މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ފެށުމުގެ ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓު ކައިރީ ގިނަ ބަޔަކު ކިއު ހަދައިފިއެވެ.

މިއަދު 13:00 ގައި މިމައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށަން ނިންމާފައި ވާއިރު 10:00 ގައި ގިނަ ބަޔަކު ވަނީ ޝަރީޢަތުގެ މަޖިލީހަށް ވަނުމަށް ނަން ނޯޓް ކުރުމަށްޓަކައި ކިއު ހަދާފައެވެ. ޝަރީޢަތައް ވަންނަން ބޭނުންވާ މީހުންގެ ނަން ސުޕްރީމް ކޯޓުން ނޯޓް ކުރަން ފަށާނީ މެންދުރު 12:00 ގައެވެ.

ޝަރީޢަތައް ވަނުމަށް ކިއު ހަދައިގެން ތިބި މީހުންގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ބޭފުޅަކަށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް އެކަންޏެވެ. ނަމަވެސް ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާކުރާ ބޭފުޅުންނާއި ޕީޕީއެމްގެ އެކްޓިވިސްޓުން ކިއުގައި އެބަތިއްބެވެ.

ސުޕްރީމް ކޯޓު ކައިރީ މިއަދު ކިއު ހަދާފައި
ސުޕްރީމް ކޯޓު ކައިރީ މިއަދު ކިއު ހަދާފައި

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަރީމާން

    ދެން ރައްޔިތުން ލައްވާ އަވީގަ 7 ގަޑީއިރު ބައިތިއްބައިގެން ވޯޓް ލައްވާނެ ކަމެއް ނެތް ސްޕްރީމް ކޯޓުން ވަކި މީހަކަށް ދޭ އެއްޗެއް ގޮތުގަ ބާއްވާ، އޭރުން އަހަރެމެނަށް މާ ފަސޭހަ.
    ފާޑު ފާޑަށް ރައްޔިތުންނާ ކުޅެފަ މަސާޖު ޕާލާ ތަކަށް ވަންނަން ރާއްޖޭން ބޭރަށް ދާން ނަހަދާތި. ނާރުވާނެ. ދޮންރިހަ ކައްކާނެ މީހުން ގެނެސްގެން މަސާޖު ކުރޭ . އޯކޭ. ސްޕްރީމް ޖަޖާސް

  2. މާލް

    މިހާރު މިވޯޓުގެ ޙައްޤުހޯދަން މަސައްކަތް ކުރަނީ ޢާއްމު ދިވެހިރައްޔިތުން. ޔާމީނެއްނޫން. ލިބިފައިވާ ހެއްކާއި މައުލޫމާތާއި ހެކިތަކަކަށް ފަހު އެއްމެ އިންސާފުިވެރިގޮތަކަށް މިޝަރީޢަތް ހިންގައި ދިނުމަކީ އަހަރެމެން ހުރިހާ ދިވެހިރައްޔިތުން ސުޕްރިމް ކޯޓުގއި އެދޭ އެދުމެއް.

  3. ރަޝީދުބެ

    ބުނަން ވައްކަން. ކުރުވަން އުޅުމުން ރަސްކަން
    ތިއޮތީ ލިބިފައި ދައްމާނައް ދިމާވާންކުރު މަކުން
    މޮޅެއް ނުވެވޭނެ އަޤީދާޔާ ފެށުއަރާ ވަރައްގިނަ ކަންތައް ކުރައްވާފި ގަޑިޖެހުނު ކަމައްބަލާ ދެން
    ތެޅިފޮޅޭނެ ކަމެއްނެތް ދެން އަތްޖަހާ

  4. ޝަމްސުއްދީން

    މެންދުރު ބަންގިގޮވާވަގުތު ނަމްބަރު ދޫކުރަނީ. ދެން ބައިވަރުގަނޑު ނަމާދަށްނުގޮސް އެތާ ތިބެދާނެއެއްނު.

  5. ސީސީސީސީ

    ތިކޯޓްތަކަކީ މިއަދުކުރާ ޙުކުމް މާދަމާ ބަދަލުކުރާތަންތަން ؟ ފުރަތަމަ ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތްކަންވީ؟

  6. ފަހުބަސް

    ފަހުބަސް ބުނުމުގެ ބާރު ވަނީ އެމެރިކާ އަތުގަ . ސުޕުރިމްކޯޓަށް ވައްދާނެކަމެއއނެތޭ .