ރާއްޖޭގައި ސުލްޙަ ގެއްލޭފަދަ ކަމެއް ހިނގައިފިނަމަ ސަރުކާރަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ރާއްޖެއަށް ދީފައި ވަނީ، އެމެރިކާގެ އެހީތެރިކަމާއި އެކު ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އަނިޔާވެރި ސިފައިން އިއްޔެ ފަލަސްތީނުގެ ކުށެއްނެތް މުސްލިމުންތަކެއް ޝަހީދުކޮށްލާފައި ވަނިކޮށް ކަން ހާމަވެއްޖެއެވެ.

މުސްލިމުންނާއި ދެކޮޅަށް މެދުކެނޑުމެއް ނެތި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގަމުން އަންނަ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ވެރީންނާއި ސިފައިންނަށް މަދަދުވެރިވާ އެމެރިކާއިން ރާއްޖެއަށް އިންޒާރު ދެމުން ދަނީ، ރާއްޖޭގައި ސުލްޙަ އާއި އިންސާފު ޤާއިމްކުރުމަށް ކަމަށް ބުނެއެވެ. އެގޮތުން އެޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނުގެ ނައިބު ރޮބަޓް ޕަލަޑީނޯ ވަނީ ވީޑިއޯއެއް މެދުވެރިކޮށް، ރާއްޖޭގެ ހާލަތާއި މެދު އެމެރިކާ ކަންބޮޑުވާ މިންވަރު ހާމަކޮށްދީފައެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރާ ގުޅުން ބަދަހި ކުރުމަށް އެޤައުމު ތައްޔާރަށް އޮތްކަމަށެވެ. އަދި ސަރުކާރު ބަދަލުވުމަށް އެޅޭ ކޮންމެ ހުރަހަކާއި ދެކޮޅަށް އެމެރިކާއިން ތެދުވެ އެކަން ހުއްޓުވާނެކަމުގެ އިންޒާރު، ރޮބާޓްގެ ވީޑިއޯ މެދުވެރިކޮށް އެޤައުމުން ވަނީ ރާއްޖެއަށް ދީފައެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ވެރިން ބޭނުންވާ ގޮތަށް ރާއްޖޭގައި ކަންކަން ނުހިންގައިފި ނަމަ ރާއްޖެ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ ތަފާތު އެކި އިންޒާރު ދީފައެވެ.

 

ރާއްޖޭގެ ސުލްޙަ މަސަލަސް ކަމަށްޓަކައި ކަމަށް ބުނެ، މި އިންޒާރުތައް ރާއްޖެއަށް ދެމުން އަންނަ އެމެރިކާގެ އެހީތެރިކަމާއި އެކު އިއްޔެ އިސްރާއީލުން ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލިއިރު، އޭގެތެރޭގައި އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ ފިރިހެން ކުދިންވެސް ހިމެނޭ ކަމަށް މަޝްހޫރު ބައިނަލް އަޤުވާމީ ނޫސް، އަލްޖަޒީރާއިން ބުނެފައި ވެއެވެ.

މި މީހުން ޝަހީދުކޮށްލާފައި ވަނީ، އެމެރިކާގެ ވާގިވެރިކަމާއި އެކު އިސްރާއީލުން ފަލަސްތީނުގެ މުޤައްދަސް ބިން ކަމަށްވާ ޤުދުސްއަށް ވެރިވެގަތުމާއި ދެކޮޅަށް ފަލަސްތީނުގެ މުސްލިމުން ކުރިޔަށް ގެންދިޔަ ސުލްޙަވެރި އެއްވުމެއްގެ ތެރެއިން ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

އަލްޖަޒީރާގައި ބުނެފައިވާގޮތުގައި، އިއްޔެގެ ޤަތުލުޢާންމުގެ ތެރެއިން އިސްރާއީލުން ވަނީ ހުސް އަތާއި ތިބި ފަލަސްތީނު ޢާންމު ރައްޔިތުންގެ އެއްވުމުގެ ތެރެއަށް ބަޑި ޖަހާފައެވެ. އިސްރާއިލް ސިފައިންގެ އަނިޔާވެރި މި ހަމަލާތަކުގެ ސަބަބުން 250 އަށްވުރެ ގިނަ މީހުން އެއްވުމުގެ ތެރެއިން ޒަޚަމްކޮށްލިއިރު، އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުން ޒަޚަމްވީ ބަޑިން ދިން ހަމަލާތަކުގައި ކަމަށް ފަލަސްތީނުގެ ސިއްޙީ ވުޒާރާގެ ތަރުޖަމާނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.

މިދިޔަ މާޗު 30 ވަނަ ދުވަހުން ފެށިގެން އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ވަރުގަދަ ގަތުލުޢާންމެއް ފަށައި ޙަމަލާތައް ދެގުނަ ކޮށްފައިވާއިރު، އެ ދުވަހުން ފެށިގެން މިހާތަނަށް އެތައް ސަތޭކަ މުސްލިމުންނެއް ޝަހީދުކޮށްލާފައި ވެއެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 18000 އަށްވުރެ ގިނަ ފަލަސްތީނަށް ނިސްބަތްވާ މުސްލިމުންނަށް އިސްރާއިލް ސިފައިން ވަނީ އެކިވަރުގެ އަނިޔާދީ ޒަޚަމްކޮށްލާފައެވެ. ޔަހޫދީންގެ މި އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން، އެމީހުން ވަނީ ފަލަސްތީނުގެ މިލިއަނެއްހާ ޢާންމު ރައްޔިތުން، ގަދަ ބާރުން އެމީހުންގެ ގެދޮރުން ނެރެ ޤައުމުން ފައްސާލައި ބިންތަކަށް ވެރިވެގަނެފައެވެ.

އިސްރާއީލުގެ ޔަހޫދީން އެންމެ ފުރަތަމަ ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވާން ފެށީ، ދިރިއުޅޭނެ އެއްވެސް ވަޒަނެއް ނެތި، ހާލުގައި ޖެހިފައި ތިބި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުގެ ބޯޑަރު ސަރަޙައްދުގައި މުސްލިމުންގެ މަދަދަށް އެދި އާދޭސްކުރަމުން ދަނިކޮށް، މީގެ 60 ވަރަކަށް އަހަރު ކުރިން ފަލަސްތީނުން އެބައި މީހުންނަށް އިހުސާންތެރިވެ އެޤައުމުގައި ދިރިއުޅުމުގެ ފުރުސަތު ދިނުމުންނެވެ. އެއަށްފަހު ފަލަސްތީނުގެ ބިމުގައި ގަދަކަން ދައްކައި، ވަކި ދައުލަތެއް އުފައްދައި، އެމެރިކާގެ އެހީތެރިކަމާއި އެކު އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިމަށް އަތްގަދަ ކުރުމުގެ މަސައްކަތް ފަށާފައެވެ.

އެ މަސައްކަތް އަހަރަކަށްފަހު އަހަރެއް ވަރުގަދަކޮށް، މުސްލިމުންގެ މާތްވެގެންވާ މަސްޖިދުލް އަޤްސާ ހުންނަ ފަލަސްތީނުގެ ޤުދުސްއަކީ އިސްރާއީލުގެ ވެރިކަން ކުރާ ރަށްކަމަށް ކަނޑައަޅާފައި ވަނީ މިއަހަރުގެ ތެރޭގައެވެ. މިކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ދަރީންނާއި ދެޤައުމުގެ އެނޫންވެސް އިސް ފަރާތްތައް ހާޒިރުވިއިރު، ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށްކަން އިއުލާނުކޮށްދިނީވެސް އެމެރިކާއިންނެވެ. އެއަށްފަހު އެމެރިކާ އިން ވަނީ އެ ބިމުގައި އެޤައުމުގެ އެމްބަސީއެއްވެސް ޤާއިމްކޮށްފައެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަކީ ވެރިކަމަށް އައުމުގެ ކުރީންވެސް މުސްލިމުންނާއި ދެކޮޅަށް ފާޅުގައި ބަސް ބުނަމުން އައި މީހެކެވެ. މުސްލިމުންނަށް ދަތިވާނެ ފަދަ ކަންކަން ކޮށް، އިސްލާމް ދީނާއި ދެކޮޅަށް ކުރެވުނު ކޮންމެ ކަމެއް ކުރުމަކީ، ވެރިކަމަށް އިންތިޚާބު ވުމުގެ ކުރީން ކުރި ކެމްޕޭނުގައި އޭނާ އިއުލާނުކޮށްފައިވާ ރިޔާސީ ވަޢުދެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. Anonymous

  ޥޯޓު ވަގުންތަކައް އޯކޭވާނެ.

 2. ލޮލް

  ހޫކެއަރސް

  1
  1
 3. ޕްލީޒް

  ރާއްޖެއިން މުސްލިމުންނައް އެހީވާން ދާ މުޖާހިދުން އަތުލާ ކަލޭމެން އެމެރިކާ އާ ހަވާލުކޮށް ޓެރެރިޒަމް ގެ ދައުވާ ކުރި އިރު މި ވަގުތުނޫހުގެ މީހުން ކޮބާބާ ޑިމޮކްރެސީ އާހުރެ ކަލޭމެން އަމިއްލަ އަތައް ގޮވީމަ ދޯ ތެޅި ބާލަންވީ

 4. ފަހުލަވާނު

  ޔާ ﷲ..ޢިސްރާއީލްގެ އަނިޔާވރި ސިފައިންނާއި އެމެރިކާގެ ގައްދާރުން ނެތިކުރައްވާ މުސްލިމުންނަށް ކާމިޔާބު ދެއްވާނދޭ..އާމީން

  • ހިޔާލު

   އާމީން

 5. ނޯނާ

  މާތް ﷲ އަނިޔާވެރިންގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާ އެބައިމީހުންގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރައްވާ ރާއްޖެއަކީ އަމާން ތަނެއްކަމުގައި ލައްވާންދޭވެ. ޢާމީން. ބޭރުގެ އިންޒާރުތައް ރާއްޖެއަށް އަންނަނީ ހަމަ ރާއްޖޭގެ ބަޔަކު އަޑީގައި ތިބެގެން ނުބައި ހަދާތީ.

 6. ޚާއްސަ

  ޚަބަރުތަކުން ވެސް އެނގި ކަށަވަރުވަނީ މި ކުޑަކުޑަ ގައުމުގައި ވެސް ތިކަންތައް ގަނޑު މާލަހެއްނުވެ ހިނގާނެކަން މިއީތޯގައުމު ކުރިއަރާ ދިއުމަކީ މިވަރު ކުޑަކުޑަގައުމަކަށް މިއީވަރަށް ބޮޑު ކާރިސާއެއް މިއީ ހަމަބެއިރު މީހުނާ ގުޅިގެން ކުރަންވި ކަމެއްތޯ އޭރުން ކަތިލާނީ ވަކިކުލައެއްގެ މީހުންތޯ ނޫން ނޫން އެހެނެއްނުވާނެ ސުވާލަކީ ތީވެސް ގައުމަށް ހެޔޮއެދުންތޯ؟

 7. އޯގާ

  ޔާﷲ، މުސްލިމުންގެ މައްޗަށް ޢަދާވާތްތެރިވާ ޢަދުއްވުން ބަލިކުރައްވާ މުސްލިމުންނަށް ނަސްރާއި ކާމިޔާބުދެއްވާނދޭވެ.

 8. ޢަލީ މޫސާ

  މި އާޓިކަލް ލިއުއްވި ބޭފުޅެއްގެ މަޤުޞަދަކީ، އެމެރިކާގެ މަދަދު ވެރިކަމާއެކު ޔަހޫދީން ފަލަސްތީނުގެ މައުސޫމު މުސްލިމުން ރައްޔަތުންނަށް ދޭ އަނިޔާ އަކީ އެމެރިކާގެ އޯގާތެރިކަން ހާމަކޮށްދިނުންތޯ؟ ނުވަތަ އެފަދަ އޯގާތެރިކަން ރާއްޖޭގެ ރައްޔަތުންނަށް ދީފާގެ ކަމުގެ ފެހިސިގުނަލެއްތޯ؟

 9. ޙަމެ

  ޢިޔާޒޫ ކަލޭމެން ބުނެލާނެ އެއްޗެއް ނެތްތަ

 10. މިރުސް

  ތިބުނީ ޝަހީދު ކުރާ ވާހަކައެއްނު.
  ޝަހީދުންނަށް ހުރީ ކިހާ މަތިވެރި ޖަޒާއެއް ކަން ކަލޭމެންނަށް ނޭގެނީތަ

 11. Anonymous

  ޔާމީންގެ އަނިޔާވެރިކަމުން މިގައުމު ސަލާމަތްކުރައްވާނދޭ އާމީން

 12. ލައްޗޭ

  އަހަރެމެންގެ ކަންތައްތަކާއި ބޭރުގެ ފަރާތްތަކަށް އަތްބޭނުމުގެ ފުރުސަތުތައް ދިނީ ހަމައަހަހަރެމެން ދެންތިބޭ އަތްޖަހާ މަންޒަރު ބަލަން

 13. ނޫސްވެރިކަން

  ،މި ކުޑަކުޑަ މާލޭގައި މި އަހަރު ކިތައް މަރުވެއްޖެކަން އެގޭ ބަޔަކު އެބަތިބިބާ؟

  ޔެމެން ގައި މަރަމުން އެދާ މުސްލިމުން އެމަރަނީ ކޮންބައެއްބާ؟
  ސީރިޔާގައި އެމަރާ މުސްލިމުންތައް އެމަރަނީ ކޮންބައެއްބާ؟
  އަފްއާނިސްތާން، ލީބިޔާ، އިރާގް، އެފްރިކާ ގެ މުސްލިމް ގައުމުތަކުގައި މީހުންތައް މަރަމުން އެދަނީ ކޮންބައެއްބާ؟

  ޗައިނާގައި މިލިައަނެއްހާ މުސްލިމުންނަށް ދެމުންދާ އަނިޔާ ތަކާއި ދުށްތުރާތަކުގެ ވާހަކަ ހަމަނޭގެނީބާ؟ ނޫނީ އަޑުއަހަން ބޭނުންނުވަނީބާ. ސިޔާސީ ވިޔަސް ބޮޑުވަރު.

  އަޅެ ނިކަން މުސްލިމުން މުސްލިމުން މަރާއަދަދު ޖަހާލަ ބަލަ. ވަރަށް ހިތި އަދަދު ތަކެއް ފެނިގެންދާނެ. ނުބުނާތި އެވެސް ޔަހޫދީންގެ ރޭވުމޭ.

  މާތﷲ ގެ ރަހްމަތްފުޅުން ފަލަސްތީން ރައްޔިތުންނަށް ޔަހޫދީންގެ މައްޗަށް ގަދަކަން ދެއްވާ ދޭވެ. އާމީން. ދުނިޔޭގެ އެކިކަންކޮޅު ތަކުގައި މުސްލިމުންނާއި އިދިކޮޅު ފަރާތްތައް ބަލި ކުރައްވާ މުސްލިމުންނަށް ކާމިޔާބު މިންވަރުކުރައްވާށި. އާމީން.

 14. Anonymous

  ޢެމެރިކާ އަށް ގަދަފަދަ ކޯފާއެއް ލައްވާންދޭވެ ެއެގައުމު ނެތިކުރަންވާންދޭވޭ މުސްލިމުން މިނުލަފާ ކާފަރުންގެ ކިބަެން ސަލާމަތް ކުރާއްވަންދޭވެ

 15. ަދޮނާ

  ﷲގެ ރަހުމަތުން މި އާލާތުން ނެތިކުރައްވާންދޭވެ

 16. Anonymous

  ބަލާ އެއްކަހަލަ އެމެރިކާއެއް

 17. ހާމިދު

  ހާދަ ބިރެކޭ ތިގަތީދޯ!

 18. ހާމަ

  އެމެރިކާ ކިހިނެއްވެގެން މިއުޅެނީ، ރާއްޖެ އާއި ނުބެހެބަލަ. އިޒުރޭލު އިސްލާހުކޮށްބަލަ

 19. ކޮސް

  އިސްރޭލުންނަށް ފަލަސްތީނު ކުދީން ޝަހީދު ނުކުރެވޭނެގޮތް ހެއްދެވުމަށް ﷲ ނުފުދެނީތަ؟ އެމެރިކާއަކަށް ވެސް ﷲ އަކަށް ވުރެން މަތީން ކަންތަކެއް ނުކުރެވޭނެއެއްނު؟

 20. ވިސްނާ

  ދިވެހިރާއްޖޭގެ ދާޚިލީކަމެއްގާބެހި ރާއްޖެއަށްއިންޒާރުދިނުމުގެހައްގު އެމެރިކާއަށްލިބިގެންވޭބާ؟
  އިޒްރޭލުން މުސްލިމުންގެބިންތަށްހިފާ ކުށެއްނެތް މުސްލިމުންމަރަމުންދާއިރު އެމެރިކާއިން
  އިޒްރޭލްއަށް އެހިވުމުގެބަދަލުގައި އިންޒާރުދިނުން މާ މުހިއްމުކަމުގައިދެކެން.

 21. ހަސަންދީ

  އެމެރިކާ މިތަނަށް ވަންނާކަށް ނުޖެހޭ ދޯ... މީ ކޮން ބަޔެއްތަ އަދި... އެކަމަކު ވޯޓް އޮޅުވާލީ އޭ ކިޔައިގެން ޔާމީން ކީކޭ ތަ ތިކިޔަނީ... އަވަހަށް ފައިބާ....

 22. ސަޒުނާ

  މިދެމީހުން ހިތުގެ އެންމެ ފުންމިނުން އަދި އިހުލާސް ތެރިކަމާއެކުއިސްލާމުވާނީ ކޮންދުވަހަކުންބާ؟

 23. މުހަންމަދު.

  އެމް.ޑީޕީ ގެ ގުންޑައިންނަކަށް މިތަންތަނެއް ނުފެންނާނެ. އެވެރިންގެ ހިތުން ހިތުޔަހޫދީން،ހިންދޫން އަދި ނަސާއިންގެ އެހީތެރި ކަމުގައި އެވެރިންނަށް ވެރިކަމަށް އައުދެވިފައި އެތިބީ.