ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން، މޫމިނާ އިބްރާހީމް އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މޫމިނާ އަވަހާރަވީ އާލާސްކަންފުޅަކާއި ގުޅިގެން އައިޖީއެމްއެޗް ގައި އެކަމަނާއަށް ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ. މޫމިނާގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައިވަނީ މިއަދު ހެންދުނުއެވެ.

އުމުރުފުޅުން 84 އަހަރުގައި މިއަދު މޫމިނާ އަވަހާރަވީއިރު، އެކަމަނާގެ ދެ އަންހެން ކަނބަލުން ދުނިޔޭގައި އެބަތިއްބެވެ.

މޫމިނާ ފަސްދާނުވަޑުވަން ހަމަޖެހިފައި ވަނީ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

މޫމިނާގެ ފިރިކަލުން، އުމަރު ޒާހިރަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެއް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުރައީސް މައުމޫނުގެ ފަރާތްޕުޅުން ދާދިފަހުން އިދިކޮޅު ކެމްޕޭން ހަރަކާތްތަކުންވެސް ފެނިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުތައްވާށި އާމީން. އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

 2. މަޖީދީ

  އިންނާ ލިﷲ ވަ އިންނާ ޢިލައިހި ރާޖިޢޫން.

 3. ފަޅުވެރިން

  މުއުމިނާގެވެސް، ޢުމަރު ޒާހިރުގެވެސް (ދެމީހުންގެ) ހުންނާނީ އެންމެ ދަރިއެއް! އެއީ އަންހެން ދަރިއެއް!

 4. އައްޑެ

  އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.

 5. މީނާ

  إنّا لله وإنّاإلیه راجعون

 6. ޢަބްދުﷲ

  إنّا لله وإنّاإلیه راجعون

 7. شدی

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 8. ހއްގު

  އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުތައްވާށި އާމީން. އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

 9. ފިރާ

  إنّا لله وإنّاإلیه راجعون