ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލާގައި ގޮތެއް ނިންމުމުގެ ހައްގު ސްޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިންގެ ވެރިއަކަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުކޮށްފައިވާ ކަމަށެވެ.

"އިންތިހާބު ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެކޯޓުން ބަލައިގަނެ ހިންގުމުގެ ހައްގުނެތް މައްސަލައެއް. އެ މައްސަލާގައި ގޮތެއް ނިންމުމުގެ ހައްގުވެސް ސްޕްރީމް ކޯޓަށް ލިބިފައެއް ނުވޭ. ރައްޔިތުންގެ އެ ނިންމުމަށް ބަދަލު ގެނައުމަށް އުސޫލުތަކާއި ހިލާފަށް ސްޕްރީމް ކޯޓުން މައްސަލަ ވަނީ ބަލައިގެންގައި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި ގޮތަށް ޓްވީޓް ކުރައްވާފައި ވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮބާތޭ

    ސްޕްރީމް ކޯޓު ދޮށަށް ތަމެން އެއްވެގެން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް މަމެން ގަބޫލެއް ނުކުރާނަމޭ ތަމެން ވޯޓް އިން މިފަހަރު ރިޔާސީ އިންތިޚާބުގައި ވައްކަން ނުކޮށް ހުރި ކަމަށް ތަމެން ވަނީ މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް ގައި މަކަރާއި ހީލަތް ހަދާ އޮޅުވާލާފައޭ އެމްސެވެން އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ދިނީ ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާ އާއި ޚިލާފަށޭ މިކަން އޭސީސީ އަށް ހަމަ ނުފެނި ފްލެޓްސް ތަކުގެ މައްސަލަ ފެނުނުދޯ

  2. ޢައްޔަ

    ޚ ކަލޭ ތީ ދިވެހިންހެތެރޭން މީހެއްނޫން ދިވެހިންނަށް ހޮތްނުކިޔާ

  3. ޢިޅިޠާށް

    ޤާނޫނު އަސާސީގެ 113 ވަނަ މާއްދާގައި އޮތީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ މައްސަލަ ބަލައި އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

  4. އަލްޖިބްރާ

    އެމް7އަށް ވޯޓު ކަރުދާސް ޗާޕްކުރަންދިނީ އިއްތިހާދުންތަ ؟ ނޫނީ ޔާމީނުގެ ސަރުކާރުންތަ ؟ ދެން ކޮން އަގައެއް ތިޔަ އަރުވަނީ ؟

  5. ޙިކިމިރުސް

    ޢަންނި ކަލެެތިކާޤަވައިދުކިޔަން ފުރަތަމަ ކަލޭ ޤާނޫޢް ކިޔަމަންވެބަލަ

  6. ޢަބްދުﷲ

    ވުޖޫދުވެފައިވާ ކަންކަމަށް ނުބަލައި، ވުޖޫދުވެފައިނުވާ ކަންކަމަށް ބަލައި، އިންތިޚާބެއް ބާޠިލުކުރުމަށް އެދެމުން ދިޔުމަކީ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ކުރަމުންގެންދާ އާދަޔާޚިލާފު ޒާތީ ކަންކަމަށްވާއިރު، މިކަންކަމަކީ، ޙަޤީތުގައިވެސް އެއްވެސް އިސްތިސްނާއެއްނެތި، ރައްޔިތުން ކަންބޮޑުވާންޖެހޭ ޒާތުގެ ކަންކަމެވެ. އެހެނީ، މިއިންތިޚާބަކީ، ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލުމަށްފަހު ބާއްވާފައިވާ އިންތިޚާބެކެވެ. އަދި މިނިވަން މުޢައްސަސާތައް ޕެރަލައިޒް ކުރުމަށްފަހު ބާއްވާފައިވާ އިންތިޚާބެކެވެ. އަދި މީގެއިތުރުން ކޯޓްތަކުގެ ފުރާޅުން ޓިނުނަގައި އުއްތަމަ ފަނޑިޔާރު ޖަލަށްލުމަށްފަހު ބާއްވާފައިވާ އިންތިޚާބެކެވެ. އެހެންނަމަވެސް، މިއިންތިޚާބުގައިވެސް ވޯޓްނެގުމާ، ވޯޓުގުނުމާ. ނަތީޖާ އިޢުލާނު ކުރުމާ މިކަންކަން ހިނގާފައިވަނީ، ކޮންމެ ވޯޓްފޮއްޓެއްގެ ކައިރީ 13 މީހުން ތިބެގެން ހަމަ އެހިނދުން އެހިނދަށްވެސް މިކަންކަން ބަލައި އެއްވެސް ތުހުމަތެއް، ސުވާލެއް، މައްސަލައެއް، ޝަކުވާއެއް، ނެތުމުންނެވެ. އަދި މިގޮތުން މިއިންތިޚާބުގެ ނަތީޖާ ރައީސް ޔާމީނު ޤަބޫލުކޮށް ބަލައިގެންފައިވާއިރު، މިބާވަތުގެ މަދަނީ ކަންކަމުގައި އިޢުތިރާފުން ރުޖޫޢަ ނުވެވޭކަމީ، ޒަމާންހެކިދޭ ކަންކަމެވެ.

  7. ހުސޭނުބޭ

    މީނަގެ މުޞީބާތް މިގައުމަށް ޖެހިގެން މިއުޅެނީ، މީނަގެ ބަހެއްނުވިކޭނެ މިގައުމަކު، ތީ ކުށްވެރިއެއް، މި މައްސަލައަށް އަނގަބޭނުމުގެ އެއްވެސް ޙައްގެއް މިމީހާއަކަށް ނޯންނާނެ.