ދޫސްތޫރީ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަތީ ފަނޑިޔާރުން ބިރުވެރިކަމެއް ގައި ތިބުމުން ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު އަދި މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދޫސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައިގަތީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެ ކަމަށް ޤަބޫލުކުރެވޭކަމަށާއި އެ މައްސަލަ ބަލައިގަތްއިރު، އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓަށް ވެސް އެނގޭނެ ކަމަށެވެ.

"ފަނޑިޔާރުންގެ މައްޗަށާއި ގާޒީންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަދަ މީހެއް ރައީސް ޔާމީންގެ ޕަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ވަރަށް ވިޔާނުދާ ކަމެއް" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އުންމީދަކީ ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ބަލައިގަނެ އެކަމަށް ގޮން ނުޖެއްސުން ކަމަށެވެ.

އިންތިޚާބުން ބަލިވި ރައީސް ޔާމީން ކަމެއް ކުރައްވަން ބޭނުންފުޅު ނަމަ، ޤާނޫނެއް ނޯންނަ ކަމަށް ވިދާޅުވެ މާރިއާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ސިފަފުޅެއް މިހާރު ރައީސް ޔާމީންގެ ނެތް ކަމަށެވެ.

"ޕީޕީއެމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައަށް މުޅި ރާއްޖެ ދަނީ ހެމުން. ތިން ވައްތަރަށް އެކަކު މި މަސައްކަތް ކުރަނީ. ރައްޔިތުންނަށްވުރެ މައްޗަށް އަރާ ރައްޔިތުން ބަލައިނުގަންނަ ބޭފުޅެއް މިހާރު އެހެން އުޅުއްވީމަ އަޅުގަނޑުމެން ކަންބޮޑުވޭ" މާރިޔާ ވިދާޅުވިއެވެ.

ރައްޔިތުން ތިބީ މި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަމާއި މެދު ހިތްހަމަނުޖެހިފައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފެންނަ ގޮތް ވަރަށް ރަނގަޅަށް ވޯޓުން އެ އޮތީ ހާމަކޮށްފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ވަނީ މިއަދު މެންދުރަށް ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އަލީ

  މާރިޔާއަށް ކިހިނެއްތޯ އިގުނީ ފަޑިޔާރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން ތިޔައީ ފަޑިޔާޜުންގެ މަސައްކަތައް ނުފޫޒު ފޯރުމެއްނޫންތޯ؟ ގަރުދިޔަ ދައްތަ މާރިޔާ

  • ބިރު

   ފަނޑިޔާރުންނަށް ބިރުދައްކަނީ މާރިޔާމެންގެ ޕަޕެޓުން

 2. ލަބީބު

  އަލުން އިންތިޚާބު ބާއްވައިފިނަމަ ބޮޑުކޯލިޝަން ބޮޑުތަނުން ބަލިވެގެންދާނެ! އިންޝާއަﷲ

 3. ޑިމޮކްރަޓިސްޓް

  ކީއްވެހޭ ފަނޑިޔާރުން ބިރުވެރިކަމެއްގަ ތިބެންވީ؟ ބަލަ ކޮންމެ ކަމަކީ ކަލޭމެންނަށް ނިމެންޖެހޭކަންތައްހޭ؟ ކަލޭމެންތީ ކޮންބައެއްހޭ؟ ކަލޭމެންގެ ސަރުކާރެއްނޫންހޭ ދެން ހުވާކުރަންއޮތީ؟ ކޮންކަމަކާތަ ތި ތެޅިއަރުވަނީ؟ ތިހެން ހިތަށްއަރުވާލަިގެން ހިތްހަމަޖައްސާލައިގެން މާރިޔާމެން އަޑުކުރަކިވެ ބޮލާތުރާނުކޮށް ދަތްބޯލަބޯލަ ތިބެބަލަ!

 4. ބޭބެ

  ފަނޑިޔާރުން ބިރުގަންނަންޖެހޭ ސަބަބެއް ނެތް!! ވަކިން ޚާއްސަކޮށް 23 ސެޕްޓެމްބަރ 2018 އިގެ ފަހުން!! ފަނޑިޔާރުން ބިރުގަންނަ ނަމަ ބިރުގަންނާނީ އޭގެކުރިންކަމަށް ލަފާކުރެވެނީ!! މާރިޔާ ތިއިޝާރާތްކުރަނީ ސަރުކާރުން ބިރުދައްކާކަމަށް!! އެއީ ތިބޭފުޅުން އަބަދުވެސް ދައްކާ ވާހަކަ!! ދަންނަވަންތޯ ފަނޑިޔާރުން ބަލާނީ މައްސަލައެއް ހުށަހެޅުމުން އެމައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހެޅޭ ނުވަތަ ބަލައިގަނެވޭ ހުރިހާ އުންސުރުތަކެއް ހަމަވޭތޯ!! އެފަދަ ކަމެއްނެތް ނަމަ ކޯޓްތަކުން މައްސަލަ ބަލައިގަންނާނެ!! އެކަން މާރިޔާއަށްވެސް އެނގިހުރެ ނުބައިހަދަން ފާޑުފާޑުގެ ވާހަކަ ތިދައްކަނީ!! ފަނޑިޔާރުން ބިރުން އެއުޅެނީ 23 ސެޕްޓެމްބަރ 2018 އިގެ ފަހުން!! އެއީ ފާޑުފާޑުގެ ޓީމުތައް ހަދައިގެން ސަރުކާރުގެ މުއައްސަސާތަކަށް ވަދެ އެތަންތާ ތިބޭ ވެރިންނަށާ މުވައްޒަފުންނަށް ބިރު ދައްކަމުންދާތީ!! ފަނޑިޔާރުގެއަށްވެސް އެވެނިހެން މިވެނިހެން ހަދާ އިސްލާހުކުރާނަމޭ ބުނެ އިންޒާރުތައް ދެމުންދާތީ!! މިދެންނެވި ޓީމުތަކުގައި މުއައްސަސާތަކުން އެކިއެކި މައްސަލަޖެހިގެން ފިޔަވަޅުއަޅާ ވަކިކޮށްފައިވާ މީހުނާ އަދި ބައެއް މީހުންގެ މައްސަލަތައް ޝަރީއަތުގައި ހުރި މީހުންވެސް ހިމެނޭގޮތުން ޒާތީ ޢަދާވާތްތެރިކަމުގެ ތެރެއިންވެސް ބިރު ދައްކަނީ!! ކޯޓްތަކުން މައްސަލަ ބަލާ ޢަދުލުވެރި ޙުކުމެއްކުރާނެކަމަށް ގަބޫލުކުރެވޭ!! އެތެރެއިންނާ ބޭރުން ބިރުދައްކަނީވެސް ކަލޭމެންގެ ރޭވުމުގެތެރެއިން!!

 5. ޑެއްޓޮ

  އަނެއްކާ ފަޑިޔާރުންގެ ޓާގެޓް ޕޮއިންޓަކީވެސް މާރިޔާތަ

 6. ކޮހޭ

  މާރިޔާ އަކީ ތަކުރާރުކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އާއްމު ރައްޔިތުންނަށް ނުބައި މައުލޫމާތު ދެމުން އުޅޭ މީހެއް. ވާހަކަ ދައްކާއިރު އެހާ ބިރުން ހުރެގެން އެވާހަކަތަށް ދައްކަނީ ލަސްލަހުން. ހީވަނީ ބުނާނެ ނުބުނާނެ ްއެއްޗެއް ނޭއްގިފަ ހުންނަހެން. އެއީ ދޮގުވާހަކަދައްކާތީ ވާގޮތް. އޮޅުވާލަން ތިކުރާ މަސައްކަތްތައް ފަޟީހަތްކުައްވާނެކަމަށް ބިރުވެތިވޭ.. މިރާއްޖޭގައި މާރިޔާ އާ އީވާ އެއީ އަންހެނުންނަށް ހުރި ހުތުރެއް...

 7. ސަލީމް

  އަޅުގަޑަށް އެގޭ އެއްޗަކީ މާރިޔާ ވަނީ ﷲގެ އިސްމް ފުޅު ފައިދަށުލާ ފައިން އަރާފަކަން. އެކަމުގެ ހިތިފެންނާނެ.

 8. ނައިލް ކޮލިޒިއާނޯ

  އެމްޑީޕީ ނޫން ބަޔަކު އޮންނަ އުސޫލުގެ ތެރޭންވެސް ކަންކަން ކުރަން ފެށުމުން ރައްޔިތުންގެ މެދުގަ ފިތުނަވެރިކަން ފެތުރުމުގެ ގޮތުން އެބައި ދައްކާ އުޅޭ ވާހަކަތަކުން ސިފަވެގެންދަނީ ޔަހޫދީ/ކްރިސްޓިއަން/ގެރި އަޅުކަން ކުރާ އިންޑިއާ ފަދަ ގައުމުތަކުގަ ގެންގުޅޭ މިސާލުތަކެވެ. ބަޔަކު ރަނގަޅު ކަމެއް ކޮއްފިނަމަ އެއީ އަނިޔާވެރިކަން ކަމުގަ ދައްކައެވެ. ބަޔަކު ތަރައްގީ ކޮއްފިނަމަ އެއީ ނުރަނގަޅު ކަމެއްކަމަށާ އެއީ ހިޔާނާތްތެރިކަން ކަމުގަ ދައްކައެވެ. ބަޔަކު އޯގާތެރިވެއްޖެނަމަ އެއީ ނާއިންސާފު ކަމުގަ ދައްކައެވެ. އެހެނީ އެމްޑީޕީގެ މެމްބަރސިޕް ގަ ގިނައީ ކޮންމެސް ކުށްތަކެއް ކޮއްގެން ގޮޅިއަށް ލެވިފަވާ މީހުންނެވެ، އަދި ކިއެއްތަ! އެއްޖިންސުން ގުޅުންހިންގުމުގެ ޖޯސާއިފޯރި ތިބި ކުދިންވެސް އެމްޑީޕީއަށް ފޯރިދެނީ ކީއްވެގެންކަންވެސް ދިވެހިރައްޔިތުންނަށް ސާފުވޭ! ޔާﷲ! އެމްޑީޕީއާ އެމީހުންގެ އައުވާނުންގެ ކިބައިން މިިގައުމާ މި ދީން ރައްކާތެރިކުރައްވާންދޭޥެ. އަދި އެބައި މީހުންގެ މައްޗައް ގަދަފަދަ ވެގެންވާ ނަސްރެއް ދެއްވާންދޭވެ! އާމީން...

  • ! ގިނިބެ

   ހުރިހާ ކަމެއްވެސް ނިމެންވާނިިިޔާމިިނ ާއެއްކޮޅައް

 9. ރީނދޫ ގުންޑާ

  ކަލޭ އަނގަމަތީ ފޮތިގަނޑެއް އަޅައިގެން ހުރެ އޭއޭ އީއީ މީމީ ކިޔާބަލަ. ބޮލާ ނުހޮރުއްޕާނެއްނު.

 10. މައުރޫފް

  ކަލޭތީ ގާނޫނޭކިޔާފަ ވީދެން މާރަނގަޅު މީހެއްނޫން ކަލޭ ގާނޫނުއަސާސީއަށްވުރެމަތީގަ ތެޅިބޭލިއިރު އެއީ މައްސަލައެއް ނޫން އެޔަށްފައިންއަރާ އޮތް އިރުވެސް މައްސަލައެއްނޫން ކޮންވާހަކަ އެއްދާއްކާކަށް ހެދިއްޔާ ހެދި ނުބައެއް ހަދާފައޮތީ ކަލޭމެން ކޮންވާހަކަ އެއްދައްކާކަށް އަދި ދެއިރު ކާބޭހެއް ހެން އެބަ އާގަނެ ގަނެފަ ކޮން އެއްޗެއްކިޔާކަށް ވޯޓުގަ ހަދާފަހުރި މަކަރާހީލަތް ސާފުކޮށް ރައްޔިތުންނަށް ހާމަ ކުރަން ވީ އޮޅުވާލި ވޯޓު

 11. ޒާ

  މާރިޔާ ހަމައަށް ވާހަކަ ދެއްކޭތޯ ބަލާބަލަ.

 12. މާޜީ

  ކަލޭމެން ހެދި ވަގު ފަޅާއަރާ ފާނެތީ ތިޔަ އުޅެނީ.

 13. އަލީ

  މާރިޔާ ހުސްހަށިބައިތަ!

 14. ޢަބްދުﷲ

  މާރިޔާދީދީއަކީ، ވަރަށްމުރާލި ކަނބަލެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. މާރިޔާދީދީއަށް މަރްޙަބާ!