މީސްމީޑިޔާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމްގެ އަނބިކަނބަލުން އައިޝަތު ނަޙްލާއަށް ފާޑު ކިޔަމުންދާތީ އެކަމަށް ޤާސިމް ރައްދު ދެއްވައިފިއެވެ.

އދ.ދިގުރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަމުން ޤާސިމް ވިދާޅުވީ މީސްމީޑިޔާގައި "ފާޑު ފާޑުގެ ޗުކު ޗުކު ލައްވާ" މަދު ބަޔަކު އުޅޭ ކަމަށާއި ނަމަވެސް އެކަމާ ކަހެރުވަކެކޭ ވެސް ހިތަށް ނާރާ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ފާޑު ފާޑުގެ ޗުކު ޗުކު ލައްވާ ދެތިން މީހަކު އުޅޭ. އެކަމާ އަޅުގަނޑުގެ އަނބިކަމަނާގެ ވާހަކައެއް، ވިދާޅުވަނީ ތިމަންނަ ކަހެރުވަކެކޭ ވެސް ހިތަށް ނާރައޭ. އަޅުގަނޑު ވެސް މިހިރީ އެގޮތަށް. އެހެންވީމަ ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވާނީ ކޮންމެ އެއްޗެއް ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތް ވާނީ ހަގީގަތަށޭ. ރުޅި އަޔަސް އަދި ކުޅި އަޔަސް، އަދި ފޮނިވިޔަސް ލޮނު ވިޔަސް، ހަގީގަތް އޮންނާނީ ހަގީގަތަށް. އެއީކީ އަޅުގަނޑުމެން ޖެހިލުންވާ ކަމެއް ނޫން. އަޅުގަނޑުމެން ވެސް އެއްޗެހި ކިޔަން ވެއްޖެއްޔާ އެއްޗެހި ކިއިދާނެ،" ގާސިމް ވިދާޅުވިއެވެ.

އައިޝާއަށް ފާޑު ކިޔާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އެއްޗެހި ކިޔަންޔާ ކިއިދާނެ ކަމަށާއި ނަމަވެސް މިހާރު ބޭނުން ވަނީ މަސްލަހަތާއި އަމާންކަމާއެކު ކުރިއަށްދާން ކަމަށެވެ.

ޤާސިމް މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ބައެއް ފަރާތްތަކުން އައިޝާއަށް އަމާޒުކޮށް މީސްމީޑިޔާގައި ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބްދުﷲ

    އެއްޗަކީ، އަނބިމީހާއާއި ފިރިމީހާއާއި ދެމީހުންގެ ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރާއި ޔަޤީންކަމެވެ. ލޯތްބާއި ކުލުނާއި، އަޅާލުމާއި ހަމްދަރުދީއާއި އޯގާތެރިކަމެވެ. ޢާއިޝައަކީ، ހިނދުކޮޅެއްގެ ތެރޭގައި މުޅިރާއްޖޭއަށް ތަޢާރަފުވެފައިވާ ރައްޔިތުންގެ ބޭނުންތަކަށް އިޙްތިރާމްކުރައްވާ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކާމިޔާބު ކަނބަލެކެވެ. މަހުޖަނެއްގެ އަންބަކަށްވުމުން ޢާއިޝާގެ ފަރާތުން އެކިމީހުން އެދޭނީ އެމިންވަރުގެ އެހީއަށެވެ. ފަޤީރުން ބޭސް ސިޓީހިފައިދާއިރު، އޮޑިވެރިންދާނީ، އިންޖީނު ހިފައިގެންނެވެ. ބަލިމީހުންދާނީ، ޓިކެޓް ހިފައިގެންނެވެ. އާދައިގެ ނިކަމެއްތި އަންހެނަކު ނުކުތުން ކަމެއް ނުވިޔަސް މަހުޖަނު ޤާސިމުގެ އަނބިމީހާ ނުކުތުން ނަށާމީހުންނާއި ލަވަކިޔާމީހުންނާއި އަތްޖަހާމީހުން އިތުރުވާނެއެވެ. މިކަންކަމަށް މޭކަރާމީހާގެ މޭކަރާނެއެވެ.

  2. ކޮބާތޭ

    ސްޕްރީމް ކޯޓު ދޮށަށް ތަމެން އެއްވެގެން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް މަމެން ގަބޫލެއް ނުކުރާނަމޭ ތަމެން ވޯޓް އިން މިފަހަރު ރިޔާސީ އިންތިޚާބުގައި ވައްކަން ނުކޮށް ހުރި ކަމަށް ތަމެން ވަނީ މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް ގައި މަކަރާއި ހީލަތް ހަދާ އޮޅުވާލާފައޭ އެމްސެވެން އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ދިނީ ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާ އާއި ޚިލާފަށޭ މިކަން އޭސީސީ އަށް ހަމަ ނުފެނި ފްލެޓްސް ތަކުގެ މައްސަލަ ފެނުނުދޯ

  3. ހުސޭނު

    މާލަސްތަކެއްނުވެ އައިސާ ގާސިމް އަތުން ބީވާނެ އަދި މޑޕ އައް ސޮއެކުރާނެ. މީ ވަރައް ހިކްމަތް ތެރިކަމާއެކު މޑޕ އައް ފަރުދާގެ ފަހަތުގަ ތިބެގެން ލާރިދޭ މީހުންގެ ވަރައް ފޮރުވިފައިވާ ރޭވުމެއް. ލަސް ނުވެ ވަރައް ގިނަ މަންޒަރު ފެންނަން ފަށާނެ.

  4. ޒުބައިރު ޖޭޕީ

    ޤާސިމަށް އަދިވެސް ވިސްނެން ނޫޅޭތީ ދެރަވަމެވެ. ޤާސިމު ޚަރަދުކޮށްގެން ޤާސިމުގެ ސަޕޯޓަރުންގެ ވިހިހާސްވޯޓާއެކު އިބޫ އިންތިޚާބުވުމުން ވޯޓުތައް އަމިއްލަކޮށް މިއަދު ޤާސިމަށް ރައްދުކުރާ ދެރަވަރުގެބަސްތައް އަޑުއަހަން ކުޅަދާނައެއްނޫނެވެ. އެ ދެރަވަރު ބަސްތަކުން އެގި ކަށަވަރުވަނީ އިބޫ ހުވައިކުރުމަށްފަހު ޤާސިމު ފޮޅާލާ ފައިޞަލްލައްވާ އެމްޑީޕީއަށް ސޮއިކުރުވާނޭކަމެވެ. ޤާސިމު ވިސްނަވާށެވެ.

  5. މާމިގިލީ މީހާ

    ޤާސިމަށް އެމް.ޑީ.ޕީ މީހުންނަށް ފާޑެއް ނުކިޔޭނެ، ވަރަށް ސާފު ޤާސިމް ތާޢިދުކޮށް ކަލޭމެންނަށް މަސައްކަތް ކޮއްނުދިންނަމަ، ވެރިކަމުގެ ވައި އެޅޭހިސާބަށްވެސް ކަލޭ މެންނަށް ނުދެވޭނެ ލަޑުކުޑަވީމަ އުޅޭގޮތްތީ...

  6. ތުންތުން

    ކަލޭމެން ތި އެމް.ޑީ.ޕީ މީހުން އެހީހޯދަންވީމަ

    ޤާސިމް ފައި ބުޑަށް ދާނެ..އެއީ ވެރިކަން ހޯދަން

    ޥިޔަސް ..ވެރިކަން ވައްޓަންވިޔަސް..ބަލަޤަ ކަލޭ

    މެން ބޭނުން ހާގޮތެއް ނެހެދޭނެ.. ހަމަ ވަގުތުން

    ޢެމ.ޑީ.ޕީ ގެވެރިކަމޭ ކިޔަން ފެށީނު

    ޢަދި ހުވާވެސް ނުކުރެވެނީސްވެސް. ތި އޭ މައް

    ސަލަޔަކީ. ޢިންސާފު ހޯދަން ނުކުތް ހަނދާނެއް

    ނެތޭ މިހާރު.

  7. ވަހީދު

    ތިއިން އެނގެނީ ގާސިމުގެ ސައިޒު. ތިބޭފުޅާގެ ޕާޓީއާއި އަނބި ދަރިންނަށް އެއްޗެހި ގޮވަނީ އެމްޑީޕީގެ އާދައިގެ މެމްބަރުންނެއް ނޫން. އާނިޔާއި ހާމިދާއި ލުކާސް މެންނަކީ އެމްޑީޕީގެ ވެރިން. ރޭވިގެން ހިންގޭ ޖަރީމާ ނުފެންނަ ކަމަށް ހެދިގެން ހުރޭ.