ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ދައުވާކުރުމަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުން ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްސަލަ އަނބުރާ ފޮނުވާލީ ކޮން ސަބަބަކާއި ގުޅިގެންކަން އަދި އެނގިފައެއް ނުވެއެވެ.

ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފުލުހުން މައްސަލަ ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ. އަދި ހަސަން ސައީދުގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މީގެއިތުރުން މި ބޭފުޅުންގެ މައްޗަށް ވަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ މިބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް ހެކި ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިސްއިޒްއިޓް

    އެންޓި ޑިފެކްޝަން ބިލަކީ އެއީ ގާނޫނު އަސާސީ އާއި ޚިލާފު ބިލެއް ނޫން އެކަން ވަރަށް ތަފްސީލް ކޮށް އިނގެން އެބައޮތް 2017 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރެެފައިވާ 17 ވަނަ ގަޒިއްުޔާ އިން ވަރަށް ރީއްޗަށް ފެންނާން. އެގަޒިއްޔާ ގައި ވަރަށް ތަފްސީލް ކޮށް ބަޔާން ކުރޭ އެބަ ޑިމޮކްރަޓިކް އުސޫލު ތަކާއި އަދި ޕާރޓީ މެމްބަރުން ޕާރޓީ ގެ އެމްޕީ އަށް ވޯޓް ދީފިނަމަ އޭނާ ޕާރޓީން ވަކި ވުމުން ޖެހޭނީ އޭނާ ގޮނޑި ވެސް ހުސްކުރަަން ކަމަށް. ޕާރޓީ މެމްބަރުން ވޯޓް ދެނީ ޕާރޓީ އަށް ޚިދްމަތް ކުރަން. ޕާރޓީ އަށް ޚިދްމަތް ނުކޮށް ޕާރޓީ ދޫކޮށްލާ ގޮސް އެހެން ޕާރޓީ އަކާއި ގުޅޭނަަމަ އެވާނީ ދަބަހަރާމީ ދަ ހަރާމްކޯރަށޭ އެފަދަ މީހުން ޖެހޭނީ މަޖްލީސް ހަތަރު ފާރުން ބޭރަށް ސައްޕެއް ޖަހާ ބޭރުކުރަން. ދެން އެމެން މަޖްލީހުން ބޭރު ކުރުމުން އެމެން އެމްޑީޕީ އާއި ގުޅިގެން ހަރުގޭގެ ކުރި މައްޗަށް ގޮސް ފުލުހުން ނާއި ދެކޮޅަށް އަތްތިލަ ބަޑި ޖަހާ އަބޫޖަހުލު ތިއަރީގެ ދަށުން ޔާރާދިލްދާރާ ލަވަތަަކަށް ނަށާހެދި ނަމަވެސް ގޮނޑި ނުލިބޭނެ އަނބުރާ. ދިސްއިޒްއިޓް

  2. ތުނޑު ހަސަން

    ކަލޯ . ޙަމަހޭގައިހުރެތަ ތި ކޮމެންޓްކުރީ. ޚަބަރުގެ ސުރުޚީ ކިޔާފަތަ ތިކޮމެންޓްކުރީ. ކަލޯ ބަސަރާއިން ކަދުރު ވިއްކާ ވާހަކަ މި ޚަބަރުގެ ކޮމޭންޓަކަށް ލިޔެފާނަންދޯ.

    • ނަވީން

      އެބުނާހެން

  3. ކެރި

    ރައީސް ޔާމީންގެ ކަންފަސޭހަމާއި ދުރުނުވިސްނޭކަން މިކަމުންވެސް މި އިގެނީ އެއީ ގާސިމް ކޯލިޝަނުން ވަކިވި ހިސާބުން ފެށިގެން އެބަޖޭ ބިޝާމް ބޭރުކުރަން