ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އޮތީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނާއި އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އިދިކޮޅުގެ ބައެއް އިސް ބޭފުޅުންނާއި އެމެރިކާގެ އިސް ޑިޕްލޮމެޓުންތަކަކާއި އެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ ޢާންމުކުރައްވާ މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ބާރަ މެމްބަރުންނާއި އެކު ތިބި ކަމަށް އެމެރިކާ އިން ބުނެފައިވާ ކަމަށެވެ.
"ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އިން ބުނީ މިތިބޭ 12 މެމްބަރުންނާއެކުގައޭ. ރައީސް ޔާމީން ރޮއެބަލަ. ގެޓް ލޮސްޓް،" މުސްތަފާގެ ޓްވީޓުގައި ވެއެވެ.
United state of America in bunee mi thibee 12 MPs naa eku ga ey. RYameen roe bala. Get lost pic.twitter.com/ylLTNylETF
— Mohamed Musthafa (@Thimarafushi) October 13, 2018
މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި މުސްތަފާ ވިދާޅުވެފައި ވަނީ، އެމެރިކާ އާއި ޔޫއެން އާއި އީޔޫގެ އިތުރުން ޗައިނާ އާއި ސައުދީ އަރަބިއްޔާވެސް އޮތީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުން ކުރި ހޯއްދެވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހާއި އެކުގައި ކަމަށެވެ. އަދި ރައީސް ޔާމީނާއި އެކު އެއްވެސް މީހަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބު ބާތިލުކޮށް ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކުރާނަމަ ރާއްޖެ އާ ދެކޮޅަށް ފިޔަވަޅު އަޅާފާނެކަމުގެ ދެވަނަ އިންޒާރެއް އެމެރިކާ އިން މިއަދު ދީފައި ވަނިކޮށެވެ.
އެޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނުގެ ނައިބު ރޮބަޓް ޕަލަޑީނޯ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިހުތިރާމުނުކޮށް ސުލްހަވެރިކަމާއެކު ދައުލަތް ހިންގުމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާއަށް ހުރަސްއަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅެމުަށް އެމެރިކާއިން ވިސްނަމުން ދާކަމަށެވެ.
އިންތިހާބުގެ ކުރިންވެސް ރާއްޖޭގެ ޑިމޮކުރަސީއަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ވާނީ ދީފައި ކަމަށާއި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާނަމަ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ވަރަށް ކަންބޮޑުވާނެ ކަމަށް އެމެރިކާ އިން ބުނެއެވެ.
އެމެރިކާއިން ވަނީ ރައްޔިތުން ނިންމިގޮތް ގަބޫލުކޮށް، ނޮވެމްބަރު 17 ގެ ކުރިން ވެރިކަމުގެ ބާރުތައް ސުލްހަވެރި މަގުން ބަދަލުކުރުމުގައި ހުރިހާ ފަރާތަކުންވެސް ތާއީދު ދޭނޭކަމަށް އުންމީދު ކުރައްވާ ކަމަށް ބުނެފައެވެ.
އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ މިހާރު ވަނީ މާދާމާ މެދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. ވެރިކަން ކުރާ ޕީޕީއެމުން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އެމެރިކާއޮވޭ އަހަރެމެން ނުތިބޭނަން ތިކަހަލަ ރިޝްވަތުގެ ބަޔަކާއެކީ،
ޔުނައިޓެޑް ސްޓޭޓްސްއަކޛ ދިވެހިންނާ ކޮން ގުޅުމެއް އޮތް ބައެއްތ؟
އަޅުގަނޑުމެނަށް އެނގޭ މަނިކުފާނަކީ ޔުނައިޓެޑް ސްޓޭޓް އޮފް ހުއިފިލަނޑާގެ ސްޓޭޓް ސްކްރެޓެރީކަން! ވަރަށް ބިރުގަނެފި ތިކަން އެނގުމުން!
ކަލޭމެންތި 12މެމްބަރުންނާއެކު އެމެރިކާއޮތީމަ ކަލޭމެން އެމެރިކާއަށްދޭބަލަ. ކޮންބަޔަކު ބުނެގެންތަ މިތާތެތިބީ.
ބަލަ ލަނޑާތިހެނބުނީމާ ދެރަވާނީ ކަލޭގެ އާއިލާ
ތިއަށްވުރެ ރަނގަޅުވާނެ 12 ގަނޑު އަލިފާން
ރޯއިވަމުން އަހަރުމެންނާދިމާލަށް އާދެޔޭބުންޏަސް
މުސްތޮފާ ތީމިގައޮމުގެ ގައްދާރުން ގެތެރޭހިމެނޭއެކަކު
ވަރައްސަޅާމް
ޢެމެރިކާ އިން ބުނީ 12 މީހުނާއި އެއްކޮށް ފޮޓޮ އެއް ނެގި ވާހަކަ...
ތިމަރަފުށީ ބޮޑުވަގު ކޮބާ؟
ފަސްޓް ުަުޔޫ ގެޓް ލޮސްޓް
ތިވަރައްމޮޅުގޮތެއް 12މެމްބަރުން އަވަހަށްނައްޓާލާ އެމެރިކާޔަށް އެތަނުގެ މަޖިލީހުގަ ނުނިމި ހުރިކަންކަން ނިންމާލާފަ އާދޭ އޭރުން މިކޮޅުވެސް އޮންނާނީ މުއްދަތުހަމަވެފައި
މީދިވެހިން ޗަހެން ދިވެހިންނާ ކުޅެން ނޫޅޭ؟ ތިޔައުޅުއްވަނީ މޮޔަފުޅުވެގެން!
މުސްތޮފަ މޮޔަވީތަ ތިއާލާތުން މިޤައުމަށް ކޮންދުއްޕާނެއް ކުރާކަށް މޭކަރަނީ ކަމެއް ކޮށްފަ އޮތީމަތާ ހާދަވަރެކޭ މިއަރަނީ 130000 ލިބުން ބަޔަކު ހެވިލަަފަ ތިބެންވީނުން އަމިއްލަޔަށް އެއްބަސްވަނީ ތިމަންނަމެން ވައްކަން ކޮއްފީމޭ
ލާދީނީ ގައުމުތައް ތިބޭނީ މޑޕ ލާދީނީ ބައިގަނޑު ހިމާޔަތް ކުރަން.
ތިމުސްތަފާމެންގެ ލަދު ކޮބާ؟ތިހެން ކިޔަކިޔާ ބޭރު ޤަެުމުތަލަށް މިޤައުނު ހަވަރަށް ދޭތަން އަންނާނެ...އެމްޑީޕީ ގެ ފިކުރުހުންނަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނީ މިގޮތް ކަމަށް ވެދާނެ...
އެއީ، 12 އެމްޕީންނާ، އެމްޑީޕީގެ ބަލަދުވެރިން. ލަދުޙަޔާތްކުޑަކަން. އަހަރެމެން ސަޖިދަ ޖަހާނީ ހެއްދެވިފަރާތަށް، ވާތްގަށް އެދޭނީވެސް ހެއްދެވިފަރާތަށް. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން.