އައްޑޫ ސިޓީ ހިތަދޫގެ ސަހަރާ ފުރިގެން، ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާ ހިތަދޫ ހުކުރު މިސްކިތު ގަބުރުސްތާނުގައި މީހުން ވަޅުލަން ފަށަން ނިންމައިފިއެވެ.

ހިތަދޫ ސަހަރާގައި މީހުން ވަޅުލަން ފެށިތާ 16 އަަހަރު ފަހުން ސަހަރާ ފުރިފައި ވާއިރު، އަލުން މީހުން ވަޅުލަން ފަށާ ހުކުރު މިސްކިތު ގަބުރުސްތާނުގައި ފާއިތުވި 16 އަހަރު ތެރޭގައި އެއްވެސް މީހަކު ވަޅުލާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ގައި ރޭ ނިޔާވި ދެމީހުންގެ ތެރެއިން އެކަކު މެންދުރު ނަމާދަށް ފަހު އަދި ދެވަނަ މީހާ އަސުރު ނަމާދަށް ފަހު ވަޅުލުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ހުކުރު މިސްކިތު ގަބުރުސްތާނުގައެވެ.

ހިތަދޫ ގައި ވަރަށް ބޮޑު އާސަހަރާއެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ސަހަރާ ހަދާ ސަރަހައްދު ސާފުކޮށް އެސަރަހައްދަށް ވެލި އަޅާ ފަސްގަނޑު ވެސް ވަނީ އެއްވަރު ކޮށްފައެވެ. ނަމަވެސް އެސަހަރާގައި ވަށާފާރު ރާނާފައި ނުވާތީ އެސަހަރާގައި މީހުން ވަަޅުލާން އެއްވެސް އާއިލާ އަކުން ބޭނުމެއް ނުވެއެވެ.

ހިތަދޫގައި އަލަށް ހަދާ ސަހަރާގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯބެ

    އައްޑޫ މީހުން ހާދަ ގަމާރޭދޯ ސަހަރާ ފާރު ނުރޭނިއަސް މީހުން ވަޅުލުމަކީ މައްސަލައެއްނޫން

  2. އައްޑޫ

    މިވަރު ކަމެއްވެސް ކުރާކަށް އެނގޭ ކައުންސިލަރެއްނެތް. އެކަމަކު މިހާފޫގަޅައިގެން އެތިބީ 2019 ރައްޔިތުންގެ މަޖްލީހަށް. ނުލިބޭނެ ވޯޓެއް! ނާންނާތި ވޯޓް ހޯދަންވެސް.

    ފާރަކާއި ވަޅުލާ މީހައާއި އޮތީ ކޮންގުޅުމެއް. ކޮސް ގޮވަނީ

  3. އިބްރާހީމް

    ޓިކަމުން އެންގެނީ ފާއިތުވެދިއަ ދުވަސްތަކުގަ ހިތަދޫގަ ތިބި ވެރިންނަކީ ހަމައެކަނި ލިބޭމުސަރައިގެ ބޭނުމުގަ ތިބިބައެއްކަން،