ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމިނާއި ވާދަކޮށް ކުރި ހޯދުމަށް އިދިކޮޅު ހުރިހާ ޕާޓީއެއް ގުޅިގެން ހަދާފައިވާ އިދިކޮޅު އިއްތިހާދުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސައިޒް މާ ކުޑަކަމަށް، އެ އިއްތިހާދުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން، ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

ހާމިދު މިގޮތަށް ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތައުފީގު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ވާހަކަ ދައްކަވައި ކުރައްވާފައިވާ ޓްވީޓަކަށް ދެއްވި "ރިޕްލައި"އެއްގައެވެ. ފުއާދު ރޭގެ ވަގުތެއްގައި ކުރެއްވި އެ ޓްވީޓުގައި ވަނީ، ޖޭޕީން އޭރު ބޭނުންވީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށްވުރެ މޮޅުވާން ކަމަށެވެ. އަދި ޕީޕީއެމުން ބޭނުންވަނީ ކޮންމެ ބަހަނާއެއް ދައްކައިގެން ވިޔަސް އިންތިޚާބު ފަސްކޮށްގެން އެކަމުގެ ފައިދާ ނަގަން ކަމަށާއި، ޕީޕީއެމަށް އެ މަގުސަދު ހާސިލްކުރެވުނު ކަމަށެވެ.

މި ޓްވީޓަށް ރައްދު ދެއްވަމުން ހާމިދު ވިދާޅުވެފައި ވަނީ، މިފަހަރު ޕީޕީއެމްގެ ލީޑަރޝިޕްގައި ހުންނެވީ ސިޔާސީ ތަޖުރިބާކާރެއް ކަމަށެވެ. ޕީޕީއެމްގެ ލީޑަރޝިޕްގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށް ދޭހަވާފަދަ ގޮތަކަށް ހާމިދު ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ލީޑަރޝިޕްގައި ހުންނެވީ ރައީސް ޔާމީން ނޫން ކަމަށެވެ.

ހަމަ އެހެންމެ އިދިކޮޅު އިއްތިހާދުގައި ޖުމްހޫރީ ޕާޓީގެ ސައިޒު މާ ކުޑަކަމަށާއި، ރައީސް ނަޝީދު ދޫކޮށްލުމަށް ހުރަސް އަޅައި، ރައްޔިތުންގެ މަޖިލީސް ގޮނޑި ބެހުމުގެ ވާހަކަ ދެއްކޭ ވަރަށްވުރެ އެ ޕާޓީ މާ ސައިޒުން ކުޑަ ކަމަށް ހާމިދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

"މިފަހަރު ޕީޕީއެމް ލީޑަރޝިޕްގައި ހުންނެވީ ސިޔާސީ ތަޖުރިބާކާރެއް. ރައީސް ޔާމީނެއް ނޫން. މި ކޯލިޝަންގައި ޖޭޕީގެ ސައިޒު މާ ކުޑަ. ރައީސް ނަޝީދު ދޫކޮށްލުމަށް ހުރަސް އަޅާ، މަޖިލީސް ގޮނޑި ބެހުމުގެ ވާހަކަ ދެއްކޭވަރަށް ވުރެ މާ ކުޑަ،" ހާމިދުގެ ޓްވީޓުގައި ވެއެވެ.

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން، ހާމިދުގެ ފާޑުކިއުން އިދިކޮޅު އިއްތިހާދުގެ މުޙިންމު އެއް ޕާޓީ ކަމަށްވާ ޖޭޕީއަށް ރޭ އަމާޒުކުރައްވާފައި ވާއިރު، އޭނާ ވަނީ ދާދި އެހަކަށް ދުވަހު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވެ އިންޒާރުވެސް ދީފައެވެ.

ހާމިދުގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގާސިމާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން އާއިލާއަށް އިންޒާރުދީ އެފަރާތްތަކަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ފާޑުކިޔާފައިވާ ޓްވީޓެއް ގާސިމް ރީޓްވީޓު ކުރެއްވުމުން ރުޅި ގަދަވެގެންނެވެ. މި ކޯޅުންތަކުގެ ސަބަބުން ރައީސް ނަޝީދު ފަހުން ވަނީ ގާސިމްގެ އަނބިކަނބަލުންގެ ދިފާޢުގައި ޓްވީޓެއްވެސް ކުރައްވާފައެވެ.

ގާސިމް ރި ޓްވީޓް ކުރެއްވީ ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެކެވެ. މި ޓްވީޓަކާއި ގުޅިގެން ގާސިމަށް ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ގާސިމް ވަނީ އެ ޓްވީޓް ދިފާއުކުރައްވާފައެވެ. ގާސިމް ވިދާޅުވީ އަލްހާންގެ ޓްވީޓު ރިޓްވީޓް ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަތަކަކަށް ވާތީ ކަމަށެވެ.

ގާސިމްގެ ރީޓްވީޓާއި ގުޅިގެން ހާމިދު މީގެ ކުރިން ވަނީ، ގާސިމް އެހާ ބާރަށް ނޫޅުއްވާ "މައިތިރިވާން" އަންގާފައެވެ. އަދި ގާސިމް ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ހަމަޖެހިފައިވާ މީހުންގެ ލިސްޓަށްވެސް އަރާފާނެ ކަމުގެ އިންޒާރު ހާމިދު ވަނީ ދީފައެވެ. ނަމަވެސް އެ ލިސްޓު ކޮންޓްރޯލް ކުރައްވަނީ އޭނާކަމެއް ނުވަތަ ނޫންކަމެއް ހާމިދު އަދި ހާމައެއް ނުކުރައްވައެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

އެހެންކަމުން ގާސިމް ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށާއީ، އަލްހާނުގެ ޓްވީޓުގައި ވާހެން އެމްޑީޕީން ބޭނުންވަނީ "ހަވަރު އެއްކޮށްގެން" ޤާނޫނާއި ޚިލާފަށް، ބޭނުންވާ ކަންކަން ކުރުމަށް ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހިޔަލަ

    ހާމިދަކީ މީހެއްކައިރީ ވޯޓެއްދޭއްބުނިމީހެއްތަ

    މިއޮއްހާދުވަހު ތިއައުޅުނީ ކޮއްތާކުބާ

    ހާމިދަކީ ހާދަބަލާބޮޓު މީހެއްދޯ

  2. ހަސަން

    ނަސްރުދެއްވަނީ ޙައްގަށް ސައިޒަކަށް ނޫން

  3. މުހައްމަދު

    ކުދީންނޭ މީކީ، ހޮނޑައިދޫ ކައުންސިލްގެ ވާހަކައެއް ނޫން. މިއީ އެލެކްސް އަހްމަދުގެ ވާހަކަ ހާމިދުގެ ޓުވީޓުން

  4. ހަނީފް

    މާދަމާ ކަލޭމެނަށް ސައިޒު ފެންނާނެ.

  5. ހަސީނާ

    ހާމިދޫ ސާބަހޭ. ތިސޭޓް ސައިޒްކޮށްލާ ކޯލިސަނުން ތިރޮގާލިފަތި ބޭރުކޮށްލާ.

    • ޜަނާ

      ގާސިމާ ނުލާ ރީދޫކުދިންނަށް އިންތިޚާބެއް ކާމިޔާބު ވެފައެއް ނެތް މިހާތަނަކަށް ޖޭޕީގެ ސައިޒް ކުޑަކަމެއް ނޭނގުނެއްނު

  6. ރަދުން

    ސައިޒު ކުޑައެއްނޫން. ދަނގެތީ ދާއިރާގެ ގޮނޑިއަށް އައިޝާ ހޮވާފައި ސައިޒު ދައްކާލާނަން.

  7. މަރީ

    ޙާމިދު ކަލޭ ގާސިމާ ޖައްސާލަންތީ ކާކު. ގާސިމުހިގާމަގަކުން ކަލެއަކަށް ނުހިގޭނެ
    ހޮނޑާފުށީގަ ބޮއިގެން ވެލިއުގުޅައިގެން އިދެބަލަ ބަލާވެރިކަމަކަށް ވެއްޖެ މިހާރު

  8. ސަލީމު

    ހާމިދު މޮޔަވީތަ މަޖްލިސް ކުރާގެއަށްވަދެ ފިލާއޮވެ އަގެއްއަބުރެއްނެތްމީހެއް

  9. ހޮނޑައިދޫ ހަމީދު

    ހާދަ ފެންވަރު އޮޅިގެން އުޅޭ ސޮރެކޭ ދޯ

  10. Miadhu

    ޤާސިމުއާއި އައިޝާ ކިތަންމެވަރަކަށް ކޯލިސަނޭ ކިޔަސް އަދި ކޯލިސަން ދަމަހައްޓަން ބޭނުންވިއަސް އަންނި ނުގަބޫލު ވީމަ އެކަމެއް ނުވާނެ ހާމިދު އެބުނަނީ އަންނިގެބަސް ކޮލިސަންޔެރެއިން އެެއްމެ ދާއިރާއެއް ލިބުނަސް ވާވާ ނަސީބު ހެޔޮނުވާނެ ދެންވެސް ޕީޕީ އެމާއިގުޅޭ

  11. ޏަމްޏަމް

    ޫތިއޮތީ ދެން ވާނެ ދޮންވެފާ ބަޅެއްގެ ނަގޫ ސަންފާ އޮނެއްގެ ތެރޭގާ ކިތަންމެ ދުވަހަކު ބޭއްވިއސް އެ ވާނީ ެއެއަށް.

  12. އަލީ

    އިބޫއަށް ވެރިކަން ހޯދަދޭން ހާމިދު ކުރި މަސައްކަތެއް ބުނެބަލަ. ޖޭޕީގެ ސައިޒް ކިތަންމެ ކުޑަޔަސް ޖޭޕީއާނުލާ ނިހާތަނައް އެމްޑީޕީއަށް ވެރިކަން ލިބިފައެއްނެތޭ ހޮނޑައި ހާމިދު ބްރޯ

  13. ރިހާބް

    ޙިމާރުގެ އަޑު ނެރެގެން ހާމިދު ވާހަކަ ދެއްކކީމަ ބިރެއް އަހަރުމެން ނުގަންނާނެ. ނަމަ ނަމަ މާލެ ނާރާތި ކަލޭ ދާމް އޮތީ ކުޑަގޮޅި ނަޝީދު ވެސް ގާނޫނީ އިޖްރާއަށް ފުރިހަމަ ކުރުމުން ނޫނީ މިނިވަނެއް ނުވާނެ އަދިވެސް ހުރީ ހުކުމް ތަންފީޒް ކުރާ ކުއްވެރިއެއް ގޮތުގަ. ނަޝީދު އަކީ މީހުންވަގަށް ނަގާ މީހެއް

  14. Anonymous

    ހާމިދު ކަލޭ އަނގަފެޅީތަ؟ ކަލޭ ތީ ކޯލިޝަނާއި ބެހޭ މިހެއް ނޫން. ހާމިދު މެން މިހަރު ދެން ފެނުން މައްޗަށް އަނގަތަޅަން ފެށީމަ ހަޑި. ހަނދާން ކުރާތި ނައިބަކީ ޖޭޕީ ސްލޮޓެއް މާ ފުއްޕަންޏާ އިބޫ ގެ2

  15. ޔާންޓޭ

    އޭ މޮޔަ ނުގޮވާ މަޑުން ތިބެބަލަ. މަ ހުންނާނީ ޖާސިމްބެ ގަނެލާހަ.

  16. ސިތާ

    ނަޝީދު މަކަރުވެރިކަމުން އަދި ޖޭޕީ އާ ދެކޮޅަށް އެއްޗެކޭ ނުބުނަނީ ހުވާކުރެވެންދެނެވެ. ހުވާކުރެވުނީމަ ދެން އެވީ ކޯލުން ގަނަޑަށެވެ. ތިހުރިހާ ކމަެއްގެ އަޑީގައި ހުންނާނީ ނަޝީދެވެ.ހުވާކުރެވުނީމަ ދެން ކޯލިޝަން ހެދި އެއްވެސް ޕާޓީ އެއް ނޯނާނެއެވެ. ކުރީންވެސް އަހަރުމެން އެވާހަކަ ދެއްކީމެވެ.

  17. ދޮންކަނބުލޮ

    ހާމިދު ސަރ އަބަދުވެސް ހުންނަވާނީ ހިނދުކޮޅު އައިސްފަ

  18. ޞަންވު

    ހާމިދަށްދެފުޅިރާފޮނުވާ

  19. އަލީ

    ހާމިދު އެންމެ ރީތީ ހޮޑައިދޫގައި އިންނައިރު1 މިހާރުވެސް ފޮދު ޖަހަންތަ!

  20. ގެވެށި މީީހާ

    ޖޭޕީގެ ސައިޒު ބޮޑުކަމުން ތިވަރުވެސް ތިޔަވީ.. ހާމިދު ހުރީތީ ވޯޓުލާނެ އެކަކުވެސް ނުވާނެ... ގޮނޑިޔާހެދި ހާމިދު ހާދަވަރެކޭދޯ ތިވަނީ... ހާމިދުގެ ސައިޒުވެސް ގޮނޑި ދޭވަރަށްވުރެ ކުޑަ..

  21. ސަލީމް

    ހޯޑައިދޫ ކުޑަކަތީބު ޙާމިދު ތޭ؟