ބަލި ގަބޫލު ކުރުމަށްފަހު އިންތިހާބު ބާތިލް ކުރުމަށް ކޯޓަށް ދިއުމަކީ ހޮޑުލާފައި އަލުން އެ ކާން އުޅުންހާ ހަޑިކަމެއް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހްޒީބު މުޖުތަމައުތަކުގައި އިންތިހާބުގެ ބަލި ގަބޫލުކޮށްފައި ތާކުންތާކު ނުޖެހޭ ކަންތަކާ ކޯޓަށް ގޮސް ޝައްކު ކުރުމަކީ ހޮޑުލާފައި އެ އަލުން ކާން އުޅުން ހާ ހަޑިކަމެއް ކަމަށެވެ.

" ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުމުން ތަހްޒީބު މުޖުތަމައުތަކުގައި މިފަދަ ގޮތަކަށް އަމަލު ނުކުރާނެ " އަލީ ޒާހިރު ވިދާޅުވިއެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާނީ މިއަދު 13:00 ގައެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޮޑުގަމާރު

    ކަލޭގެ ދީންވެރިކަމަށް ކޮށްފައިވާ އަސަރުފެނިނަ ހިނިވެސް އާދޭ، ދެރަވެސްވޭ! މިހާރު ދީނޭ ކިޔާކަށް ނޭނގޭ! މިހާރު ކިޔަން އެނގެނީ ޑިމޮކްރަސީ.. ތަހުޒީބު މުޖަތަމަޢު.. ވޯޓު.. މިނިވަންކަން.... ކަލޯ ހުރިހާ ދީނެއްގެ މީހުންނަށްވެސް ދިވަހިރާއްޖޭގައި އުޅެވޭނޭ ތިޔަދުލުން ބުނާ ދުވަހަކަށް މިހާރު މިއިންތިޒާރުކުރަނީ! މިމީހުންނަށް ރޭކާނުލާ ﷲ މިމީހުން ފަޟީޙަތްކުރައްވާއިރުވެސް.

  2. އ.ޖ.އ

    ތިޔައީ ވަރަށް ބޮޑު ތެދުފުޅެއް.. މިފަހަރު މިޖެހުނީ އެއްބަސް ވާން.

  3. ލޮލް

    އަލީ ޒާހިރު ތީ ދީނީ އިލްމުވެރިއެއްބާ. މާ ލަދު ކުދަވެގެން ތިޔަ ޔަހޫދީންގެ ބައިގަނޑު ފަހަތުން ދުވަނީ ކޮބާއިބާ ދަސްވި އެއްޗަކީ. އުނގެނުނު އިލްމަކީ. އަދުލު އިންސާފަކީ އޮންނައެއްޗެއް. އިންތިޚާބުގެ ޝައްހަކަން ގެއްލުނީމަ ކެންޑިޑޭޓަށް ގާނޫނުން ލާޒިމުކުރޭ ސްޕްރީމް ކޯތަށް ދާން. އެންމެ ފަހު ބަސް ބުނާނީ އެކޯޓުން. ކަލެއެއް ނޫން.

  4. މައްސަލަ

    ބަލި ޤަބޫލުކުރުމަށްފަހުވެސް މައްސަލަ ތަކެއް އުޅޭކަމަށް ޝައްކު ކުރެވެންޏާ ކޯޓަށް ދިޔުމަކީ މައްސަލައެއް ނޫން.

  5. އަލި

    ދީނީ ޢިލްމުވެރިއެއް ތިޔަގޮތައް އުޅުމަކީ ހުތުރު ކަމެއްނޫންތަ؟

  6. ޢައްޔަ

    ޚ ކަލެއަށް ކެރޭނެތަ މީރު އެއްޗެއް ދިނިއްޔާ ކާން

  7. ކުމާރު

    2008 ގަ ވެރިކަމައް އެމްޑީޕީ ގެނެސްދީފަ ހަމަ އެވެރިކަންވައްޓާލަން އުޅުމަކީ ކަލޭ ފަހަރުވައްލާފަ އަމިއްލައައް ފަހަރުވައް ބުއިންކަހަލަ ހަޑިކަމެއް

  8. ޒޫ

    ޥެރިކަމާހެދި ބޫތު ކާފ

  9. އަފްލާ

    މި ޖަހާލަތު ޕާޓީ ކޮހފިޔޔާ ކޮންމެ ކަމެއްވެސް ހުއްދަ އަނާރާ ހަފތާކު އެއްފަހަރު ބުމަހަދަނީ މީ ﷲ ޙަރާމް ކުރެއްވި ކަމެއްކަން ނޭނގެނީބާ ވޯޓް ވަގު ވަގު ވޯޓް

  10. ޝީން

    ތީގެ މާނަ އަކީ ފާފައެއް ކޮށްފަ ތައުބާވާން ވެސް ނުޖެހެއޭ ދޯ؟ ބަލިގަބޫލުކުރީ ބަލިވީމަ.. މަކަރު ހެދިކަން އިނގނީ ފަހުން.. އެހެން ވީމަ ފާފައަށް ތައުބާ ވާހެން މަކަރު ހެދިކަން އިނގުނީމަ އެކަން ވެސް ބަލަން ޖެހޭ.
    ކޮން ކަމަކާ ބިރުން ތި ތެޅި ފޮޅެނީ.

  11. ޙޮޑުކާ

    ޔަޤީންކަން ނެތީމާ ދެވަނަ ފަހަރަކަށް ވޯޓް ނުލާން ތި އުޅެނީ...

  12. ފައި

    އަޅުގަނޑަކަށް ހިޔެއްނުވޭ އަލީޒާހިރު މިހާރު ހަމައިގަ ހުންނަވާހެންނެއް!!!! އެމްޑީޕީގެ ފިކުރުގައި ހަމަ ރަނގަޅަށް ވެސް ތިހުންނެވީ ޖެހިވަޑައިގެންފަ!!!ތީ މިހާރު އަދާލަތުޕާރޓީގެ ވިސްނުމާއި ފިކުރުގެ ބޭފުޅެއްކަމަކަށް ޤަބޫލެއް ނުކުރެވޭ....

  13. ޢަބްދުﷲ

    ޢަރަބިއްޔާއާއި މަޢުހަދުން ކިޔެވުމަށްފަހު، މެދުއިރުމަތިން ކިޔަވާފައިވާ ބޭފުޅަކު، އަޒުހަރުގައި މަތީތަޢުލީމު ނިންމާ، ހިތްވަރާއި ޢަޒުމާއި ކެރުމާއެކު، ނުކުމެފައިވަނީ، އިޞްލާޙީ އެޖެންޑާއެއްގައި ބުރައުފުލަމުން ގެންދާ ބައެއްގެ ފަހަތުންނެވެ. އެހެނީ، ރައްޔިތުންގެ މަޖިލިސް ޙިސާރު ކޮށްފައިވާއިރު، މިނިވަން މުޢައްސަސާތައް ޕެރަލައިޒް ވެފައިވާއިރު، ކޯޓްތަކުގެ މައްޗަށް އުންމީދު ގެއްލިފައިވާއިރު، ހައްޔަރުގައި ތިއްބެވި ސިޔާސީ މުފައްކިރުންނާއި މުއައްރިޚުންނާއި މުޢައްލިމުންގެ ޙުރުމަތުގައި، ޤައުމަށްޓަކައި ރައްޔިތުންނަށްޓަކައި، އުތީމު ތިންބެއިންނާއި ދަންޑެހެލާއި ދެޙާޖީންގެ ދައުރު އަދާކުރާނެ ބަޔަކު މިހިނދުން، މިހިނދަށް ސިޔާސީ ސަފުތަކަށް ނާރައި ފަރުޖެހޭކަށް ނޯންނާނެއެވެ.

  14. ލަމްޙާ

    ދޮގެއްބުނުމަށްފަހު އެކަމުގެ ގޯސް ވިސްނިގެން ތެދެއްބުނުންވެސް އެފަދަތޯ ސޭޚު؟

  15. ހަސަން

    އެންމެ ރީތި ގޮތަކަށް ވާނީ ބަލި ޤަބޫލުކުރުމަށްފަހު ދެން ދައުލަތުގެ މުދާ ތަކުގައި އަލިފާންޖެހުން.

  16. ބުރުމާކަށި

    ކަލޭ އަނގަ ފުޅާތިކުރަނީ މިޤައުމުން ކިތައް ޕަސެންޓް މީހުންގެ ތާއީދު ކަލެއަށް އޮވެގެންތަ، ހަޔާތް ކުޑަވިޔަސް ތީފުކެއް ބޮޑުވަރު، 3000 މީހުން ހަމަނުވޭ ކަލޭ ނިސްބަތްވާ ދީންވިއްކާ ޕާޓީއަށް