އދ. މަންދޫ އިންޖީނުގެޔަށް ހޮނު އަޅައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު 14:40 ހާއިރު އެވެ. މި ހާދިސާގައި އިންޖީނުގެއަށް ހޮނުއެޅުމާއި އެކު މުޅި ރަށުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.

ހޮނު އެޅުމުގެ ސަބަބުން ޕެނަލް ބޯޑަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ދެއްވަމުން މަންދޫ ކައުންސިލް މެމްބަރ ނޫމާން ހުސައިން ވިދާޅުވީ، ހޮނު އެޅުމުގެ ސަބަބުން ޕެނަލް ބޯޑާއި އިންޖީނުގޭގެ ފާރަށްވެސް ގެއްލުންވެފައި ވާކަމަށެވެ.

މަންދޫއަށް ހޮނު އެޅުމުގެ ސަބަބުން ރަށުގެ އިތުރު ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު