ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ކަންކަން ފުޅާ ދާއިރާއެއްގައި މޮނީޓާ ކުރި ޓްރާންސްޕޭރަންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަތުވެދާނެ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

"އިންތިޚާބުގެ ކުރިން ކަންކަން ކޮށްފައިވަނީ ޕީޕީއެމަށް ފަހިވާގޮތަށް ނަމަވެސް އިންތިހާބު ބޭއްވި ދުވަހު ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވޭ " ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަންކުރި ގޮތަށް ޝަރުއީ ދާއިރާ މެދުވެރިކޮށް މަސައްކަތް ނުކުރުމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް އެ ނިންމުމާ އެއްގޮތަށް ސިޔާސީ މަސްރަހު، ސުލްހަވެރިކަމާ އެކީ ބައްޓަން ކުރުމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާނީ މިއަދު 13:00 ގައެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަފްލާ

  ފަރަންޖި ޕޭރެންސީ ޝޙިންދާ އަކީ އިސްލާމް ދީނަށް ފުރއްސާރަ ކުރި މީހެއް ކޮން ޓ ޕޭރެންސީ އެއް ކޮރަޕްޓް ޕޭރެންސީ

 2. ސަމީ

  ތީ ކޮން ބައެއް ފަންޑު ކުރާ ބައެއްކަން އިގޭ ގޮތްކުޑަ ވާހަކަ ނުދައްކާ

 3. އަހްމަދު

  ތިތަބައިމީހިންނަށް އެނގޭބާ ހުޅުމާލޭފޮށިން ވޯޓުތަކެއް އިތުރުވެގެންއިޅޭކަން

 4. ޢިޅިޠާށް

  ކީކޭ؟ އިންސާފު ހޯދަން ކޯޓަށް ދިއައީމަ އެއީ ކަންބޮޑުވާ ކަމެކޭ؟

 5. ސަލީމް

  ޤާނޫން އަސާސީގައި ވަކި މުއްދަތެއް ކަދައަޅާފައި މައްސަލައެއް އުޅޭ ކަމަށް ޤަބޫލްކުރެވޭނަމަ ސްޕްރީމް ކޯޓަށް ހުށަހަޅަން ލިޔެފައޮތީ ކަމެއްވީމަދޯ؟ ޓްރާންސް ޕޭރަންސި މޯލްޑިވްސްއަކީ ސިޔާސީ ޕާޓިއެއްގެ ގޮތުގައި ބަސްބުނާޖަމިއްޔާއެއް ކަމަކަށް ވެގެން ނުވާނެ. އެގޮތަށް ވާން ބޭނުންވާކަމަށް ވާނަމަ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ފެންނަނީ. ޓްރާންޕޭރަންސީ މޯލްޑިވްސްގެ އިޚްލާސްތެރިކަމާމެދު މިހާރު ސުވާލުއުފެދޭ. ޕީޕީއެމް އަށް ކަންބޮޑުވާކަންތަކެއް ހުރީމަ ކޯޓަށް ހުށަހެޅީ ދެން ކޯޓުން އެކަމާމެދު ގޮތެއް ނިންމާނީ. ކުޑަކުދިން ކުޅޭހެން ނޫޅޭ. މިފަހަރި މިކަމަކީ އެމްޑީޕީއަށް ދިމާވި ކަމެއްނަމަ ޓްރާންސްޕޭރަންސީވެސް ތިބޭނީ އެކޮޅުގަ. ހައްޤެއް ގެްލޭކަމަށް ފެންނަންޏާ އެކަމަކާ އުޅޭނީ އެބަޔަކު. ލިބޭމަންފާއަކަށް އުޅޭމީހުން އުޅޭނެ އެހެންގޮތްގޮތަށްވެސް.

 6. އަބްދުއްލާ

  ދެފުށެއް ނުފެންނާނެ

 7. އަޒްމީން

  ކަލޭ ޓްރާސްޕޭރެންސީގަ އުޅޭ ބޮޑުމީހާ އަކީ ރާއްޖެ ޓީވީގެ ކުރީގަ އުޅުނު އަންހެންކުޅިކުޅޭ ދީން ޤަބޫލު ނުކުރާ ޒަހީނާގެ ބޭބެ ދެން ވިސްނާ ޓްރާންސް ޕޭރެންސީ ވާނެވަރު...

 8. ޙަވަނަ

  ޝަހިންދާގެ އަނގަ ފެނުނަސް އިގޭނެ އިސްލާމް ވަންތަ ކަމުގެ ކުޑަވެސް ނިޝާނެއް ނުހުންނާނެކަން

 9. Anonymous

  އެއްކޮޅައް އަނގަޗޭކުރާޕައިރޭޓްސީ. ތިފިކުރު ތީކޮންފިކުރެއްކަން ލޮލަށްނުފެންނަ އަނދިރިމީހުން މާރަންގަޅަށްދަނޭ.

 10. ޑިމޮކްރަޓިސްޓް

  ޓްރާންސްފޭރެންސީ ކިޔައިގެން ނަންބޯޑު އަޅުވައިގެން އުޅޭނެކަމެއް ނެތޭ! ފުރަތަމައިނުންވެސް ތިއޮތީ އަތަށްގޮވާފަ! ބަލަ އިންތިހާބު ބާތިލްކުރާކަށްނޫނޭ! އިންތިހާބުގަ ޝައްކުއުފެދޭ ކަންތައްތަކެއްހުރީމަ އެކަމާ! ކަލޭމެންގެ ފެންވަރާ، ތީ ކޮންކުލައެއްގެ ބައެއްކަން ވަރަށް ރަނގަޅަށް އެނގިއްޖެ! ވަރަށް ސަލާން!

 11. ޢަބްދުﷲ

  ތާވަޅުގަނޑުގެ ފަހަތުން ކެވި އަރައިގެން އަންނައިރު، އެސޮރުމެންގެ ޢަމަލުތައް ހުންނަ ގޮތުގެ މިސާލުން މިސާލު ޖަހާނަމަ، ބުނެވޭނީ، ބޮޑު ސިންގާ ބިޔައެއްގެ ގޮތުގައި މަޑިއެއްގެ ސޫރާގައި ނުވަތަ މިޔަރެއްގެ ސޫރާގައި، އެސޮރުމެން ވަގުތުން ސޫރަދައްކައެވެ. އޭރުން އިސާހިތަކުން ޝިކާރަކުރަން އުޅޭ ޝިކާރަވެރިން ގަންނާކުރައްވާ ބިރަކުން ދުވެ، ފިލާ ރައްކާވެދެއެވެ. ޔަޢުނީ، ބަކަރި އައިނުގެ ތެރެއިންވެސް މިނިކާވަގު ޙަމަލާދެނީ، އެކަހެރިކޮށް އުޅޭ ބަކައްޓެވެ.

 12. ރަގީބާ

  ވޯޓްލީ ދުވަހު ފޮށިތަކުގައި މަސައްކަތް ކުރި އޮފިޝަލުންނަށް ދޭންޖެހޭ ކޮއްތު ފައިސާއާއި އެލަވަންސް ފައިސާ ކޮޅު އޮފިޝަލުންނަށް ލިބޭނޭ ގޮތް ހައްދަވައި ދެއްވާ!