ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޚިޔާލީ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބަކީ ޝަރުއިއްޔަތު ގެއްލިފައިވާ އިންތިޚާބެއްކަމަށް ކަނޑައަޅާނެ އެއްވެސް ތަނެއް ނެތްކަމަށާއި މި އިންތިޚާބު ބާޠިލު ކުރާނެ އެއްވެސް ތަނެއް ނެތްކަމުގައެވެ.

މީގެއިތުރުންވެސް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ނަމްބަރު ގައިޑްލައިންއާ އެއްގޮތްވާގޮތުގެ މަތިންކަމުގައެވެ.

ހަމައެހެންމެ، އެކޮމިޝަނުން އިތުރަށް ވިދާޅުވީ މިއީ އިންތިޚާބީ ޝަކުވާއެއްކަމަށާއި އެހެންކަމުން މި މައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށްކަމަށެވެ. އަދި، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެކަމަށްވެސް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވަމުން ސަމީމް ވިދާޅުވީ، 2013 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުއްވާފައިވާ ގައިޑްލައިނަށް ބަލާއިރު، އިންތިޚާބު ބާތިލު ކުރެވޭނީ 2 ޝަރުތަކާ ލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅި އިންތިޚާބުގެ ނަޒާހާތްތެރިކަމާއި، މިނިވަންކަމާއި، އިންސާފުވެރިކަން ގެއްލޭފަދަ ކަމެއް މެދުވެރިވުމާއި، ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ ވޯޓުލުމުގެ ހައްޤު ގެއްލިފައިވުން ކަމަށާއި ނަމަވެސް މިފަދަ އެއްވެސް ކަމެއް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކޮށްފައި ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ.
އިތުރަށް ޝަމީމް ވިދާޅުވީ، މި މައްސަލައިގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށާއި، އެއްވެސް މީގެއްގެ ވޯޓުލުމުގެ ހައްޤު ގެއްލިގެން ހުށަހަޅާފައިވެސް ނެތް ކަމަށެވެ. އަދި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅުންހުރި އެއްވެސް ކަމެއް މި މައްސަލައިގައި ނެތުމުން އިންތިޚާބު ބާތިލްކުރުމަށްޓަކައި ނެގޭ ޓެސްޓުން ފާސްނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިގޮތަށް ހުށަހަޅާ މައްސަލައިގައި ޤާނޫނާ ހިލާފަށް ހިނގާފައިވާކަމަށް ބުނާ ކަންކަން ސާޞިތު ކޮށްދިނުމަކީ މައްސަލަ ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށާއި، އެއިން ކަމެއް ސާބިތު ނުވާހާ ހިނދަކު އިންތިޚާބުގެ ކަންކަން ހިނގާދިޔައީ ރަނގަޅަށްކަން އިލެކްޝަންސް ކޮމިޝަނުން ސާބިތުކޮށްދޭންވެސް ނުޖެހޭނެ ކަމަށެވެ. މި މައްސަލައަކީ "ހީއާއި، ވަހުމްގެ" މައްޗަށް ބިނާކޮށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މައްސަލައަކީ ވަހުމްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ، އިންތިޚާބު ބާތިލް ކޮށްދިނުމަ ށްއެދި ހުށަހަޅާފައިވީ ނަމަވެސް، މައްސަލައިގައި ހިނގާފައިވާ ކަންކަމުގެ ތަފްސީލު ނެތްކަމަށެވެ. އެގޮތުން ވަކި ކަމެއް ހިނގި ތަނެއް ބުނެދީފައި ނުވާކަމަށާއި، ވަކި ކަމެއް ވަކި ސަރަހައްދެއްގައި ހިނގައިފިނަމަ ބާތިލް ކުރަންޖެހޭނީ އެ ސަރަހައްދެއްގެ ވޯޓު ކަމަށްވެސް އީސީއިން ވިދާޅުވިއެވެ. އީސީން ވިދާޅުވީ، މި މައްސަލައިގައި ކަންކަން ހިނގާފައިވާކަމަށް ބުނި ނަމަވެސް އެކަމެއް ހިނގާފައިވުމުގެ ސަބަބުން ނަތީޖާއަށް އަސަރު ކުރާ މިންވަރު އެނގޭނެ ގޮތަށް އެއްވެސް އަދަދެއް ހުށަހަޅާފައިވެސް ނުވާކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދިފައިވާތީ ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވީ، ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކާ އަދި ސްޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިންތިޚާބެއް ބާތިލްކުރަންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ތަކުރާރުކޮށް އީސީން ވިދާޅުވީ، އެއްވެސް ރައްޔިތެއްގެ އިންތިޚާބީ ހައްގު ގެއްލިފައިވާކަން މައްސަލައިގައި ވެސް ބުނެދީފައި ނުވުމުން އިންތިޚާބު ބާތިލުކޮށް އައު އިންތިޚާބެއް ބާއްވަންޖެހޭނެ ޖާގަ ނެތްކަން ހާމަވާ ކަމަށެވެ.

ވޯޓު ކަރުދާސް އެމް 7 އިން ޕްރިންޓް ކުރުމާއި ގުޅިގެން ރައީސް ޔާމީން ފާހަގަކޮށްފައިވާ ކަންކަމަށް ރައްދު ދެއްވައި އީސީގެ ވަކީލް ޝަމީމް ވިދާޅުވީ، ވޯޓު ކަރުދާހާ ގުޅުންހުރި ހުރިހާކަމެއް ކޮށްފައިވަނީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދުތަކުގެ އިތުރުން ސްޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި، ވޯޓު ކަރުދާސް ޕްރިންޓް ކުރަން އެމް7 އަށް ހަވާލުކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތްތަވާގޮތުގެ މަތިން ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ކަމަށެވެ. އެ ހުއްދައަށް އެދި 12 ސެޕްޓެމްބަރ 2018 ގައި އެދުމުން ޖެހިގެން އައި 13 ސެޕްޓެމްބަރ ވަނަ ދުވަހު އެ ހުއްދަ ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ ކަމަށްވެސް އީސީން ފާހަގަ ކުރެއްވިއެވެ.

ވޯޓު ކަރުދާސް ރައްކާކޮށްފައިވަނީ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަނެއްގައިކަމަށް ވިދާޅުވެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވަމުން އީސީގެ ވަކީލުން ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ވޯޓް ކަރުދާސް ރައްކާކުރެވިފައިވަނީ ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓާ، ސީސީޓީވީ ކެމެރާ ހަރުކުރެވިފައިވާ އަދި ވަދެ ނިކުމެވާ ފަރާތްތަކުގެ ލޮގް ބެލެހެއްޓިގެން ރައްކާތެރިކަމާ އެކު ކަމަށެވެ. އެތަނަށް ވަދެވޭނީވެސް ވަކި ހާއްޞަ ހުއްދައެއް ދޫކޮށްފައިވާ ވަކި މުވައްޒަފުންތަކަކަށް ކަމަށާއި، އެކަންކަން އެނގޭނެގޮތަށް އެ ރޫމްގެ ލޮގް ފޮތް ހުށަހަޅާފައިވާނެ ކަމަށްވެސް އީސީން ވިދާޅުވިއެވެ. ހަމައެއާއެކު ވޯޓް ކަރުދާސް ޗާޕް ކުރި ތަންވެސް ފުލުހުން ޗެކް ކޮށްފައިވާއިރު ސެކިއުރިޓީގެ އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނުވާކަމަށް އީސީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި ބައެއް ކަންކަން ހިނގާފައިވާ ވޯޓު ފޮށިތައް ކަމަށް ފާހަގަކޮށްފައިވާ ބައެއް ވޯޓު ފޮށިތަކުގެ ވޯޓު ފޮށީ ނަންބަރުތަކަކީ މި އިންތިޚާބުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކެއް ނޫންކަމަށް އީސީން ވިދާޅުވިއެވެ. އަދި ދެލި ފުހެވޭފަދަ ގަލަމެއް ބޭނުންކުރިކަމުގެ އެއްވެސް ޝަކުވާއެއް ކޮމްޕްލެއިންތްސް ބިއުރޯއަށް ހުށަހަޅާފައި ނުވާ ކަމަށާއި، އިންތިޚާބުގެ ކުރިންވެސް އީސީން ހިތްވަރުދެއްވީ އަމިއްލަ ގަލަމުން ފާހަގަ ޖެހުމަށްކަމަށް އީސީގެ ވަކީލް ޝަމީމް ވިދާޅުވިއެވެ. ހަމަ އެއާއެކު 2008 ވަނަ އަހަރުން ފެށިގެންވެސް ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން އެހެން އެއްޗެއް ކުރެހިޔަސް ވޯޓު ބާތިލު ނުކުރާ ކަމަށާއި، އެއީ މި އިންތިޚާބުގައި އަލަށް ކުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރައްވާ ޝަމީމް ވިދާޅުވީ، މި އިންތިޚާބުގައި އޮޅުވާލުމަށްޓަކައި، އަދި އެހެން ބޭނުމަކުވެސް އީސީން އަނގޮޓިތަކެއް ގެނެސްފައި ނުވާނެ ކަމަށާއި، އަނގޮޓިއެއް ބޭނުންކޮށްގެން ވޯޓް ކަރުދާހެއްގައi ފާހަގަ ޖެހިކަމުގެ ޝަކުވާއެއްވެސް އީސީއަށް ލިބިފައި ނެތް ކަމަށެވެ. އެފަދަ އަނގޮޓިތަކެއް ގެނައި ކަމާއި، ބޭނުންކުރަން އޮފިޝަލުންތަކަކަށް ދީފައިވާކަމަށް ބުނެ ބަޔާންދީފައިވާ ފަރާތްތަކަކީ އީސީގެ އޮފިޝަލެއްކަން ޔަޤީންކުރަންޖެހޭ ކަމަށާއި، އޮފިޝަލަކަށް ނުވާނަމަ އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާނެކަމަށް ނުބެލެވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްގެން ފާހަގަ ޖަހާފައިވުމުން އަލުން އަނގޮޓިން ފާހަގަ ޖެހިޔަސް ފުހެވުނު ފާހަގަ ޖެހިތަން ކަރުދާހުން އެނގެން ހުންނާނެކަމަށް ބުނެ ވޯޓް ކަރުދާސް އަލުން ބެލުމުން އެނގޭނެކަމަށް މައްސަލައިގައި ބުނެފައިވީ ނަމަވެސް، އެއީ ކޮން ފޮއްޓެއްގައި ހިނގާފައިވާ ކަމެއްކަން ބުނެދީފައި ނުވަނީ ހަޤީގަތުގައި ހިނގާފައި ނުވާކަމެއްކަމުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އިންތިޚާބާ ގުޅިގެން ހުށަހަޅާފައިވާ 423 މައްސަލައަށް ފުރިހަމައަށް ޖަވާބުދާރީ ވެފައިވާކަމަށް އީސީގެ ވަކީލުން ވިދާޅުވިއެވެ.

އިންތިޚާބީ ޝަކުވާތައް ހުށަހެޅުމަށް ހުރަސްތަކެއް ހުރިކަމަށް މައްސަލައިގައި ފާހަގަކޮށްފައިވުމުން އީސީން ވިދާޅުވީ، އިންތިޚާބީ މައްސަލަތައް ހުށަހެޅުމަށް އެއްވެސް ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށާއި، މައްސަލަ ހުށަހަޅާ ފޯމް ލިބެން ނެތްކަމަށް ބުނާއިރު، ފޯމަކީ އޮންލައިންކޮށްވެސް ލިބެންހުރި ފޯމެއްކަން އީސީން ފާހަގަކުރެއްވިއެވެ. އަދި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކާއި، ރަށު ކައުންސިލްތަކުންވެސް ވޯޓު ލީ ދުވަހު މައްސަލަ ބަލައިގަންނަމުންދިޔަ ކަން އީސީން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯއާ ގުޅުންހުރި ކަންކަމުގައި ހެކިބަސް ދޭން ހުށަހެޅި އިބްރާހީމް ލަޒާންއަކީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ލީގަލް އޮފިޝަރެއްކަން އީސީގެ އެއްވެސް ލިޔެކިޔމަކުން އެނގެން ނެތްކަމަށް އީސީން މިއަދު ކޯޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން 944 ވޯޓިން ބޫތް ހުރިއިރު، ޤަވާއިދާ ހިލާފަށް ކަމެއް ހިނގާފައިވީނަމަވެސް ފިޔަވަޅު އަޅަފައި ނުވާކަމަށް މައްސަލައިގައި ބަޔާންކޮށްފައިވީނަމަވެސް، އެއީ ކުށެއް ކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އީސީން އަޅާފައިވާކަމަށް އެ ކޮމިޝަނުގެ ވަކީލުން ވިދާޅުވިއެވެ. އަދި މި އިންތިޚާބުގައި ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރު ސްޕްރީމް ކޯޓުން ގައިޑްލައިން ނެރުނުއިރުވެސް ބޭނުންކުރި ވޯޓިންގ ބޫތްތައް ކަމަށާއި، އޭރު ސުވާލު ނުއުފައްދާ ކަމެއްގައި މިހާރު ސުވާލު އުފައްދާނެ ޖާގަ ނެތްކަމަށް އީސީން ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ވޯޓުލާ މަރުކަޒުތަކުގައި ޔޫވީ ލައިޓްސް ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ޞައްޚަކަން ކަށަވަރު ކޮށްފައި ނުވާކަމަށް ބުނެފައިވާތީ، އެކަމަށް ރައްދުދެއްވައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޔޫވީ ލައިޓްސް ބޭނުންކޮށްގެން ކޮންމެ ވޯޓް ކަރުދާހެއްގެ ޞައްޚަކަން ކަށަވަރު ކުރުމަކީ ޤާނޫނީގޮތުން ލާޒިމު ކަމެއް ނޫން ކަމަށެވެ. އަދި ޞައްޚަ ނޫން ވޯޓް ކަރުދާހެއް ބޭނުންކޮށްގެން ވޯޓް ލުމުގެ އެއްވެސް ޝަކުވާއެއް އީސީއަށް ހުށަހެޅިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުވާފައި ޞައްޚަނޫން ވޯޓް ކަރުދާސް ބޭނުންކުރި ވަކި ތަނެއް ބަޔާންކޮށްފައި ނުވާތީ އެއީ މުޅިން "ފްލޯކް" ވާހަކައެއް ކަމަށްވެސް އީސީގެ ވަކީލުން ވިދާޅުވިއެވެ.

ބައެއް ވޯޓް ފޮށިތަކުން އީސީއަށް ވޯޓް ކަރުދާސްތައް ފޮނުވިއިރު ސެކިއުރިޓީ އިރަ ކަނޑާފައިވުމާއި، ބައެއް ސެކިއުރިޓީ އުރަތަކަށް ގެއްލުން ލިބިފައިހުރި ކަމަ ށްބުނެ މައްސަލައިގައި ބުނެފައިވާ ވާހަކަތަކަށް ޖަވާބުދާރީވަމުން އީސީގެ ވަކީލުން ވިދާޅުވީ، ވޯޓް ކަރުދާސް ބަންދުކޮށްފައި ހުންނާނީ "ސެކިއިރިޓީ އުރަ-3" ގައި ކަމަށާއި، އެ އުރަ އެއްވެސް ތަނަކުން ފޮނުވިއިރު ކަނޑާފައި ނުވާ ކަމަށެވެ. އަދި އިންތިޚާބާއި ގުޅުންހުރި އެހެނިހެން ހެއްކާއެކު ހުށަހަޅާފައިވާ މައްސަލަތަކުގައި އިތުރަށް ތަހްޤީގު ކުރަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި، ބައެއް މައްސަލަތައް ޤާނޫނުގައި ބުނެފައިވާގޮތަށް ހެއްކާއެކު ހުށަހަޅާފައި ނެތުމުން ނުބަލާ ކަމަށް އީސީން ވިދާޅުވިއެވެ.

25 ވޯޓް އިތުރަށް ހުޅުމާލޭގައި ބެހެއްޓި ފޮށްޓަކަށް ލާފައިވާކަމަށް ބުނެފައިވީ ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށާއި، އެކަމަށް ހެކިދޭނެ ނަތީޖާ ޝީޓް ހުށަހަޅާފައިވާނެ ކަމަށް އީސީގެ ވަކީލުން ވިދާޅުވިއެވެ. އިތުރަށް ވޯޓުލީކަމަށް ބުނާ މައްސަލައިގައި އީސީން ވިދާޅުވީ، ހުޅުމާލެ Y05 އަދި Y06 ފޮށްޓަށް ލީ އެއް ވޯޓު އޮޅިގެން އަނެއް ފޮއްޓަށް ލެވިފައިވާކަން ކަން ހިނގާދިޔަގޮތުގެ ރިޕޯޓުންވެސް އެނގެން އޮންނާނެ ކަމަށެވެ. އިންތިޚާބުގެ 472 ވޯޓް ފޮށި ބެހެއްޓިފައިވާއިރު އިންޓަނޭޝަނަލް އޮބަޒަރވަރުންނާއި، މޮނިޓަރުންގެ އިތުރުން ލޯކަލް އޮބްޒަރވަރުންނާއި، މޮނިޓަރުން އަދި ޖަމްއިއްޔާތަކުން އިންތިޚާބުގެ ކަންކަން ހިނގާދިޔަގޮތް ބަލާފައިވާއިރު އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާނެފަދަ ކަމެއް އެއިން އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާކަމަށްވެސް އީސީން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިސްވެ ދެންނެވުނު ކަންކަން އެގޮތަށް ހިނގާފައިވުމުންނާއި، 2018 ސެޕްޓެމްބަރ 23 ވަނަ ދުވަހު ލީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާއަށް އަސަރުކުރާނެފަދަ އެއްވެސް ކަމެއް ނެތުމުން، ރިޔާސީ އިންތިޚާބު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދެއްވުން އެދޭކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަށް އިދިކޮޅު ސިޔާސީ ލީޑަރުންވަނީ ތަދައްހުލުވެފައެވެ. އެގޮތުން ކުރީގެ ރައީސް މަޢޫމޫނާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ވަނީ މައްސަލަހައަށް ތަދައްހުލުވެފައެވެ. މި ޕާޓީތަކުގެ ފަރާތުން ސްޕްރީމް ކޯޓަށް ހާޒިރުވެފައިވަނީ ފާރިސް މަޢުމޫނާއި، ޢަލީ ޒާހިރު އަދި ހުސައިން ރަޝީދުގެ އިތުރުން ހަސަން ލަތީފުއެވެ. މި ފަރާތްތަކުގެ ފަރާތުން 6 މެންބަރުންގެ ޤާނޫނީ ޓީމެއް ވަޑައިގެންނެވިއިރު ވަކާލާތު ކުރައްވާފައިވަނީ ހިސާން ހުސައިނެވެ.

އިދިކޮޅު ފަރާތްތަކުގެ ވަކީލާ ހިސާން ހުސައިން ވިދާޅުވީ، މި މައްސަލައަކީ ހަދާފައިވާ "ކޮންސްޕިރަސީ ތިއަރީއެއް" ކަމަށާއި، މިއީ ޤާނޫނު އަސާސީގެ 172 ވަނަ މާއްދާ އަދި އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ އިޖުރާއަތުތަކާ ޚިލާފަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސްޕްރީމް ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށާއި، އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ކަމެއްގެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނެތްކަމަށްވެސް ހިސާން ވިދާޅުވިއެވެ. އެހެންކަމުން އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އެމް-7 އިން ޕްރިންޓްކުރި ވޯޓް ކަރުދާހާމެދު އުފައްދާ ޝައްކުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ކަރުދާސް ގެނެސްފައިވަނީ ސިންގަޕޯގެ "ސްޕައިސެސް ޕޭޕަރސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑް" އިން ކަމަށާއި، ކަރުދާހުގައި މައްސަލައިގައި ތުހުމަތުކުރާފަދަ ކަމެއް ނުހުންނާނެކަން ބަޔާންކޮށް އެ ކުންފުނިން ދީފައިވާ ލިޔުމެއްވެސް ލިބިފައިވާ ކަމަށެވެ. އެ ލިޔުން މިއަދު ސްޕްރީމް ކޯޓަށް ހަވާލުކުރެއްވިއެވެ. އަދި މައްސަލައިގައި ސްޕްރީމް ކޯޓަށް ހެއްކެއް ހާޒިރު ކުރާނަމަ އެމް-7 ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރު ހާޒިރު ކޮށްދިނުމަށް ހިސާން އެދިލެއްވިއެވެ. މައްސަލައިގައި ބުނެފައިވާ އަނގޮޓި ބޭނުންކޮށްފައިވާ ވަކި ސަރަހައްދެއް މައްސަލައިން އެނގެން ނެތް ކަމަށާއި، ފުހެވޭ ގަލަން ބޭނުންކުރި ތަނެއްވެސް އެނގެން ނެތްއިރު އެފަދަ ޝަކުވާއެއް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައި ނެތްކަން ހިސާން ފާހަގަކުރެއްވިއެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯ އެކަށީގެންވާ ގޮތަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ ބިއުރޯއިން ބަލައި ބައެއް މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހްޤީގު ކުރިކަންވެސް ހިސާން ފާހަގަކުރެއްވިއެވެ.

ހިސާން ވިދާޅުވީ، މި ދައުވާގައިވާ ކަންކަމަކީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ބަލަންޖެހޭ ކަންކަން ކަމަށާއި، ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޖިނާއީ ތުހުމަތުތަކެއް ހިމަނައިގެން ސްޕްރީމް ކޯޓަށް މައްސަލަ ހުށަނޭނޭނެ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އިތުރަށް ހިސާން ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާތީވެ، އަދި އެފަދަ ކެމެއް ހުށަހަޅާފައި ނުވާތީވެ ނިމިދޔަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ނަޒާހާތްތެރި އިންތިޚާބެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ.

ހަމައެއާއެކު ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ޤަބޫލުކޮށް، އިޤްރާރުވުމަށްފަހުގައި މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅޭނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި، ނަތީޖާ ޤަބޫލުކުރެއްވުމުން ކޯޓަށް ވަޑައިގަތުމުގެ ފުރުޞަތު ދޫކޮށްލެއްވީކަމަށް ބެލެވޭނެ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި ވޯޓްލާ މަރުކަޒުތަކުގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓްގައި ނެތް ކަންކަން ބަލައިނުގަނެވޭނެކަން ހިސާން ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން 8 ލިޔުމެއް ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާއިރު، މި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30 ގައި ސްޕްރީމް ކޯޓުގައި އޮންނާނެއެވެ. އެ އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ހުރިހާ ފަރާތްތަކަކުން އިތުރަށް ވާހަކަ ދައްކަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ޙަސަން

    ތިމަރަ ޝަރީފުގެ އޯޑިއޯ ކްލިޕަކީވެސް ޚިޔާލީގޮތުން ހަދާފައިވާ އެއްޗެެެއް

    • ހުސޭނުބޭ

      ތިމަރަފުށީ ޝަރޫފަކީވެސް ޚިޔާލީ ވަހުމެއް!

    • ކަލޯ

      އޯޑިއޯ އަކީ ވަގު ޔާމީނު ވަގު ނެހެދެިގެން ކުރި ކަމެއް.. ވާނުވާގަތަ

      • ދަ

        ޔާމީނުގެ ސަޕޯޓަރުން އޯޑިއޯ ލީކުކުރީމަ އެވީ ވަގު އެއްޗަކަށް. އެކަމު ނަޝީދުގެ ސަޕޯޓަރުން އޯޑިއޯ ލީކުކުރީމަ އެއީ ހަމަ އަސްލު ވަގު ނުހަދާ. ކިހާ ރީތީ.

  2. Miadhu

    ހުށައެޅި މައްސަލައަށް ކޮމިޝަނުން ޖަވާބުދާރީ ނުވުމުންއެގެނީ ނުބައެއް އުޅޭކަން

  3. ހިމޭ

    ދަ ރިންގް އޮފް ދަ ލޯޑް ރިންގް ޝަރީފް

  4. ތޯމަރާ

    5.4މިލިއަންޑޮލަރަކީވެސްޚިޔާލެއްތޯ،؟

  5. Anonymous

    އޯޑިއޯ ލީކްވުމާއިއެކު ގައުމުދޫކޮށް އަވަސްއަރުވާއިގެން ބަޔަކު ފުރައިގެންދިޔައީ ކަމެއްނުކުރާތީތަ؟؟ ކ.ބިއުރޯއިން 2މެމްބަރުން ކަނޑާލީ އެއްވެސް ބޭނުމެއް އޮވެގެނެއް ނޫންތަ؟ ނިކަން ޖަވާބު ދީބަލަ!!

  6. ތޯމަރާ

    5.4 މިލިއަން ޑޮލަރ އަކީވެސް ޙިޔާލެއްތޯ؟

  7. ހޫނު އަނގޮޓި

    އިލެކްޝަންސް އިން ޖަވާބުދާރީ ނުވާން ތިއުޅެނީ ކީއްވެ! މައްސަލަ ރައްޔިތުނަށް ސާފު..އިތުރުވާހަކަ ނުދައްކާ ފުރިހަމަޔަށް ޖަވާބު ދާރީ ވުމަށް ގޮވާލަން.

  8. ތިމަރަ

    ތިމަރަ ތިބުނީ ދޮގެއް! ޥޯޓް ކަރުދާސް ކޮޅުގައި ފާހަގަ ޖެހުމުގެ ގަވާއިދު އިއުލާނު ކުރިއިރު ބުނި މިއީ އަލަށް ހެދުނު ގަވާއިދެއް ކަމަށް. އަދި ބުނި އެގޮތަށް ހެދީ ވީހާވެސް ބޮޑަށް ބާތިލް ވޯޓު މަދުކުރުމާއި އާންމުންގެ ފަސޭހަޔަކަށް ކަމަށް. މިހާރު އަނގޮޓި ތިބުނަނީ އެއީ ކުރިންވެސް އޮންނަ ގޮތޭ. ތީތި ވަރަށް ކަޑަ!

  9. ބަނާނަ މޭން

    ހައްހައް ތަންމަތި ބަންނަންވީ

  10. އަހްމަދު

    ﷲގެހެޔޮރަހްމަތްފުޅުން ރިސްވަތުގެ ނުބައިޢަމަލެއް ހިންގައިފަވާނަމަ މިދުނިޔެމަތީގައި އެކަން އަޅަމެންނަށް ޢިބުރަތެއްގެގޮތުގައިދަށްކަވާށި އާމީން

  11. ނީލެބޭޓުސޯ

    ރަނގަޅައްތިބުނީޖީސީބެ...ވޯޓުގެމައްސަލާގައެއޮތީ ހިޔާއަޅާއަނދިރިވެފަ. އަނގޮއްޓިތަކުގަހުރި ދެލިންއަދިމާބޮޑަށް ހިޔާއެޅިއަނދިރިވެފަ. ފޭކު. މިހީވަނީ ދުނިޔެމަތިންހޯދާބައިބަރުގަނޑު ހިފައިގެންދޭވޭނެކަމައްހިތާ ތެޅުވޭ އެތިވަރުތާކެއްހެން

  12. ޓިމްބަރ

    ވޯޓުގެ މައްސަލައަކީ ޚިޔާލީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށް އީސީން ބުނި ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް އޭސީސީން އެމްސެވެން އަށް ވޯޓް ކަރުދާސް ތައް ޕްރިންޓް ކުރަން ހަވާލު ކުރީ. ސަބަބަކީ ބިޑް ކުރީ ދެ ފަރާތުން. އެއީ ޔުޓިލިޓީ އާއި އެމް ސެވެން އިން. ބިޑް ޑޮކިއުމެންޓް ގައި ބަޔާން ކުރެވިފައިވަނީ ސެކިއުރިޓީ އެންމެ ފީޗަރ އެއް ވޯޓް ކަރުދާހުގައި ހިމަނަން. އެކަމަކު އެމްސެވެން ވޯޓް ކަރުދާހުގައި 5 ސެކިއުރިޓީ ފީޗަރސް ތައް ހިމަނައިގެން ހުށައެޅުމުން ފުރަތަމަ ބިޑް ޑޮކިއުމެންޓް ގައި ހިމެނޭ އެމްޕްލޯޔަރ ރިކްެއާރމެންޓާއި ޚިލާފުވީ. ބިޑް ޑޮކިއުމެންޓް އާއި އެއް ގޮތަށް ބިޑް ކުރީ ޔުޓިލިޓީން އަދި އިތުރަށް މާރކްސް ވެސް ލިބުނީ ޔުޓިލިޓީ އަށް. ކަން މިހެން ހުރުމުން ވޯޓް ކަރުދާސް ތައް ޗާޕް ކުރަން ޔުޓިލިޓީ އަށް ނުދީ އެމްސެވެން އަށް ދެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ އިލެކްޝަންސް ކަމިޝަން އަށް. ޔުޓިލިޓީ އަށް އެމަސައްކަތް ނުދީ އެމްސެވެން އަށް ވޯޓް ކަރުދާސް ޗާޕް ކުރަން ދިނުން އެއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނު ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާގައިވާ ކުށް އެވަނީ އިލެކްޝަންސް ކަމިޝަން އިން ކޮށްފައި. އިންތިޚާބުގެ ފެށުން ކަމުގައިވާ ވޯޓް ކަރުދާސް ކޮޅަކީ ކޮރަޕްޝަން އެކުލެވޭ ގޮތަށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކޮށްފައިވާ ކަމަކަށް ވާތީވެ އިންތިޚާބުގެ ފެށުން އެވަނީ ކޮރަޕްޝަންގެ މަގުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނާއި ޚިލާފަށް ކޮށްފައި. އެހެން ކަމުން މިފަހަރު ތިޔާ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ އެއީ ވަގު ވޯޓް ކަރުދާސް ކޮޅު ތަކުގައި ލާފައިވާ ވޯޓްސް ތަކަށްވާތީވެ އިންތިޚާބުގެ ނަތީޖާ ވާން ޖެހޭނީ ބާތިލް ބާތިލް ޓިމްބަރ ޓިމްބަރ...

  13. ސައިބޯނި

    އިންތިހާބެއް ނުބާއްވަން ނިމިދިޔަ އިންތިހާބަކީ ހިޔާލީ އިންތިހާބެއް

    • ހޮވުނު މީހާ

      ހޮވުނު މީހަކީވެސް ހިޔާލީ މީހެއް

  14. ނެތޭނެތޭ

    އެއްވެސް ވަހުމެއް ޝައްކެއް ނެތް މިންވަރަށް މިފަހަރު ރިޔާސީ އިންތިޚާބުގައި ވަނީ އޮޅުވާލާފައި ކަން އިންތިޚާބުގެ ފެށުން ކަމުގައިވާ ވޯޓް ކަރުދާސް ޕްރިންޓް ކުރަން ހަވާލު ކުރި ބިޑިންގް ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތް އެއީ ހެއްކެއް ކަމަށް ފުދޭ. ބިޑް ޑޮކިއުމެންޓް ގައި އެމްޕްލޯޔަރސް ރިކްއާރމެންޓް ގައި ކަޅާއި ހުދުން ލިޔެފައި އޮތީ އެންމެ ސެކިއުރިޓީ ފީޗަރ އެއް ކަމަށް ވޯޓް ކަރުދާހުގައި ހުންނަން ޖެހޭނީ 5 ފީޗަރ ނޫން ކަމަށް ދެން 5 ފީޗަރ އަށް އެމް7 އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން އީސީ އަށް ނޫން އަދި ފިނޭންސް އަށް ވެސް ހަވާލު ނުކުރެވޭނެ މިބިޑް ޑޮކިއުމެންޓްގެ ދަށުން އެއީ މާލިއްޔަތުގެ ގަވާއިދާއި އަދި ގާނޫނާއި ވެސް ޚިލާފު ކަމެއް މިފެތޭނީ އެއީ ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި ފައިދާ ހޯދާ ދިނުމަށް ޓަކައި ސަރުކާރަށް ގަންނަން ބޭނުންވާ މުދާ ގަތުމަށް އީސީން މޭކް އަޕް ކުރި ސްޓޯރީ އެއް ކަމަށް އެހެން ކަމަށްވާނަމަ ވޯޓް ކަރުދާސް ޗާޕް ކުރީ ކޮރަޕްޝަންގެ މަގުން ދެން އިންތިޚާބު ސައްހަ ވާން ޖެހޭނެ އެއްގޮތެއް ވެސް ނެތޭ ނެތޭ...

  15. ޑިމޮކްރަޓިސްޓް

    ކޮމިޝަން މެންބަރުން މިލިޔަނުން އަލިފާން ކައިގެން ތިބިއިރު؟ އެ އޯކޭ؟ ކަލޭމެންނަށް ހީވަނީ ދެންތިބީ ބުރާންތިންނޭތަ؟ ހޭބަލިވެބަލަ ޝަރީފޫ! އަދިވެސް އަލިފާން ބަނޑަށް އެޅުނުވަރު މަދީ! ނަރަކަ ކަލެޔަށް ހޮވާނެ މިހާރު!

  16. Anonymous

    ހެއްކެއް ނެތް ކަމަށް އީސީގެ ވަކީލު ބުނަނީ އެއީ އޭނާގައިގައި ނެތީ ސަރުކާރުގެ އެޑްމިން ރޫލްސް އާއި ފައިނޭންޝަލް ރޫލްސް ގެ ޓެކްނިކަލް ކެޕޭސިޓީ މީ އަދި ވަކީލުންނަށް އިނގޭނެ އެއްޗެއް ނޫން މިކަން އިނގޭނީ ޕްރޮކިއުމެންޓް ކޮންސެލްޓެންޓުންނަށް. ގާނޫނު ނަމްބަރު 2/2000 ގައި ބަޔާން ކޮށްފައި ނެތް ފިނޭންސް މިނިސްޓްރީ އަށް ސަރުކާރަށް ގަންނަން ޖެހޭ މުދަލެއް ކޮރަޕްޝަން އަށް މަގުފަހިވާގޮތަށް ގަންނަން ހުއްދަ ދެވިދާނެ ކަމަށް އެގާނޫނުގެ 14 ވަނަ މާއްދާހެކިއެއީ ހެއްކޭ ހެއްކޭ ހެއްކޭ އެހެކި ކަމަށް ފުދެއޭ ފުދެއޭ ފުދެއޭ..

  17. އިންސާފް

    ދެން އެހެންވީރު ޖަވާބް އަވަހަށް ދޭންވީނުން، ޖަވާބްދޭން ފަސޭހަވާނެ ހިޔާލީ މައްސަލައެއްނަމަ، ޖަވާބް ނުދެވިގެން ތިއުޅެނީ ކީއްވެގެންބާ؟

  18. ޢަބްދުﷲ

    އެކިކަންކަމަށް ވަކިވަކިން އީސީގެ ފަރާތުން ޖަވާބުފުޅު ދެއްވާފައިވާއިރު، އޮޅުންނުފިލާ ކަމަކަށް އޮތީ ހުޅުމާލެ Y05 އަދި Y06 ފޮށްޓަށް ލީ އެއް ވޯޓު އޮޅިގެން އަނެއް ފޮއްޓަށް ލެވިފައިވާ ކަމަށް ބުނެފައިވާ ބުނުން އެކަންޏެވެ. ޔަޢުނީ، އެއީ އިތުރު ތަފްޞީލު ބޭނުން ފުޅުވާނެ ކަމެކެވެ. އެހެންނަމަވެސް، އެބާވަތުގެ އާދައިގެ ކުޑަކުޑަ ކަމެއްގައި މުޅި އިންތިޚާބު ބާޠިލު ނުކުރެވޭނެއެވެ. އަދި ނުވެސް ކުރާނެއެވެ.

  19. ޓަރާ

    ބައްލަވާ ޖަސްޓް ޑިނައިއިޓް މިހާރު ވޯކް އެއްނުކުރެޔޭ.

  20. ޢަބްދުﷲ

    ކޯޓުގައި ކޮށްފައިވާ ދަޢުވާގައި އޯޑިއޯގެ ވާހަކަ ބުނެފައި ނެތިއްޔާ އީސީގެ ފަރާތުން ކޯޓުގައި ދެއްވާ ޖަވާބުގައިވެސް އޯޑިއޯގެ ވާހަކަ ނުލިޔާނެއެވެ. މިއީ ޢާންމު ހޭލުންތެރިކަން އިތުރުވެފައިވާ އަދި އިތުރުވަމުންދާ ޑިގްރީ ހޯލްޑަރުން ވަރަށްގިނަ މުޖުތަމައެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅައި ބަލާއިރު، މިރާއްޖެއަކީ، ލިޔަން ކިޔަން ނުދަންނަ މީހުންގެ ޢަދަދު ވަރަށްމަދު ޤައުމެކެވެ.

  21. ވަހީދު

    4 މެމްބަރުން ފިލާފަ. ޝަކުވާ ކޮމެޓީ އުވާލީ ވަހުމެއްތަ؟

  22. ސަލްމާ / ގދ

    މަކަރާ ޙިލަތް ނުހިމަނާ މައްސަލަނެތި ވޯޓުނިމުނުނަމަ ރައީސްޔާމީން 57 ޕަސެންޓް ، ކޯލިސަން 43 ޕަސެންޓް! ދިވެހި ޤަވްމު ޒަމާނަކުވެސް ދެކިފަނުވާ ކުރިއެރުމާ ފުދުންތެރިކަން ޔާމީންގެ ފަސްއަހަރުން ހޯދިއިރު މިކަމަށް ނޫނެކޭ ބުނާނީ ތަންދޮރު ނުވިސްނޭ ޖާހިލުންނެވެ. ދެން ވޯޓުލިޔަސް އިރާދަފުޅާއެކު އިންތިޚާބު ކާމިޔާބުކުރާނީ ޔާމީނެވެ.

  23. ދަވޭ

    އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކަމިޝަންގެ ވަކީލު ބުނާ އިރު އޭނާ ދައްކާ ވާހަކަ ތަކަކީ އެއްވެސް ބޭސް އަކަށް ބިނާ ކޮށް ދައްކާ ވާހަކަ އެއްނޫނޭ އޭނާ ދައްކާ ވާހަކައިގައި ފުރަތަމަ ކޮންކްރީޓް ބޭސިސް އެއް ނެތޭ ސަރުކާރުގެ ފައިނޭންޝަލް ރޫލް އަކު ނޯންނާނެއޭ ބިޑް ޑޮކިއުމެންޓް ގައި އޮތީ އާފަލެއް ސަޕްލައި ކުރަން ބުނާނަމަ އޭގެ ބަދަލުގައި ކުނިވެފައި އޮތް ފިޔައެއް ހުށަައަޅަން އެކަމޭ އެމް ސެވެން ޕްރިންޓް އިން ކުރީ މީސީދާ ގާނޫނު ނަމްބަރ 2/200ގެ 14 ވަނަ މާއްދާ ގައިވާ ގޮތުން އެކުށް ވަނީ އިލެކްޝަންސް ކަމިޝަން އިން ވޯޓް ކަރުދާސް ޗާޕް ކުރުމުގައި އެމަސައްކަތް ހަވާލު ކުރުމުގައި އެކަން ކޮށްފައި އެހެން ކަމަށްވާނަމަ މިފަހަރު އިންތިޚާބުގެ ބެކްބޯރން އެއީ ވޯޓް ކަރުދާސް އޭގައި ވަގު ވޯޓް ކަރުދާސް ހުންނާނެ ކަމަށް ފެނޭ ސަބަބަކީ ބިޑް ކާމިޔާބު ކުރީ ޔުޓިލިޓީން އެކަމަކު ބިޑް ދިނީ އަގުބޮޑު ކޮށް އަދި ޓެކްނިކަލް ކެޕޭސިޓީ އެއް ނެތް އެމްސެވެން ޕްރިންޓަށް ޔޫނޯ އައި ރިއަލީ ސީ ދިސް އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބު.

  24. އިނގޭތޭ

    ފުރަތަމަ ހުށައަޅާނީ ސިއްރުހެކި އެއަށް ފަހު އެހެކި ފާޅުވާނީ އިންތިޚާބުގެ ހުކުމް ކުރާ ދުވަހު ސިއްރު ހެކި ހުށައަޅަނީ އެއީ މިހާރު އެކަން ފަޅާ އަރުވައިފިނަމަ ތަމެން ހެއްކަށް ނުފޫޒު ފޯރުވާ ހެކި ބަދަލު ކޮށްފާނެެތީއޭ މަމެންނަށް އިނގެއޭ އިންތިޚާބުގެ ވޯޓް ކަރުދާސް އެމްސެވެން ޕްރިންޓަށް ދީގެން ޕްރިންޓް ކުރުން އެއީ ޔަގީނުން ވެސް ކޮރަޕްޝަން އޭ އެއީ ސަރުކާރުގެ ބިޑިންގް ސިސްޓަމްގެ ރޫލް އާއި ޚިލާފުކަމެކޭ ވޯޓް ކަރުދާސް ވާނީ ބާތިލް އެހެން ވެއްޖެނަމަ ދެން ބާތިލް ވާނީ ރިޔާސީ އިންތިޚާބޭ މީހެކި ހުރުމުން މިވާ ގޮތަކީ އިނގޭތޭ.

  25. ވަގުކަލޭގެ

    ތި އީސީއަށް މެމްބަރުންލީވެސް ޕޕމ އިން.. އީސީ ރައީސްކަމަށް ޝަރީފް ގެނައީވެސް ކަލޭމެން.. އޭރު އަހަރެމެން ބުނިން ތީޕޕމ ގެ އެކްޓިވިސްޓެކޭ.. އޭރު ނިހާންވެސް ބުނީ މޑޕއަށް ފުއާދު އޯކޭ ވިއްޔާ ޕޕމއަށަ ޝަރީފްވެސް އޯކޭވާނޭ.. މިއަދު އޭނަ ނުބައި ތިކުރަނީވެސް ކަލޭމެން.. ..

  26. ގެނެވޭނެއޭ

    ތަމެން ބަލަނީ މީހުން އެއްކޮށްގެން ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ހަގީގަތް އޮޅުވާލައިގެން ތަމެން ބޭނުންވާ ގޮތަށް ހުކުމް ނެރެންތޭ އެކަން ނުވާނެ އެހެނެއް ޝަރީއަތަކީ އެއީ ފެކްޓް ބޭސް އަށް ހިނގާ އެއްޗެކޭ އެއީ ތަމެން ދައްކާ ރަނޑު ވާހަކަ ތަކެއްގެ މައްޗަށް ބިނާ ކޮށް ހިނގާނެ އެއްޗެއް ނޫނޭ މިސާލަކަށް އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައި ހުއްޓާ އިންތިޚާބުގެ ވޯޓް ގައި ވަގުވޯޓް ލިކަން އިނގޭނަމަ އަނެއްކާ ކުރިން ބުނި ބަސް އެބުނި މީހާ އަށް އަނބުރާ ގެނެވޭނެ.

  27. އަހްމަދު

    ހެކިހޯދާނީކިހިނެތް ޝަރީފު އޯޑިއޯގަ ބުނެފައއއޮތީ ހެކިނަށްތާލިވާހަކަ ދެންކޮންތާކުންހެކިހޯދާނީ ކޯޓުންއެބަޖެހޭ ޝަރީފުއާ އެސުބާލުކުރަން ކޮންކަމެއްގެ ހެއްކެއްތޯ ޝަރީފުނައްތާލީ

  28. ާއދ.

    ސަމީމު އަކީވެސް ހިޔާލީ މުސީބަތެއް

  29. މެމްބަރު

    އެމް ޑީ ޕީ އަށް ނިިސްބަތްވާ އެކަކުވެސް ތެދެއް ހެދެން އޮތްތާކުވެސް ތެދެއް ނުހަދާ ހ

  30. ޏަމްޏަމް

    ވިސްނަވާނިކަން! އިންތިޚާބުގައި ތިޔަވިދާލުވި ގައިޑްލައިނެއް އެގޭނީކިތައް މީހުންށްބާ؟ ގައިޑްލައިނާއި އެއްގޮތަށް އައިޑީތައް ހުރީ އެމްޑީޕީ އެކްޓިވިސްޓުންގެ އަތުގައި. ވޯޓުލުމުގެ ހަދުވެހެއް އޮތްވާ އީސީގެ ރައީސް ވިދާޅުވެއްޖެ! އައިޑީކާރޑުމުހިއްމެއްނޫން ކަމަށް އަދ ޕާސްޕޯރޓް ނުވަތަ ލައިސަންސް ކާރޑު އަތުގައިބޭއްވުމަށް. މިކަން މިހެން އިއުލާްންކުރުމުގެ އިތުރަށް ޢީސީން ނިވްސްކޮންފަރެންސެއްގައު ބުނެލި ވޯޓުބާތިލްވާ އުސޫލް އަދި އައިޑީކާރޑުކޮންމެހެން އޮންނާކަށްލާޒިމެއް ނޫންކަމަށް. ސަބަބަކީ ރައްޔިތުންގެ އައިޑީހުރީ އެމްޑީޕީ ގެހާރޑްކޯރ އެކްޓިވިސްޓުން އަތުގައި ހައިޖެކްކޯށްފައި ވޯޓުގެ ސަރަހައްދެއްގެ ނަތީޖާ އިޢުލާން ކުރީމާ ދެން އެދޭންބުނި ލާރިކޮޅުދީފައި އައިޑީކަރޑް ދޭގޮތަށް! މިކަންތަކަށް އެމްޑީޕީވަނީ ސަރަހައްދީ ފުލުހުންވެސް ގަނެފައިކަން އެގޭ?! އެކަންތަކަށް ޚަރަދުކުރީ ކުރީގެ ރައީސް މައުމޫނުކަންވެސް އެގިފައިވާ! ޢިތުރަށް ހިނގާފައިވާ ޖަރީމާތަކަށް ބަލާއިރު މަގޭނަމެއް ނެތްކަން ފާހަގަ ކުރަން. ޢެހެންވެ މަށަށް ވޯޓެއް ނުލެވުނު! ޚީއްވެ ޖަމަ ސ

  31. ރާޅު ބޯއީ

    ރާ ޓީވީންނާ ރީންދޫ ހުމުގެ މީހުން އެބަބުނޭ ރައީސް ޔާމީން ބަލި ގަބޫލުކުރައްވާ ކްރިސްޓިއަން ދީން ފެތުރިޔަސް އޯކޭ ވެގެން ވޯޓު ދީގެން ވޯޓުން މަކަރު ހަދައިގެން ހޮވުނު މީހާއަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވި ވާހަކަ. އަދި އެ ވީޑިއޯ އެބަދައްކާ. ބުނެލަން ބޭނުންވަނީ އިންތިހާބުގައި ވޯޓު ލައިގެން ބަލި ވުމަކުން މައްސަލައެއް ނެތޭ. މައްސަލައަކަށް ވެގެން މިއުޅެނީ ވޯޓުން ވައްކަން ކުރުމާއި ވޯޓު އޮޅުވާލުމޭ. މި މައްސަލަތައް ބެލެން އެބަޖެހެޔޭ.

  32. ޙާލިދު

    ވޯޓް އޮޅުވާލި މައްސަލަ ބޭރު ގައުމުތަކަށް މައްސަލައަކަށް ނުވޭ. އެކަމަކު އިންޒާރުދީ ވެރިކަން ހަވާލުކުރަން ގޮވަނީ. މީގައި އިންޑިއާ އަޑީގައި އޮވެގެން މިތަން އިސްތިއުމާރު ކުރަން އެމެރިކާ އިނގިރޭސި ވިލާތް ހޭބޯ ނާރާ އުޅެނީ ނުބައި އެޖެންޑާއެއް މީގައި އޮތީމަ. އަހަރެމެން މި ކުޑަކުޑަ ގައުމަކީ ހަމަ އެހާ ދެރަނިކަމެތި ގައުމެއްބާ؟ އެމީހުން ބޭނުން ގޮތެއް މިތަނަށް ހަދަން. މީ އެމީހުން ފަޅަން އޮތް ކޭކެއް ނޫނޭ. ކިހާބޮޑު މުސީބާތެއް މިއޮތީ ޖެހިފައި.

  33. ޖޮއްބެ

    ތިމަރަތަލަ ދައްކާފަ ހުރި ވާހަކަ ތަކަކީ ވައްކަން ކުރިކަމުގެ ހެއްކެއް.

  34. މުނާ

    އޯޑިއޯ އަކީ ވަގު އެއްޗެއްނޫން އެއްވާހަކަ އަނެއްވާހަކަ އާދިމާވުމަކީ މެންދުރުގެ އަލި ފަދައިން ސައްޙަ އެއްޗެއްކަން އަންގައިދޭ އެއްޗެއް.

  35. ޖަންބެ

    ހިސާން އަކީ ޤާނޫނީ ގޮތުން ،މާމޮޅު މީހަކީ ޔޯލަ.