2000 ގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައިވާ ކުށްތައް އިލެކްޝަންސް ކަމިޝަން އިން ކޮށްފައިވޭތޯ ބެލުމަކީ އެއީ އޭސީސީގެ މައްޗަށް ވާޖިބު ކަމެކޭ އެކަމަކު އޭސީސީން މިކަން ނުބަލާ ތިބެނީ ނިދާފައި ނޫންތޭ ޕީޕީއެމް އިން މިމައްސަލަ އޭސީސީ އަށް ހުށަނާޅަނީ އެއީ ކީއްވެތޭ އެއީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ.

  11. ސައުދު

    ޗާޕްކުރި ކަރުދާސް ހުރީ ކެޑިޑޭޓް ނަންބަރ 1 ގަ ޖަހާ ފާހަގަ 2 ކައް ބަދަލު ވާގޮތަށް ޗާޕްކޮއްފަ. މިވެސް ހަގީގަތް