ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެކްޓިވިސްޓުންތަކެއް ޖަލަށް ފޮނުވާލަން ރައީސް އަބްދުﷲ ޔާމީން ތައްޔާރުވެއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވޯޓު އޮޅުވާލަން މައްސަކަތް ކުރިކަމަށް އަމިލައަށް އިއުތިރާފު ވެގެން ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ޖަލަށް ފޮނުވާލަން ރައީސް ޔާމީން ތައްޔާރުވެއްޖެކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި މައްސަލަ ކުރިޔަށްދާއިރު، ވޯޓު އޮޅުވާލެވޭތޯ ޕީޕީއެމުން ކުރި ކަންކަން ރައްޔިތުންނަށް ހާމަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ވޯޓު އޮޅުވާލަން މަސައްކަތް ކުރިކަމަށް އަމިއްލައަށް އިއުތިރާފް ވެގެން ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ޖަލަށް ފޮނުވާލަން ޔާމީން ތައްޔާރުވެއްޖެ. ސްޕްރީމް ކޯޓުގައި މައްސަލަ ކުރިއަށް ދާއިރު, ވޯޓް އޮޅުވާލެވޭތޯ ޕީޕީއެމް އިން ކުރި ކަންކަން ހާމަވާނެ ކަމަަށް އުންމީދު ކުރަން،" މަހުލޫފުގެ ޓްވީޓުގައި ވެއެވެ.

އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ މިހާރު ވަނީ މާދާމާ މެދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކުމާރު

    ދޮގުބާނީ ދޮގެއް ހައްދަވާލީދޯ. ވޯޓުވަގު

    • ހަސީން

      އެހެންތާ ވާނީ މިހާރުމަހުލޫފު ކިޔަވައިގެން ހުރީނަޝީދުގެ ފޮތުން ވިއްޔާ! މީނަވެސް ނަޝީދުވެސް ދޮގެއްހެދެން އޮށްވަކާ ތެދެއްނަހަދާނެ.

  2. މަހުލޫޓު

    ރީލޯޑުކޮއްލާނެ ޕާޓީއެއް ވީމަ އެޕާޓީއައް ސޮއިކުރުން ވަރައް އަވަހައް އޮންނާނެ ވާހަކަ އިއުލާނުކުރަން

  3. ޒަންޖަބީޅު

    ކަޅޭތިއުޅެނާހަމައިންނެއްގެންކަމަށްޅަފާކުރެވޭ

  4. ސޭވް މައި ވޯޓް

    މިސްކިތް ރޯކޮއްލިމީހާގެ ވާހަކަޔާ އާރު ވައި ގެ ވާހަކަޔާ ތަފާތެއްނެތް.

  5. ާއދ.

    މީހާރު ކަލޭކިޔާ އެއްޗެއް މީހަކުނުބަލާ އެންމެނައްވެސް އެގޭ ކަލޭތީ މޮޔައެއްކަން

  6. އަލީ މަރީން

    މި ޔާމީން ކިޔާމީހާ ރައްޔިތުން ނިކުމެ ހައްޔަރު ކުރަން ވެއްޖެ ނުން މިހާރު. ބޮޑު ބަލާއެއްނުން ރައްޔިތުންގެ ނިންމުން ބޮލާޖަހަނީ....

  7. ޒަންޖަބީޅު

    މީނަމިއުޅެނީޓުވަރިޒަމްމިނިސްޓަރުކަންނުދީގެން ވަރަށްއަވަަހަ
    މިކަޅޭގެމަގުމަތިވާނެކަމަށްޅަފާކުރެވޭ

  8. ތިމަންނަ

    ކަހީނުކަން އަލުން އައީތަ، މިކަލޭގެ ބުނާވާހަކަތަކުގެ ތެދު އެކުލެވޭނީ %10 އަނެއް %90 އަކީ ރޯ ބުހުތާން...

  9. Anonymous

    މަޙުލުފް

  10. ޖިއޯ

    މި ފިތުނަ އުފައްދަަކަލޭހެ ނިމިގެންދާނީ ވަރަށް ހިތިގޮތަކަށް ދުނިޔޭގައި ތިބި ބަޔަކަށް އެދުވަސް ފެންނާނެ

  11. ހައްހާ

    ތީ ތެދެއް ހަދަން އެނގޭ މީހެއް ވިއްޔާ.މަހުލޫފު ދޮވު ވަޒީރު

  12. އެހެންތޭ

    އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަނީ ނަމަ އެއީ ތަމެން އިންތިޚާބުގައި ހެދި މަކަރާއި ހީލަތް ފަޅާ އަރާފާނެތީވެ ކުރަން އުޅޭ ކަމެއްދޯ ތަމެން ވަން ކަމުގައި ވީ ނަމަވެސް ރޯމާ ދުވާލު އިރު ފެންނަ ފަދައިން އިނގޭނެ ހިނގަމުން އަންނަ ކާމިޔާބު ސަރުކާރަކަށް ރިޔާސީ އިންތިޚާބުގައި ލިބޭނީ އެންމެ ދެ އަތޮޅުން މެޖޯރިޓީ ނޫން ކަން ތިޔާ ބުނާ ސެވަން ޕްރިންޓް އިން ވޯޓް ކަރުދާސް ޗާޕް ކުރީ އެއީ ކިއެއްވެތޭ ބިޑް ގައި ނެތްކަމަށް.

  13. ޥަތަން

    ހުސް ދޮގު ވާހަކަ

  14. ޔާމިން

    އޯ ވޮޓްބާތިންވަނީ ވަރައްއުފާވެރިހަބަރެއްއިންޝާﷲ

  15. ހޮނޑާފުށީބޮޑުހުސޭނު

    އިންތިހާބު ކުރިން އިދިކޮޅުމީހުން ޕްރެސް ކޮންފަރެންސްތަކުގަ ދެއްކި ވާހަކަ ތިޔައީ ، ތިޔަ ހުރިހާކެމއް ކުރީވެސް ޔާމިނާއި ފާތުމަ އަޑީގަ ހުރެގެން ، އާހިރުގަ ޖަލައް މިފޮނުވާލަނީ އެއްކަލަ ނިކަމެތި ޕާރޓީގެ މީހާ

  16. ޖަޒީރާ

    ދޮގުުހެެދުުމާ ފިތުނައުފެއްދުމާ މުޖުތަމައު ފަސާދަ ކުރުުމުގެ ރޮގުން މީނަޔައް މިހާރު އެވޯޑެއް ހައްގު

  17. ޙަޖަމް

    ކަލޭތީ މީހުން ބަލައިގަންނަ މީހެއްނޫން މިހާރު. ވާހަކަ ހަދާ ވަގު?

  18. ޖޮއްބެ

    ރިލޯޑުކަޅޭ ދައްކާވާހަކަ ގަބޫލުނުކުރާތި އެކަކުވެސް.

  19. ޜަށުމީހާ

    ތި މަހުލޫފަކީ މިދުނިޔޭގަހުރި އެއްމެ ދޮގުބުނާ ވަގު

  20. ޙާލުގެ ދުލުން

    މީނާ ދަނީ މުޅިޤައުމުގައި ހަންފަތުރަމުން.

  21. ބަލާތި

    އެމް7 އަށް ތުހުމަތުތަކެއް، ފާހަގަ ޖެހޭ އަނގޮޓިތަކެއް ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ވާނަމަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ އެއީ މަކަރާއި އަދި ހީލަތް ހަދައިގެން މޭކް އަޕް ކޮށްފައިވާ ނަތީޖާ އެކޭ އެ ނަތީޖާ މަމެން ގަބޫލެއް ނުކުރާނަމޭ ރާއްޖޭގެ ރިޔާސީ އިންތިޚާބު ބާއްވާ ކޮންމެ ފަހަަރަކު އިލެކްޝަންސް ކަމިޝަން އިން ވޯޓް ގައި މަކަރާއި ހީލަތް ހަދައޭ އެމެން ހީކުރަނީ އަލުން ވޯޓް ގުނަންވެސް ނުޖެހޭނެ ކަމަށޭ އެކަން ވެސް ކުރަން ޖެހޭނެއޭ ކަން މިހެން ހުރުމުން މިކަން ޖެހޭނެއޭ ބަލަން މަޚްލޫފު މެން ފަދަ ކޮރަޕްޓް އެމްޕީން އުޅޭނެއޭ މިކަން އޮޅުވާލަން ކުޅަދާނަ އެއް ނޫނޭ އޮޅުވާލަން މަމެން މިކަން ދުލެއް ނުދޭނަމޭ މަމެން ނަށް ޔަގީނޭ އިބޫ އަށް ލިބޭނީ އެންމެ 10 ހާސް ވޯޓް ކަން މުޅި ރާއްޖޭން ސައްހަ ވޯޓެއް ލައިފިނަމަ...

  22. އަހަންމާ

    ކަލޯ މައްޝޫރުވާން ނޫޙުގެފަލަސުރުޙީއަށް އެރިވަރަކަށް ރީލޯޑުމަހުލޫފުގެ އަގުވެއްޓޭނީ

  23. ޖުހާ

    މިދުވަސްވަރު މީނާގެ އަޑެއް މީޑިޔާތަކުން ނީވޭތި އަޑު އިއްވާލަނީ.

  24. ދޭދޭދޭދޭ

    ފުރަތަމަ ފެށުން ގޯސްވެއްޖެ ކަމެއް ދެން ރަނގަޅު ނުވާނެއޭ ފުރަތަމަ ފެށުން ގޯސް ތިޔާގައި މިވާ ގޮތަކީ އެއީ ތިޔާ ކަން ބިޑް ކުރިއިރު ބިޑިންގް ޕްރޮސެސް ތިޔާ އޮތީ ސަރުކާރުގެ ބިޑިންގް ސިސްޓަމް އާއި ސަރުކާރުގެ ފައިނޭންޝަލް ރޫލްސް އާއި އަދި ސަރުކާރުގެ އެޑްމިނިސްޓްރޭޓިވް ރޫލް އާއި ޚިލާފުވެފައޭ އެގޮތުން ގާނޫނު ނަމްބަރު 2/2000 ގެ 14 ވަނަ މާއްދާގައި ބަޔާން ކުރާ އަމިއްލަ ފައިދާ ލިބޭ ގޮތަށް ސަރުކާރުގެ ތަކެތި ބޭނުން ކޮށްފައޭ ތިޔާ އޮތީ ޔޫ ނޯ ދިސް އިޒް ރޯ ކޮރަޕްޝަން އިލެކްޝަންސް ކަމިޝަން މެމްބަރުން ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޮފް އެއިޓީން މިލިއަން ޑޮލަރ ކޮރަޕްޝަން އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޫމް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ބާއު ބާއު...

  25. ހާލާ

    މީ ކުނި އަނގަ ތަޅާ މީހެއް

  26. ހަސް

    ކަލޯހެއުނުވާނެތިވަރައްދޮގުހަދާކައް

  27. ދަތްދޫނި

    ތިޔަ މައްސަލަ ސާފު ކޮއް ބަޔާން ނަގާނަމަ ވަރަށްގިނަ ފޮށި ތަކާއި ހަވާލުވެ ތިއްބެވި ބަޔަކު ދިގު މުއްދަތަކަށް ޖަލުގެ ތޭރި ތަކުގެ ތެރޭގައި ތާށި ވާނެ ކަމަށް ލަފާކުރެވޭ. އަދި މި ވެރިކަން ބަދަލު ވުމުންވެސް ތިހިރަ ކަންތައްތައް ބަލާ ކަމުގެ ޙަޤީގަތް ހޯދާ އެފަރާތް ތަކާއި މެދު ޤާނޫނުގެ ދަށުން ފިޔަވަލު އަލާނެ ކަމަށް ދެކެން. އެއްވެސް ގޮތަކުން މިފަހަރު ސަލާމަތެއް ނެތް.

  28. ނޯންނާނެއޭ

    އެމްސެވެން އަށް މިފަހަރު ވޯޓް ކަރުދާސް ޕްރިންޓް ކުރަން އީސީން ދިނުން އެއީ އީސީ އަށް ކުރެވޭނެ ކަމެއް ނޫނޭ އެއްގޮތަކަށް ވެސް އެކަން ނުކުރެވޭނެއޭ އަދި އީސީން ގަސްތުގައި މަކަރާއި ހީލަތް ވޯޓް ކަރުދާސް ޗާޕް ކުރުމުގައި ގެންގުޅޭތީ ނޫންތޭ ވޯޓް ކަރުދާސް ޗާޕް ކުރި އަދަދު އެއްގޮތަކަށް ވެސް މެޝިނުން އިނގެން ނެތީ މިއޮތީ ފެށުމުގައި މިކަމުގައި އިންތިޚާބުގެ ސައްހަ ކަން ގެއްލި ވައްކަން މިއަށް ވަދެފައޭ މި ވޯޓް ކަރުދާސް ތައް ސައްހަ ވާނެ އެއްގޮތެއް ވެސް ނޯންނާނެއޭ..

  29. ޓިމްބަރ

    މިފަހަރު ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކަމިޝަން އިން ބުނަނީ އެއްވެސް ކޮމްޕްލެއިންޓްސް އެއް އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ނުދާ ކަމަށް އެކަމަކު އެތަނަށް ދިޔަ ހުރިހާ މައްސަލަ ތައް ނުބަލާ ގޮތަށް ހެދީ އެއީ އީސީގެ މެމްބަރުންނޭ އީސީން ދާއިމީ ނަތީޖާ އިއުލާން ނުކުރަނީސް އީސީގެ މެމްބަރު ހަބީބު އީސީގެ ދާއިމީ ނަތީޖާ އިއުލާން ކޮށްގެން ނަތީޖާ އަށް ނުފޫޒު ފޯރުވާ އޮޅުވާލުން ކޮރަޕްޝަން ނޫން ދެން ކޯއްޗެއް އިންތިޚާބު ބާތިލް ބާތިލް ޓިމްބަރ ޓިމްބަރ...

  30. ވަގާވަގާ

    މަމެން މިތިބީ ތަމެން ރިޔާސީ އިންތިޚާބުގައި ހެދި މަކަރާއި ހީލަތާއި އަދި ތަމެން ކުރި ވައްކަން ވަރަށް ރަނގަޅަށް ބަލަންއޭ ތަމެން އެންމެ ދެކުނު ވިންގްގައި ބެެހެއްޓި ވޯޓް ފޮށިން ކުރީ ވޯޓް ލުމުގެ ބަދަލުގައި މުޅިން ވައްކަން ނޫންތޭ ބޭރުން ފޭކް ވޯޓް ކަރުދާސް ފީނި ފީންނަށް ގެނެސް އަޅާލީ ދޯ ވޯޓް ފޮއްޓަށް 2 ގައި ރަނގަޅު ފާހަގަ ޖަހާފައި އަދި ވޯޓް ކަރުދާސް ތަައް ފޮނުވި ސިޓީ އުރަވެސް އޮތީ މާލެ އައިއިރު ކަނޑާލާފައޭ ދެކުނު ވިންގްގެ ހުރިހާ ވޯޓް ތަކުގެ %90 ވަގުވޯޓް ދޯ އިންތިޚާބު ބާތިލް ކޮށްދެއްވާ ހެޔޮ ނުވާނެ 2008 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވޯޓް އިން ވައްކަން ކޮށްގެން ރައީސް ކަމަށް މީހަކު އައުމުން ޖެހުނީ އިންޑިއާ ގެ ޖީއެމްއާރަށް 2 ބިލިއަން ޑޮލަރުގެ ދައްކަން އެއްވެސް ކަމެއް އެމެން ރާއްޖޭގައި ނުކުރާ އިރު ވެސް ދެން އެމެން ވިއްކާލާނީ ރާއްޖެއޭ އިންޑިއާ އަށް ހެޔޮ ނުވާނެއޭ ރިޔާސީ އިންތިޚާބު ބާތިލް ކޮށް ދެއްވާ ސްޕްރީމް ކޯޓުގެ ގައިޑް ލައިން އާއި އެއްގޮތަށް އިންތިޚާބު ބޭއްވޭ ގޮތް ހަދާދީ...

  31. ސާފު

    އާއްމު ގޮތެއްގައި މަހުލޫފް ދައްކާ ވާހަކަ ތެދުވާނެ ވަރަށް ސާފު

  32. ދަވޭ

    ރާއްޖޭގެ އެންމެ ދެކުނު ވިންގްގެ ގިނަ ވޯޓް ފޮށި ތައް ބަންދު ނުކުރެއޭ ރޭގަނޑު 8 ޖެހިއިރު ވެސް ބާކީ ވޯޓް ނުލާ ތިބި އެންމެން ނަމުގައި އެ ފޮށި ތަކާއި ހަވާލުވެ ތިބި މީހުން ހަބޭހަށް އެމެން އަމިއްލަ އަށް ވޯޓް ލާ ވޯޓް ފޮއްޓަށް ވައްޓަމުންނޭ ގެންދިޔައީ މީއޭ އެ ވިންގްގައި ވޯޓް އިން ހެދި މަކަރާއި ހީލަތަކީ މި ރާއްޖޭގެ ވެރިއަކަށް އަންނަން ޖެހޭނީ ސީދާ ރައްޔިތުން ލާ ސައްހަ ވޯޓަކުން އަންނަ މީހެކޭ 2008 ގައި އައި ގޮތަށް މޭޒު ދަށުން ދަމާ ކުޅެގެން ނޫނޭ އަންނާނީ...

  33. Miadhu

    ޖަލަށް މީހުން ފޮނުވަނީ ކަލޭތަ ކަލޯމެން ކުރާކަމަކީ އީޔޫގެ ލިސްޓް ތައްޔާރުކުރުމެއްނޫންތަ
    ސޮރީ އޮޅުނީ އީޔޫެއިން ފިޔަވަޅު އަޅަންވާ މީހުންގެ ލިސްޓް ތައްޔާރުކުރަނީ ހާމިދުދޯ
    ޖަލަށްގެންދާ މީހުންގެ ލިސްޓް ތަެްޔާރުކުރަނީ މަހުލޫފްދޯ

  34. ކޮބާތޭ

    މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާސް ޗާޕް ކުރަން އިލެކްޝަންސް ކަމިޝަނުން އެމަސައްކަތް ހަވާލު ކުރި ފަރާތާއި އެމަސައްކަތް ހަވާލު ކުރީ އެއީ ސީދާ ސަރުކާރުގެ ޕްރޮކިއުމެންޓް ސިސްޓަމް އާއި ޚިލާފަށޭ އެހެންވެއްޖެނަމަ ގާނޫނު ނަމްބަރު 2/2000 ގެ 14 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުގެ މަތިން އިލެކްޝަންސް ކަމިޝަންގެ މެމްބަރުން އަމަލު ކޮށްފައިވޭތޯ ބެލުމަކީ އެއީ ސީދާ އޭސީސީގެ ޒިންމާ އެކޭ އޭސީސީ އަށް ފެންނަނީ ހައުސިންގް އިން ފްލެޓްސް ތައް ވިއްކާ ތަންތޭ..

  35. Miadhu

    މިވެރިންގެ ސަރުކާރެއްގައި އިތުރު މިނިސްޓްރީއެެް އުފައްދަންފެނޭ މިނިސްޓްރީއޮފް ދޮގުއެންޑް ރިސްވަތު

  36. ފަނޑިޔާރު

    އެމީހަކު ފޭހިލި އިލޮށި ހެރޭނީ އެމީހެއްގެ ލޮލަށް...އިންތިހާބު އެއީ ދެއިރު ކާ ބޭހެއްތަ.ރޯމާ ދުވާލު އެންމެން ކުރިތީ ގުނީ

  37. ގިފްތަމް

    މަހުލޫފަށް ހަޖަމުނުކުރެވިގެން ދައްކާނެވާހަކައެއްނެގިގެން ދެއްކިވާހަކައެއްތީ

  38. މަމެން

    ބުނެލަން އޮތީ އަހްމަދު މަހްލޫފް އެއީ މި ގައުމުގެ ހީރޯއިންގެ ތެރެއިން ހީރޯއެއް. "ޝުކުރިއްޔާ މަހޭ"

    • ގޮޅާ މަހޭ

      އެއީ ސައިކޯ މީހެއް، އަންނީގެ ސިހުރުޖެހި ހަލާކުވި މީހުންގެ ތެރޭ އެކަކު

  39. ގޮޅާ މަހޭ

    މިވަގު ޖަލަށް ދާންޖެހޭފަދަ އެއްވެސް ކަމެއް އަހަރުމެން ނުކުރަން އެކަމަކު ބުނަން ގޮޅާ މަހޭ ޖަލަށްދާން ޖެހުނަސް ދާންވެސް ތައްޔާރަށް ޕީޕީއެމް ގެ މެމްބަރުން މިތިބީ،

  40. ޖަންނަތު

    އަލީ މަރީން އޭ ކިޔާ ކޮމެންޓް ކުރިމީހާ އަށް ބުނެލަން އޮތީ ދިޔައި ރައްޔިތުންގެ ނިންމުންކަން ކަލޭ އަމިއްލަޔަށް ކަނަޑައަޅައިގެން ހުންނާށޭ. ވަގުވޯޓު ލިބުނަސް ވެރިކަމާހެދި ހޭބަލި ވިޔަސް ތީ ބޮޑު ވަރު