މިހާރު އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށާއި ކުރީގެ ރައީސުލް ޖުމްހުރިއްޔާ މައުމޫން އަބްދުލް ޤައްޔޫމްގެ ދައުރުގައި އޮތްފަދަ އިތުބާރާއި އެކުވެރިކަން އިންޑިޔާއަށް އިޔާދަކޮށް އަލުން ހޯދަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެވެ.
ދުންޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
It was such a pleasure to call on my friend HE @SushmaSwaraj to pass on greetings from my father. HE @maumoonagayoom built a warm friendship between our countries while he was in office. We need to regain the trust between our countries. pic.twitter.com/KSOtqhSz0b
— Dunya Maumoon (@dunyamaumoon) October 13, 2018
"އަޅުގަނޑުގެ ރަޙްމަތްތެރިޔާ ސުޝްމާ ސްވަރާޖާ ބައްދަލުވުމުން ވަރަށް އުފާވެއްޖެ. މިއީ ބައްޕަގެ ފަރާތުން ބައްދަލު ކުރި ބައްދަލުވުމެއް. ރައީސް މައުމޫންގެ ޒަޢާމަތުގައި އިންޑިޔާއާއި ރާއްޖެއާ ދެމެދު ވަނީ އެކުވެރިކަން އުފައްދާފަ. މިފަދަ އެކުވެރިކަމާއި އިތުބާރު އިޔާދަ ކުރަންޖެހޭ." ދުންޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ ދައުރުގައި އިންޑިޔާއާއެކު ޚާއްސަ ގުުޅުމެއް ބާއްވާފައިވާއިރު، ޖަލު ހުކުމެއް ކުރެއްވުމަށްފަހު ކަފާލާތުގެ ދަށުން މައުމޫން ދޫކޮށްލުމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދެރަ މޯޑީވަނީ އެމަނިކުފާނާ ގުޅުއްވާ މަރުޙަބާ ދަންނަވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ބޭއްވި ގުޅުމުގެ ސަބަބުން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށްވަނީ ބުރޫއަރާފައެވެ. ނަމަވެސް އިންތިޚާބީ ރައީސް އިބޫގެ ސަރުކާރާއި ދެމެދު އިންޑިޔާއިން ގާތް ގުޅުމެއް ބާއްވާނެ ކަމުގެ ފެހި ސިގްނަލް އެއްވަނީ ލިބިފައެވެ. މިގޮތުން އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯޑީއަށް ދަޢުވަތު ދީފައިވާއިރު، އިބޫއަށްވަނީ އިންޑިޔާއަށް ދިއުމަށް ރަސްމީ ދަޢުވަތެއް ދީފައެވެ.
ތިހެންތެޅިފަ މިރާއްޖެއަށް މޯދީ ނުގެންނާތި ހީވަނީ އަދިވެސް މިގަމުގެ ރައީސަކީ މިކޮއިމެންގެ ބަފާހެން ފޫހި ވެރިކަމެއް
އެކުވެރިކަން ހޯދުމަކީ އިންޑިޔާގެ ޖީބަށްއެރި އެމީހުންނަށް ގައުމު ވިއްކާލުމެއްނޫނެވެ.
ފިނިހަކަދުވެލީގައި ރާއްޖެ ހިންގާކަށް ތިމޯދީއަކާ ގުޅުންބަދަހިކުރާކަށް ބޭނުމެއްނޫން. ތިމީހުންއުޅޭ މޯދީގާތި ގެރިކަތިލާން
ކީކުރާ ބައެއް ތީ އަންޑިޔާ މީހުން
އާ އޭރުންތާ މައުމޫނުގެ ފިނިހަކަ ދުވެލީގައި ކަންތައްތައް ތަރައްޤީ ވާނީ، އޭރުންތާ އިންޑިޔާއަށްވުރެ ގިނަ ކާމިޔާބީ ހޯދަފާނެތީ، ހަތަރެއްޗަށް ފިތާލާއިގެން ސާރކުގެ އެހެނިހެން ޤައުމުތަކަށް ހަދާލާގޮތަށް މުށުތެރެއަށް ލެވޭނީ.. ޖޯކެއްނު
ތަހުޒީބީ މުޖުތަމަޢުތަކުގައި އޮންނަނީ ދެގޮތެކެވެ. އެއްގޮތަކީ، ޤައުމަށް ފައިދާއެއް އޮންނަ ކަމެއްނަމަ އެކަމަކަށް ތާއީދުކުރުމެވެ. އަނެއްގޮތަކީ، ޤައުމަށް ގެއްލުމެއް ލިބެން އޮންނަ ކަމެއްނަމަ، އެކަމަކަށް ދެކޮޅުހެދުމެވެ. އަދި މިދެގޮތުން ކުރެ ކޮންމެ ގޮތެއްގައިވެސް މިސާލަކަށް ފައިދާއެއް އޮތްނަމަ، އޮތް ފައިދާއެއްގެ މައްޗަށް ނުވަތަ ގެއްލުމެއް އޮތްނަމަ އޮތް ގެއްލުމެއްގެ މައްޗަށް ބަލައި އެމީހެއްގެ ފެންވަރުގައި އެއްޗެއް ބުނެވޭނެއެވެ. އެހެންނަމަވެސް، މިނޫން ގޮތްގޮތަށްވެސް ބައެއްބޭފުޅުން ކޮމެންޓް ކޮށްފައިހުރެއެވެ.
ނުޖެހޭ ހޯދާކަށް ބޭނުމެއްނޫން، މިޤައުމަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަން ނުދަންނަ ބަޔަކާ ގުޅުމެއްވެސް ބާއްވާނެ ކަމެއްނެތް ބޮންދު ބުންޏަސް