ރައީސް ޔާމީން މައިތިރިކުރަން ދުނިޔެ އޮތީ ތައްޔާރަށް ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
އިންތިހާބުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން މިއަދު ތާވަލު ކޮށްފައިވަނިކޮށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުން ބާތިލް ކުރެވޭނެ އެއްވެސް ހުއްޖަތެއް ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އިލެކްޝަނުން އިންތިހާބު ބޭއްވީ އެއްވެސް ޝަކުވާއަކަށް ޖާގައެއް ނެތް ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
Rayyithun ge ninmun baathil kureveyne eyves huhjjatheh SC ah RY husha alhuhvaa fai nuvey. EC in riyaasee inthikhaab baavaifai vanee eyves shakuvaa akah jaaga ey nei gothah. RY mi zaathah bodaa haakaanama maithiri kuran dhuniye othee thahyyaarah & varugadha filaavalheh dheyne.
— Mohamed Jameel Ahmed (@MJameelAhmed) October 14, 2018
"ރައީސް ޔާމީން މި ޒާތައް ބޮޑާހާކާނަމަ މައިތިރިކުރަން ދުނިޔެ އޮތީ ތައްޔާރަށް، ވަރުގަދަ ފިލާވަޅެއް ދޭނެ" ޖަމީލު ވިދާޅުވިއެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާނީ މިއަދު 13:00 ގައެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
އެހެން ދޯ؟ ކަލޭވެސް މިތާ ފައްޅި އަޅަން ތައްޔާރުވެ ތިހިރީ ދޯ؟
ތިޔަބުނީ އީޔޫ ވާހަކަތަ؟ މިއުޅެނީ ޔާމީން ބަލިވެގެނެއްނޫނެވެ. މިއުޅެނީ ވޯޓުން ވައްކަންކޮށްގެންނެވެ.
ކަލޭ ކައިރީގައި ބުނެފައި ދޯ ހެއްކާއި ހުއްޖަތް ހުށައެޅީ! އިންތިޚާބު ބާޠިލްކޮށްފިއްޔާ ދެފިޔަ ތަޅާގަނެފައި އުދުއްސާގަންނަން ތައްޔާރަށް ހުރޭ!
ބޮޑިބަތްޖަމީލު ދުނިޔެއަކީ ކަލޭއެކަނިތަ! ނުވަތަ އެމެރިކާ އިންޑިޔާތަ! ބަލަގަ ތިޅައެއްބުނީ ހޮވުނަސް ވެރިކަމެއްނުދޭނަމޭ! ޔާމީނު އެއްފަހަރުވެސް މިހެންބުނިތަ!
ޔާމިން އެއްފަހަރުވެސް ބުނެފިތަ! އިންތިޚާބުގަބޫލުނުކުރަމޭ. ބަލިގަބޫލުކޮށްގެން ހުއްޓާއަހަރުމެން ވޯޓްއިން ހޮވިއިބޫގެފަރާތުންނާ އީސީގެ އަމަލުތައް ހުރިގޮތުން ހޯދިހޯދުމުން ވޯޓްގަ މައްސަލައުޅޭކަމަށް ފެންނާތީދެންދާން އޮތްތަނަކަށް ދިއުމަކީ މައްސަލައެއްނޫ. ގޯހެއްނެތިއްޔާއިންތިޚާބު ބާތިލެއްނުކުރާނެ.
ބާޣީ ޖަމީލު ވޯޓު ވަގު
މީހުން މައިތިރި ކުރަނީކީ ދުނިޔެ އެއް ނޫން. ﷲ ސުބްޙާނަހޫ ވަތަޢާލާ! ހަނދާން އެބަހުރިތަ 5 ަހަރު ނުވަނީސް ނަޝީދު މައިތިރިކުރެއްވި ގޮތް. ދުނިޔެ އޮތީ ނަޝީދާ އެކީގައެއް ނޫންތަ؟ ކޮބާ ދެ ފަހަރު ދެ ގޮތަށް ފަތުވާ ދެއްވި ޑރ. މަޖީދު؟ ޢިބްރަތް ޙާޞިލުކޮށްބަލަ! ޔާމީނަކީ ދުނިޔޭގެ ބިރަކަށް ދީނާއި ޤައުމަށް ޚިޔާނާތްތެރިވާނެ ވެރިޔެއް ނޫން. އެ ނޫނީ ޤައުމު ތަރައްޤީކުރުމުގެ ވިސްނުމުގައި ވެރިކަމަށް އައި އެކަކު ވެސް ނެތް. މުޅިން އަމިއްލަ އެދުމުގައި އުޅޭ މީހުން ދެން ތި އުޅެނީ. ޖަމީލަށް ވެސް ނާއިބު ރައީސްކަން ލިބުނީމާ ފުރަތަމަ ދުވަހުން ފެށިގެން ރައީސްކަމުގެ ހުވަފެން ދެކެގެން މަސައްކަތް ފަށައިގަތީ. ޖަމީލު މައިތިރި ކުރީ އެމެރިކާއިންތަ؟ ހަމަ ﷲ! 5 އަހަރު ވަންދެން މި ވެއްޓެނީ ވެއްޓެނީ ކިޔާލަކިޔާލާ ތިބެވިއްޖެއްނު! ކާކު ހުރިހާ ފަހަރެއްގައި ބާޣީން މައިތިރިކުރީ؟ ޖަމީލު ރާވައިގެން ހިންގި މޭޑޭ ބަޣާވާތް މައިތިރިކުރީ ކާކު؟ ބަލަ ޢިބްރަތް ޙާޞިލުކޮށްބަލަ!
ޖަމީލު ކިޔޭނުކިޔޭ އެނގޭބާ! ﷲގެކުޅަދުންވަންތަ ކަމާކުޅެވޭނެ އެއްވެސްފަރާތެއް ނުވޭ. ތިހެންދަށްކާބިރަކަށް ސިހޭނެމީހެއްނޫން ޔާމިންއަކީ. މިދިޔަފަހަރު އަޫއައް ވޯޓްދިނަސް ދެންވޯޓްލާން ޖެހިއްޖެނަމަ ނުދޭނަން. ޖަމީލުމެން ކަހަލަކިޔަވައިގެން ތިބިކަމަށްދައުވާކުރާ ބަޔަކުތިހެން ބިރުދަތްކައިގެން އަހަރުމެންއެކަން ބަލައެއްނުގަންނާނަން. ޖާހިލުންނެކޭކަލޭމެންނެކޭ ހުރިތަފާތެއް އަހަންނަކަށް ނުފެނޭ.
ހާދަ.ބާރަކަށޭ ތެޅިބާލަނީ. ޥޯޓުވަގުންތައް
ދުނިޔެއަކީ އިންޑިޔާ އާއި އެމެރިކާ، އިނގިރޭސިވިލާތް އަދި އިޒުރޭލުތަ ބްރންޗާ
މިފެންނަނީ ވޯޓު އޮޅުވާލި މީހުން ހާސްވެގެން ފުމޭ ތަން. އަހަރެން ދިވެއްސެއްގެ ހައިސިޔަތުން ވޯޓު އޮޅުވާލާފަ ވޭތޯ ބަލަން ބޭނުން. މީ ޖަމީލްގެ އެކަނި ގައުމެއްނޫން.
ބާގީޖަމީލު ބޮޑިބަތް ޖަމީލު ފިލައިގެން ދިޔައީ ކީއްވެތަ؟ ސާފުކޮށްދީ ރއްޔިތުންނަށް!
ކަލޭޔާއި ކަލޭގެ އަނގަ މައިތިރިކުރުމަށް އަހަރުމެންވެސް މިތިބީ ފުރިހަމަޔަށް ތައްޔާރަށް، ހަނދާން އެބަހުރިތަ ރައީސް ނަޝީދު ހޮވުނަސް ވެރިކަން ހަވާލު ނުކުރާނަމޭ ބުނި ހަނދާން، އެހެންވީމަ ދެންވެސް އަނގަމަޑުންލައިގެން ހުރެވޭތޯ ބަލާބަލަ، އިބޫގެ ސަރުކާރުން ކަލޭމެންނަށް އިތުބާރެއް ނުކުރާނެ، ކުރެވެން ނުވެސް ނެތް
ދެފުއްކެހެރި އަމިއްލަ އެދުން ބޮޑުމުނާފިގު ކީކޭ މި ކިޔަނީ.
ގާސިމާ. ޖަމީލް. ޢިލިޔާސް މާާތިރި ކުރައްވާށި
އާމީން
އޭޖަމީލާ ރައީސް ބޮޑިބަތް ކައްކަނީއެކޭ ނޫނެ މިކިޔަނީ...ވޯޓުން ވަށްކަން ކުރިއްޔޭ މިކިޔަނީ...
ފަލަސްތހެެނުގައި މުސްލިމުންނަށް ކުރާ އަނިޔާ އާ ދުނިޔޭގެ އެތައް މުސްލިމުންނަކަށް އެތައް ގޯނާ އެއް ކުރާއިރު ތިޔަބުނާ ދުނިޔެ ކޮބައިތަ؟ ތިޔަހެން ވިއްޔާ އަހަރެމެން ވެސް މިތިބީ ތައްޔާރުގަ. ކީއް ކުރެވޭނީ އެއްކަމެއްވެސް ނުކުރެވޭނެ.
ކަލޭ ތިޔައުޅެނީ ޒާތީ ހަސަދައެއް އޮވެގެން
ވައްކަންކުރީ ޔާމީންގެ ސަޕޯޓަރުން އެއީ ވޯޓްފޮށިކައިރީގަތިބީ ޔާމީންސަޕޯޓަރުން ވޯޓްގުނީ ނަތީޖާ އިއުލާނުކުރީ ޔާމީންގެ މީހުން ދެން ލަލަލަ
މީނަ ނައިސްގެން ފޯއްމުލަކު މީހުން ތިބީ މަގު ދެކޮޅު ބަލަބަލާ . އަވަހަށް ދޭ ރަށަށް. ބޮނޑިބަތް ހުރީ ތައްޔާރަށް.
ބުރޯމެން ކަހަލަ ތަޢުލީމީ މީހުން ތިޔަކަހަލަ ވިޔާނުދާ ވާހަކަ ނުދައްކަބަލަ ބަލަގަ ޔާމިން މައިތިރި ނުވެގެންނެއްނޫނޭ މި އުޅެނީ ރައްޔިތުންގެ ހައްޤު ފޭރިގަނެގެންނޭ މި އުޅެނީ ދެން މަޑުން ހުރެބަލަ ރައީސްޔާމިންގެ ހެޔޮފުޅުކަމުން ބުރޯވެސް މި ޤަޢުމަށް އެނބުރި އާދެވުނީތީ ޝުކުރުކޮށްބަލަ ވަރަށް ސަލާމް
އަހަންނަކަށްވެސް ނޭގޭ. މި ދުނިޔެއަކީ ހަމައެކަނި މިކަލޭގެ އެކަނިތަނެއްތަ؟ ބަލަގަ އިދިކޮޅަކު ކަލޭ ބަލައިގަންނާނެ ބައެއްނެތޭ!! ރާއްޖެ އައިދުވަހު މަރުޙަބާ ކިޔަން ދިޔަ އަމާާ އެކަނި މިކަލޭގެ އަށް ސަޕޕޯޓު ކުރާނީ. ދެންއޮތީީ ބުރުމާ؟ އެފަކީރުގެ ޙާލު އަދިވަކިންބޮޑު؟ އަދި ކޯލިޝަނުގެ ވެރިކަން ނުފެށި އުޅެނިކޮށް ކޯޅޭން ފަށާ ވަނީމުޅިން ބާކީކޮށްފަ.
މިހިނދުން، މިހިނދަށް ފާހަގަކުރެވޭ ތިންކަމެއްވެއެވެ. ފުރަތަމަކަމަކީ، ސުޕުރީމު ކޯޓަށް މައްސަލަ ހުށަހަޅަފައިވާކަމެވެ. ދެވަނަކަމަކީ، ކޯޓުން މައްސަލަ ޤަބޫލުކޮށް، ބަލައިގެންފައިވާކަމެވެ. ތިންވަނަކަމަކީ، މައްސަލާގެ އަޑުއެހުންތައް ޝަރީޢަތުގެ މަރްޙަލާގައި ކޯޓުގައި ފެށިފައިވާކަމެވެ. އެހެންކަމަށްވާނަމަ، މައްސަލަ ހުށަހެޅުމާއި، މައްސަލަ ބަލައިގަތުމާއި މައްސަލަ ކުރިޔަށް ގެންދެވުމުގައި ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް ކަމެއް ހިނގާފައިވާ ކަމަށް ބެލޭކަށް ނޯންނާނެއެވެ. އޭގެމާނައަކީ، ދެން އޮންނާނީ، މައްސަލަ އަޑުއެހުމާއި މައްސަލާގައި ގޮތެއް ނިންމެވުމެވެ. އެބަހީ، މަތީމަރްޙަލާއި ކަމެއް ނިމޭއިރު، ޖެހިގެން އޮތް މަރްޙަލާއެއްނެތެވެ.
ކަލޭ ފުރަތަމަ މައިތިރިވެބަލަ
ޔާމީން ކަލެއަށް ކީއްކުރީއްތަ؟ ކަލޭ ފަހަތުގައި ވެސް އެބައޮތެއްނު ޔަހޫދީ ބައިގަނޑު
ހަސަދައިން ފުރިގެންވާ އިންސާނާ މިއީ ޔާމީން ކުރި ކަމެއްނޫނޭ. ކަލޭ ބޭރު ޤައުމުތަކުގައި ބޭރުމީހުންަށް ކުރި އާދޭހުގެ ހިތިރަހަ.މިއޮތީ މުޅި ދިވެހިރާއްޖެއަށް އައިސްފަ. ކަލޭ ކިތަންމެ ވައްތަރެއްޖެއްސިޔަސް ވޯޓުން ވައްކަން ކުރަން ފުރުޞަތެއް ނުލިބޭނެ.
ޖަމީޅް ސާބަހޭ ބާރާއް ކުރިޔަށް
މުޅި ދުނިޔޭގެ ވެރިން ތައިޔާރު ވަމުންދަނީ "ރިށިވެ ގޮސް" އޮތް ބޮނޑިބަތް ގަނޑުން ސަލާމަތް ވާނެ ގޮތެއް ހޯދަން. މި ކަލޭގެ ނުދަންނަނީ ތަ ﷲ ވޮޑިގެން ވާކަން ވެސް. މި މީހުން ކިޔެވި ކިޔެވި ހެން ވަނީ ކާފަރު. ރައީސު އޮފީހުން ބޮނޑި ބަތް ގަނޑު ބޭރު ކުރީ މިންވަރު އޮޅި ގެންކަމަށާއި އަ އަދިވެސް މިފަދަ އެތެއް ކަމަކާ ގުޅިގެން.