އައްޑޫ ސިޓީ ކުނިކޮށި ސަރަޙައްދުގައި ރޭ ހިނގި އެކްސިޑެންޓު

ކާރަކާއި ސައިކަލެއް ޖެހި ރޭ އައްޑޫ ސިޓީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެނގިފައިވާ ގޮތުގައި، މި ހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކާރު ދުއްވަން އިން މީހާއެވެ.

ރޭ 7:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ނިޔާވެފައެވެ. އެކްސިޑެންޓު ހިނގުމާއި އެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް، ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

އައްޑޫ ސިޓީ ލިންކް ރޯޑުން ކުނިކޮއްޓާއި ދިމާލުން ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހަކަށްވެސް އަނިޔާވެފައި ވެއެވެ. ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

ރޭގެ އެކްސިޑެންޓުގައި ނިޔާވީ ސ. ހިތަދޫ، ނޫމުގުމާގޭ، މުހައްމަދު ރަމްޝް ރިޔާޒް (28) އެވެ. އުމުރުން 28 އަހަރުގައި ރަމްޝް ދުނިޔެއާއި ވަކިވެގެން ދިޔަ އިރު އޭނާގެ އަންބަކާއި ދަރިއަކުވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭރެެސް ޖެހި ކަަަރު ދުުވަން ތިބި މިިިިިހުން