ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކޮއްފިނަމަ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރ ރަސްމާދޫ ޒުވާނުން އިސްނަގައިގެން ބޭއްވި ޚާއްޞަ ހަފްލާގައި ހަސަން ލަތީފް ވިދާޅުވީ އެއް ލައްކަ ތިރީސް ހަތަރު ހާހަށްވުރެ ގިނަ މީހުން ވޯޓުލީ އިންސާފް ހޯދުމަށް ކަމަށާއި ސުޕްރީމް ކޯޓުންވިއަސް އެވޯޓު ފޭރިގެންފިނަމަ ރައްޔިތުން ދެން މަޑަކުން ނުތިބޭނެ ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން ވަރަށް ބައިވަރު ސުވާލުތައް އެބަ އާދޭ, ދެންވާނީ ކިހިނެއްތޯ, ވާގޮތް ވަރަށް ސާފު. ސުޕްރީމް ކޯޓަކުންނެއް ރައްޔިތުންގެ ވޯޓު ބޮލާލާ ޖަހައި މިއިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަކަށް ނިންމަވާނެ ކަމަށް ގަބޫލެއް ނުކުރަން." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މި އިންސާފް ޤާއިމް ކުރުމަށްލީ ވޯޓު ނާއިންސާފުން ފޭރިގަތީމާ ރައްޔިތުންނެއް ނުތިބޭނެ ކަމަށާއި ސުޕްރީމް ކޯޓުންވިއަސް އެހެންތަނަކުންވިއަސް މިވޯޓާ ކުޅެފިކަމަށް ވަންޏާ ރައްޔިތުން ހަމަ ރީއްޗަށް ގޭގައި ނުތިބޭނެ ކަމަކަށެވެ.

"އިންތިޚާބުގައި ކޮންމެ ރަށަކުންވެސް އެދެމުން ދިޔައީ ރާއްޖޭގައި އިންސާފް ޤާއިމް ކުރުމަށް ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ގުޅިފައިވާ ޕާޓީތަކަށް ވޯޓު ދެއްވީ ޢަދްލު އިންސާފް ޤާއިމް ކުރުމަށް ކޮންމެ ރަށަކުންމެ އަޅުގަނޑުމެންނަށް އިވުނު ޝަކުވާއަކީ އިންސާފް ޤާއިމްކޮށްދޭށޭ." ހަސަން ލަތީފް ވިދާޅުވިއެވެ.

އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ވަނީ މާދާމާ މެދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލް ކޮށްދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. ހައްހާ

    ހަސަނު ފުރަތަނަ އެއްބަސްވީ އިންސާފުވެރިނޫންކަމަށް.ކޮން އަނގައެއް ތަޅާކަށް ތަލަ ބޭ ގަނޑު

  2. ހައްހާ

    ހަސަނު ފުރަތަނަ އެއްބަސްވީ އިންސާފުވެރިނޫންކަމަށް.ކޮން އަނގައެއް ތަޅާކަށް ތަލަ ބޭ ގަނޑު.ޕަކާސް

  3. ހުސޭނުބޭ

    އަޅެ ތިހާ ތާޢީދެއް އޮތިއްޔާ ދެވަނަ ފަހަރަށް ނުކުމެ 130000 ވޯޓު ހޯދަންވީނު! ވައްކަންކޮށްފައި އޮތީމާ މޭކަރަނީ! އެހެންނޫނިއްޔާ ހަމަ އެވަރަށް ވޯޓު ލިބެންޖެހޭނެ!

  4. ހަޖަމް

    އަވަހަށް ތަންތާ ހުޅުޖަހާން ގޮވާ. އޭ ކަލޭމެންނަށް ކުރާން އެގޭހާވެސް ކަމަކީ.

  5. މާހިރު

    ބަލަ ގަޑިއަކު އެއްފަހަރު ބޭއްވިޔަސް ފުރާލާނަން ސްޕްރިމްމެން އަވަދިވޭ...ތީތިކަޑައޭ ހަރަދައްވެސް ބަލަންވާނެދޯ ކޮންމެބަޔަކުއަތުންދިޔަސް ހާދަ ޕެޓްރޯލެކޭ ކުރީދުވަހުވެސް.....ވަރަށްވާހަކަ

  6. ހުނޭ

    ބަލަ ހުސެންޓޭއެއްނު ބުނީ ވޯޓު އިންސާފެއް ނޫނޭ؟؟ މިހާރު ކޮން ފ އޭތިކިޔަނީ؟؟ ހާދަ ބިރަކުން ތިއުޅެނީ؟؟ ބުނެބަލަ ކިހިނެއް ހަދައިގެން ތިއުޅެނީ؟؟

  7. ރީން

    ޗަހެންނެއް ނުކިޔޭނެ

  8. ޢިބޫ

    ޚޮންމެކަމެއް ގައިވެސް މަކަރާއި އޮޅުވާލުން އޮވެއޖެކަމަށް ވާނަމަ،އަދި ޝައްކުކުރެވޭ ކަމެއްވާނަމަ،އކަމެއް އިންސާފް ވެރިކަމާއި އެކު ތަހްޤީގް ކުރަންވާނެ، އެއީ އެތަށް ބައެއްގެ ހައްޤެއް...

  9. ސަރީފް

    މިވެސް މީހެއްމ އުތަ. ކަލޭމެން އިންސާފުމިޔަނީމ ވައްކަން ކުރުމަށްދޯ. އެމެރިލާމ ގޮވައިގެން މަހައްދޭބަލަ

  10. ޢަލީ

    މީގަ ވާގޮތަކީ ދެން އިންތިހާބަކަށް ނިކުމެއްޖެއްޔާ މިވެރިންނަށް ހަރަދުކުރާނެމ ބައެއް ނުވާނެ. މިފަހަރުވެސް އިންޑިއާމ ބޭންކުން ލޯނުެގެ ގޮތުގައި ފައިސާނެގީ

  11. ބުރިޓޯ

    (1) ހަސަނު އަމިއްލަ އަށް ފުރަމަ އަމިއްލައިޚްތިޔާރުގަ ބުނެއިއްވީ އިންތިޚަބް ގާނޫނާޚިލާފްކަމައް އަދިއިންސާފްވެރިނޫންކަމައް.
    (2) އިންތިޚާބް ބާތިލްކޮށްފނަމަ ރައްޔިތުން މަޑުންނުތިބޭނެކަމައް ބުނެ ސްޕްރީމްކޯޓަށާއި ފަނޑިޔާރުންނައްބިރުދެއްކުމުގެ ގޮތުން އިންޒާރުދޭމޭރުމުން ވާހަކަދައކާއިރު އެދުވަހުބުނި ގާނޫނާއި ޚިލާފް ގާނޫނާއި އެއްގޮތަވާކަމައް މިހާރު ދޭހަކޮށްދިނުން
    ޢަނެއްބަޔަކު ކުރުމުން ގާނޫނާ ޚިލާފް ތިމާމެންކިރުމުން ގާނޫނާއި އެއްގޮތްވާގާނޫނެއް ދިވެހިރާއްޖޭގަ އޮންނަކަން ތިޔަރައްޔިތުން ދެނަހުރީމުތޯ؟ ބުނާތީ އިވެނީ އިންތިޙާބާއި ގުޅޭ ޝަކުވާތަކާއި މައްސަލަތަކެއް ނުވަތަ މައްސަލައެއް އޮތްނަމަ 14 ދުވަސްތެރޭ ކަމާބެހޭފަރާތްތަކަށް ހުށައެޅުމަކީ ގާނޫންއަސާސީން ތަނދޭކަމެކޭ . އެހެންކަމައްވާއިރު ހަސަނު ބުނިގާނޫނާއި ޚިލާފް އަދި އިންސާވެރިނޫން މައްސަލަ ހިއްޕަވައިގެން ކަމާބެހޭފަރާތްތަކުގަ އެޝަކުވާ ނުއުފުއްލެވީ ކީތްވެތޯ؟ ހަމައެބީދައިން އަނެއްބަޔަކު ގެޝަކުވާހިފައިގެން ކަމާބެހޭފަރާތް ތަކުގަ ޝަކުވާއުފުލުން އެއީ ހަޖަމްކުރަން އެހާއުންދަގޫމައްސަލައަކަށް ވެގެން އުޅުއްވަންވީ ކީތްވެތޯ؟ މީއީ އިއްޔެވެސް އިންތިހާބް ބޭއްވި ހަމަ ދިވެހިގައުމުނޫންތޯ؟ މާދަމާ އިންތހާބު ބާއްވަން ނިންމައިފިކަމުގާވިޔަސް އއއިންތހާބު ބާއްވާނީ ވެސް ހަމަ މިގައުމުގަ ނޫންތޯ؟ ވޯޓްލާންތިބޭނީ ވެސް ހަމަ އިއްޔެފަދައިން މިއަދުވެސް ދޭޕާޓީއަށްނިސްބަތްވާ ތާއީދު ކުރާ ދިވެހިރައްޔިތުން ނޫންތޯ؟ މިއަދުވެސް އިންތިޚާބް ކާމިޔާބުވީ ފަދައިން މާދަމާގެ އިންތިހާބުވެސް ބޮޑުތަނުންކަާމިޔާބު ވާނެނޫންތޯ؟ އެޔަގީންކަން އިރުއަޜާ އޮއްސެންވާއިރަށް ގެއްލިދާކަމައްވަނީތޯ؟ ތިވަރިއްޔާ މާދަމާ މިގައުމުގެހިންގުމާ މެދުތިޔައޮތީ ކޮންގެރެންޓީއރއްތޯ

  12. ދިރާސާ

    ހަމަ އެކަނި ދިވެހި ރައްޔެތުން ނަކީ ، މަޑުންނުތިބޭނެ ކަމަށް ތިބުނާ އޮޅުވާލި ، މީހުން އެކަނިތޯ ?

  13. ހަތަރު ކަށިމަތި މާލެ މީހާ

    ދެން މަޑުންނުތިބެ ކީއްކުރަން ތިހިއްވަރު ދެނީ ..ރޯކުރަންތަ؟ އަދުލު އިންސާފަށް ލޯބިކުރަންޏާ ޖެހޭނީ ހަމަ މަޑުން ތިބެން.....ކަލޭތީ ދެއަނގައިން ވާހަކަ ދައްކާ ހަތަރު ކަށިމަތި މަރަމޯލެއް...

  14. ހަސަން

    ހަސަނާ.. އިންތިހާބު ބާތިލް ނުކޮށްފިނަ
    އަހަރެމެންވެސް މަޑަކުން ނުތިބޭނަން.

  15. މީރާ

    ރައްޔިތުން ތަ؟ ހަސަންބެ ތަ؟ ނުކުންނަނީ؟ އަސްލު ކާކުތޯ ނުކުންނަނީ؟ އެހެންވީމާ 210 މިލިއަން ރުފިޔާ ރައްޔިތުންނަންދީ...

  16. އަބްދުއްލާ

    ރަނގަޅީވެސް މަޑުން ނުތިބިއްޔާ .އޭރުން ފިޔަވަޅޫ އެމެރިކާ އިން އެޅީމަ އެމްޑީޕީ ހުލިކޮށްލާނަން.

  17. މޯޑު

    ޔަގީންވާބަޔަކު ތިޔަގޮތަށް ލަދުނެތިގެން ނޫޅޭނެ ޔަގީންވާބަޔަކު 1.2.3 ވިޔަސް ވޯޓްލާންތިބޭނީ ތައްޔާރަށް. ބިރަކުން ހޯހޯ ނުގޮވާނެ

  18. ޚަބަލުން

    މަޑުން ނުތިބެ ހުލުޖަހަން ރެޑީވޭ ތީ ކޮންބައެއްތަ ގޮތެއް ފޮތެއް ނުހުންނަ އާލާތުން ހުވާކުރެވިފަ ތިތިބީ މާދަން މޮޔަވާނެ މިޔަހޫދީ ނަސާރަ ޤުރޫޕް އޮރިޔާމަ ދުވާނެ ބޭރު ދުނިޔެއިންވެސް މިއާޅާތުން ތަލާ މަރާނެ ލާރިގަޑޑުގެ ބޭނުން ނުހިފުނީމަ

  19. ސަމޕަތު

    ސުޕްރީމް ކޯޓުން އެހެންހުކުމް ތަކެއްވެސް ކޮއްފި، ކަލެއަކަށް ތިވަރެއް ނުވޭ... އެހުކުމް އޯކޭ.. މާދަމާ ނެރެފާނެ ހުކުމަކަށް ހާދަ ބިރުން ތިތެޅެނީ.... މިތާ ހުޅުޖަހަން ނޫޅޭތި މިފަހަރު . ވަރަށް ވާހަމަ މީ..

  20. ސޯޓް

    ކޯޓުން އަމުރު ނެރުނަސް ނުނެރުނަސް މިހާރު މަށަށް ޔަޤީންވާވަރު ވެއްޖެ މި މީހުން ގެ މަކަރުވެރިކަން.
    ޢާނ އެހެންޏަ އެއްގޮލާވެސް ނުކިޔާ ވޯޓް އަދި ލިޔަސް ބަލިކުރާނަމެކޭ..
    ސާޅީސްހާސް ފަރަގެއް އޮތްއިރު ކޮންކަމަކާ އެވަރަށް މޭކަރަންވީ..
    ޙަމަ ބުނަންވީއެއްނުން ހެވޭ އަލުން ވޯޓް ލިޔަސް. ބަލި ކުރާނަމޭ..

    • ތދއ

      ވަރަށް ބޮޑު ތެދެއް

    • ތދއ

      މަޖިލިސް 4 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ވެސް ހުކުމް ކުރީ ސުޕްރީމް ކޯޓުން. އެހުކުމް ހަމަ ރަނގަޅުވި ތިޔަ ލަތީފަށް އަދި އެމް.ޑީ.ޕީ އަށް ވެސް. ދެން މިހާރު ވޯޓު މައްސަލާގައި ނެރޭ ހުކުމް ކީއްވެ ގޯސްވާންވީ.

  21. ސަލީމު

    ޙަތަރުކަށިމަތި މާލޭ މީހާ ކަލެއަށް ނޭގޭތަކިޔޭނުކިޔޭ އެއް ޗަހެނެއްނުކިޔޭނެ ކަލޭމެންބޭނުންހާގޮތަކަށް ކަންތަކެއްނުކުރެވޭނެ

  22. ސިޔާމު

    ސްޕްރީމްކޯޓަށްބިރުދައްކަން ނޫޅޭ މިހާރުވެސް ޗާޓުންބޭރު ތިވީ

  23. ތޮއްޓޭ

    އެންމެ ފުރަތަމަ ހަސަންބެ ނޫންތަ ބުނީ މިއީ އިންސާފުވެރި އިންތިހާބެއް ނޫނޭ

  24. ޢާދިލާ

    ތިހާކާމިޔާބުވާނެކަމުގެ އިތުބާރުއޮތްނަމަ 2ވަނަ ފަހަރު އަދި3ވަނަފަހަރަކުބޭއްވިޔަސް ކާމިޔާބުވާނެނު ތިތެޅިބާލަނީ ކޮންކަމަކާ ރިޝްވަތުލާރިގަނޑުހުސްވީތަ

  25. ޅޮލް

    ޕީޕީ ރަންޑިން ހާ ގަމާރު ބައެއް ނުދެކެން

  26. ކުމާރު

    ހަސަނާ ވޯޓުވަގައްނަގައިގެން ހޭރޭނެ ކަމެއްނެތް. ތިޔައީ ހުސް ވަގުން ވޯޓް ވަގުން އިންސާފު ހޯދަނީ ވައްކައް ކޮއްގެންނޫން މިސަރުކާރައްވަގައް ގޮވާއިރު ޔޫތުމިނިސްޓްރީ ބަނޑުއަޅާލައިގެން ދިޔައީ ބޮޑުވަގު

  27. ދދ

    ހަސަން ލަތީފެ ކަލޭ ގައުމުގެ އަމާންކަމާއި
    ސުލްހަ ނަގާގާލަން ބޭނުންވަނީ ހެއްޔެވެ
    ހަމަނުޖެހުން އުފައްދައި ފިތުނަކުރަން އެދެނީ
    ހެއްޔެވެ މިއީ ކަލޭގެވެސް ގައުމެވެ ދިވެހި
    އެންމެހާ ރައްޔިތުންގެ ގައުމެވެ ދިވެއްސެއްގެ ހައިސިއްޔަތުން ފަރުދީ ޒިއްމާ އަދާކުރާށެވެ
    އިންޒާރުތައް ނުދޭށެވެ

  28. Anonymous

    ފެބްރުއަރީ 8 ހުޅުޖެހިއިރުވެސް ހާދަ ހަރަދެކޭ ދިޔައީ. ތިބައިގަނޑު ފިލާ ރައްކާވީ ގައުމުގަ އަލިފާންޖަހާފަ. ކޮން ހަރަދެއ1ވާހަކަ ދައްކާކައް

  29. Anonymous

    ބާތިލު ކުރަންޖެހޭނީ. ޢެހެންނޫނީ އަހަރެމެންވެސް މަޑުން ނުތިބޭނަން. ކަލޭމެންއެކަނިތަ މިގައުމުގަ ތިބީ

  30. ޖޮއްބެ

    ރައްޔިތުންނަކީ ހަމައެކަނި، އެމްޑީޕީގެ މެންބަރުންނާ އެމީހުންނަށް ވައްކަން ކޮށްދީގެން މަކަރާ ޙީލަތުން ވެރިކަން ހޯދައިދިން މީހުންތޯ؟

  31. ޟިބާ

    ޙަސަނު ބުނީ ސައްހަ އިންތިހާބެއް ނޫނޭ..ދެން ކޯއްޗެއް ކިޔަނީތި..

  32. ކަފާލަތު ޤާސިމު

    އަލުން އިންތިޚާބު ބާއްވައިފިނަމަ ކަލޭމެންގެ ސައިޒަކީ 38 ޕަސެންޓް! ޔާމީންގެ ހިއްސާއިން ވަގަށް ނެގި 19 ޕަސެންޓްވޯޓާއެކު 62 ޕސެންޓްނުން އަޣުލަބިއްޔަތު ދާނީ ޔާމީނަށް! އެކަން ކަލޭމެންނަށްވެސް އެގޭތީ ތިޔަ ތެޅިއަރުވަނީ!

  33. މަމެން

    ބަލަ ގުންޑާ ހެދިގެން ނޫޅެބަލަ ހަސަނާ. ދިން ލާރިކޮޅު ހުސް ވިޔެއްކަމަކު ތިދެން ބޮޑުވަރު.

  34. މުހުންމަދު

    އެއްކަލަ ހަތަރުކަށިމަތިމާލެކަމަށްބުނާކިބުރުވެރި ހަސަނާ އަނެއްކާ އަނެއްފަހަރަށް އެމްޑީޕީއަށް ގެއްލުން ދިނުމަށްޓަކައި ކުރީގއިވެސް ދައކަމުން ދިޔަކަހަލަ ބޮޑާ ކިބުރުވެރި ބަސްތަށް ބުނަން ފެށީ ދޯއެވެ. މިނުބއި މީހުންގެވަބާއިން އެމޑީޕީ ސލާމަތްކުރެވޭނެ ހަރުދަނާ ސިކުނޑިތަކެއް އުފަން ވާން ވެއްޖެއެވެ.

  35. އަހަންމާ

    ކަލޭމެން ބޭނުންގޮތަށް ވޯޓުންވައްކަން ކޮށްގެން ތިތިބީ

  36. ޒާ

    އަހަރެން ދެކޭގޮތުގައި ހަސަން ލަތީފު މިފަދަ ވާހަކަ ދައްކަނީ ސްޕްރީމް ކޯޓަށް ނޫފޫޒު ފޯރުވަން. ޙަސަންގެ ވާހަކައަށް ސްޕްރީމް ކޯޓުން ރައްދެއް ދޭން ޖެހޭނެ ކަމަށް ދެކެން.

  37. ބުރުމާކަށި

    ހަސަނާ ކަލެއަށް ހީވާނެ ފުޅައްބުޑުން ދިޔަޔަސް ކެޔިގަނޑު ކަނޑާފާނެހެން ....، ރައްޔިތުންނަކީ ކަލޭގެ އިސްކޮޅު މީހުން އެކަންޏެއްނޫން، ވާއެއްޗެއްވާން އަހަރުމެންވެސް މިތިބީ ވަގުންނާއި ދެކޮޅަށް ނިކުންނަން ތައްޔާރަށް

  38. ޖުމާ

    އިންސާފު ވެރި ނޫން ވޯޓެއް ވިޔަސް ވެރިކަމުގަ ހުވާކުރަން ޖެހޭ އެއްޔެވެ. ތީ އެއްވެސް އިރެއްގަ މަޑުން ތިބޭ ބަޔެއްތަ؟ އިންސާފާ ހަމަ ހޯދަން އައްނަން އުޅެބަޔަކުދައްކަންޖެހޭ އެއްޔެވެ،

  39. ހުސެން

    ވޯޓްގެކުރިން ވޯޓްސައްހައޭ ނުވާނެއޭބުނެ އުޅުނީ ކޮންބައެއްތޯ. އޭރު ސަރީފްވެސް ކަމަކުނުދޭ.. ވޯޓްލާ އުސޫލާއި ދެފުށޭ ހަތަރު ފުއްނުފެނެއޭ، ކަންތައްތައް ވާނުވާއެއް ނޭގެއޭ ގޮވީ ކޮންބައެއްތޯ. ހަމަ ތިމަންނާމެންނަށް ކާމިޔާބު ވީމަ އެއްކަލަ ހުރިހާ ގޮވުންތައްވެސް ނިމި މިހާރު އިންސާފުވެރި އިންތިހާބެއް ނުވެސްބާއްވާ ކަމަށްމިވީ. ކޮބާ ޓްރާންސް ޕޭރަންސީ މޯލްޑިވްސް ، ވޯޓްގެކުރިން ޓީވީތަކަށް އަރައިގެން އިންތިހާބާމެދު މީހުންގެ މެދުގައި ސައްކު އުފެއްދުމަށް ދައްކާ ވާހަކައިން ބޯހަލާކު. ނިކަން މިއަދު ނުކުމެ ބަހެއް ބުނެލަބަލެ. ޕީޕީއެމްއަށް ކާމިޔާބުވިނަމަ މިވެރިން ތަޅާއަގަ ހުއްޓާވެސް ނުލާނެ

  40. ކެކިއަރަނީ

    ޙަސަނާ އަނގަ މަޑުންލައިގެންހުރޭ ސްޕްރިންކޯޓަށް ބިރުނުދައްކާ އެއަކީ އެމްޑީޕީގެ އެކުޓިސްޓުން ތިބިތަނެއްނޫން އެއީ އެއަށްވުރެމާ ހައިބަތުބޮޑު ފަންނުވެރި ޤަބިލް މީހުން ތިބިތަނެއް ތިފަދަ ބަހަކަށް ނުސިހޭނެ އެވެރިން މައްސަލަ ބަލާ ނިންމާނީ އިންސާފުން ސްޕްރިންކޯޓުގެ އަމުރަށް ކޮންމެ ދިވެހި ރަޢިއްޔަތަކުވެސް ޖެހޭނީ ތަބާވާން ގައުމު ހަލަބޮލިކުރަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ރާއްޖޭގެ ރަޢިއްޔަތުންނަކީ ކިޔަމަންތެރި ބައެއް

  41. ބޭބެ

    މަޑުން ނުތިބޭ މީހުން ތެޅިލަ ތެޅިލަ ތިބެންވީ!! ނުވަތަ މަޑުމަޑު ރާގެއް ޖަހައިގެން ނަށާލަ ނަށާލަ ތިއްބަސް އޯކޭ!! އިންތިޚާބުގައި އޮޅުވަލުމަކާއި މަކަރާއި ހީލަތް ހަދާ ގާނޫނުތަކާއި ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަމަށް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަކަށް ކަންބޮޑުވާ މިންވަރަށް އެނގޭނަމަ ހިނގަން އޮތީ ގާނޫނީ މަގު!! އަދި އެމަގު ގާނޫނުން އެބައޮތް އެގެން!! އެހެންކަމުން ކެންޑިޑޭޓަށް ގާނޫނުން ލިބިދީފައިވާ ޙައްގެއް ކޯޓަށް އެމައްސަލައެއް ހުށަހެޅުން!! އެގޮތުން ޔާމީން މައްސަލަ ކޯޓަށް ވައްދާފައި އެވަނީ!! ދެން ކޯޓުން ފައިސަލާކޮށްފަ ޢަދުލުވެރި ޙުކުމެއްކުރާނެ!! އެއީ ވޯޓް ބާޠިލްކަމަށްވެސް ބާޠިލް ނޫން ކަމަށްވެސް ކަނޑައަޅާނީ ކޯޓުން!! މިހާރު ބަޔަކު މޭކަރައިގެން އުޅޭކަށްނުޖެހޭ!! ބިރުދައްކާ އެތެރެއިންނާ ބޭރުން ކޯޓްތަކަށާ މުއައްސަސާތަކަށް ބިރު ދައްކާކަށް ނުޖެހޭ!! ވޯޓްގެ ކަންތައްތައް ދިޔައީ ރަގަނޅަށް ނޫންކަމަށް ޚުދު އެމްޑީޕީން ފުރަތަދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ޙަސަން ލަޠީފުވެސް ވިދާޅުވި ނޫންތޯ!! ރިކޯޑިންގް ބައްލަވާލައްވާ!! އަޅުގަނޑަށް ހެޔޮ ކޮންމެ މީހަކު ވެރިކަމަށް އަޔަސް!! އެކަމަކު އިންސާފުން އަންނަންވާނީ!!

  42. ާމަންޖެ

    މިނިކަމެތި އިންސާނާ ކާކައްތަ މި ބިރުދައްކަނީ

  43. ވަރުވާ

    ޙަސަން ލަޠީފަށް ދަންނަވާލަން އޮތީ، މިއީ ހަމައެކަނި ޙަސަނުގެ ނުވަތަ މޑޕ ޤައުމެއްނޫނޭ. ވޯޓް ޞައްޙަ ނުވާނެކަމަށް އެއްމެ ފުރަމަ ނިންމެވީ ޙަސަނެވެ. އަދި ވޯޓްލާދުވަސް ނާންނަނީސް، ފާހަގަ ޖަހަން އަމިއްލަ ގަލަން ގެންދިއުމަށާއި، ފާހަލާގޮޅީގައި ރަނގަޅަށް އިނގިލިކާއްތާ ސާފުކޮށް، އަމިއްލަ ގަލަމުން ފާހަގަ ޖެހުމަށް ރައްޔިތުންނަށް އިލްތިމާސްގެ މެސެޖްތައް ފޮނުއްވެވީވެސް މޑޕ އިންނެވެ.
    އިންޑިއާ، އިނގިރޭސިވިލާތް، އެމެރިކާޔަށް މި ދިވެހި ޤައުމު ވިއްކާލަންނޫޅުއްވާށެވެ.

  44. ޗ

    2013 ގަ ވެސް ބާތިލް ކުރި ސޭޓް މައްސަލަ ޖެއްސީމަ.. ހާދަ ބިރުންތިއުޅެނީ.. ކަލޭ ތީ ހާދަ ވަގު ލާރި ކައިފަ ހުރި މީހެކޭ ލަދެއް ނުގަނޭދޯ ރައްޔިތުން ގުނބޯ ހައްދަން އުޅޭކަށް

  45. އިލްތިމާސް

    އޭ މިހިރަ ނުބައި ނުލަފާ ހަސަން ލަތީފެވެ އިސްސާފަށްލޯބިކުރާށެވެ އަދުލުއިންސާފް ގާއިމު ވިއަދޭށެވެ އެންމެންނަށްވެސް ފައިދާ އޮތީ އެގޮތުގައެވެ ބަލަ ކަލޭ ކުށްކޮއްށްފައި އެކުށް
    އެހެންމީހުންގެ ބޮޅުގައި އަޅުވަން އުޅެނީ ކީތްވެހޭ؟

  46. ޔެލޯ

    ތިޔަގޮވާލަނީ ތަންތަން ހުޅުޖަހަން ރައްޔިތުންނަން ނުކުންނަން ތޯ؟

  47. ޖާހިލާ

    ސުޕްރިމް ކޯޓަށް ބިރު ނުދައްކާ؟ ޙަސަން ލަޠީފް ކަލޭމެން މަޑުން ތިބެންޖެހޭ ވަގުތު ބުނޭ؟ ދިވެހިރާއްޖޭގައި ހަމައާއި އިންސާފް ގެއްލިގެން އާދޭސް ކުރަނީ ހަމަ ކަލޭ ކަހަލަ ދިވެހިިރއްޔިތުން. ހަމަ މިފަސްގަނަޑަށް އުފަން ދިވެހިލެއްިނ ްއުފެދިފައި ތިބި ދިވެހިރައްޔިތުންތަކެއް. ކަލޭ ކޮޅަށް ކޮންމެ ފަދަ ގޮތަކަށް ވޯޓް ގޮސްފިއްޔާ އެއީ ސައްޙަ ވޯޓްތަކެއްދޯ؟ މިދިވެހިރާއްޖޭގައި ޕީޕީ އެމުން ނިކުމެ ޕީޕީ އެމްގެ ހުިރިހާ ރައްޔިތުން ގެ މަސައްކަތުން ކައުން ސިލް އިންތިޚާބަކުން ވެސް ބަލިވި ބަލި ޤަބޫލުކޮށްގެން ތިބީ. އެކަމަކު މިފަހަރު އެޔާއި ޚިލާފު ކަންތައް އެބަހުރި އެކަން ސާފުކޮށް ދިނުމުން، މިފަހަރުގެ ބަލިޤަބޫލުވެސް ކުރަން މިތިބީ ތައްޔާރަށް.

  48. މިގައުމު

    މުޅިޢިންތިހާބުގަ ހަސަނުގެދެފާ
    މުޅިފާޓީގަ ނަސީދުގެ ދިގްއަތް

  49. ބުރުމާކަށި

    މި އިންތިހާބު ބާޠިލް ނުކޮށްފިނަމަ ރައްޔިތުން މަޑުން ނުތިބޭނެ، ކަލޭވެސް ބުނީމެއްނޫން އިންޠިޙާބު އިންސާފުވެރިއެއް ނޫނޭ ދޯ، އެހެންވީމަ ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން އިންޠިޙާބު ބާޠިލް ކުރަން

  50. ިއަލީ

    ހަސަންލަތީފޫ ތިއުޅެނީ ދިވެހިރަާއްޖޭގާއަދުލު އިންސާފުގާއިމުކުރާކަށް ނޫން ތިއުޅެނީ ދިވެހި ރާއްޖޭގާ ނަސޯރާދީން ފަތުރަން އިނގިރޭސިންގެ އަޅުވެތިކަމުގާއުޅެން ރާއްޖޭއިން އިސްލާމްދީންފޮހެލަން ދިވެހިގައުމުގެ އިގުތިސޯދު ފުނޑާލަން

  51. އިހޫ

    މިކަލޭގެ އަމިއްލަ އަކަށް ނޫންތަ..! ބުނީ އިންތިހާބު އިންސާފު ވެރިއެއް ނޫނޭ؟؟