މަގުމަތީގައި ނާށިގަނޑު ހިފައިގެން ދުވަން ޖެހުނަސް ޖުމްހޫރީ ޕާޓީއަކުން ރައީސް ޔާމީންގެ ފަހަތްޕުޅުން ދެނެއް ނުދުވާނެ ކަމަށް އެޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދައިރާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. ދިގުރަށަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ސޯޝަލް މީޑިއާގައި މީހުން ދައްކާ ވާހަކަތަކަށްވުރެ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުން ތޫނުވެ، އެމީހުން އަމިއްލައަށް އެކަންކަން ހައްލުކުރާ ކަަމަށާއި އެއީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. މިއީ އެތެރޭގެ ވާހަކަތައް ދައްކާނެ ފުރަތަމަ އަދި ފަހުދުވަސްކަން ފަހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޓޭންޑް ވަރަށް ސާފު ކަމަށެވެ.

''އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޕާޓީ، ހަމަގައިމުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޓޭންޓު ޕޮޒިޝަން ވަރަށް ކްލިއާ. ސުޕްރީމް ކޯޓު ކީއްކުރަން، ކޮންމެތާކަށް ދިޔަޔަސް މައްސަލައެއް ނެތް. ކޮންމެ ކަހަލަ ކަމެއް ރައީސް ޔާމީން ކުރެއްވިޔަސް، ނާށިގަނޑު ހިފައިގެން މަގުމަތީ ތިބެންޖެހުނަސް، ޔާމީން ފަހަތަކުން ޖުމްހޫރީ ޕާޓީ ދެނެއް ނުދާނެ. އެކަމެއް ނުވާނެ އިނގޭތޯ،'' އަލީ ވަހީދު ވިދާޅުވިއެވެ.

ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ޖެހުނަސް ޖޭޕީ އިން ޔާމީން ފަހަތަކަށް ނާރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއިރު އެމްޑީޕީގެ ސީނިއާ ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއަށާއި އެޕާޓީގެ އިސް ބޭފުޅުންނަށް އަމާޒުކޮށް ފާޑުކިޔަމުން ދާތީ ކޯލިޝަންގެ ތެރޭގައި ވަނީ ނުތަނަވަސްކަން އިތުރު ވެފައެވެ. އަދި އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ރައީސް ޔާމީން ފަރާތްޕުޅުން ހުށަހެޅުމުން ޖޭޕީ އިން ރައީސް ޔާމީނާއި ކޯލިޝަން ހަދަން އުޅޭ ކަމަށް ވަނީ ވަރަށް ބޮޑަށް އަޑުފެތުރިފައެވެ.

އަލީ ވަހީދު އިއްޔެ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސްވެރިން ވިޔަސް އަދި ކައުންސިލް މެމްބަރުން ކަމުގައި ވިޔަސް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ކުޑައިމީސްބަހެއް ބުނުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅުވެސް އަޅުއްވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ހުރިހާ އެންމެންގެ އަނގައިގައި ނުވެސް ހިފެހެއްޓޭނެ ކަމަށާއި އެއީ ޑިމޮކްރަސީއެއްގައި ކުރެވޭނެ ކަމެއްވެސް ނޫން ކަަމަށެވެ. އަދި މޭވާއަޅާ ގަސްގަހަށް ގަޅި އުކާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހޅާފައިވާތީ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި މިހިސާބަށް ދާނެކަން ކޯލިޝަންގެ އިސްވެރިންނަށް މާކުރިންވެސް އެނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ބޭބެ

    ނާށިގަނޑު ހިފައިގެން ސަލާން ޖަހާކަށް ނުޖެހޭނެ!! ބޫން ބޫން ކިޔާފަ ކޮޅު ބަދަލުކުރަން އޭރު ލިބުނު މިލިއަން ޑޮލަރު ހުންނާނެ!! ގަތް ގޯތިތައް ހުންނާނެ!! އެފައިސާ އާއި ގޯތިތައް ކުއްޔަށްދީގެން އުޅެވިދާނެ!! އަދި ދެން މިހާރު ދައުލަތުގެ ޚަޒާނާތެރެއަށް އަތްބާނަން ތިކުރާ މަސައްކަތުން ލިބޭ ފައިދާ ބޮޑުވާނެ!! އެކަމަކު ދުނިޔޭގައި ތިބި ބަޔަކަށް މާތްﷲ ކަންތައްތަކެއް ދައްކަވާނެ!! ކޮރަޕްޝަނާއި ފަސާދައިން ފެންވަރައިގެން އޭގެއިން ދަރިންނާ އާއިލާވެސް ފެންވަރުވަމުން މިދުނިޔެމަތީގައި އުޅޭ މީހުން މަދެއްނޫން!! އަޅަމެންނާ އެންމެ ކައިރީގައިވަނީ މަރު!! މަރުވުމަށްފަހު އާޚިރަތުގައި ސުވާލުކުރެވޭނެ!! ބިރުވެތިވޭ!!

  2. ފޭސް

    ރިލޯޑް ހުސްވަންދެން ތިހެން ކިޔާނެ. ތީ ހައްތަހާވެސް ސިޔާސީ ޕްރޮސްޓިޓިއުޓުން.

  3. ރަޝްފާ

    ކަލޯގަޔާ! ކޮބައި މާތްﷲގެ އިރާދަފުޅު؟ ތިޔަހެން ބުނި ޤާސިމުވެސް ފާޚާނާ ސާފްކުރަން ޖެއްސިޔަސް ހުންނާނީ ޔާމީނާއެކީގައިކަމަށް! އަދި ބުނި ދުވަހެއްގައިވެސް އަންނިޔާ އެއްކޮޅަށް ނާރާނޭކަމަށްވެސް! އަޙްމަދުވެސް ބުނި މިހެންހުރެ ހުދުވިޔަސް ރުޅިވިކޮޔާ ދެން ނީންނާނޭކަމަށްވެސް! އެކަމަކު އެހުރިހާކަމެއް އެ އެންމެންވެސް ވަނީ އަނެއްކޮޅަށް ޖަހާފަ! އެހެންވީމާ މާތްﷲގެ ކުޅަދުންވަންތަކަމަމެދު މުންކިރު ނުވުމަށް ތިބާޔަށް ނަޞޭހަތްތެރިވަމެވެ.

  4. އެދުވަސް

    ނާށިގަނޑު ހިފައިގެން ސަލާމް ޖަހާކަށް ނުޖެހޭނެނު ރާއްޖޭގެ ބިމުގައި މިލިދި ގަސްހެދޭހާތައްދުވަހަކު
    މިހާރުވެސް ތިއީ ކަނަމަދު ވިއްކައިގެން މިލިއަނަރަކަށްވެފަހުރި މީހަކަށް އެކަމުގެ ފައިދާ ނަގާނެ ކިތައްމެ ގޮތެއް ހުންނާނީ ދަސްވެފަ ކީއްވެ ނާށިގަނޑު ހިފައިގެން ސަލާމް ޖަހަން ޖެހެންވީ

  5. ލަިއލާ

    ތިކަހަލަ ކަރަޕްޓް މީހެއް ނޫޅާޭާ ޔާމީން ބޭނުންވެގެން މިހާރުވެސ ރިހިރިނާރާނަމެ ބުނިމީހެއް ކާރީގަ ތަިކަރާމިހާޜޫ ޢޮތީ ފީވެފަ ތިކަރާބޭނުމެއްނުވޭ ތީމިހާރު އަދު ކުނިވެފަ އޮތްކަރައެއް

  6. ބެއްޔަހުއްތު

    ބަނޑުހާހޫނުކަމަށް ކެއްކުރެވިދާނެ އެކަމަކު ނަރަކައިގެ ޢަޒާބަށް ކެތެއްނުވާނެ ހަރާންތަކެތި ކައިގެން ހަށިގަނޑު ބޮޑުނުކުރުމަށް ނަސޭހަތްތެރިވަން

  7. ޤާސިމު

    ރިޝަވަތުގެ ފައިސާގަނޑުން ކައިލަކައިލަ ހުންނަވާ! އާޚިރުގެނިމުން ހިތިވާނެ!

  8. ލާމް

    އެމްޑީޕީ އަށް ގޮސްފަވެސް ކަލޯކީ ތިހެން މިހާރު ގާސިމްވަރެއް ނެތިގެން ތިއުޅޭނީ: ކަލޯއަށް އޮތީ ހަމަލާރި ދިންވަރެއް. ލާރި ހުސްވާއިރަށް ޔާމިން ވަރެއް ނެތިގެން އުޅޭނެ ތީ ހަމަ ސިޔާސީ ސްޓެންޓެން ތިޖައްސަނީ ތީލާރި ބޫންބޫންބޫން

  9. ހުސޭނުބޭ

    އޭތް ޔާމީނު އެބަ ދުވޭ ކަލެޔަށް އާދޭސްކުރަމުން... ކެކެކެކެކެކެކެ

  10. ރޮންދާ ރިޔާޒް

    ކަލެއަކީ އެއްވެސް އިތުބާރެއް އޮތް މީހެއްނޫން، އަންނިއާދިމާލަށް ކަލޭގޮވި ހުރު އެއްޗެހި ހަނދާން އެބަހުރިތަ، މިހާރުވެސް ޔާމީން ކަލެއަށް ރިޝްވަތުގެ އަތެއް ދިއްކޮއްލައިފިއްޔާ ހިފާނެކަމާމެދު އެއްވެސް ޝައްކެއްނެތް

  11. ދޮންބެ

    ގޯތި ގަތީ ނާށިގަޑު ހިފާގެން ނުކުމެތަ ލަދު ކުޑަކަން

  12. އަލީ

    ތިޔައީ ބުނާބަހުގެ އެއްވެސް އިތުބާރެއްއޮތް މީހެއްނޫން މިކަން ޢަލީ ވަހީދުގެ މާޒީއިން ސާބިތުވޭ/ ކޮބައި ބޫންބޫން ހަދާން އިބަހުރިތަ/ ޢަލީ ވަހީދު ހަދާނެތަސް ރައްޔިތުން ހަދާ އިބަހުރި! އެންވެ ބުނަނީ ގެއްލިއްޖެ އަބުރަކީ އަބުރައި ލިބޭނެ އެއްޗެއް ނޫނޭ!

  13. ސަލީމު

    ތިކަހަލަ ތިޝްވަތު ކާ ވަގަކު ބޭނުމެއްނޫން ޕޕމ އަކަށް

  14. އިބްރާ

    އައްޔާ ، ކަލޭ ނުޖެހޭނެ ނާށިގަނޑު ހިފައިގެން ސަލާންޖަހާކަށް މީހަކު ކައިރިއަށް ދާކަށެއް. ކަލެއަށް މެމްބަރުކަން އޮތްއިރު ވޯޓް ވިއްކައިގެން ކަލޭގެ ވަނީ ޔާމީނަށްވުރެވެސް މުއްސަނދިވެފައި، މާލެއިން ގެއާއި އެއްކޮށް ބިންގަނެ ، ހުޅުމާލެއިން ތަންތަން ގަނެ، މިހާރު ޔޫރަޕުގައި އުޅޭތާ މިހާދުވަސްވީއިރު މީހެއްގެ ކައިރިއަށް ނާށިގަނޑު ހިފައިގެން ނުދާއިރު ޔާމީނަށް ވެރިކަން ގެއްލި އޭނާ އިނދަޖެހުނުދުވަހު އޭނަކައިރިއަށް ކީއްކުރަންތޯ ނާށިގަނޑު ހިފައިގެންދަނީ. އަލީ ކަހަލަ މީހުން މިރާއްޖޭގައި ގިނަވުމުގެ ސަބަބުން މިގައުމު މިދަނީ ހަލާކުގެ ތެރެއަށްކަމަށް ދެކެމެވެ.

  15. ޑިމޮކްރަޓިސްޓް

    ޔާމީނު ކީއްކުރަން ޔާމީނުއަށް ތާއީދުކުރާ އެކަކުވެސް ކަލޭބަލައެއްނުގަންނާނެ.. ހޭބަލިވެގެން ނޫޅޭ.. ލަދުހަޔާޔެއްނެތް ކުރަތްޕެއްތީ.. ކަލޭހީކުރަނީ ޔާމީނު ކަލޭނުލިބިގެން އުޅެނީކަމަށްތަ.. ކިއްލިތަޅަންދޭ.. ނުވާނެތިކަމެއް.. ކަލޭތީ ޔާމީނު ބަލައިގަންނާނެވަރުގެ މީހެއްނޫން.. ތީހުސް ހޮޅިއެއް.. ބޭކާރު މަސްގަނޑެއް..

  16. Anonymous

    ސިޔާސީ ޕްރޮސްޓިޓިއުޓުން ހަހަހަހަހަހަހަ ވަރަށް ސަޅި ނަމެއް މީ މިސިޔާސި ބައިގަނޑަށް ކިޔަށް

  17. ޝައިހުލް އަޢުޟަމް

    އަލީވަހީދޫ! ސިޔާސީ މީހުންނަކީ ލަދެއް ހަޔާތެއް އަބުރެއް އިއްޒަތަކަށް ވިސްނާ ބައެއް ނޫންކަން އެނގެނީ ސިޔާސީ ނޫން މީހުންނަށް. އަލީ ވަހީދު، މޫސަ،އަލްހާނު މި މީސް މީހުން ވިސްނާލަބަލަ. މިއަދު އަލީ ވަހީދު ކިތަންމެ ވަރަކަށް ޤާސިމް ދޮން އަނބަކަށް ހަދަން އުޅުނަސް ރާއްޖެއަށް ލިބުނު ހުރިހާ ގެއްލުމެއް ލިބިފަ މިއޮތީ ޤާސިމް އިބަރާހީމް މައުމޫން އަދި ޝައިޚް އިމްރާންގެ ވެސް ހިއްސާ އޮވެގެން. މަށަކީވާ އެއްވެސް ޕާޓީއެއްގެ ޕާޓޭ އެއް ނޫން. ހަމަ ކުޅިބަލާ މީހެއް. އެކަމަކު ސިޔާސީ މަޝްރަހަށް ވަރަށް އިންޓްރަސްޓް ހުންނަމީހެއް. ވީމާ ޑެއިލިކޮށް ހުރިހާ ހަބަރެއް ބަލަން.
    ޤާސިމް އިބްރާހީމް ހަމަ ކޮށްފަ ނުކުރާނެކަމެއް ނޭގޭނެ. މި ފަހަރު ދެން ރައްޔިތުން ގެ ވޯޓް އޮތްގޮތް ފެނިފަ ތަންކޮޅެއް މައިތިރިކޮށް ހުރެދާނެ. އެކަމަކު 2 އަހަރު ނުވާނެ. ސިކުނޑި ތަރަތަރ ޖަހާވަރުން ނިކުމެ ބަޣާވާތް ކުރާނެ . ވަރަށް ޔަގީން. ﷲ އަކުބަރު ، އަލް ޙަމްދުލިﷲ ގޮވަމުން ދުވި ދުވަސް ދުށިންދޯ ސިފައިންގެ ތެރޭގަ . އެދުވަހު އުފެދުނު ސުނާމީގެ އަސަރު އަދިވެސް މިއުޅެނީ ނުފިލައިގެން .

  18. ާއަލީ

    ލާރީގެ ދަހިވެތިކަމުގެ ގަންޖާބޯ ދިން ގެތަކުގެ ދަހިވެތިކަމުގަ އޭނަ ކައިރިޔައްދިޔައީ މައުމޫނު ކިޔަވާދީހުރިހާ ކަމެއްކޮށްދިނީ މައުމޫނު ގައިގަ ކޮޅުފައިންޖަހާފަ. ކަލުކަރާގެ ަޔާތްކުޑަކަންމިހިރީ

  19. ބެއްޔަ

    އޭ އަލީ ބޫން ވަހީދު. ކަލޭ ޔާމީނޭ ކިޔައިގެން ފަޑބންވީނު.....!

  20. ްކެހެންތޭ

    ނާށިގަނޑު ހިފައިގެން އުޅޭކައް ނުޖެހޭނެ ނުން.. ރިޝްވަތުގެ ގޮތުގައި ހިފި ލާރިތަކާއި އަދި އެލާރިތަކައް ގަނެފަ ތިބި އެސެޓްތަށް ތިބިއްޔާ.. އެހެން ނުން..

  21. ޝަރްޚާން

    ދުނިޔެމަތީ ހިނގަ ހިނގާ ތިބި ރިޝްވަތުގެ ހަރާން މަސްތަކެއްގެ ކިބައިން ރައްޔިތުންނަކައް ކުރާނެ ލާބައެއް މަންފާއެއްނެތް.. ހަރާމް ފައިސާއިން ލިބުނު ލާރި ކައިގެން ގައިގަ ޖަހާފަ ހުންނަމަސް ނިމިގެންދާނީ ނަރަކައިގެ އަލިފާންގަނޑުގެތެރެއައް..ބޫމް ބޫމް ކިޔަ ކިޔާ އޮއްވާ އަޖަލުއައިސް ޖެހުމުން ދެން ހަމަ އެކަކައްވެސް ފަހެއް ނުކުރެވޭނެ..

  22. ޒާ

    އެހެންތާ ވާނީ ކަލޭ ވަނީ ކިއްލި ތަޅައިގެން މާލެއިން ގެއެއްވެސް ގަނެފާވިއްޔަ. އެހާވެސް ތެދުވެރި މީހެއް ތީ.

  23. ސަލީމް

    އަލީ ވަހީދު ނުޖެހޭނެ ނާށިގަޑު ހިފައިގެން މިއަދު ސަލާމް ކަހާކަށް. މަންމަ ކުރި ބުރަ މަސައްކަތުން މާލެއިން އެއޮތީ ގޯއްޗެއް ގަނެދީފަ. އެކަމަކު އާޚިރަތުގަ ފަހަރެއްގަ ޖަވާބުދާރީވާންޖެހިދާނެ. ގޯހެއް ހިނގާފަ އޮތިއްޔާ. އެކަން ކަސަވަރުކުރެއްވީމަ ރަގަޅުވާނެ. މީ ހަނދާންކޮށް ދިނުމެއް.

  24. ކކ ނޫން

    ހާދަ ފެންމަތިވެގެން އުޅޭ ގޮލައެއް... އިރާދައިގަ ހުރި ކޮންމެގޮތެއް ވެފަ ކަލޯ މިދުނިޔެ އިން ދާނީ.. ޔާމީންއާ އެކު އެއްތަށިން ކެއުން ވެސް އިރާދައިގަ އޮވެދާނެ...

  25. ޙ

    ދެން ކަލޭ ރަނގަޅީ ކޮންޒަވެޓިވް ޕާޓީއާ ގުޅެން، މިރާއްޖޭގެ ހުރި ހުރިހާ ޕާޓީއެއް ހުސްވެއްޖެ.

  26. އައިޝާ ސޭޓު

    އެހެންވީރު އިރާދަކުރެއްވިއްޔާ އެދުވަސް ވަރަށް ކައިރިވެއްޖެ. ތީ ނުކުރާނަމޭ ބުނާ ހުރިހާ ކަމެއް ކުރާ ކަލޭގެ

  27. ވަހީދު

    އެދުވަހު ހެނދުނު މާރިޔާދިމާލަށް ބޫންބޫން، ހަވީރު އެމްޑީޕީއަށް ސޮއި. ދެން ކިހިނެތް ތިބޭފުޅުންނަށް އިތުބާރު ކުރާނީ.

  28. ޢަބްދުﷲ

    ސިޔާސީ ވާދަވެރިން ވާންޖެހޭނީ ކަންކަމުގައި ޙައްދު ފަހަނައަޅައި ނުދާބަޔަކަށެވެ. މީހުންނަށް ފާޑުވިދާނުވެ ކަންކަމަށް ފާޑުވިދާޅުވާ ބަޔަކަށެވެ. ރިޔާބަދަލުކުރުމާ، ކޮޅުބަދަލުކުރުމާ، އަނބުރައި ހޭރިޔާކުރުމާ، ނުލައި ސިޔާސީ މީހަކަށް ނުވެވޭނެއެވެ.