މިިދިޔަ ސެޕްޓެންބަރ 23 ގައި އޮތް ރިޔާސީ އިންތިޚާބު އޮޅުވާލިކަމަށް ޝައްކުކޮށްރިޔާސީ އިންތިހާބު ބާތިލްކުރުމަށް މިހާރު ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓު ނިންމުން ވެގެންދާނީ އުފާވެރި ޚަބަރަކަށް ކަމަށާއި ޤާނޫނީ ހަމަތަކުގައި ތިބެގެން މަސައްކަތް ކުރުމަށް ޖުމްހުރީ ޕާޓީގެ ބާނީ ޤާސިމް އިބްރާޙިމް އިލްތިމާސް ކުރައްވާފިއެވެ.

ޤާސިމް މިހެން ވިދާޅުވީ އދ. ދިގުރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވަވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑު ދަންނަވާލާނީ މާޔޫސްވެވަޑައި ނުގަންނަވާށޭ، ގާނޫނީ ހަމަތަކުގައި ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ، އޭރުންނޭ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، އިރާދަކުރެއްވީއާ އަޅުގަނޑުމެންނަށް އުފާވެރި ހަބަރުތަކެއް ލިބިގެން ދާނެކަން އަޅުގަނޑުމެން ޔަގީން ކުރަން ކަށަވަރު ކުރަން،" ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ އިންތިޚާބު ސްޕްރީމް ކޯޓްއިން ބާތިލް ނުކުރާނެ ކަމަށާއި މައްސަލަ ނިމިގެންދާނީ ދާއިމީ ނަތީޖާއާއި އެއްގޮތަށް ކަމަށެވެ. އަދި މި އިންތިޚާބަކީ ސަރުކާރުން ބޭނުންވި ބޭފުޅުން އިލެކްޝަން ކޮމިޝަންއަށް ހަމަޖައްސަވައިގެން ކުރިޔަށް ދިޔަ އިންތިޚާބެއް ކަމުގައިވީނަމަވެސް އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ބަލިހާލަތު ތަންނުދޭ ކަމަށް ބުނެ އަމިއްލަފުޅަށް ޖަރުމަނަށް އަރުވާލެވިގެން ހުންނެވުމަށްފަހު އިންތިޚާބު އިދިކޮޅުން ކާމިޔާބު ކުރެއްވުމާއިއެކު ރާއްޖެއަށް އެބުރި ވަޑައިގެންނެވި ޤާސިމް އިބްރާޙިމްވަނީ ބަލި ޤަބޫލު ކުރެއްވުމަށް ރައީސް ޔާމީންއަށް ގޮވާލައްވާފައެވެ. މިގޮތުން ވިދާޅުވީ ކޮރަޕްޝަނާއި އަނިޔާވެރި ކަމަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމަށެވެ.

ރައީސް ޔަމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މަސްވެރިޔާ

  ކޯޓްތަކުގައި ހިނގާކަންކަން ނިމޭނެގޮތްކަމަށް ޤާސިމަށް ބުނަން އިނގޭނީ ކިހިނެއް. އޮނަރަބަލް ޤާސިމޫ، ބޭރުގެ އަދުއްވުންގެ ނުފޫޒުގެ ތެރެެަށް ޤައުމުދޫކުރުމުގެ މުގުލުގައި ތިބާހުރެދާނެކަމަށް ދުވަހަކުވެސް ޤަބޫލްނުކުރެއެވެ. އަހަރަމެން ގުޅެކުޅޭ ފަސްގަޑުގައި ތިބާމެން ހަވަރަށްދޭ ދުވަސް ބަލާނަނެވެ. އަހަރަމެން ޑިމޮކްރެސީއެއް ބޭނުމެއްނޫނެވެ. ބޭނުމީ ޤައުމެވެ.

  • އަން

   ތިސޮރައް އެގޭނެ. އެކެއް ފެބް ގައި ތިސޮރު ނެރުނު އަމުރުވެސް ކަލޭމެންނަށް ކަމަކު ނުދިޔަ ވިއްޔާ. ބުރުމާ އޭ މިކިޔަނީ ބަރުމާ އޭ ނުކިޔަންވެގެން ދޯ

 2. Anonymous

  ސޭޓް ގާއްބޭ، ގާނޫނީ ހަމަތަކުގެމަތިން ތިމަނނަގެ ރިސޯޓުތަކަށާއި ފަޅުތަކަށާއި ގިރިތަކަށް ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދައްކާލާފަ ތިއަނގައުކަން މާރީއްޗެއްނޫން؟؟ކަރޮޕްޝަނޭ ކިޔައިގެން ވާހަކަދައްކާއިރު ތިޔައީ ރިޝްވަތުގެބޮޑު، ރ.ޔާމީނު ގާނޫނީހަމަތަކު މަތިން ވެރިކަންކުރާތީވެ މަޖިލިސް މެމްބަރުންނަށައި ސުޕުރިންކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ކަޅުފައިސާ އޮއްސާފަ ކަލޭ ބޭނުންވީ ވެރިކަން ވައްޓާލަން، މިއީތޯ ތިޔަބުނާ ގާނޫނީ ހަމަޔަކީ؟؟

 3. ބާތިލޭ

  ވޯޓު ކަރުދާސް ސައްހަތޯ ބެލުމަށް ޔޫވީ ލައިޓް ބޭނުން ނުކުރިނަމަ ލި ހުރިހާ ވޯޓެއް ޖެހޭނީ ބާތިލް ވާން ބޮޑު އަގުދީގެން ވޯޓް ކަރުދާސް ޗާޕް ކުރުމުގެ ބޭނުމަކީ އެއީ ވޯޓް ކަރުދާހުން ވައްކަން ކޮށްގެން ފޭކް ކަރުދާހުގައި ވޯޓް ނުލާނެ ގޮތް ހެދުމެވެ. އެކަން އެގޮތަށް ނުކޮށް ވޯޓް ކަރުދާސް ތައް ގުނައިފިނަމަ އޭގެ ގިނަ ވޯޓް ކަރުދާސް ތަކަކީ އެއީ ފޭކް ވޯޓް ކަރުދާސް ތަކެއް ކަމަށް ޝައްކުކުރެވޭ މީ އިންތިޚާބު ބާތިލް ކުރަން ޖެހޭނެ މައިގަނޑު ސަބަބަބު ވަގު ވޯޓް ކަރުދާސް ދޯ..

 4. ނަދީމު

  އަދިކިރިޔާ ޤާސިމަށް ހެޔޮ ބަހެއް ތިޔަބުނެވުނީ ވާހަކަ ފެށުނު ހިސާބުގަ! ފަހުން ދެއްކި ވާހަކައިން އެގިގެން އެދަނީ ފެބްރުއަރީ 1 ގައި ނެރުނުއަމުރު މަނިކުފާނު ނެރުނު އަމުރަކަށް ވީފަދައިން މިފަހަރުގެ އަމުރަކީވެސް މަނިކުފާނު ނެރުއްވާ އަމުރެއްކަން! އެހެންވެ އެހާ ސަފްކޮށް ސާބިތުކަމާއެކު ތިޔަ ވިދާޅުވީ ކޯޓުން ނެރޭނޭ ޙުކުމްވިއްޔާ!

 5. ޢަލީ

  ފަނޑިޔާރުންތައް ގަނެ ފަނޑިޔާރުގެއަށް އަތްބާނައުގެން ކަންކަން ކުރުމަކީވެސް ޤާނޫނީ ހަމަތޯ؟

 6. ނުރަބޯ

  ލައްބަ ލައްބަ ގާސިމަށާ މައުމޫނަށް އެކަނި “ތިޔަބުނުއްވާ ހަމަ” ތައް އެނގެނީ....!

 7. ސާޔިލް

  ޤާސިމް ބޭނުންވަނީ ހަމަޔާއި އިންސާފަކީ އަބަދު ޤާސިމް ގެ ކޮޅަށް އޮންނަ އެއްޗެއްކަމަށް ހަދަން ތަ؟ ބަލަ ޔާމީންތަ ބަލި ޤަބޫލު ނުކޮށްގެން މިއުޅެނީ އިންތިޚާބްގައި ނަތީޖާ ޤަބޫލު ނުވެވޭވަރުގެ ހެއްކާއި ވަހުމުތައް ހުރެގެން އެކަންތައް ބެލުމަކީ އެއީ ބަލި ޤަބޫލުނުކޮށްގެން ވީކަމެއްތޯއެވެ. ޤާސިމް ހީ ކުަރަނީ ރީޝްވަތުދީގެން ޤާސިމަށް އަބަދު އުޅޭވިދާނެކަމަށްތޯއެވެ.އެތައްހާސް ރައްޔިތުންގެ ޙައްޤު ގާ ނެގި ވޯޓެއްގެ ހަމަޔާއި އިންސާފު ހޯދައިދޭނެ ކަމަށް އައިބަޔަކަށް ތިޔަކަހަލަ ވާހަކަ ދެއްކީމަ ހަމަ ހައިރާން ވެއްޖެއެވެ. ތި ވީޓަކީ ސައްޙަ ވޯޓެއްނޫނެވެ، ތިވޯޓަކީ ކޯލިޝަނަށް ކަޝަވަރު ވެ ނިމިފައިވާ ވޯޓެއްކަމަށް ވޯޓް ގުނަނަން ނުފަށަނީސް އިލެކްޝަނުން ކަމިޝަނުން ނުރަސްމީކޮށް ބައެއމީހުންނަށް އަންގައިގެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އަޑު ފެތުރުނެވެ.އަދި މާކުރީން ވޯޓް ލާން ނުފަށަނީސް އެމްޑީޕީ އަށް ތާއީދު ކުރާމީހުން ޔަޤީކަން ވަނީ ދީފައެވެ. މިއީ ހމަ އއްތިފާޤެއްތޯއެވެ. ވޯޓް ބާޠިލް ކުރިޔަސް ނުކުރިޔަސް ވޯޓާއި މެދު ކަންގޮސްފައިވަނި ނުރަނަގަޅު މަގުންނެނެވެ.އިބޫ ހުވާ ކުރިޔަސް އަޅުގަނޑުމެން ސައްޙަ އިންތިޚާބެއް ކަމަށް ޤަބޫލުނުކުރާނަމެވެ.

 8. ރޮންދާ ރިޔާޒް

  ގާނޫނީ ހަމަތަކުގައި ތިބެގެން އެމް.ޑީ.ޕީ މީހުންނާއެކު މަސައްކަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް، ހަމަ ބުނެލީ ވަރަށް ސަލާމް

 9. ޒުލައިޚާ

  ރުފިޔާއަށް ވޯޓުގެންފަ ، ރުފިޔާއަށް އައިޑީކާޑުތައްގެންފަ އެވަރުންނުވެގެން ވޯޓުން ވައްކަންކޮށްފަ ކޮން އަގަޔެއް ތިޔަ އަރުވަނީ؟

 10. ސަމާހު

  މިފަހަރުވެސް ހަމަ ޖެހޭނީ ކުރިންވެސް ޖެހުނު ހާލު. ގާސިމަކަށް ދެނެއް އެނޫންގޮތެއް ނޯންނާނެ. ފެންކަށްކާ ބޮލީގެ އިއްޒަތް އަބަދުވެސް ރީނދޫކުދިން ގާސިމަށް ދޭނީ. ހުވާކުރަންވާއިރަށް ތަޅާ ބޭރުކުރާނެ. މިހާރުވެސް މިފެންނަނީ އެކަން.

 11. ހުސޭނުބޭ

  ޤާނޫނީ ހަމަތައް ތި ކިޔަނީ ރިޝްވަތުގެ ބޮނޑިވަރަށްތޯ! އެހެންވިއްޔާ ސޭޓަށް ތިކަން ވެދާނެ! ހިތްވަރުކޮށްލާ! އެކަކަމު ތީގެ ވާހަކައިން ސުވާލު ވެވޭނެ ދުވަހެއް ހަމަ ޔަޤީނުންވެސް އަންނާނެ!

 12. ޗ

  ފުރަތަމަ ގާނޫނުތަކާ އެއްގޮތައް އުޅެންވީ ކަލޭ އެއަށްފަހު އެހެން މީހުން ކައިރީގައި އެވާހަކަ ދައްކާނީ.. ތިމާމެނަށް ތިއުޅެވޭގޮތާ ދޭތެރޭ ވިސްނާލުން ބުއްދިވެރި.. ވަގު ސޭޓް

 13. އަލީ

  ގާސިމްބެ ތިހެން ބުނީމަ ހާމިދުބެއަށް ހަޖަމް ނުވަނީއެއްނު

 14. ކެރޭ އަބްދުﷲ

  ވަގު ސޭޓް. ފިލާގެން ރާއްޖެއިން ބޭރައް ގޮސަ ކޯލިސަނަން ކާމިޔާބު ވީ ކަމައް ހީކޮ ކޮން އަގައެއް ތިތަޅަނީ. މިއިން ތިހާބުގައި ވަނީ ބޮޑު ތަނުން ވައްކަން ކޮފަ. ރިސްފަތު ފާސާ ދީގެން. މިއިންތިހާބު ޖެހޭނީ ބާތިލް ކުރަން.