ރައްޔިތުން ނިކުމެ ރައީސް އަބްދުﷲ ޔާމީން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު، މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ތާރީޚުވެސް ނުދެކޭ ފަދަ ލަދުވެތިކަމެއް ނެތް، ގޮތެއް ނެތް ވެރިއެއް ކަމަށެވެ.

"ރައީސް ޔާމީން އަކީ ވެރިއެއް ކަމަށް ގަބޫލުކޮށްގެން ރައްޔިތުން ތިބުމަކީވެސް ބޮޑު ގޯހެއް. ރައްޔިތުން ނިކުމެ ރައީސް ޔާމީން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު 13:00 ގައި ފަށާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންއާ ވާދަކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެގޮތުން އިބޫ އަށް ވަނީ 134،705 ވޯޓު (58.4 ޕަސެންޓް) ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ާއަލީ

  މޮޔަގަނޑާ ކަލޯމެންބޭނުންގޮތެއްނުހެދޭނެ މީކެނެރީގޭ ނަޝީދެއްނޫނޭ

 2. Anonymous

  ތިވެސް ހައްޔަރުކުރަންވެފަހުރި ވޯޓު ވަގެއް

 3. ކަލޭ އަމާހައްޔަރު ކޮށްބަލަ

  ތިމަރަ ކަލޭޖެޖޭނީ ސަލާން ޖަހަން

 4. ޒަަހިރު

  ހެހެ

 5. މެޑަމް އައިސަ

  ކަޅޯ ހައްޔަރު ކުރަންވީ ޙައްޖު ޅާރި ކޭމަ

 6. Anonymous

  ތިމަރަ ކައްކާފަ އަޅަންވީތަ. ޢޭރުން އެނގޭނެވާގޮތެއް

 7. ތިމަރަވަގު

  ތިމަރަމުސްތަފާއޭ .ީގެ 10 ވަރަކައް އަހަރު ކުރި ން ހައްޖައް ގެންގޮސްދޭނަމޭ ކިޔާފަ ނެގި ލާރިކޮބާހޭ. ހައްޖަކައްވެސް ނުގެންދޭ ތިމަރަވަގު އެހެންމީހުންނައް ވަގައްގޮވަނީ

 8. ކަލޭ ގެ ބައްޕަ

  މި މުސްތަފާ މީ ހުއިފިލަނޑާ ނަގަން އުޅުނު ގަބުޅި ގޮލައެއް މީނާ ލަނޑައިންވެސް ކުރީ ވައްކަން

  • ނާނު

   ޢަދި ނުވިތާކަށް ޝަފަގު ދަމައި ގަންނަން ވެސް ވަރަށް މަސައްކަތްކުރި

 9. ކެންދޫހުޅަނގުބަނޑިޔާގުރޫޕުލީޑަރު އާމިރާ ރާނީ

  މާތްވެގެންވާ މައްކާގެ.ބިމައް ގެންގޮސްދޭން ދެއްކި ފައިސާ އައް ހިޔާނާތްތެރިވި ބޮޑު ވަގެއްތީ. ތިމަރަވަގު

 10. ކެންދޫއެމްޑީޕީބަނޑިޔާގުރޫޕުލީޑަރު އާމިރާ ރާނީ

  ތިމަރަވަގު ހައްޖުވަގު

 11. ސިރިސޭނާ

  މުސްތަފާ ބެއަ މޮޔަފުޅު ގޮވަނީތޯ މުސްތަފާ ބެއަ ކުޅަދާނަކަން ދައްކާލަބަލަ!

 12. ޙަސަން

  ރަށްޔިތުން ނުކުމެ ހައްޔަރުކުރަންވީ ކަލޯނޫންތަ؟

 13. ދަތްދޫނި

  ތިމަރަ މި ނަން މި ކިޔަނީ ހަމަ ކިޔަން ވެގެން. ތިމަރަ ފުށީގެ ރައްޔިތުން ނަކީ ވަރަށް ވަރުގަދަ އަޒުމެއް ގައި ތިބޭ ބައެއްކަން މިއަދު ހާމަ ވެއްޖެ.

 14. ދަސްވެނި

  ތީ އެންމެން ދަންނަ މަކަރުން ފުރިފައިވާ ބޮޑުސިންގާ މާސިންގާ ވަގެއް. ޔާމީނު އަތުންވެސް އެތައްބައިވަރު ފައިސާއާ ތަކެތި މިދައުރުގަ ހޯދާއިގެން އަނެއްކާ މައުމޫނު ބަނޑުދަށުންވެސް ލާރިކޮޅެއް ލިބޭއިރަށް ދުއްވައިގަތީވެސް މމި މާމުލިވަގު

 15. ރހހ

  ރައްޔިތުން ނިކުމެ މުސްތަފާ ގަންހިންގަން ވެސް ރަގަޅު.

 16. ވިލިގިލި

  ތިމަފުށީ ދެޙާޖީންނަށް ހުތުރު އަރުވާ ތިމަަަރަވަގުން ހިފާ ހައްޔަރު ކުރަންވީ!! މުސްޠފާމެން ކަހަލަ ވަގުންނަށް އިތުރުހާ ފުރުސަތުތައް ދެވުނީ، ދެން މިކަހަލަވަގުން ފަހަތަށް ޖައްސަންްވީީ!!!

 17. ތިމަރަ

  ތިމަރަ އާ ލޮއެ ދަގަނޑު އަދި އެކަތަ އާއި އަދިވެސް އެކަހަލަ މާބޮޑު އަގެއްނެތް އެއްޗެހިތަކެއް އެކުވެގެން މިއުފައްދަން އުޅޭ އެއްޗަކީ ބާޠިލް އެއްޗެއްކަން ސާފުވެއްޖެއެވެ. އެހެންނޫންނަމަ ދެފަހަރަށް ކީއްކުރަން ދިހަ ފަހަރުވެސް ވޯޓުލާންވީއެއްނުން؟؟؟
  ހަމަ މިއީ ގޯސް މިކްސްޗަރ އެއް ކަން މި އެގެނީ.
  ވީ އާރ ވިތު އަވަރ ގޯލްޑަން ރައީސް ޔާމީނު އެންޑް ދީނީ ޢިލްމުވެެރިޔާ ޝަހީމު. ނޮޓް ވިތު ލާދީނީ މިކްސްޗަރ.

 18. އަލީ

  މުސްތަފާ! ތިޔައީ ޑީމޮކުރިސީޓީތޯ؟ އެހެންވެއްޖިއްޔާ އަނެއްބަޔަކު ބުނަންވީ ރައްޔިތުން ނުކުމެ އިބޫ ހައްޔަރުކުރަން! ތިޔަހަލަ ވެލައިބޯ މިގައުމުގައި އުފެދިގެން ރާއްޖެ ހަލާކުގެތެރެއަށް މި ވެއްޓެނީ

 19. ރޮޒެ

  ރައިސްގެ ބަދަލުގަ ރައްޔިތުން ނުކުމެ ހައްޔަރު ކުރަންވި އިންތިހަަަަަަބުގަ ވައްކަން ކުރި ކަލެެެެެެެެެެެެެމެން ކަހަލަ ގޮތެއްނެތް ވަގުން.ކަލެމެންނަވުރެ މޮލު ބައެއް ނެތްކަމައްތަ ހިކުރަނިތި ކޮންމެކަމެއް ކުރަންވިމަ ރައްޔިތުންނެ ކިޔަައެއްނު އެބަ.

 20. ާރަށުމީހާ

  ރާއްޖެތެރޭގެ ރައްޔިތުން އަތުން މަސްގަނެ ފައިސާނުދިން ދުވަހުކަލޭ ހައްޔަރު ކުރިތ؟ަ އަދިވެސް ރަނގަޅުވާނެ މީހުންނަށް ރުފިޔާކޮޅު ދީފަ އަނގައަރުވާ.ދެންލަލަލާ

 21. މުޖޭ

  17 ނޮވެމްބަރު 2013 އިންފެށިގެން ތިކަމެއްނު ތޔަކުރީ ފަސްއަހަރުވަންދެންވެސް! އަދިވެސް ފޫހިނުވޭތަ އެކައްޗެއްކިޔަން؟

 22. Miadhu

  މުސްތަފާ ހީނުކުރާތި މިގައުމުގެ ރަޢިއްޔަތުންންކީ މުސްތަފާއާއި އެމްޑީޕީގެ ސަޕޯޓަރުންކަމަށް މަވެސް ހިމެނޭގޮތުން ރައިސް ޔާމީނު ހައްޔަރު ކުރުމާއި ދެކޮޅު އެތަކެެއްހާސް ބަޔަކު އެބަތިބި ތިފަދަ ދެއުޅި އެެއްނުވާ މީހުންތަކެއް ޤާނޫ ހަދާ މަޖިލިހުގަ ތިބެގެން ރަޢިއްޔަތުން ގުބޯ ހައްދާ މިގައުމު ހަލާކު ކުރަން ނުއުޅެބަލަ

 23. Anonymous

  މީނަ މާ ތާހިރެއް ނޫން އެހެން މީހުންނާ ދިމާލަށް ހަޑި މުޑުދާރު ހަޔާތް ކުޑަ ގޮވާކަށް

 24. އިބްރާ

  އުޑެއް ބުޑެއް ނުދަންނަމީހުން ގައުމުގެ މައްސަލަތަކާއިމެދު އަނގަތެޅުމަކީ ކާފަރުންގެތެރޭގައި އޮންނަކަމެކެވެ.

 25. ޟުހައްމާ

  ރައްޔިތުން ނިކުމެ މުސްތޮފާމެނކަހަލަ ޝައިތާނީ ވަސްވާސް ދޭ މީހުން ހައްޔަރު ކުރަންޖެހޭ.

 26. ބުރުމާކަށި

  ރައްޔިތުން ނިކުމެ އެއްމެފުރަތަމަ ކުރަންޖެހޭ ކަމަކީ ކަލޭ ގުރައިދުއަށް ގެންދިއުން ...