ގަދަބާރުން ހައްގުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އަނިޔާވެރިކަމާއި ހިޔާނާތާއި އަޅުވެތިކަމާއި ދެކޮޅަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

"އެހެން ކަމުން ރައްޔިތުން ނޫނެރކޭ ބުނީމަ ގަދަބާރުން ނުފޫޒުބޭނުންކޮށްގެން ހައްގުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ " ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ވަނީ މިއަދު މެންދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

ޕީޕީއެމް އިން މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

75 ކޮމެންޓް

  1. ސުމީ

    މީނަ މީކޮންކަރައަކުން ތިލަ ވެގެން އުލޭ މީހެއް. މީނަ މީކާކު؟ކޮންކަމެއް ބޭނުންވެގެން ތޯ މީނަ ތިލަވެގެން މިއުޅެނީ . ހުރިހާ ވެރިކަމެއް ވައްޓަން ހުންނަމީހާ؟

    • ޗިލީސޮސް

      މީނަ މީ އައްޑޫ މީހެއް ، މީނަ ތިލަވާނެ ކޮއްމެ އިންތިހާބަކަށް. ދިރިއުޅެނީ އިންތިހާބުގެ ތެރޭ އެފަހަރަކު އޮންނަ ވެރިކަމެއް ވައްޓަން މަސް ދޯންޏަށް އަރާ ކިޔަވައިވެގެން ލިބޭ ލާރިން.

  2. ކަންނެލި އޮޑި

    އެހެންތަ؟ ބަލަން ނުތިބެ ރައްޔިތުން ނިދި ކުރައްވާނީ ދެއްތޯ. ހިތުން ކޯޅޭޝާން އިން މަޖިލީސް ސީޓެއް ލިބޭތޯ މީނަ މި ތެޅެނީ. ނޫޅޭ ކަލެޔައް ގޮނޑި ދޭން. ޢިބޫ އަށް އިނގޭނެ މިއަދު ސޭޓް ލާރިކޮޅެއް ދިނީމަ ފަތުވާ ނެރޭގޮތައް މާދަން އެހެން މީހަކު އޭގެ ގިނައިން ދީފިއްޔާމު އެކޮޅަށް ފަތުވާ ނެރެދޭނެ ކަން

    • ސަރޭ

      މި ކަންނެލި އޮޑިއަށް ހީވަނީ މިގޮތަށް ﷲ ގެ ހުކުމްތައް ބަދަލުކޮށްގެން ފަތުވާ ދީގެން އިތުރު ކަންނެލު ދޯނިތަކާ މެލޭޝިއާއިން ފްލެޓްތަކާ ލިބިދާނެކަމަށް. ހަމަ ހިލާ ނުކރެޭނެ. އެހެންވެ މި ހިފަނީ އެވަރަށް. ކަނެނެލި ދޯނި ފައްތާލައިގެން ނޫނީ މި ގައުމަށް ދެން ސަލާމަތްކަމެއްނެތް. މި ފަހަރު ފައްތާލާނަން. ބަލަން ހުރޭ!

  3. ޢިޅިޠާށް

    ގަދަބާރުން ވޯޓުން ވައްކަންކޮށްގެން ރައްޔިތުންގެ ނިންމުން އޮޅުވާލުމުގެ ފުރުޞަތެއް އިޒްރާއިލާއި އިންޑިއާއިން ފައިސާ ނަގައިގެން ތިބި ބަޔަކަށް ރައްޔިތުން ނުދޭނެކަން ހަނދާންކުރާތި.
    މިތާ ފައްޅި އަޅާނެކަމުގެ ޔަޤީންކަން އެމްޑީޕީއިން ދިނީމާވެސް ބުނެފިއެއްނު އީމާންކަން ވަރުގަދަ ކުރާށޭ ރައްޔިތުން ޖެހޭނީ... އިލިޔާސަކީ ދިވެހިންނާއި ދިވެހިރާއްޖޭގެ ޢަދުއްވެއް.

  4. ރޮންދާ ރިޔާޒް

    އެހެންވެތާ ރައްޔިތުން މިއުޅެނީ، ކަލޭމެން ކުރިވައްކަން ފަޅާއަރުވަން

  5. ޙަސަނުބެ

    ޝޭޚް ކީކޭތޯ ތިކިޔަނީ އިލްމުވެރިއެއްކަމަށް ދައުވާ ކުރާމީހެއްގެ ދުލުން ދާޚިލީ ލޭ އޮހޮރުވުމަކައް މަގުފަހިވާގޮތަށް ވާހަކަ ދެއްކީމާ އެއީ ވަރަށް ނުރައްކާތެރި ބިރުވެރިކަމެއް !!!!!

  6. ޝެއިޙުލް އިސްލާމް

    މިދެން ކާކުތަ؟ ކޮންމެ ކަމެއް ވެސް ކުރަން ބޭނުންވާ އިރަށް އިސްލާމް ދީނުގަ އޮންނަ ގޮތޭކިޔާއިގެން މީހުން މަގުފުރައްދަން ނޫޅެބަލަ. ތިޔަށްވުރެން މާރަނގަޅުވާނެ ތައުޙީދު އެއީ ކޮން އެއްޗެއްކަން ކިޔާދިނިއްޔާ. ބަލަ ސިޔާސީކަންކަމުގެ ތެރެއަށް ނުވަދެ މީސްތަކުންނަށް ހައްގު ދީން ކިޔާދީބަލަ. މަރުވުމުގެ ކުރިން ޝެއިޙުންގެ ވާޖިބު އަދާ ކޮއްބަލަ.

  7. ބޭބެ

    ދީނުގެ ނަމުގައި ކޮރަޕްޝަނާއި ފަސާދަ އުފެއްދުމަކީ ކޮންކަހަލަކަމެއް!! ކަންނެލި އޮޑިދިނީ ކާކު؟ އެ އޮޑި ދިންމީހާގެ ވިސްނުމާއި އެއްގޮތަށް ރަޢުޔުނެރުމަކީ ހަމަޔާއި އިންސާފުން ކަންކަންކުރުންތަ؟ ދީނީ ޢިލްމުވެރިން ސިޔާސީގޮތުން ޙަރަކާތްތެރިވެ ވިޔަފާރިވެރިންގެ އުނގަށް ވެއްޓުމަކީ ކޮންކަހަލަ ކަމެއް!! ކަންނެލި އޮޑިދިންމީހާ އެއިރެއްގައި ގެންގުޅޭ ފިކުރާއި އެއްގޮތަށް ހަމައެއް ލަމައެއްނުބަލާ އިންސާފުން އެއްކިބާވިޔަސް ހެޔޮކަމަށް ދީނީ ރަޢުޔު ނެރުމަކީ ކޮންކަހަލަކަމެއް!! ދީނުގެ ނަމުގައި މީހުން މގުފުރެއްދުމަކީ ކޮންކަހަލަ ކަމެއް!!

  8. އަހްމަދު

    ބޭބޭ ގަދަބާރުން މިތަނުގައި ފަށްޅިއަޅާތަން ބަލަންވެސް ރައްޔިތުން ނުތިބޭނެކަން ބޭބެ ޔަގީންކުރައްވަށްޗޭ

  9. ރައްދު

    ހައްދުފަހަނަ އަޅާފައިވާ މީހުން ދީނީތާކިހާ
    އަޅައިގެން ފިތުނަ އުފެއްދުމަށް ކުރާ ހުތުރު
    މުޑުދާރު އަމަލްތައް ހަރުކަށި ކަމާއި އެކު
    ކުށްވެރިކުރަމެވެ އަދި މިކަލަ ނުރައްކާތެރި
    މީހުން ހިފާހައްޔަރުކުރުމަށް ގޮވާލަމެވެ އެމީހުން
    ބޭނުންވާހާ ދޮގުތައް ފެތުރުމަށް ދޫވެފައި ތިބެ
    ގެން ނުވާނެއެވެ

  10. އަލީ

    އެއްކަލަ ކަންނެލި ކެއުޅު ބަލަގަ މިހިރަ ހަޔާތްކުޑަ މީހާގަޑާ މާޒީގައި ދެއްކިވާހަކަތައް ހަދާނަގަ ނެތީތަ ގަރަހިތައަށް ވާވާރުވެސް މިނުލަފާ މީހާއަށްނުވޭ!

  11. ދުއްތުރާ

    އެހެންވެގެންތާ ހިންމަފުށީ އަހްމަދުގެ އަބިމީހާ ވެސް އަތުނުލެވުނީ ، އިލްޔާސް ވަރަށް މަސައްކަތްކުރި އެކަންވޭތޯ ...

  12. ޑެއްޓޮ

    ބަލަގަ ދެންވެސްތިބީ ރައްޔިތުން ހަމަޖެހޭނީ ބަލަންތިބެން. ފިލާއޮވެ ފާޑުފާޑުގެ އަންގަ ގަދަކުރާނެކަމެއްނެތް

  13. ޜާއްޖެ އިސްލާމް

    މިހަަރު ތިދަނީ ހައްދުފަހަނަޅާ

  14. އަލީ

    ކޮންބިރެއް ރައްޔިތުން ތިޔަބައިމީހުންނާއިއެކު ދިބިއްޔާ އަދިވެސް ވޯޓްލައިގެން ކާމިޔާބު ކާމިޔާބުކުރޭ އެހެންނޫނީ ތިބެންޖެހޭނީ ޝައްކެއްގެ ތެރޭގައި

  15. ތދއ

    ބޭފުޅާ ހަމައިގަތޯ ތިހުންނެވީ. މިއަކަށް ހައްގު ނިގުޅައިގަތުމެކޭ ނުކިޔޭނެ. މައްސަލައެއް އުޅޭނަމަ ޤާނޫނީ އިމުގެ ތެރެއިން އެމައްސަލައެއް ހުށަހެޅުމުގެ ހައްޤު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިިގެންވޭ.

  16. ސަލާމާ

    ގަދަބާރުން ވޯޓުގެ ޙައްޤު ނިގުޅައިގެންއިރު ކަލޭ ކޮބައި؟

  17. މަބުނީ

    ތިޔަހެން ތިޔަބުނަނީ ރީލޯޑް ކުރަން . މާދަމާ އަނެއްދިމާލަކުން ފައިބަރގްލާސް އޮޑިއެްއހުށައަޅާފިނަމަ އެދިމާލަކަށް ދީލާލާނެ. ކަންނެލިސޭޓާ ،ސޭޓުމެން ތިޔަހެންދައްކާބިރު ގައެއްވެސްއުރަތްޕެއްނެތޭ. ހަމަބުއްދިންވިސްނާބަލަ. ތިމާމެންހިތްނޭދުނަސް ހިތްނޭދޭ ކިތައްކަންތައް އެބަހިނގާތަ؟ ގާނޫންއާއިގަވާއިދު އޮތީ ގަދަބާރުން ކަންކުރާކަށްނޫނޭ. އިންތިހާބާގުޅުންހުރި އެއްވެސް މައްސަލައެއް އޮތްނަމަ އެމައްސަލައެއް ހުށައަޅާ ކަމާބެހޭ ވުޒާރާ ތައްމެދުވެރިކޮށް އެކަންކަން ބެލުމަކީ މިދިވެހިރާއްޖޭގައަލަށްކުރާކަމެއްނޫނޭ. ޢަދި ގާނޫންއަސާސީން އެކަންކަން ނުބެލޭނެކަމުގަ ކަނޑައަޅާފައެއްނުވެއޭ. ދެންކޮބާތަ މައްސަލައަކީ؟ ގައުމުގަފިތުނަފަސާދަ އުފައްދަން ތިއުޅެނީ ކިހިނެއްވެގަނެގެންތަ؟ ބަލަހަމަ ދެފަރާތުގަވެސް ތިބީ ހަމައެއްބައެކޭ. ދިވެހިން ،މުސްލިމުން، ބިރުދައްކާއިންޒާރުތައްދީތިހަދަނީމިއީ ހަމައެއްއުންމަތެއްގެ ބައެކޭ. ހޭބުއްދިފިލާދާވަރުވާކަށް އަދިގާތްވެސްނުވޭ.

  18. ނަފީސް އަށްޑޫ ސިޓީ

    އިލްޔާސޫ ގަދަބާރުން ކަންކަން ކުރަން ހިތްވަރުތިދެނީ އަލްޔާސްއާ އިލްޔާސް ތާއިދުކުރި ބައިގަނޑުން ނޫންތަ! ގޯސްކޮށްކަމެއްހިނގާފަވާކަމަށް ޝައްކުކުރެވުނީމަ އެކަންބެލުމަކީ ގޯހެއްތަ! އިންތިޚާބު ބާތިލްކުރަން ޔާމިން އެދުނަސް ބާތިލްކުރާވަރުގެ މައްސަލައެއް ނުފެންނަ ނަމަބާތިލެއްނުކުރާނެ. 4މެމްބަރުންގެ ގޮނޑިނުގެއްލޭކަމަށް ކޯޓުންކުރި ހުކުމްއޯކޭ. ތިބޭފުޅުންގަބޫލުނުކުރާ ކޮންމެކަމަކީބޭއިންސާފު ކަމަށްތިދެކެނީ ކޮންއަސާސެއްގެ މައްޗައް ބިނާކޮތްތޯ. އަހަރެންވެސް އިބޫއައްވޯޓް ދިނިން. އެންނޭކިޔާފަ ދެންބުނަންވީ އަހަރެންމަޑުން ނުހުންނާމޭތޯ! ހަމަހިލާއަހަރެން ނުދާނަން ކަލޭމެން ތިގޮވާއެނއްވެސް ހަމނުޖެހުމަކަށް. އިލްޔާސް އަށް ނޭނގެނީތޯ ވެރިކަމަކީ ﷲތައާލާދެއްވިމީހަކަށް ދެއްވިދުވަހަކު ލިބޭއެއްޗެއްކަން! ކޮބައިތޯ ތިބޭފުޅުންގެ އީމާންތެރިކަމަކީ. އިބޫއަށްގޮނޑިއަށް އާދެނެންހުރިނަމަ ޔާމިން އުޑުގަޖެހިފަ މިމުގަޖެހުަސް އެކަމެއް ނުހުއްޓުވޭނެ.އިންޝާﷲ.

  19. ހީބިހި ކަބީރު

    ބޮޑު ކޯލިސަނުން އިންތިޚާބު ކާމިޔާބުކުރީ މަކަރާ އޮޅުވާލުމުގެތެރެއިންނެވެ. ބާރަށް ހިނގަހިނގާހުރި ޤަވްމެއް އަލުން އިނދަޖައްސާލަން ދިވެހިން ބޭނުމެއް ނުވާނެއެވެ. ދެވަނަފަހަރަށް ވޯޓުލައިފިނަމަ ބޮޑުކޯލިސަން ބޮޑުތަނުން ބަލިވެގެންދާތަން ފެންނާނެއެވެ.

  20. ބޮޑު ދެލޯ

    އިލްޔާސް އަބަދުވެސް ވިދާޅުވާނެ "ތިމެންނަ އަބަދުވެސް ބުނަނީ ޙައްޤު ބަހޭ". މުޙައްމަދުގެފާނަށް ޞަލަވާތް ކިޔަވަން އަންނި ކާރީގައި ބުނުމުން އޭނަ އެކަމަށް އިންކާރުކޮށް އެކަލޭގެފާނަށް ހަޖޫ ޖެހި ވާހަކަ ޕޯޑިއަމެއްގައިހުރެ ދައްކައި އޭނައަކީ މުސްލިމެއްކަމުގައި ބަލައިނުގަނެވޭނެކަމަށް ދަލީލުކުރާ ބީދައަކުން ދެއްކި ވާހަކައަކީވެސް "ޙައްޤ" ބަސްތޯ ސުވާލު އުފެދެއެވެ. އޭގެ ފަހުން މިހާރު އެ ޣައިރުމުސްލިމް ކަލޭގެ ފަހަތަށް އަރައި އޭނަ ޕްރޮމޯޓްކުރުމަށް ކުރާ ވަކާލާތަކީވެސް "ޙައްޤު ބަސް" ތޯ އެވެ؟ މިހާތަފާތު ބޮޑުކޮށް "ޙައްޤު ބަސް" ތިޔަ ވިދާޅުވަނީ އެދުވަހު ލިބުނު އެއްޗަކަށްވުރެ މިހާރު ލިބޭ އެއްޗެއް ގިނައީތޯއެވެ؟ ބައެއް މީހުން ފައިސާގެ ފަހަތުން ދުވުމަކީ ކޮއްމެ ގިންތިއަކުންވެސް ފެންނަމުންދާ (ލަދުގަންނަބަޔަކަށް) ލަދުވެތި ޙަޤީޤަތެކެވެ. އިލްޔާސްވެސް މި ޙަޤީޤަތް ޤަބޫލު ކުރައްވާނެ ތޯއްޗެކެވެ.!!!!!!!

  21. ރަޝީދު-

    ކަންނެލި އޮޑިއެއް ދިނީމަ އިއްޔެ ދެއްކިވާހަކަ، މިއަދު ދިމާ އިދިކޮޅަށް ދެއްކީމަވެސް ކަމަކުނުދާނެ.... ހާއްސަކޮށް ދީނީ ތާކިހާއަޅައިގެންހުރެ

  22. ހުސޭނުބޭ

    އަނެއްކާ އަބްދުﷲ ޝާހިދު ޖެއްސި ކަހަލަ މަޅިއެއްގައި މި ފަކީރު ޖައްސާފައި ހުރީތަ؟ މިއަކީ އަދި ޝައިޚަކު ތެޅިއަރުވާ ގޮތެއްވެސް ނޫން!

  23. Kamaal

    ޔަގީންވާކަމަކީ މަދުނޫން އަދަދަކުން މިކަލޭގެ ރީލޯޑު ކޮށްލިކަން.

  24. ޢަބްދުﷲ

    ސޭކް އިލިޔާހަށް އަނެއްކާ ވެސް ރިލޯޑެއް ލިބުނީހެން ހީވަނީ .

  25. ދީންވެރިން

    ދީންވެރިން މި ކަމާ ނުއެބަލަ ..ދީން ހަތިޔާރަކަށް ހަދާގެން ތިއުޅެނީ އަމިއްލަ ފައިދާ އަށޭ ބުރޯ...

  26. ކައުންސެލަރު

    އިލްޔާސް! ކަލެއަށް ކިޔަންވީ ދީނީ ޢިލްމުވެރިއެކޭތަ؟ ނޫނީ ސިޔާސީ މީހެކޭތަ؟ ދެނަމެއް ނުކިޔޭނެ، ހަނދާންބަހައްޓައްޗެ!

  27. ޒާ

    ރީލޯޑް ކަންނެލި އޮޑި އިލްޔާސެވެ. ކަލޭގެ ނުބައި ނުލަފާކަމާހެދި އަހަރެމެން ހިމޭނުން ތިބޭނެ ކަމަށް ކަލޭވެސް ނުދެކޭށެ.

  28. އަހުމަދު

    އިލްޔާސް އަށް އިސްލާމް ދީން ނޭނގޭކަން މިހާރުދައްކާ ވާހަކަ ތަކުން އެނގޭ

  29. ފަލަކް

    އެއުޅެނީ އިސްލާމިކް މިނިސްޓަރު ކަން ބޭނުންވެގެން އެއަށް ދެވިހިފާގެން

  30. ޢަލީ

    އިލްޔާސެވެ. އިލްޔާސަށް އެއްޗެއް ވިސްނައިދޭން ޖެހޭ ހިސާބަށް ކަންތައް ގެންދަނީހެއްޔެވެ. ތިހެން އިންޒާރު ދޭނަމަ ވިސްނާލާށެވެ.

  31. އެސް

    އިލްޔާސް ތިހެން އިންޒާރު ދީ މަޑުން ނުހުންނަނަމަ ކަލޭވެސް މަޑުން ހުއްޓަކަ ނުދޭނަމެ. މިވަރުން އެއްޗެއް ވިސްނޭނެކަމަށް ހީކުރަމެ

  32. ސަލީމް

    ދީނީޢިލްމްވެރިއެއްގެ ބޯޑުހިފައިގެން ފިތުނަކުރާތަން ބަލަން ތިބެންވީތޯ؟؟؟؟

  33. ކަންނެލި އޮޑި

    ރައްޔިތުންނަކީ ކޮބާ؟ ޑޭވިޑްހާޑިންގހަމް އާއި އޭނާ ރުހޭ މީހުންތަ؟

  34. އިލްޕަޔާސް

    ޝޭހޫ!!! ކަލޭގެކޮމެންޓް އަހަރުމެންބޭނުންވަނީ ކޮރިސްޓިއަނުން މިތަނަށް އަންނަންއުޅޫ ޙަބަރަށް. ބޭކާރު ވާހަކަނުދައްކާ ސައިޒުގަހުރޭ. ޔަހޫދީވިޔަސް ބޮޑުވަރުތީ. ކަލޭ އަހަރެމެންގެ ރަސޫލާގެ ދުއާލިބިގެންހުރި މީހެކޭބުނިމީހާއަށް އިއްތިފާގުންތޯ ކްރިސަޓިއަންދީން ފަތުރާމީހުންވެސް ދުއާދެއްވަނީ. . . ކަލޭމެރިޔަސް މިހާރުފާފަވެރިއެއް ނުވާނެ. ޔައަނީ މިދުނިޔޭގައި ފިތުނައުފައްދާމީހެއް ކަމުގައި ތިޔަޝޭހު ފާސްވާތީވެ. އައިސޭ ވީ ފުކްދިސްގައި އަޕް

    • ފާތުން

      ޢިލްޔާސް ތިކިޔަނީކީކޭތަ ތީދީނުގެ މީހެއް ކަލޭބުނަންޖެހޭނި މަތީފަރާތުގެ ވާހަކަ އާދައިގެ މީހުން ބުނާގޮތަށް ކަލޭބުނީމާ ކަމަކުނުދޭ

  35. ސިދުގީ

    މިބުރުގެ ރިލޯޑް އަދިވެސް ހަމަނުވަނީތާ؟

  36. މީކާކު

    މީ ޟޭހެއްބާ ނުވަތަ ސިޔާސިޔާސީ ބޭފުޅުއްބާ!

  37. އަހުމަދު687

    ވަރަށް ރަނގަޅު ވާހަކައެއް ރައްޔިތުންގެ ހައްޤުތަށް އޮޅުވާލައިގެން ދަމައި ނުގަނެވޭނެ! އަބުރު ކަތިލުމާއި މީހުންގެ ބޮލުގައި މީހުން މެރި ކަމުގެ ދޮގު ބަދުނާމު އަޅުވައި ވޯޓު އޮޅުވާލައިގެން ރައްޔިތުން މަޑަކުން ނުތިބޭނެ! އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ ޤާނޫނީ މަރުހަލާތަށް ފުރިހަމަކުރުމަށް ތަންވެސް ދޭނެ! ސުޕްރީމް ކޯޓަށް ވުރެ މަތިން ޤާނޫން އަސާސީއަށް ވުރެ މަތިން އުޅެން މިނިކުންނަނީ ކާކު!؟

  38. މިމީހާ

    ތިއީ ޢިލްމުވެރިއެއްދޯ އަދާލަތު ޕާޓީއޭ ކިޔައިގެން އެމާޓީގެ ޢިލްވެރިންގެ މަޖިލިހުގެ ރައީސެކޭ ކިޔައިގެން ތިކުރާކަންތައް ދިވެހި ރަޢިއްޔަތުންނަށް ނިކަން ކިޔާދީބަލަ (ތިޕާޓީ ހިންގަންވެސް ރަޢިއްޔަތުންގެ ފައިސާ ވަނީ ދީފަ އެކަމު މަޤަބޫލެއްނޫން) ރާއްޖޭގައި އަދާލަތު ޤައިމުކުރުމަށް ސަރުކާރާއި ގުޅިގެން ކުރިކަމެއް އޮތިއްޔަ ބުނެދީބަލަ އަބަދުވެސް ވެރިކަމުގެ ޖާފަތްތެރެއަށް އަތްބާނާ ބޮޑު ބޮޑިނެގުމަށް ތިކުރާ މަސައްކަތަކީ ތިޕާޓީ އުފެއްދުމުގެ މަޤުޞަދާވެސް ޚިލާފު ކަމެއް މިސަބަބަށްޓަކައި އަދާލަތުޕާޓީ އުވާލަން ފެނޭ

  39. Anonymous

    އިލްޔާހުއާ ދިމާއައް ކަންނެލި އޮޑިއޭ. އިމުރާނުުއާ ދިމާއައް ފަހަރިތަޅާ އިމުރާނުއޭމަމެން ނުކިޔަމު. ޢެހެންކީ ތިޔަ ލޮބުވެތި އެމްޑީޕީކުދިން

  40. އިންސާނާ

    އިންތިހާބުގެ މަސްސަލަ ކޯޓުން ކޮމްމެ ގޮތަކައް ނިމުނުކަމުގަވިޔަސް ރައްޔިތުންގެތެރެއިން އެއްބައެއްގެ ތިޔަބުނާ ހައްގުގެއްލޭނެކަން

  41. ބާޜި

    މީ ހަމަ އިބްލީސް. ފަސާދަ އުފައްދަން

  42. ކިލްޔާސް

    މިކަލޭގެ އަށް ތިއޮތީ ވާ ކައްނެލި އޮޑިއެއް ލިބިފަ، އޭގެން ސަލާމަތްނުވެ ނަގޫފިތިގެން ކޮންމެ ފަދައެއްޗެއްވެސް ކިޔާފާނެ. ކަލޭ ތަޅާހާ އަނގައެއް ބަލަން އެހެންމީހުންވެސް ނުތިބޭނެ.

  43. އަފްލާ

    ޝަރުޢީ ހުކުމެއް ކޮއްފިއްޔާ ޖެހޭނީ ހުކުމަށް ތަބާވާން ކޮންމެ ކޮޅަކަށް ނިމުނަސް ދީން ކިޔަވައިގެން ހުރެ ޖާހިލު ފަސާދަ ވާހަކަ ދެއްކުމަކީ އިލްޔާސްގެ ހޮބީއެއް އެކަ.ް ވިސްނާ ފިކުރުރު ކުރާ ބަޔަކަށް ކަންތައްތަކެއް ތަޖުރިބާ ކުރެވޭނެ

  44. އިންތިހާބް

    އިލްޔާސް ތީތިކަޑަ ގަދަބާރުން ކަންތަށްކުރަން އުޅެނީ ކޮން ބައެއްކަން ނޭގުނީތީ ހީވޭ އިލްޔާސް ހިނދުކޮޅުގަ ހުރިހެން ބަލަ ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓުން ހުކުމެއް ކުރަން އުޅުނީމަ ކިހިނެއް ވެގެން ތިތެޅި ބާލަނީ ؟ ވަގުން ވައްކަންކޮށްފަ ފަޅާ އަރާފާނެތަީ އުޅޭ ގޮތަށް އުޅުއްވާކަން މި ގައުމުގެ އެންމެ ކުޑަކުއްޖާއަށްވެސް އެގޭ ތިއުޅޭ ގޮތުން

  45. އިލީ

    ކުރިން ވަރަށް ގަދަރުކުރި މީހެއް. އެކަމަކު މިހާރު ވަރަށް ވަރަށް ވަރަށް ފޫހިވާ މީހެއް. ދީނީ އެލްމުވެރިއެއްކަމަށް ގަބޫލުވެސް ނުކުރަން މިހާރު. ސިޔާސީ އެންމެ ހަޑި މީހުންގެ ތެރޭ ހިމެނޭ މީހެއް.

  46. ޒެޑް

    ޢިލްމުވެރިންގެ ގަދަރާއި ޢިއްޒަތަށް ބަދުބަސް ނުބުނެވޭގޮތަށް ޝައިޚް ގެ ބަސް މަގު ބެހެއްޓެވުން އެދެން.

    ތިބޭފުޅާގެ ފަހަތްޕުޅުގަ ހުކުރުނަމާދުނުކުރަން މީހުން މިސްކިތުން ފައިބައިގެން ދިޔަދުވަސް ހަދުމަކޮށް، ލިބިވަޑައިގެން ހުންނެވި ޢިލްމުން މުޖުތަމަޢަށް ފައިދާއެއް ކޮށްދެވޭތޯ ބައްލަވާ! ސިޔާސީވެވަޑައިނުގަންނަވާ!

  47. ސަނާ

    ޢިލްޔާސް މިއުޅެނީ މަސްލަހަތަށް ތަށް ނޫނީ މަޤާމަށް ތައް.. މީކުރިން އެއްމެ އިތުބާރު ކުރި ޝެއިޚް މިހާރު ފޫހިވެއްޖެއް

  48. އަހްމަދް

    ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި"ރައްބު" ދީނުގައި ހައްދުފަހަނައަޅާގޮސްފައިވާ ނުރައްކާތެރިވެގެންވާ "ޙަވާރިޖުންގެ"ދުލާއި އަތުގެ ނުބައިކަމުން ސަލާމަތް ވުމަށްއެދި އަޅަމެން އިބަﷲގެ ރައްކައުތެރިކަމަށް އެދެމެވެ.

  49. ފާއިޒާ

    މައްސަލައެއް ކޯޓަށް ވެއްދުމަކީ 7 އުޑުމަތިން ބާވައިލެއްވުނު ކަލާމްފުޅުން ހަރާމް ކުރައްވާފައިވާ ކަމެއްތަ؟ ސޭހު ކަންނެލި

  50. ސޭޙް

    ލަދެއްހަޔާތެއްވެސްނެތް. މީނަފަދަ އިލްމުވެރިއަކު ލާދީނީ މީހުން ހިފާހައްޔަރުކޮށްގެން އުޅޭއިރު އެކަމާ ކަންބޮޑުވުމުގެ ބަދަލްގައި ދިވެހީން ދިބެހިންނާއި ޖެއްސޭތޯ މިބަލަނީ

  51. ވޭލްޝާރކް

    އަމިއްލަޔަށް ޝޭހު ހެދިގެން އުޅޭމީހުން ލަވާ ހަޅޭކަށް އަޅައެއް ނުލަން..

  52. ލިޑް

    ގަޢުމުގައި ބޮޑު ލޭ އޮހޮރޮވުމެއް ހިންގުމަށް ޝޭހުވެސް ހިއްވަރު ދެނީތޯ... ޕަކާސް ޝޭހް

  53. އާދަނު

    މިފަހަރު އިލްޔާސް ޙައްޖުގަވެސް ހުރެކުރީ ކެމްޕޭން ކަމަށް ޙައްޖައްދިޔަ އެތައްބަޔަކު އަހަރެންގާތުބުނި. މީނަޔަށް ކަމުދާގޮތަކަށް ޙައްޖުކޯޕަރޭޝަނުންވެސް އެއްވެސްކަމެއްނުކުރަކަމަށް.

  54. އަލިބިޔާއްކަލޯ

    އެހެންވީމަ އަވަހަށްގޮވާލަދީބަލަ ދާޙިލީ ކަތިލުމަކާއި ދާޙިލީ ހުޅުޖެހުމަކަށް
    އަހަރެން ހަމަ އަންތަރީސް
    މިމީހުނައްމިފެންނަ ފެނުމާއި އިވުމާއި މިމީހުންގެ ވިސްނުމާއި މިއީ ހަމަ ހައިރާންވާވަރުގެ ކަންތަށް

  55. ޖަޒީރާ

    އިލްޔީސު ބުނަންތަ ރނގަޅު ވާހަކައެއް ތި ލާދީނީ ގުރޫޕް ބޭނުންހާ އެއްޗެއް ހަދާތަން ބަލާކައް އަހަރެމެންވެސް ނުތިބޭނަަން

  56. އަހްމަދު

    ރިސްވަތާ ގަދަބާރުން ހައްގެއްނުހޯދޭނެ ރިސްވަތުގެ މުޑުދާރު ޢަމަލްހިންގައިގެން އެހެންމީހެއްގެ ހައްގުފޭރިގަތުމަކީ ރަނގަޅުކަމެއްބާ

  57. ކުޑަ ސޭކު

    ގަދަބަސްބުނެ ފޭރޭ ދީނީ ތާކިހާ އަލައިގެންއުޅޭ ދެފުއްކެހެރި އިލްމުވެރިޔަކީ ތިއީ!

  58. ޜާބިޢާ

    މިމީހުނަށް %80 ޔަގީން ކަން އޮތިއްޔާ ކީއްވެތަ ތިޔަ ތެޅުވެނީ ދެވަނަ ފަހަރަށް ވޯޓަށް ދިޔަސް ހަމަ އެޔަގީން ކަމާ އެކު ވޯޓްލިބޭނެއެއްނު އަނެއްކާ ޔާމީން ދެބަލިން ބަލިވެފަ ކުރެވުނީނު ކޮބްމެ ކަމަކާ ހާސްވާންވީ

  59. ހުސެން

    ސޭހް ވިޔަސް އަދި ސޭކް ވިޔަސް ގަދަބާރުން ރައްޔިތުންގެ ވޯޓައް ވައްކަން ކުރިކަން ސާބިތު ވެއްޖެޔާ ބަލަން ނުތިބޭނަން. އެދުވަހުން ދެން އޮންނަ ބުރަކައް ގާސިމައް ވޯޓު ހޯދައިދޭން ދަރުސް ބާއްވަން ރާއްޖެ އަންނަން ހިތައްވެސް ނާރުވާތި.

  60. އޫދު

    ގަދަބާރަކުން ނޫނެއްނު އަތުލަން އެއުޅެނީ ޝަރީޢަތް މެދުވެރި ކޮށެއްނު އަދި އެކަންކަން ސާބިތު ނުވާނަމަ ބާޠިލެއްވެސް ނުވާނެއެއްނު ދެން ކީއްވެ އެހާ ހާސްވެގެން މަރަށް ތެޅޭހެން ތިތެޅެނީ

  61. ނުރަބޯ

    ވަށްކަން ކޮށްގެން މަކަރާ ޙީލަތް ހަދައިގެން ރިޝްވަތު ދީގެން ޙައްގު ތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ތިބޭނެތަ ސޭކޫ....!!!

  62. އިލިޔާސްބިންލާދީން

    މީނަ މިގޮވާލަނީ ވޯޓުގެ ނަތީޖާއާ ދެކޮޅަށް ކޯޓް ހުކުމް އައިއްސިނަމަ އެމްޑީޕީން ނުކުމެ ލޭއިހުރުވަންކަން ޔަގީން...
    ކޮންކަހަލަ ސައިތާނީ ކަންކަމަށް ގޮވާލާ މީހެއްތަމީ؟

  63. ސާނިޔާ

    ގަދަ ބާރުން އިބޫ އެންމެން ޖަލުން ދޫކޮށްލީ ... މިއީ ކޮން އުސޫލެއް
    ގަދަބާރުން އަންނި ގެންނަނީ
    ގަދަބާރުން މުވައްޒަފުންނަށް އިބޫ ބިރުދައްކަނީ
    ވަރަށްގިނައިން ގަދަބާރުގެ ވާހަކަ ދެއްކިދާނެދޯ...

  64. ސައިބޯނި

    ތީ ދީނީ އިލްމުގެ ބަދަލުގައި ޝައިޠާނީޢިލްމް ކިޔަވައިގެންހުރި ޖާހިލެއް. ޔަހޫދީ އެކްޓިވިސްޓެއް.

  65. Anonymous

    ދީނީ އިލްމުވެރިން ނަކީ ފިތުނަ ފަސާދަ އުފައްދާ ބައެއްނޫން. ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ނުކުރުންއެދެން.

  66. އަބްދުއްލާ

    އިލްޔާސް މީ ޗާޗް ހުޅުވާދޭ މީހާތަ ؟

  67. ޖަޒީރާ

    ދިވެހިން މަގުފުރައްދަންނޫޅެ އިޒުރޭލު މީހުންނައް ފަތުވާ ނެރެން ދޭބަލަ

  68. މުހައްމާ

    އިލްޔާސް އަކީ އިސްލާމްދީން ޤައުމުން ފޮހެލަން މަސައްކަތް ކުރާ މުނާފިގެއް!

  69. މުޙައްމަދު22

    އިލްޔާސް އަކީ މިހާރު މިގައުމުގަ އަގެއްނެތް މީހެއް..މީނަގެ ވާހަކަ މާކަމުހިއްމު ބަޔަކު ނޫޅޭ...އެއްފަހަރު ދައްކާވާހަކަ ދެވަނަ ފަހަރު ދިމާނުވާބޭފުޅެއް...މޮޅު ވާހަކަ ދައްކާނެ...މާދަމާ ނުކުމެ ބުނާނެ އެއީ ތިމަންނަ އެހެން ބުނި އެއްޗެއްނޫނޭ އަސްލު ބުނަން އުޅުނީ މިހެންނޭ...މިފަދަ ދީނީ އިލްމުވެރިންނާ ހެދި ދީންދެކެ މީހުން ނަފްރަތު އުފެދި މުޖުތަމައުގައި ފަސާދަ އުފެދެނީ...ހަރުދަނާ މީހެއްނަމަ ތިމާގެ ވަކި އުސޫލު ތަކެއްގައި ހިފަހައްޓަން އެނގޭނެ....
    ދެން ތިގޮތަށް ކީއްވެ ރާއްޖޭގަ އުޅޭ އެހެން ޝޭހުން މަސައްކަތެއް ނުކޮށް އާއިލާ ގޮވައިގެން މެލޭޝިއާ ތަންތަނުގަ ނޫޅެވެނީ؟ ތިމާގެ އަމިއްލަ ދިރިއުޅުން އިސްލާހުކޮށްފަ އެހެން މީހުންނަށް ނަސޭހަތްދީ...

  70. މީ

    އިލްޔާސައް އޮތް އިތުބާރު ގެއްލިއްޖެ.

  71. ޢަހުމަދު

    ފަނާވެ މިދަނީ ކަލާގެ ޢިލްމީ ނަސޭހަތާހެދި ފަސާދަމިވަނީ ކަލާގެ އަސަރުގަދަ ވިހައިގެ ސަބަބުން މިގައުމު މިވަނީ ފަނާވެފާ ވަގޭގޮވާއިރު ވޯޓް ވަގުން ތެރޭ ކަލޭވެސް ހިމެނިފާ ކިޔެވި އެއްޗެއްގެ ބޭނުމެއްނެތި ކަލޭގެ ހެޔޮކަން އެހެން މީހަކަށް ދީފާ މިގައުމު ގޮވަނީ ފަސާދަ ނެތިކޮށް މިބިން އަމާންކޮށް ބޭއްވުމަށް ކަލޭ ގޮވަނީ މީހުން ނުކުންނަން މަގުމައްޗަށް

  72. ޓެކުސީ

    އިބިލީހުގެ ކަންނެލި އޮޑި ފައްތާލާނަން ބަލަންތިބޭތި އިބިލީސް އިލިޔާސް.