މިއަދު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގައި ކުރިޔަށް ދިޔަ ވޯޓްގެ މައްސަލައިގައި އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30 އަށް ތާވަލްކޮށްފިއެވެ.

މިއަދުގެ އަޑު އެހުމުގައި އިލެކްޝަން ކޮމިޝަންއިންވަނީ މައްސަލައިގެ އަސްލަށް އިންކާރުކޮށްފައެވެ. މިގޮތުން ބުނެފައިވަނީ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގައި ޤާނޫނު ތަކާއި 2013 ވަނަ އަހަރު ސްޕްރީމް ކޯޓްއިން ނެރުނު 42 ނަންބަރު ގައިޑް ލައިންއާ އެއްގޮތަށް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ފަރާތުން މިމައްސަލައިގައި ވަކާލާތު ކުރެއްވީ އިބްރާޙިމް ޝަމީމެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ. ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރެއްވި ހުސައިން ޝަމީމް ވިދާޅުވީ، މިއީ ހީ އާއި ވަހުމްގެ މައްޗަށް ބިނާކޮށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަކީ މިގޮތަށް ޑައިރެކްޓްކޮށް ސްޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށާއި، މިއީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅަންޖެހޭ އިންތިޚާބީ ޝަކުވާއެއް ކަމަށެވެ.

މައްސަލައަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިގޮތަށް ހުށަހަޅާ މައްސަލައިގައި ޤާނޫނާ ހިލާފަށް ހިނގާފައިވާކަމަށް ބުނާ ކަންކަން ސާބިތު ކޮށްދިނުމަކީ މައްސަލަ ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށާއި، އެއިން ކަމެއް ސާބިތު ނުވާހާ ހިނދަކު އިންތިޚާބުގެ ކަންކަން ހިނގާދިޔައީ ރަނގަޅަށްކަން އިލެކްޝަންސް ކޮމިޝަނުން ސާބިތުކޮށްދޭންވެސް ނުޖެހޭނެ ކަމަށެވެ. އިތުރަށް އީސީން ސްޕްރީމް ކޯޓުގައި ވިދާޅުވީ، މައްސަލައިގެ އަސްލަށް އެ ކޮމިޝަނުން އިންކާރުކުރައްވާ ކަމަށާއި، ދައުވާގައި ބުނެފައިވާ ކަންކަން ހިނގި ކަމުގެ އެއްވެސް ސާފު ހެއްކެއް ހުށަހަޅާފައި ނެތްކަމަށެވެ.

އަދި ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކާ އަދި ސްޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިންތިޚާބެއް ބާތިލްކުރަންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އީސީން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށްދިނުމަށްއެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަށް އިދިކޮޅު ސިޔާސީ ލީޑަރުންވަނީ ތަދައްހުލުވެފައެވެ. އެގޮތުން ކުރީގެ ރައީސް މަޢޫމޫނާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ވަނީ މައްސަލަހައަށް ތަދައްހުލުވެފައެވެ. މި ޕާޓީތަކުގެ ފަރާތުން ސްޕްރީމް ކޯޓަށް ހާޒިރުވެފައިވަނީ ފާރިސް މަޢުމޫނާއި، ޢަލީ ޒާހިރު އަދި ހުސައިން ރަޝީދުގެ އިތުރުން ހަސަން ލަތީފުއެވެ. މި ފަރާތްތަކުގެ ފަރާތުން 6 މެންބަރުންގެ ޤާނޫނީ ޓީމެއް ވަޑައިގެންނެވިއިރު ވަކާލާތު ކުރައްވާފައިވަނީ ހިސާން ހުސައިނެވެ.

ހިސާން ހުސައިން ވިދާޅުވީ، މި މައްސަލައަކީ ހަދާފައިވާ "ކޮންސްޕިރަސީ ތިއަރީއެއް" ކަމަށާއި، މިއީ ޤާނޫނު އަސާސީގެ 172 ވަނަ މާއްދާ އަދި އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ އިޖުރާއަތުތަކާ ޚިލާފަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސްޕްރީމް ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށާއި، އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ކަމެއްގެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނެތްކަމަށްވެސް ހިސާން ވިދާޅުވިއެވެ. އެހެންކަމުން އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން 8 ލިޔުމެއް ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާއިރު، މި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30 ގައި ސްޕްރީމް ކޯޓުގައި އޮންނާނެއެވެ. އެ އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ހުރިހާ ފަރާތްތަކަކުން އިތުރަށް ވާހަކަ ދައްކަވާނެ ކަމަށް ބެލެވެއެވެ.

މާދަމާގެ އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 އިން 09:45 އަށް ކަމަށް އެ ކޯޓުން މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދެބޯގެރިން

  އަސްލުވެސް މިބައިގަނޑުގެ ބޭނުމަކީ ރައީސް ޔާމީން އައް ދެންއިތުރުދައުރެއް ދީފިނަމަމުޅިރާއްޖެ މީގެއިން ޒަމާނަކުވެސް ހުވަފެނުންވެސް ނުފެންނަ ވަރައް މިޒަމާނީފެނަވަރައް ތަރައްގީ ކޮއްފާނެތީ ބިރުން މިހާރުވެސް ރައީސް ޔާމީން ކޮއްދެވާފަ އެހުރި ބޮޑެތި މަސްރޫއުތައް ފެނުނީމަ އެބައިގަޑައް ހީވެއްޖެރައީސްޔާމީން އަށް އިތުރު5 އަހަރުގެ ދައުރެއްދީފިއްޔާ އެބައިގަޑުގެތާއީދު ގެލްލޭނެކަމުގެ ޔަގީންކަން އޮތީމަރިސްފަތުން ވޯޓު ހަމައޮޅުވާލި އީސީ ސަރީފުއަކީ ކާންދިން އަތުގަވަރައް ރީތިކޮ ދަތްއަޅަން ދަންނަސާރިދޯޅައެއް ރާހުތައްލާ އިރައްދޮންކުރިޔަސް ރިސްފަތުހިފިކަމަށް ނުބުނާނެ އެއީ މޮޅުތިމަރަ..........؟؟

 2. ވަގުތު އަމާ

  އެހެން ވިއްޔާ ރަށް ރަށުގެ ވޯޓް ފޮށި ތަކާއި ހަވާލުވެ ތިބި މީހުން ޒިންމާ ނަގައި ދައުވާވެސް ކުރެވެން އެބަ ޖެހޭ

 3. ޙަސަން

  ސުޕުރީމް މެންބޭނުންގޮތެއްހަދާކަށް އަހަުމެންދުލެއްނުކުރާނަން އިންޑިޔާ ޔާ އެމެރިކާ އޮތީ ތައްޔާރައް

  • ސައިމް

   ބަލަ އިންދިޔާ އަދި އެމެރިކާ މިއެއް ކުޑަ ރާއްޖެއަށް ހަނގުރާމަ ކުރަން އަރާފިޔާ ކަލޭގެ ދަރިއަށް ވެސް ވާނީ ހަމަ އެންމެ ނިކަމެތި މީހާގެ ދަރިއަށްވާ ގޮތް...އަހަރުންނަށް ކޮން ކަމެއް ކޮންމެ މީހެއް ވިރިއަކަށް ހުރިޔަސް، އަހަރުންނަށް ވާނެކަމެއް ނެތް ހަމަ ހުންނަން ޖެހޭނީ މިހުރި ތަނެއްގަ...ވެރިންއަށް އިހްތިރާމް ކުރަން ދަސްކުރޭ...އެއީ ކޮންމެ ގޮތަކަށް ހުރި ކޮންމެ މީހަކަށް ވިޔަސް އިހްތިރާ ކުރަން ޖެހެނެ...

  • Anonymous

   އަހަރެމެން ދިވެހިން ވެސް މިތިބީ ތައްޔާރަށް ލާދީނީ ބައިގަނޑޫ. ހީނުކުރައްޗޭ ވޯޓުން ވައްކަން ކޮށްފަ ސަލާމަތް ވާނެޔޭ. ކަލޭމެން ހަވަރަށް ދޭނަން މިފަހަރު ބާތިލް ނުކޮށް އިންޑިއާ އެމެރިކާ ވައްދަން އުޅެންޏާ. އެންމެ ފުރަތަމަ ވެސް ކަލޭމެންގެ ބޮޑުން ފަހަތުން އަހަރެމެން އަންނާނީ.

 4. ނާއިފް

  މި ކުޑަ ދިވެހި ރާއްޖެއަށް މި ތަރައްގީ ގެނެސްދިން އަދި ކޮށްދިން ކަންތަށް ބަލާ ނުގަތް ގިން ދިވެހިންނެއް....ކޮބާ ލަދު

 5. ޢަބްދުﷲ

  ތިޔަ މައްސަލައަކީ، އެއްވެސް އަސާސެއް، ބޭސިކެއް އޮތް މައްސަލައެއް ކަމަށް ނުބެލޭނެއެވެ. ހަމައެކަނި ކުރެވޭ ތުހުމަތެއްގެ މައްޗަށް އިންތިޚާބެއް ބާޠިލުވެގެން ނުދާނެއެވެ. މިރާއްޖޭގައި އޮންނަނީ، ރަސްކަމެއްނޫނެވެ. އެކަމަކު މިރާއްޖޭގައި އޮންނަނީ، ތިންބާރު ވަކިކޮށްފައިވާ ޖުމުހޫރީ ވެރިކަމެކެވެ. އެހެންކަމަށްވާނަމަ، އުފެދޭ ސުވާލަކީ، ރައީސް ޔާމީނު މިރާއްޖޭގައި ކުރައްވާފައިވާ ވެރިކަމަކީ، ޖުމުހޫރީ ވެރިކަމެއްތޯއެވެ؟ ނުވަތަ ރަސްކަމެއްތޯއެވެ؟ މިރާއްޖޭގެ މިހާރުގެ ޙާލަތަށްބަލާއިރު، މިރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީނު ނޫންއެހެން މީހަކު ގެންނަށްޖެހެއެވެ. މަޖިލިސް ހިނގާނީ އޭރުންނެވެ. މުޢައްސަސާތައް ޒިންމާދާރު ކުރުވޭނީ އޭރުންނެވެ. ޖުޑީޝިޔަލް ހަމައަކަށް އެޅޭނީ އޭރުންނެވެ.

 6. ފާއިޒް

  އިންޑިޔާ އަޑީގަ އޮވެގެން ވާގިވެރިވެގެން އެހެން ޤައުމުތައް ވައްދާގެން ކުރުވާ ކަމެއް ރާއްޖެ އަތް ނުފޯރާ ފަށައް ތަރައްގީ ވެގެން ހިނގާދާނެތީ..ރައީސް ޔާމިން މަނިކްފާނުގެ ހައްގުތައް ގެއްލުވާނުލާ ކުރިއަށް ވަޑައިގަންނަވާ...

 7. ދުންމާރި

  އިންތިޚާބުގެ ކުރިން ވޯޓު ކަރުދާސް އޯކޭ. ބަލިވީމަ ކަރުދާސް މައްސަލަ. ޙިހިހިހިހި